ޚަބަރު / ރާއްޖެ-އިންޑިއާ

ޑިފެންސްގެ އާ އިމާރާތަށް އިންޑިއާގެ 80 މިލިއަން ރުފިޔާ ލިބިއްޖެ

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ. ޑިފެންސް މިނިސްޓްރީގެ އާ އިމާރާތުގެ މަސައްކަތް މި އަހަރު ތެރޭގައި ފެށޭނެ ކަމަށް އޭނާ ވިދާޅުވި. ފޮޓޯ: ނިޝާން އަލީ/ މިހާރު

ޑިފެންސް މިނިސްޓްރީގެ އާ އިމާރާތް ބިނާކުރަން އިންޑިއާ ސަރުކާރުން ރާއްޖެ އަށް ދޭން ބުނި 80 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ކޯސްޓް ގާޑް ބިލްޑިން ހުންނަ ތަނުގައި ޑިފެންސް މިނިސްޓްރީގެ އާ އިމާރާތް ހަދަން ނިންމާފައިވާ އިރު، މިހާރު އެ މިނިސްޓްރީގެ މަސައްކަތްތައް ކުރަނީ ބަންޑާރަ ކޮށީގައި ހުންނަ ވަކި އިމާރާތެއްގަ އެވެ.

"މިހާރު"އަށް މައުލޫމާތު ދެއްވަމުން ޑިފެންސް މިނިސްޓަރު ޝަރީފް ވިދާޅުވީ އިންޑިއާ އިން ދޭން އެއްބަސްވި ހުރިހާ ފައިސާއެއް ވެސް މިހާރު ލިބިފައިވާ ކަމަށެވެ. ޑިފެންސް މިނިސްޓްރީގެ އާ އިމާރާތް އެޅުމަށް ބޭނުންވާ އެހީ ދޭން އިންޑިއާ އިން އެއްބަސްވީ 2013 ގަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޯސްޓްގާޑް ބިލްޑިން ގައި މަސައްކަތް ކުރާ މީހުން އެހެން އިމާރާތަކަށް ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

"ކޯސްޓްގާޑް ބިލްޑިން ގައި ތިބި މީހުން އެހެން ތަނަކަށް ބަދަލުކުރާނެ ތަނެއް ހަމަޖައްސައި، މީހުން ބަދަލު ކުރުމަށް ފަހު މަސައްކަތް ފެށޭނީ،" ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ޑިފެންސް މިނިސްޓްރީގެ އާ އިމާރާތުގައި ސިފައިންނަށް ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތައް ހުންނާނެ އެވެ. އަދި ޓެރަރިޒަމާއި ހައްދުފަހަނައެޅުން ހުއްޓުވުމަށް ސަރުކާރުން އެކުލަވާލި ނެޝަނަލް ކައުންޓާ ޓެރަރިޒަމްގެ މަސައްކަތްތައް ވެސް ހިނގާނީ އެތަނުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑިފެންސް މިނިސްޓްރީގެ އިދާރީ ބައިތަކާއި ކައުންޓާ ޓެރަރިޒަމް ސެންޓަރު ހިނގާނީ އާ އިމާރާތުގައި،" ޝަރީފް ވިދާޅުވި އެވެ.

މި އަހަރުގެ ތެރޭގައި ޑިފެންސް މިނިސްޓްރީގެ އާ އިމާރާތް އެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެގޮތުން ކޯސްޓްގާޑް ބިލްޑިން ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

7 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 39%
icon sad icon sad 6%
icon angry icon angry 56%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަކުރު

07 August 2016

އަވަސް އަވަހަށް އިމާރާތްތައް އަޅައި ތަޅާހަދާ ޤައުމެއް މިރާއްޖެ ނޫނީ ނުފެނޭ. އަޅެފަހެ މި ތެޔޮނަގާ ޤައުމެއްބާ؟ އެންމެ ގިނަ ކަޓް ނެގޭނެ ދާއިރާ އަކީ އިމާރާތް ކުރުމުގެ ދާއިރާ ، ދުވަހަކު ފަށާ އިމާރާތެއް ނުނިމޭ ކަހަލަ މަންޒަރު ވެސް ބައެއްފަހަރު ފެނޭ. މިޝާލަކަށް ވިލިގިލީ ގައި ހުންނަ ޖްޑީޝަލް އެކަޑަމީ ތަށިމުށި، ޖެހުމާ ނެއްޓުމާ މިމަސައްކަތް ނިމޭނެ ދުވަހެއް ނުފެނޭ ..

