ރައީސް ޔާމީން ގަން އެއާޕޯޓްގައި ސަޕޯޓަރުންނާ ސަލާން ކުރައްވަނީ.
13 ސެޕްޓެމްބަރ 2018 - 15:44
އައްޑޫގައި ނިމިފައިވާ ތަރައްގީގެ ބައެއް މަޝްރޫއުތައް އިފްތިތާހު ކޮށްދެއްވުމަށްޓަކައި ރައީސް އަބްދުﷲ ޔާމީން މިއަދު އައްޑުއަށް ވަޑައިގެންފި އެވެ.
މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ރައީސް ޔާމީން އައްޑު އަށް ވަޑައިގަތުމުން، އެމަނިކުފާނަށް ވަނީ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ނުކުމެ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ. ރައީސް ޔާމީން ވަޑައިގަތް ވަގުތާ ދިމާކޮށް ވާރޭ ވެހުނު ނަމަވެސް ވާރޭ ތެރޭގައި ވެސް ގިނަ އަދަދެއްގެ ބަޔަކާ އެމަނިކުފާނު ސަލާމް ކުރެއްވި އެވެ.
އައްޑު އަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެންމެ ހާއްސަ ކަމަކަށް އޮތީ މި ރޭ ހިތަދޫގައި ޕީޕީއެމްގެ ޖަލްސާއެއް ބޭއްވުމެވެ.
ރައީސްގެ މި ދަތުރުފުޅުގައި ހުޅުމީދު އަށް ވަޑައިގެން އެ ރަށުގެ ނަރުދަމާ ނިޒާމާއި ފެނުގެ ހިދުމަތް އިފުތިތާހު ކޮށްދެއްވުމާއި އެ ރަށުގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތައް ހުޅުއްވައި ދެއްވުމާއި ފިޝަރީޒް ކޮމްޕްލެކްސް ހުޅުއްވައި ދެއްވުން އޮންނާނެ އެވެ.
ފިޝަރީޒް ކޮމްޕްލެސްއަކީ 2014 ގައި އައްޑު އަށް ރައީސް ޔާމީން ވަޑައިގެން އިފުތިތާހު ކޮށްދެއްވި މަޝްރޫއެކެވެ. ނަމަވެސް އެ ތަނުގެ ބިންގާ އަޅައި، ފިޝަރީޒް ކޮމްޕްލެކްސް ބިނާ ކުރުމުގެ އަމަލީ މަސައްކަތް ފެށުނީ އޭގެ ދެ އަހަރު ފަހުން 2016 ގަ އެވެ.
ރައީސްގެ މިއަދުގެ ދަތުރުފުޅުގެ ތެރެއިން ހުޅުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކުރުން ވެސް އޮންނާނެ އެވެ.
މީގެ އިތުރުން ހިތަދޫގެ ނަރުދަމާގެ ހިދުމަތް ފައްޓަވައިދެއްވުމާއި ފްލެޓްތަކާއި ނޭޗާ ޕާކާއި، ސޯލާ ހައިބްރިޑް ޕަވާ ސިސްޓަމް ހުޅުއްވައި ދެއްވުމުގެ އިތުރުން ފޭދޫ، މަރަދޫ، މަރަދޫފޭދޫގެ ފެނުގެ ޚިދުމަތް ފައްޓަވައި ދެއްވުމާއި ފޭދޫ ބިން ހިއްކުމުގެ މަޝްރޫއު ނިމުން ފާހަގަ ކުރުން ވެސް އޮންނާނެ އެވެ.
ރައީސް އޮފީހުގެ ޕޯސްޓެއް.
ރައީސް ޔާމީންގެ މި ދަތުރުފުޅާ ދިމާކޮށް އައްޑޫ ލިންކް ރޯޑްގެ އެކި ސަރަހައްދުތަކުގައި ޕީޕިއެމްގެ ދިދަފަތިތައް ދަމައި، ރައީސް ޔާމީންގެ ފޮޓޯފުޅުތައް އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވެ އެވެ.
ރައީސް ޔާމީން އެންމެ ފަހުން އައްޑު އަށް ވަޑައިގަތީ 2015 ގަ އެވެ.
އައްޑޫ ދަތުރުފުޅަށް ފަހު ފުވައްމުލަކަށް ވަޑައިގެން އެ ސިޓީގެ ފެނާއި ނަރުދަމާގެ ހިދުމަތް ފައްޓަވައި ދެއްވުމާއި ފްލެޓްތައް ހުޅުވުމާއި ނޭޗަ ޕާކް ހުޅުއްވައިދެއްވުމުގެ އިތުރުން ފުވައްމުލަކުގެ ބަނދަރުގެ އެއްގަމު ތޮށި ހެދުމުގެ މަސައްކަތުގެ ނިމުން ވެސް ރައީސް ޔާމީން ފާހަގަ ކޮށްދެއްވާ ގޮތަށް ހަމަޖެހިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރޭމިތުރާ
13 September 2018
[[އަތްދިއްކުރަންވާނީ ހެޔޮނިޔަތުގަ ސަލާންކުރަންޏާ! ހިތުގަ މަކަރެއް ނެތްކަން އެމޫނުން އެނގެންޏާ!]]
ކަރަންވީރް ޑޮގްރާ
13 September 2018
ރައީސް ޔާމީން. ތިޔަ ބޭފުޅާއަކީ އެހެން ހުރިހާ ރައީސް އަކަށް ތުރެއް އެންމެ ބަރާބަރު މީހާ އެވެ.
