14 ސެޕްޓެމްބަރ 2018 - 21:00
އެކަނިމާއެކަނި މަގުމަތީ ހިނގާފައި ދަނިކޮށް މިއަދު ހެނދުނު މާފަންނުކޮޅުން ފެނުނު ކުޑަ ފިރިހެން ކުއްޖަކު، ފުލުހުންގެ އެހީތެރިކަމާ އެކު، އާއިލާއާ ހަވާލުކޮށްފި އެވެ. މިއީ އެ ކުއްޖާ އެގޮތަށް ފެނިގެން ފުލުހުން މެދުވެރިކޮށް އާއިލާއާ ހަވާލުކު ކުރި ދެވަނަ ފަހަރެވެ.
ދެ އަހަރުގެ ކުޑަ އެ ކުއްޖާ މިއަދު ހެނދުނު 8:30 ހާއިރު އެކަނި ދަނިކޮށް ބަޔަކަށް ފެނުނީ މާފަންނު މުރަނގަ މަގުންނެވެ. ހުދު ޓީޝާޓަކާއި ދަނބު ކުލައިގެ ދިގު ސޯޓެއް ލައިގެން ހުރި ކުއްޖާ އެވަގުތު އަރައިގެން ހުރީ އަންހެނުން އަރާ ކަހަލަ ފައިވާނަކަށެވެ.
މަންޒަރު ދުށް މީހަކު ބުނި ގޮތުގައި އެކުއްޖާއާ ސުވާލު ކުރުމުން އެއްވެސް އެއްޗެއް އޮޅުމެއް ނުފިލި އެވެ. އެހެންކަމުން އެއީ އެކަނި ގެއިން ނުކުމެގެން އުޅެނިކޮށް ދެވޭނުދެވޭ ތަނެއް ނޭނގި، ހިނގަމުން ދިޔަ ކުއްޖެއް ކަމަށް އެ މީހުންނަށް ކަށަވަރުވި އެވެ. އެހެންވެ ކުއްޖާ ފުލުހުންނާ ހަވާލުކުރީ އެވެ.
So apparently the little boy who was found on the road alone today , had been in the same situation a few weeks back . He was found wandering alone in maaffanu by someone else. Something is clearly not right. @PoliceMv @Min_Gender please look into this. pic.twitter.com/kQM39WHdgJ
— Malbulhies (@iamalsha) September 14, 2018
ކުއްޖާއަށް ރައްކާތެރިކަން ދިނުމަށް އެދި މީހަކު ކޮށްފައިވާ ޓްވީޓެއް
ފުލުހުންގެ އެހީތެރިކަމާ އެކު ހެނދުނު ވަނީ އެކުއްޖާ އާއިލާއާ ހަވާލުކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި އެއީ ދެ ކުދިން ތިބޭ އާއިލާއެއްގެ ހަގު ކުއްޖާ އެވެ. މަންމައާ އެކު ކުއްޖާ އުޅެނީ ރާނބާ ރެސްޓޯރެންޓް ކައިރީގައި ހުރި ގެއެއްގަ އެވެ. އޭނާ މިއަދު ފެނުނީ ގާތްގަނޑަކަށް ކިލޯ މީޓަރެއްހާ ދުރުން، ބީޖީ ސްޕޯޓްސް ނިސްބަތްވާ ހިސާބުގަނޑުންނެވެ.
ސޯޝަލް މީޑިއާގައި ނާނި ޝަފީގު ކިޔާ މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިންވެސް އެކުއްޖާ މާފަންނު ފަލާހު ސްކޫލު ކައިރީ އެކަނި ހުއްޓާ ފެނިގެން ފުލުހުންނާ ހަވާލުކުރި ކަމަށެވެ.
އެ ދުވަހު އާއިލާ އިން އެކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރީ އޭނާ ފުލުހުންނާ ކުއްޖާ ހަވާލުކުރިތާ ތިން ގަޑިއިރެއްހާއިރު ފަހުން ކަމަށް އޭނާ ބުންޏެވެ.
އެ ކުއްޖާގެ ފޮޓޯއާއެކު ސޯޝަލް މީޑިއާގައި އެތައް ބަޔަކު އަންނަނީ އެކަން ބަލައި އެކުއްޖާ އަށް ރައްކާތެރިކަން ދިނުމަށް ގޮވާލައި ޕޯސްޓްތައް ކުރަމުންނެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލުގުމާން
16 September 2018
އެކުޖާ އަށް އެކަނި ތަންތަނަށް ދާން އެނގެނޔާ ދާނެ ތާ. ޚޮބާ މައްސަލަ އަކީ
ސަނީ
16 September 2018
ކޮންމެ މީހެއް ކޮންމެ ނިޔަތަކު ނަމަވެސް ކުއްޖާ ދޭށޭ ބުނުން އެއީ ސިކުނޑި ތަރައްގީ ނުވާތީ ދައްކާ ވާހަކަ، މީ މަހާ ކައްޓާ ލައްވާފަހުރި އިންސާނެއްގެ ވާހަކަ މިދައްކަނީ، ކުޅޭކުޅޭ ބޯޅަ އެއްނޫން އެކެއް އަތުން އަނެކެއް އަތައް ޕާސް ކުރަން..
