ސިނަމާލެ ބްރިޖް އިއްޔެ ހަވީރު އާއްމު ދަތުރުތަކަށް ހުޅުވާލުމުން ބަޔަކު އެމްޕީއެލްގެ ބަހަކަށް އަރަނީ. އެ ކުންފުނިން ވަނީ ވަގުތީ ޝެޑިއުލެއް ހަމަޖައްސާފައިވާ ކަމަށް. ފޮޓޯ: ނިޝާން އަލީ /މިހާރު
08 ސެޕްޓެމްބަރ 2018 - 20:23
މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖު ހުރަސްކޮށް ކުރާ ބަސް ދަތުރުތަކުގެ ވަގުތީ ތާވަލެއް އެމްޕީއެލް އިން މިއަދު އާންމުކޮށްފި އެވެ.
އެ ތާވަލްގައިވާ ގޮތުން މާދަމާ އިން ފެށިގެން މާލެ އާއި ހުޅުމާލެއާ ދެމެދު ބަސް ދަތުރުތައް އޮންނާނީ ހެނދުނު 6:00 ން ރޭގަނޑު 11:00 އަށެވެ. އެ ތާވަލަށް މިވަގުތު އަމަލުކުރަނީ ބަސް ދަތުރުތަކުގެ ޚިދުމަތުގެ ތަޖުރިބާ ކުރުމަށެވެ.
ވަގުތީ ތާވަލާ އެއްގޮތަށް ކުރާ ދަތުރުތަކަށް ވެސް އެއްވެސް ފީއެއް ނުނަގާ ގޮތަށް އެމްޕީއެލުން ވަނީ ނިންމައިފަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ ބަސް ދަތުރުތައް މާދަމާ އިން ފެށިގެން އޮންނާނީ ހެނދުނު 7:00 ން ރޭގަނޑު 10:00 އަށެވެ.
އެމްޕީއެލްގެ ބަހެއްގައި އިއްޔެ ބަޔަކު ދަތުރުކުރަނީ. މާދަމާ އިން ފެށިގެން ބަސް ދަތުރުތައް އޮންނާނީ ހެނދުނު 6:00ން ރޭގަނޑު 11:00 އަށް. ފޮޓޯ: ނިޝާން އަލީ /މިހާރު
އެމްޕީއެލް އިން ބުނީ އެއާޕޯޓަށް ބަސް ދަތުރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ކޮންމެ ގަޑިއަކު އެއް ފަހަރު ކަމަށެވެ. އެ ދަތުރުތަކަށް ވެސް މިވަގުތު ފީއެއް ނުނަގާނެ އެވެ.
"މި ޝެޑިއުލްގައި ދަތުރުކު ރާނީ ޓްރަޔަލް ޕީރިއަޑް ނިމެންދެން. މިގޮތަށް އަދި ފަސްވަރަކަށް ދުވަހު ދަތުރުކުރަން ޖެހިދާނެ،" އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވި އެވެ.
އެމްޕީއެލް އިން ބުނިގޮތުގައި، އެ ކުންފުނިން ނިންމާފައި ވަނީ އެންމެ ބާރު ބޮޑުވާ ގަޑީގައި ހެނދުނު 6:30 ން ހެނދުނު 8:00 އަށް ކޮންމެ 10 މިނިޓަކުން ދަތުރެއް ކުރާ ގޮތަށެވެ. އަދި އެ ނޫން ގަޑިތަކުގައި ދަތުރުކުރަން ހަމަޖެހިފައި ވަނީ ކޮންމެ 20 މިނެޓަކުން ކަމަށް ވެސް ބުންޏެވެ.
ސިނަމާލެ ބްރިޖު އިއްޔެ ހަވީރު 4:00 ގައި އާއްމު ދަތުރުފަތުރަށް ހުޅުވައިލުމުން އެމްޕީއެލުން ވަނީ ބަސް ދަތުރުތައް 4:00 ން 6:00 އަށް ބާއްވައިފަ އެވެ. އަދި މިއަދު ބަސް ދަތުރުތައް ބާއްވާފައި ވަނީ ހެނދުނު 7:00 ން ހަވީރު 4:00 އަށެވެ. ކުރިން ވެސް ހަމަޖައްސާފައިވާ ގޮތުގެ މަތިން، އިއްޔެ އާއި މިއަދު ބްރިޖުގެ ބަސް ދަތުރުތައް ރޭގަނޑަކު ނުބާއްވަ އެވެ.