ފުރާވަރުގެޖިންނިއެއް
13 September 2018
ބަޖެޓު އަހަރަކު 25 ބިލިއަން = 5 އަހަރުން 125 ބިލިއަން. 5 އަހަރުތެރޭ މާލޭގެ ރަށްވެހިކަމުގެ ތަރައްގީއަށް 79 ބިލިއަން. 5 އަހަރުތެރޭ އައްޑޫގެ ތަރައްގީއަށް 1 ބިލިއަން. އާބާދީގެ 10 ޕަސެންޓަށް ތަރައްގީގެ %0.8. ހިސާބުން ފާސްވެފަ ހުރި ކުއްޖަކު މީގަހުރި ހަމަހަމަކަން ޑިރައިވްކޮށްލަދީބަލަ.
ތުއްތުނާ
13 September 2018
ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި އިރު ވެސް ފެނާއި ނަރުދަމާގެ މަސައްކަތް ކުރަމުން ދަނީ ، އެކަމަކު އެކަން ވެސް ނުނިމޭ... ހޮސްޕިޓަލް އަޅަން ބިން ހަމަޖެހި ބޭރުގެ ގައުމުތަކުން ފަންޑު ލިބިފައި އެކަމަށް ބޭނުންވާ ފައިސާ ދައުލަތުގެ ބަޖެޓުގައި ވެސް ހިމެނޭ ، އެކަމަކު ދަރުބާރުގެ ހަލާކުކޮށް ކޮންސަކަރާތެއް ޖަހަނީ ، .. މަގުތައް ހަދައި ދޭން ބުނި ، އެއްވެސް ބަދަލެއް ނައާދޭ...އިސްމެހެލާހެރަ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ބުނީ ، މަސައްކަތް ނުވެސް ފެށޭ..
ދަލޭކަ
13 September 2018
ހާދަހާވާ މީހުންނެކޭ އެއޮތީ. ހަޖަމް ކުރައްވާ.
މޮޑަފްް
13 September 2018
އެންމެން މިތިބެނީ މިރައީސް ހައްދައިގެން ތަންތަނުން މީހުން ގެނެސް އަތް ޖައްސުވަން. މިކަންކުރާ މީހުންވެސް ބުނޭ ދިހަ ޕަސެންޓްވެސް އައްޑޫއިން ނުލިބޭނެޔޭ. ދެން މިމީހުން އަމިއްލަ ނަފްސަށް އޮޅުވާލާވަރު ބަލާ. މިނޫހަށް ކޮމެންޓްކޮށް ކޮމެންޓަށް ލައިކްކުރަން މުސާރަދީފަ ބޮޑު ޓީމެއް ހަރަކާތްތެރި އެބަވޭ ވަކި ސެންޓަރެއް ހަދައިގެން. މިވަރަށް ބަޔަކަށް ކެމްޕޭންކުރެވޭނީ.
ހައިއްޓެ
13 September 2018
ރައީސް ޔާމީންގެ ތަރައްގީގެ ނަފާ އާއި އުފާ މުޅިރާއްޖެއަށް ހަމަ ހަމަ ކަމާއެކު ލިބެމުންދާއިރު އައްޑޫ ސިޓީ އަކީ މި ތަރައްގީގެ މުހިންމު ސަރަހައްދެއް. އެކަމުގެ ހެކިތައް މުޅި އައްޑޫ އިން ވެސް މިއަދު ފެންނާނެ. ހަގީގަތަކީ މި ސަރުކާރެއްވުރެން ގިނަ މަޝްރޫއު އެހެން އެއްވެސް ސަރުކާރެއްގައި ހިންގާފައި ނުވާކަން. މީ ތަފާތަކީ.. އެހެންވެ ބުނަން ޖެހެނީ ދެންވެސް ރައީސް ޔާމީން އޭ
ބަބުރު ކުއްޖާ
13 September 2018
އޭނ ކީކޭ؟ ހަމަހަމަ ކަމާއެކު އޭ؟ ހަމަ ވީވީނުން މާލެ ކޮޅަށް ބުރަވެ ސަހަރޯވެ މިއޮގެން ވެއްޓެނީ! ހުރިހާ އައްޑޫމީހުން މިދިމާލަށް. ހުޅުދޫމީދޫވެސް ފަޅަށް. ޓެކްސް ދެއްކުމުގައި ހަމަހަމަ. އެވާހަކަ ދޯ ތިޔަ ބުނީ
ސުބު
13 September 2018
ރައީސް ޔާމީން އައްޑޫ އަށް ގެނައި ހަމައެކަނި ތަރައްގީ އަކި ކޮންވެންޝަން ސެންޓަރު ރޫޅައިލުން.
ތުއްތުނާ
13 September 2018
ކޮންބަޔަކަށް އޮޅުވާލުމަށް ތިއުޅެނީ........ އައްޑޫ ރައްޔިތުން ލޯ އަނދިރި ނޫން......... ތިބުނާ ތަރައްޤީ ކޮންކަމެއް ކަން ބުނެދީބަލަ.....؟
ނިއުޒާ
13 September 2018
ސާބަހޭ ރަޢީސް ތީ މިގައުމުގެ އުއްމީދު ތައް
ނިއުޒޯ އައްޕަނާ
13 September 2018
ހުވާތަ.. ބޭފުލާ ޖޯކު ވިދާލުވަނީތަ...
ރެކި ބެއްޔާ
13 September 2018
އެއައީ 5000 ބެޑް ހުޅުވާ ޓާރޝަރީ ހޮސްޕިޓަލް ހުޅުވަން. ދެން ދެއަތް ފޫދަންދެން ބާރަށް އަތްޖަހާ
ފާސްނުވާ ޑރ
13 September 2018
ދެން ބުނުއްވާ އައްޑޫވެސް ބަދަލުވެއްޖެއޭ...