ޑިފެންސް މިނިސްޓަރު މާރިޔާ އެންމެ ފަހުން އިންޑިއާ އަށް ކުރެއްވި ދަތުރު.
11 ފެބުރުއަރީ 2019 - 12:09
އިންޑިއާގައި އޮތީ ވަރުގަދަ އަސްކަރިއްޔާއެއް ކަމަށާއި އިންޑިއާ އަކީ ކޮންމެ ވަގުތެއްގައި ވެސް ރާއްޖެ ހިފޭ ވަރުގެ ގައުމެއް، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވި މައްސަލާގައި އޭނާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން މިއަދު ހުށަހަޅައިފި އެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އެވެ. މިއީ، މި ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނުން މެމްބަރުންނަށް ލިބިދީފައިވާ ބާރުގެ ދަށުން މި ސަރުކާރުގެ މިނިސްޓަރަކު މަޖިލީހަށް ހާޒިރު ކުރަން ހުށަހެޅި ދެ ވަނަ ފަހަރެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުވައިލި "ހިޔާ" މަޝްރޫއުން ދޫކުރި 7،000 ފްލެޓާ ގުޅޭ ގޮތުން ޖަވާބުދާރީ ކުރުވަން ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ޝަކޫރު މަޖިލީހަށް ހާޒިރުކޮށް ދިނުމަށް އެދި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވަނީ ހުށަހަޅުއްވައިފަ އެވެ.
ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޓޮމް ހުށަހެޅުއްވި މައްސަލައިގައި ވަނީ ގާނޫނުއަސާސީ އާއި ސިފައިންގެ ގާނޫނުން މިނިސްޓަރާ މަތިކޮށްފައިވާ ގާނޫނީ އެންމެ ބޮޑެތި ޒިންމާތަކުގެ ތެރޭގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކޮށް، ހިމާޔަތް ކުރުން ހިމެނޭ ކަމަށެވެ.
މީގެއިތުރުން ރާއްޖޭގެ އިއްޒަތާއި ކަރާމާތާއި ދައުލަތުގެ ޝާނާއި ޝައުކަތު ދައްކުވައިދީ ހިފެހެއްޓުމާއި ރާއްޖޭގެ ކަނޑާއި ހާއްސަ އިގްތިސާދީ ސަރަހައްދު ހިމާޔަތްކުރުމުގެ ސިޔާސަތު ކަނޑައެޅުމަކީ ގާނޫނުއަސާސީ އާއި ސިފައިންގެ ގާނޫނުން ވަޒީރާ ހަވާލުކޮށްފައިވާ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، މާރިޔާ މިނިސްޓަރުގެ މަގާމުގައި ހުންނަވައި ފާޅުކުރައްވަމުން ގެންދަވާ ސިޔާސަތުތަކުން ނުވަތަ ވާހަކަތަކުން ޒިންމާތައް އަދާކުރެއްވޭތޯ، ތޯރިގް ހުށަހެޅުއްވި ސުވާލުގައިވެ އެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަނަލް (އެސްއެންއައި) އަށް ދެއްވި އިންޓަވިއުއެއްގައި މާރިޔާ ވިދާޅުވީ އިންޑިއާ އިން ރާއްޖެ ހިފުމުގެ ވިސްނުމެއް ނުގެންގުޅުނު ނަމަވެސް، އިންޑިއާ އިން ބޭނުންވެގެން ރާއްޖެ ހިފަން އުޅޭ ނަމަ، އެކަން ކުރެވޭނެ ކަމަށެވެ.
އިންޑިއާ އަކީ އަސްކަރީ ގޮތުން ބާރުގަދަ ބައެއްގެ ގޮތުގައި ސިފަކުރައްވައި، މާރިޔާ ވަނީ އިންޑިއާ އަސްކަރިއްޔާ އަށް ތައުރީފް ކުރައްވައިފަ އެވެ. އިންޑިއާ އިން ބޭނުންވެއްޖެ ނަމަ، ރާއްޖެ ހިފިދާނެ ކަމަށް މާރިޔާ ވިދާޅުވުމުން، ގިނަ ބައެއްގެ ފާޑު ކިއުން އޭނާ އަށް ވަނީ އަމާޒުވެފަ އެވެ.
މާރިޔާގެ ވާހަކަ އަށް ފާޑުކީ ބައެއް މީހުން ބުނި ގޮތުގައި، މިއީ ރާއްޖޭގެ މިނިސްޓަރަކަށް ހުންނަވައިގެން ދެއްކެވޭނެ ފަދަ ވާހަކަތަކެއް ނޫނެވެ. މިއީ، ގައުމީ ސަލާމަތާ ގުޅުން ހުރި ވާހަކައެއް ކަމަށާއި މާރިޔާ ދިވެހިންގެ ރައްޔިތުންގެ ކިބައިން މައާފަށް އެދެން ޖެހޭނެ ކަމަށް އެ މީހުން ބުންޏެވެ. އަދި ބައެއް މީހުން ވަނީ ޑިފެންސް މިނިސްޓަރު ކަމުން މާރިޔާ އިސްތިއުފާ ދިނުމަށް ވެސް ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ ގޮތްހުސްވީތަ
12 February 2019
ތެދަށް ބުންޔަސް ސަލާމަތެއްނެތް، މާރިޔާ އެބުނީހަމަތެދެއް. އެކަންއޮތީއެގޮތަށް
ހޮޓްކިންގ
12 February 2019
އަހަރެއް ބޭނުންވަނީ ދިވެހިގައުމުގެ ކަރާމަތާއި ޝަރަފާއި ދިވެހިންގެ ޢިއްޒަތް ނަގާލި މިނިސްޓަރު މަގާމުން އަޒުލު ކުރަން.
