މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖުގައި ވެހިކަލްތަކަށް ހަދާފައިވާ ހަތަރު ލޭންގެ ތެރެއިން ހުޅުލެ ކޮޅަށް ދުއްވާ ލޭނެއްގައި ބަހެއް ދުއްވާފައި ދާއިރު، ހުޅުލެ ބްރިޖުގެ އަނެއް ފަރާތުގައި ކައިވެނި ޕާޓީއެއް ކުރިއަށްދަނީ. އާންމު ދަތުރުތަކަށް މިއަދު ހަވީރު ބްރިޖު ހުޅުވާލާނެ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
07 ސެޕްޓެމްބަރ 2018 - 14:13
މާލެ އާއި ހުޅުލެ ގުޅުވާލި ސިނަމާލެ ބްރިޖުގެ ދެ ފަރާތުގައިވާ ހަނި ދެ ލޭން، ހިނގާ މީހުންނާއި ދުވާ މީހުންނަށް ޚާއްސަކޮށްފި އެވެ.
ބްރިޖުގެ މަސައްކަތުގައި އުޅުއްވި އިސް ބައެއް ބޭފުޅުން ކުރިން ވިދާޅުވި ގޮތުގައި، އެ ދެ ލޭން ބައިސިކަލް ލޭންގެ ގޮތުގައި ބޭއްވުމުގެ ވިސްނުން ގެންގުޅުނެވެ. އެކަމަކު، އެ ދެ ލޭން، ހިނގުމަށާއި ދުވުމަށް ޚާއްސަކޮށް ޓްރެފިކް ފުލުހުން މިއަދު މިވަނީ އިއުލާންކޮށްފަ އެވެ.
ބްރިޖުގައި ވެހިކަލްތަކަށް ޖުމްލަ ހަތަރު ލޭން އޮވެ އެވެ. އެއީ ހުޅުލޭ ކޮޅަށް ޚާއްސަ ދެ ލޭނާއި މާލޭ ކޮޅަށް ދެ ލޭނެވެ. މާލޭ ކޮޅުގެ ދެ ލޭންގައި، 3.5 މީޓަރު ހުންނައިރު، އަނެއް ދެ ލޭންގައި 3.2 މީޓަރު ހުންނާނެ އެވެ.
މި ލޭންތައް ބޭނުން ކުރާނެ ގޮތުގެ ތަފްސީލް ޓްރެފިކް ފުލުހުން ވަނީ އާއްމުކޮށްފަ އެވެ.
ބްރިޖުގެ ދެ ފަރާތުގައިވާ ހަނި ދެ ލޭން ހާއްސަކޮށްފައި ވަނީ ހިނގާ މީހުންނާއި ދުވާ މީހުންނަށް.---ފޮޓޯ: ނިޝާން އަލީ/މިހާރު
- ބްރިޖާއި ރިންގު ރޯޑުގެ ވެސް އެންމެ ބޭރު ދެ ލޭން ހާއްސަކޮށްފައި ވަނީ ޕަބްލިކް ބަސް އަދި ދެ ފުރޮޅުލީ އިންޖީނު އުޅަނދަށް.
- ބްރިޖާއި ރިންގު ރޯޑުގެ މެދުގައިވާ ދެ ލޭން ޚާއްސަކޮށްފައި ވަނީ ބަސް ފިޔަވައި ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދުތަކަށް.
- ބްރިޖުގައި ހިނގާ މީހުންނާއި ދުވާ މީހުންނަށް ޚާއްސަކޮށްފައި ވަނީ ދެ ފަރާތުގައި ވާ ލޭން.
ބްރިޖުގެ ވެހިކަލްތައް ދުއްވާ ލޭންތަކުގައި ހިނގާފައި އުޅުމަކީ މަނާ ކަމެކެވެ. އަދި އެ ލޭންތަކުގައި ސައިކަލް ދުއްވާއިރު އަމިއްލަ އަށް އިށީނދެ ނުތިބެވޭވަރުގެ ކުޑަކުދިން ގޮވައިގެން ދުއްވުމަކީ މަނާކަމެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ކަނޑައަޅާފައިވާ ސްޕީޑަށް ވުރެ ބާރުމިނުގައި ބްރިޖުގައި ދުއްވާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. އެއާއެކު، ބްރިޖާއި ރިންގު ރޯޑުގެ އެއްވެސް ސަރަހައްދެއްގައި ޕާކުވެސް ނުކުރެވޭނެ ކަމަށް ފުލުހުން ބުންޏެވެ.
