އެމްޓީސީސީގެ ފެރީއެއް ހުޅުމާލެއަށް ދާން މާލޭގެ ފަޅުން ނުކުންނަނީ: ބްރިޖް ހުޅުވާލުމާއެކު ފެރީގައި ދަތުރުކުރާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައި.
10 ސެޕްޓެމްބަރ 2018 - 13:26
ސިނަމާލެ ބްރިޖް އާއްމުކޮށް ހުޅުވައިލުމުން ފެރީގައި ހުޅުމާލެ އަށް ދަތުރުކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައި ވިޔަސް، ފެރީ ދަތުރުތަކުގެ ތާވަލަށް ބަދަލެއް ގެންނާނީ އަދި މަހެއްހާ ދުވަހު ބެލުމަށް ފަހު ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.
އެ ކުންފުނީގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ފެރީ ތާލަށް ބަދަލު ގެންނަން އަދި އަވަސް ކަމަށެވެ.
"ދެތިން ދުވަހުން ނޭނގޭނެ ޑިމާންޑަށް އަންނަ ބަދަލެއް. މިހާރު ހިލޭ ދަތުރުކުރެވުނު ނަމަވެސް ފީ ނަގަން ފެށުމުން ވެސް ބަދަލު އަންނާނެ. އެހެންވީމަ މި ވަގުތު ފެރީގައި ދަތުރުކުރާ މީހުން މަދު ނަމަވެސް ތާވަލަށް ބަދަލެއް ނުގެންނަން،" އޭނާ ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ ހުޅުމާލޭގެ އިތުރުން އެއާޕޯޓު އެކްސްޕްރެސް އާއި ހުޅުމާލެ އަށް މުދާ އުފުލާ ފެރީގެ ހިދުމަތް ވެސް ކުރިޔަށް ގެންދާނެ ކަމަށެވެ.
"އެއާޕޯޓު އެކްސްޕްރެސްގެ ޑިމާންޑަށް އެއްވެސް ބަދަލެއް ނާދޭ. މުދާ ފެރީން ވެސް މުދާ ގެންދިއުމަކަށް މި ވަގުތު މާ ބޮޑު ބަދަލެއް ނާދޭ،" އޭނާ ވިދާޅުވި އެވެ.
މިދިޔަ ހުކުރު ދުވަހު ބްރިޖް ހުރަސްކޮށް ދަތުރުކުރެވޭ ގޮތަށް ހުޅުވާލި ފަހުން މާލެ އާއި ހުޅުމާލޭގައި ހުންނަ އެމްޓީސީސީ ފެރީ ޓާމިނަލް ފެންނަނީ ވަރަށް ފަޅުކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮތަރުބެ
11 September 2018
ފެރީތައް މިދުވަސްކޮޅަށް މަދުކޮއްފަ ޓޯލް ނަގަން ފެށީމަ ހަފްތާއެއްފަހުން ފެރީގެ ހިދުމަތް ހޯދާ މީހުންގެ ނިސްބަތަށް ބަލާފަ ފެރީގެ ދަތުރުތަށް ހަމަޖެއްސުން ބުއްދިވެރި. އެހެންނޫނީ މިދުވަސްކޮޅު ތިހަރަދުކުރަނީ އިސްރާފްކަމަށް ބެލޭނެ.
އައްޔުބެ
10 September 2018
އެމްޓީސީސީގެ ނިކަމެތި ހިއްސާދާރެއްގެ ހައިސިއްޔަތުން ވަގުތީގޮތުން ފެރީގެ ތާވަލަށް ބަދަލުގެނައުމަށް ގޮވާލަން. ނޫންނަމަ ހުސްފެރީތަކެއް ދަތުރުކުރުމުން ކުންފުންޏަށް ވާނީ ގެއްލުންތޯ ފައިދާތޯ. ތިޔަކުންފުނީގެ ފެރީ ދަތުރުކުރަނީ އަނެއްކާ ލޮނުފެންއަޅައިގެންތޯ.
ސަކީނާ
10 September 2018
ވޯޓަށް ފަހު ބުރިޖު މާބޮޑަށް އަގު ބޮޑު ވެއްޖިއްޔާ އަހަރެމެން ދާންޖެހޭނީ ފެރީގަ. ތިޔަ ތާވަލު އޮތްގޮތަށް ބާއްވަން ފެނޭ