ސިނަމާލެ ބްރިޖުގައި އެމްޕީއެލްގެ ބަހެއް ދުއްވާފައި ދަނީ: އެ ކުންފުނިން ބުނީ ރަސްމީކޮށް ދަތުރުތައް ފަށަން ދެން ދަތުރުތައް ހިލޭކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް. ---ފޮޓޯ: ހުސައިން ވަހީދު/މިހާރު
އެމްޕީއެލްގެ އޮފިޝަލް ވިދާޅުވީ ހުޅުމާލޭގައި ހުންނަ ބަސް ޓާމިނަލާއި ރަށު ތެރޭގައި ހުންނަ ބަސް ސްޓޮޕްތަކަށް ދެވޭ ގޮތަށް އެމްޓީސީސީން ދަތުރުތައް ހަމަޖައްސާފައިވާ ކަމަށެވެ.
އެ ކުންފުނިން ވަނީ ބްރިޖާއި އަދި ލިންކް ރޯޑުގައި ވެހިކަލް ދުއްވާ މީހުން ބަސް ދަތުރުތަކަށް ޖާގަ ދިނުމަށް އިލްތިމާސްކޮށްފަ އެވެ.
"އަޅުގަނޑުމެންގެ އިލްތިމާސް އަކީ ބަސް ދަންޏާ މަގު ދައްކައި ބަސްތައް އޯވާޓޭކް ނުކުރުމަށް. އެއީ ވަރަށް ބޮޑު ރިސްކެއް. އެކްސިޑެންޓެއް ހިނގައިފި ނަމަ ދަތުރުތަކަށް ބުރޫ އަރާނެ،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޯން
09 September 2018
ބިދޭސީންއަތުން..ޑަބަލް ޗަރޖުކުރަން ފެނޭ މިހާރުވެސް އެމިހުގެ އުދަގޫވަރަށްބޮޑު
މޮޔަނުވޭ
10 September 2018
އެވއސް އިންސާނުން
ހުޅުމާލޭ ރައްޔިތެއް
09 September 2018
ޝުކުރިއްޔާ ޔާމީން. ތިއީ ރައްޔިތުންނަށް ކޮއްދިން ވަރަށް ބޮޑު ފަސޭހައެއް. އެއީ ކޮންމެ ދުވަހަކު މާލެއަށް ވަޒީފާއަށް ފެރީގައި ދިގު ދަތުރު ކޮއްފައި އަންނަން މިހާރު ނުޖެހުން.
ތޮއްޖެއްސުމުގެ ނިޒާމް
09 September 2018
ތޮއްޖެއްސުމުގެ ނިޒާމް
ދޮން އާމިރު
10 September 2018
އަގު ކަނޑަ އެޅީމަ އެނގޭނެ ތިކަން...
އާދަން ހަލީމް
09 September 2018
ހުޅުމާލެއިން ނިކުންނަން އޮންނަ ސަރަހައްދުގައި ހުންނަ ޓާމިނަލުން ފުރާ ގޮތައް އޮތުމުން އެހިސާބަށް ކޮންމެ ވަގުތަކު ދިއުމަކީ ފަސޭހަކަމަކަށް ނުވާނެ. ހުޅުމާލޭގައި ހުންނަ ބަސް ސްޓޮޕް ތަކުން ނެގޭނެ އިންތިޒާމެއް އަޖުމަ ބަލަން ނަމަވެސް މިވަގުތު ބަލާލުމަކީ މުހިންމު ކަމެއް ކަމުގައި ފެނޭ. ނުވަތަ، ހުޅުމާލޭގައި ދުއްވާ އެމްޓީސީސީ ބަސްތައް ވަރަށް ގާތްގާތުން ހުޅުމާލޭ އެކްސިޓް ބަސް ސްޓޭޝަނަށް ދާނެ ގޮތަކަށް ދެކުންފުނިން މަޝްވަރާކޮށް ރޭވުން ރަގަޅު. ދެކުންފުންޏަކުން މިކަން ކުރުމުން އަންނާނެ ވިސްނުމުގެ ތަފާތު މިފެންނަނީ. އެއްކުންފުންޏަކުން މި ދެބައިވެސް އޮޕަރޭޓު ކުރާނަމަ އެއްމޭޒަކުން މިކަމަށް ހައްލު ހޯދުން ފަސޭހަވީސް. މިފަދަ ކަންކަން ކުރާތީ ފާޑުކިޔޭގޮތްވަނީ.