ބްރިޖާއި ރިންގު ރޯޑު ބޭނުންކުރުމުގައި ގަވާއިދާ ޚިލާފުވާ ފަރާތްތަކާ މެދު އާއްމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އާއްމު ދަތުރުތަކަށް ބްރިޖު ހުޅުވާލާނީ މިއަދު ހަވީރު 4:00 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުލޭމާން
07 September 2018
މާދަން ބްރެކްފާސްޓް އިން ހުޅުމާލެ! ލަންޗް އިން އެއާރޕޯޓް! ޑިނާ އެޓް މާލޭ! ކަޑަ؟
ޢިބުރަަާހިމް
07 September 2018
ޙެލްމެޓް އެޅުން މުހިއްމު
ރރރރރ
07 September 2018
ކަރަންޓް، ފެން، އަތޮޅު ހޮސްޕިޓަލާއި ކެމްޕަސް އެއަރޕޯޓް ފެރީ،، ސަރުކާރު ސިއްހީ ޚިދުމަތުގެ އަގުތައް، މީ އަސާސީ ޚިދުމަތްތައްކަމުން، މާލެއަށް އަގު ހެޔޮކޮށް ލުއިކޮށް ލިބޭ ޚިދުމަތަކަށް ހަދާ ރާއްޖެތެރެއަށް ދަތިކޮށް ބޮޑުކޮށް ހިންގުން ޤާނޫނު އަސާސީއާ ޚިލާފް. އަސާސީ ޚިދުމަތްތަކަށް ފޯރުމުގަޔާ ލިބުމުގައި އޮތް ތަފާތު ނައްތާލަން ދެބޭފުޅުންވެސް ވައުދުވުމަށް ނަސޭހަތްތެރިވަން. ދެން ތަފާތު ނައްތާލަންށޭ ކިޔާ ރަށުބިމުން ބޭރުއަރުވާލާ މާލެ ގޮޅިކުރުމަކީ އަނެއް ޖަރީމާ!
ބައިސްކަލް!!
07 September 2018
ބައިސްކަލް ގައި ދެވޭތަ ތިބްރިޖް އިން!!!
ދާލު
07 September 2018
މިހާރު ޓްރާންސްޕޯޓު މިނިސްޓްރީއިން ނެރެންޖެހޭ ގަވައިދުތައްވެސް ހަދަނީ ފުލުހުންތޯ
ބައިސްކަލް
07 September 2018
ބައިސްކަލް ދުއްވޭތަ!! މިހާރު ނޫހުން މިކަން އޮޅުން ފިލުވަދީބަލަ!!
5 މިނެޓް ހަވާ
07 September 2018
މާލޭގަ ޤަވާއިދާ ހިލާފަށް ދުއްވާ މީހުންނަށް ފުރަތަމަ ފިޔަވަޅުއަޅާ. ހައުސިންގެ ބާލޮރީ ތަކުން އަރާދުމޯ. ސައިކަލްވެސް އެބަހުރި ހެސްކިޔާފަ ދުންއަރާ އެއްޗެހި
Wali
07 September 2018
ކުޑަކުދިން ކެރިއަރގަ އުފުލީމަ ކޮބާ މައްސަލައަކީ؟ މާލޭގެ މަގުތަކަށްވުރެ ސޭފްވާނެދޯ؟
ކަރަމު
07 September 2018
ކިހާދުވަހެއްވާނދެން ބެލެހެއްޓޭނެބާ ބުރުޖު އެކަންޏެއް ނޫން ބަލަންޖެހޭނީ މިހާރުވެސް މާލޭގައި ކަންމަތީ ޕާކްކުރާވަރުން މިއުޅެނީ ގޯޅިއަކަށް ލަނބައިނުލެވިގެން އަދި ހިނގާއިރު ދުވާރުން ގޮސް ނިކުމެވޭކަށް ނޯވެ ކަންމަތި އޮންނަނީ ބެދިފައި
ދނކޔ
07 September 2018
ބައިސްކަލް ދުއްވަނީ ކޮން ލޭނެއްގަ؟