ދިހި
12 February 2019
މުޅިގައުމުގެ މާލިއްޔަތު ދަވާލާ މީހުންމަރާ ގެއްލުވާލިއިރު މިމީހުން ކޮބާ .. އަދި މިއިން ކަމަކާ ބަހުސްކޮށްލާނެ ފުރުސަތުނުދީ މަޖިލީހުން ދިޔައީ ބޭރުކުރަމުން .. ކަލޭމެންގެ ލަދުހަޔާތް ކޮބާ .. އިދިކޮޅޭމެނަށް މެޖޯރިޓީ ދީފިނަމަ މިނޫންކަމެއް އެމީހުން ނުކުރާނެ .. މިމީހުނަށް ހީވެގެންއުޅެނީ ބަގާވަތްކުރި ވިސްނުމުގައޭ އަދިވެސް ފުލުހުންނާ ސިފައިން ތިބީ .. މިހާރު ފުދިއްޖެ މިގައުމަށް ކަލޭމެންގެ ސާވިސް ބޭނުމެއްނޫން .. މާރިއާއަށް ހިތްވަރުދެން ..
ޖިޒްމާން
12 February 2019
ފުރަތަމަ ދެއްކީ ރާޑަރު ނުބަހައްޓަން. އެބަހައްޓާފަ ހުރީ ޔާމީނު ވެރިކަމުގަ އެއްބައި. ގޯސް މިވީ އެހެން ބޔަކު ވެރިކަމަށް އައީމަ. ސިފައިންވެސް ކުރިންވެސް ތިބި. ކުރިމަތީ އޮތީ މަޖިލިސް އިންތިޚާބުކަން އެންމެނަށް އެނގޭ. ރައްޔިތުން ވާވެއްދޭތޯ މިއުޅެނީ
އެހެންމިހެން
11 February 2019
ޗައިނާއިން ބޭނުމިއްޔާ އިންޑިޔާވެސް ހިފިދާނެ.. އެހެންވެސް ބުނެލިނަމަ
1000
12 February 2019
ކީއްވެތަ. ރާއްޖެ ބަޔަކު ނުހިފައިގެން އަތައް ހިނި އަރައިގެން މިއުޅެނީ. މިގައުމަކީ ކަނޑުގެ ބާޒުގެ ކިބައިން ސަލާމަތް ކުރި ނިކަމެތި ދިވެހިން އުޅޭ ގައުމެކޭ. މާރިޔާ ބުނެވުނު ބަސް އަނބުރާ ގެނެސް ދިވެހިން ކިބައިން މާފަށް އެދި ބަލަ ކެރެންޏާ
އާދަނު2
11 February 2019
ތިމާހިތްނޭދޭކަމަކަށްވިޔަސް އެކަން އޮތީއެހެން، އަހަރެންވެސް ބޭނުމެއްނުވޭ އިންޑިޔާ މިޤައުމު ހިފާކަށް. ނަމަވެސް އެމީހުން އެކަންކުރަން ބާރުގެބޭނުންކޮށްފިއްޔާ ނުވާނެއެކޭނުބުނޭވެނެ. އިންޑިޔާ މިޤައުމު ހިފާކަށްނުޅޭ. ނަމަވެސް އެހެން ޤައުމަކުން މިޤައުމަށް އަތްގަދަކުރަންޏާ އެމީހުން މަޑުންތިބޭނެހެނެއްހިޔެއްނުވޭ.
ތެދަށް ބުންޔަސް
11 February 2019
ތެދަށް ބުންޔަސް ސަލާމަތެއްނެތް، މާރިޔާ އެބުނީހަމަތެދެއް. އެކަންއޮތީއެގޮތަށް
އުދުހޭ
12 February 2019
އެކަން އޮތީ އެގޮތަކަށްނޫން. މިޒަމާނުގައި ގައުމުތަކާ އޮންނަ ގުޅުމަކީ ނިއުކްލިއަރ ހަތިޔާރަށްވުރެ ބާރުގަދަ އެއްޗެއް. ނޭންގޭ ވާހަކަ ނުދައްކާ!!
Haruge
11 February 2019
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ޚިލާފަށް އިންޑިޔާގެ މިލިޓަރީ ފައުޖެއް ރާއްޖޭގައި ބައިތިއްބާ ރާއްޖެ އަޅުވެތިކުރި މައްސަލާގައި ނަޝީދުއަށް ދަޢުވާކުރަންޖެހޭނެ. ޢެމީހުން އިތުރަށް ބައިތިއްބަންނިންމި މައްސަލާގައި ރައީސް ސާލިހުއަށްވެސް ޝަރީއަތްކުރެވެންޖެހޭނެ.
ސީދާ ދޭއް
11 February 2019
ތެދު ވާނީ ތެދަށް އެކަމަކު ބުނެގެން ނުވާނެ!! މިއުޅެނީކީ ދޮގު ހަދައިގެނެއް ނޫން. މާގާމުގައި ހުރެ ދައްކައިގެން ނުވާނެ ވާހަކަ ނޭގޭތީ.
ހާލި
11 February 2019
ތަންކޮޅެއްއަވަސް ތީނަ ހަޒިރުކުރަން