ގަމާރު
09 September 2018
އުފަލެއް ނުވޭތަ؟ ހާދަ ގަޓުހުރި ވެރިޔެކޭ. ސާބަސް ރައީސް ޔާމީން.
މަ މިއު މަ
09 September 2018
ހުޅުލެ އަށް ޖެހޭނެ ނޫންތަ 24/7 ބަސް ދަތުރު އޮންނަން؟
ވަދޫދު
09 September 2018
މިހާރު ދަންވަރު ފުލައިޓް ނޯންނާތީ އޮންނަން ޖެހޭނެ ކަމަކަށްް ނުފެނޭ!!
މާމަ
09 September 2018
ތީ އިޚްލާސް ތެރިކަމާއެކީ ކުރާކަމެއް ނަމަ، މާލޭ ބަސްޓްޝަން އިން 5 މިނިޓް އިން ލަސްވެގެން ބަހެއް ނައްޓާލަން ޖެހޭނެ، އަދި ބާރު ބޮޑު ވާ ގަޑި ތަކުގައި ބަސް ފުރޭ ވަރަކަުން ނައްޓާލަން ޖެހޭނެ، އަދި މިކޮޅުން ނައްޓާލާ ބަސް ހމާލޭގެ ބަސް ސްޓޮޕް ތަކަށް މަޑު ކުރަމުން މީހުން ނަގަމުން އަންނަން ޖެހޭނީ. އެހެން ނޫނީ ތީގެ އެއްވެސް ފަސޭހައެއް ގިނަމީހުންނަކަށް ނުކުރާނެ. އަދި ހމާލޭގެ ނ1 އަދި ނ2 އަށް ވެސް މިގޮތަށް ދަތުރު ކުރެވެން ޖެހޭނެ.
ސާލިހު
09 September 2018
5 މިނިޓޭ، ހާދަ ވިސްނޭ ބޭފުޅެކޭ، އޭރުންހާދަ ގިނަބަހެއްބޭނުންވާނެޔޭ ދަރިފުޅާ، ހާދަޓްރެފިކަށްވެސް އުނދަގޫވާނެޔޭ، ހާދަޙަރަދުވެސް ބޮޑުވާނެޔޭ، ޢޭރުން ބަސްޓިކެޓްވެސް އަގުބޮޑުވާނެޔޭ މަގޭދަރިފުޅަ ، އަދި ވިސްނާލަބަލަ
މާމަ
09 September 2018
ތިބަސްދަތުރުތަށް ރާވާލެވިފައި އަދި ތިވަނީކީ ފެރީ ނިޒާމަށް ވުރެން މާ ތަކުލީފް ބޮޑުކޮށް. ފެރީއަކަށް ތީގެ 2 ބަހުން ގެންދާހާ މީހިން ގެންދާއިރުވެސް ލަސްވެގެން 10 މިނިޓް އިން 5 މިނިޓް އިން ފެރީއެއް ކޮންމެ ކޮޅަކުންވެސް ފުރާ. އެވަރުންވެސް އެތަން އޮންނަނީ ތޮއްޖެހިފައި. ބަސް ހުޅުމާލެއަށް ދިއުމަށް 15-20 މިނިޓް ވަރު ހޭދަވާނެ އަދި ބަސް ގޮސް މަޑުކުރާ ހިސާބުން ޓެކްސީގަ ނޫނީ ހމާލޭގެ އަވަށު ތެރެއަކަށް ނުދެވޭހާ ދުރު އެއީ. މާލޭ ބަސްސްޓޭޝަންގަ 20 މިނިޓް ދަތުރަށް 20 މިނިޓް ހމާލެއިން މޓސސ ބަސް ވެއިޓިން 15 މިނިޓް ދަތުރަށް 10 މިނިޓް 1 ގަޑިއިރަށް ވުރެން ކުރިން ނުދެވޭނެ.