The name is already taken The name is available. Register?

އައްޔަ

13 January 2017

ފެންހުރި ވަޅަކުން ފެންނެގޭނީ..

The name is already taken The name is available. Register?

ހުއްބުލްވަޠަން

07 August 2016

ވަރަށް ރަނގަޅު. މި މިނިސްޓަރ ވަރަށް ހިންގާލާ!

The name is already taken The name is available. Register?

އަލީ

07 August 2016

އާދަމް ޝަރީފު ހަވާލުވިފަހުން ޑިފެންސް މިނިސްޓްރީ ހިންގުމަށް އަންނަ ހެޔޮ ބަދަލުތައް ވަރަށް ގިނަކަމަށް ފާހަގަކުރެވޭ. ކޮންމެ ޕާޓީއެއްގަ ހުއްޓަސް އެންމެނަށް އިންސާފުން މުއާމަލާތު ކުރެވޭތޯ ބައްލަވާތި.

The name is already taken The name is available. Register?

އުމަރު

07 August 2016

ދެކޮޅުން ކާލަ ކާލައިތިބޭތި، އިންޑިއާ އަދި ޗައިނާގެ ދެފަރާތުގައި ދެހެން ޤައުމުގެ ޑީލް ހަދާލަ ހަދާލައިތިއްބައި ސަލާމަތް ނުވެވޭނެ ހާލަތަކަށްދާނެ، އެހެންކަމުން ޗައިނާ އާއި އިންޑިއާގެ ދެމެދުގައި ރާއްޖެ ތާށިނުކުރާތި، ރައީސް ޔާމީނުއަކީ އަހަރުމެންގެ ހުރިހައިކަމެއް ހައްލުކުރެވޭނެ މީހެއްނޫން

The name is already taken The name is available. Register?

އަނބުރާދީ

07 August 2016

އިންޑިއާ އަކަށް ނުވާނެއެވެ. 80 މިލިއަން ރުފިޔާ ތީ ދެން ކޯއްޗެއްތަ. 80 މިލިއަން ރުފިޔާ އަށް ހެދޭ އިމާރާތް ތައް ހުރޭތަ. ތީ ނަމްބަރު ގެެއެއް އަޅަން ދިން ފައިސާ ތަ. ޗައިނާ ނަމަ ދޭނީ 200 މިލިއަން ޑޮލަރެވެ. ތިފައިސާ އަނބުރާ ދީ އިންޑިއާ އަށް. މިނިސްޓަރު ވިދާޅުވޭ މަމެންނަށް ޗައިނާ އިން އެތަން ހަދާ ދޭން ބުނި ކަމަށް. ދެން މި 80 މިލިއަން ރުފިޔާ ބޭނުމެއް ނޫނޭ ބުނޭ. އިންޑިއާ ކައިރީގައި ބުނޭ އިންޑިއާ އިން މި 80 މިލިއަން ރުފިޔާ ރަންރީނދޫ ރަސްގެފާނާއި އެކު މޭޒު ދަށުން ދަމާ ކުޅެން ޚަރަދު ކުރުން ރަނގަޅުވާނެއޭ އިނގޭ.

The name is already taken The name is available. Register?

ވަދޫދު

07 August 2016

80 މިލިއަން ރުފިޔާ އަށް އިމާރާތް ހެދޭ ވާހަކަ ބުނެފަ އެބައޮތްތޯ!!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454