ބުރޯބެ
09 September 2018
ބުރޯ މިޙަރަކު ފެރީއަށް ދާވަރަކަށް މީހުނެއް ނުދާނެ، ވަރަށްގިނަމީހުން ދާނި ށައިކަލުގަ،
ޙުސެން
09 September 2018
މަތީގައިވަ ބަސް/ސައކަލު/މީހުން މަގުމެދުންދާ ފޮޓޯ އަށް ބަލާލުމުން ކޮންފިއުޒިން. ނުކުރާށޭބުނާ ހުރިހާ ކަމެއް އެއްފޮޓޯއަކުން..
އިގުބާލު
09 September 2018
އިއްޔެ ވަގުތީގޮތުން ފަށާފައި މިއަދު ވަގުތީގޮތުން ހުއްޓާލާފައި މާދަން ވަގުތީގޮތުން ފެށިޔަސް ތިޔަޖަހަނީ ކޮން ސަކަރާތެއްކަން ދޭހަނުވާނެ ރައްޔިތުން ވަރަށް މަދުވާނެ. ނުއަގުގައި ރައްޔިތުން ފެލާލައިގެން އެޅި ބުރިޖު މިއަދު ތިބޭނުންކުރަނީ އަމިއްލަ ސިޔާސީ މަންފާއަށް. ތިވެސް ޚިޔާނާތެއް. ޚިޔާނާތަކީ ހަމައެކަނި ވައްކަން ކުރުމެއް ނޫން. ޚީޔާނާތްތެރިންވެސް އާޚިރަތުގައި ޖަވާބުދާރީ ވާންޖެހޭނެ. އެދުވަހުން އެއްވެސް ކަމެއް އޮޅުވައެއް ނުލެވޭނެ.
ހެލޯ
09 September 2018
ހޫނ އެމް ޑީ ޕީ މީހެއް ދޯ, ނުވާނެ ހަޖަމެއް.
ފައި
09 September 2018
އެމްޓީސީސީގެބަސްމިހާރުވެސްދަތުރުކުރަނީ 20މިނެޓުނޫނީ 25މިނެޓުއެހެންވީމާ މާލެދާން ބޭނުންވާމީހާކުރިއެކޭއެއްގޮތައް އެއްގަޑިއިރުކުރިން ނިކުމެގެންނޫނީމާލެނުދެވޭނެމިކަމުންރައްޔިތުމީހާ އައްވާނެފަސޭހައެއްނެތްކޮއްމެމީހަކުވެސް ބޭނުންވަނީދަތުރުފަތުރުއަސްވުންކަނޑުމަގުންވެސް ގަޑިއެއްހާއިރުކުރިންގެއިންނިކުމެގެން 20މިނިޓުގެ ދަތުރެއްކޮއްފަމާލެދެވޭނެކޮއްމެމީހަކުއަތަކު ސައިކަލެއްނުހުންނާނެ
ހަބީބު
09 September 2018
ތިހާ އަވަސް ކުރަން ބޭނުންވާނަމަ ޓެކްސީގައި ދާންވީނު
ޑިމޮކްރަޓިސްޓް
09 September 2018
ކަލޭގެ އަމިއްލަކަމެއްދޯއެއީ 1 ގަޑިއިރު ކުރިން ނުކުތުމާ ނުނިކުތުން. އަވަހަށް ނުނުންނަން ބޭނުން ނުވަންޏާ ބަސްގަޑީގެ 5 މިނެޓްކުރިން ބަސް ސްޓޮޕަށް ދިޔައިމަ ނިމުނީ.. ކޮންމެ ގެއެއްގެ ކުރިމަށްޗަށް ބަހެއް ނުހުއްޓޭނެ.. ދުނިޔޭގެ އެއްވެސް ގައުމެއްގަ ކަންކުރާގޮތެއްނޫން މިއިކީ.. މީހާގެ ވިސްނުން ބަދަލުކޮށް ތަހުޒީބަށް މީހާހޭނެން ނޭންގުމަކީ ތިމާގެ އަމިއްލަކަމެއް..
މަ މިއު މަ
09 September 2018
ކަލޭ ކަހަލަ ދެ ބަސް ދޭތެރޭ ސްޕޭސް ދޫކުރަން ނޭނގޭ މީހުން ރަނގަޅު ވާނީ ކޮމޭންޓް ނުކުރިއްޔާ