އަހުމދަު
15 September 2018
މީ ވަރަށް ޢައްމު ކަމެއް. މީގެ ދުވަސްކޮޅެއް ކުރިން ވެސް ކުއްކަޖު މަގުމަތިން ހޮވައިގެން އުޅުނުް. އެފްބީ އިން ދުށިން.
މަޢޫސޫމާ
15 September 2018
2 އަހަރުގެ ކުއްޖެކޭ؟ 2 އަހަރުގެ ކުއްޖަކު މަންމަގެ ފައިވާނަށް އަރައިގެން ނިކުމެގެން ދާއިރު ކޮބައިތަ މަންމަ؟ 2 އަހަރުގެ ކުއްޖަކު މަގުމަތީން ދަނިކޮށް ދަނިކޮށް ފެނިގެން ފުލުހަށް އަންގަންޖެހޭ ޙާލަތަކީ އެންމެންވެސް ހޭލަންވެއްޖެ ޙާލަތެއް. އެ ޢާއިލާގެ ކަންކަން ހުރިގޮތްވެސް ބަލަން އެބަޖެހޭ. މާޝާﷲ ތި ކުއްޖާ އަކީ ލޯބި ލޯބި ކުޑަކުޑަ ކުއްޖެއް. ނުބެލެންޏާ ދީ އަހަންނަށް. އަމިއްލަ ދަރިއެއް ނެތިފަ މިހާރުވެސް މި ހުންނަނީ. އިންޝާﷲ ބަލައިދޭނަން.
ކޮއްކޮ.
15 September 2018
ކޮއްކޮ އިނީ ވަރައް ހެޔޮވަރު ފައިވާނެއްގަ ފިނިކޮއްލަން ބޭރައް ނިކުންތަނާ ހައްޔަރުކުރީ ކުދަކުދިންގެ މަޖިލީހައް މިކަން ވައްދައިގެން ފެންފިސްތޯލަ ގެންގުޅުމުގެ ހުއްދަ ހޯދައިގެން ދެން ނިކުންނާނީ ފެން ފިސްތޯލަ ހިފައިގެން ހެއްހެއްހޭ
އަލްޙަމަދުﷲ
15 September 2018
ތިކުއްޖާގެ ނަސީބު ތީ ދިވެއްސަކަށް ވީކަން! އިންޑިއާގަނަމަ، ރާމާމަކުނު ދޮންކެޔޮ ވަކެއް ޖަހައިގަންނަހާ އަވަސް ސްޕީޑުގަ ތިކުއްޖާ ޖަހައިގަންނާނެ އެވެ.
މޫމިނާއްތަ
15 September 2018
އާއިލާތައް ނިކަމެތިކޮށް އުޅޭތަން މިފެންނަނީ. އެއްވެސް މީހަކު މިހާލަަތަށް ވެއްޓިގެން ނުވާނެ. އެއީ ތަރައްގީއަކީ.
އުމަރުބެ
15 September 2018
އެކުދިން ވެސް އެކުދިންގެ މިނިވަންކަން ބޭނުންވާނެދޯ އެކުދިންނަކީ މިނިވަން ޑިމޮކްރަސީގެ މީރުކަން އެންމެބޮޑަށް ލިބޭކުދިން ފީލިން ފުރީ.. އެހެންވީމައި ވާގޮތް.
ނަޖޫ
15 September 2018
ކޮންމެ ދެރަ ކަމަކީ ޑިމޮކުރަސީއާއި ހެދި ލިބޭ ދެރަ ކަމެއްނޫން. އިޖުތިމާއީ ރައްކާތެރިކަން ނެތުން، ގިނަ އާއިލާތަކަށް ފުދުންތެރި ދިރިއުޅުމެއް ނުލިބޭ ކަމީ ރާއްޖޭގައި އިޖްތިމާއީ އިންސާފު އަދި ހަމަހަމަކަން ނެތް ކަމުގެ ހެކި. އިސްލާމީ ރިވެތި އުސޫލު ތަކާ އެއްގޮތަށް ދައުލަތް ހިންގާ ވެރިކަމެއް ނެތް ކަމުގެ ހެކި. ޑިމޮކުރަސީ ނުބައި ކުރީމަ ދިވެހިރާއްޖޭގެ މައްސަލަތައް ހައްލުވޭތަ
ބެން
15 September 2018
އަލުގަނޑަށް ތިޔަ ދަރިފުޅު ދޭންވީނު ނުބެލެންޔާ.
އަޅުގަނޑު ޢާއިޝާ
15 September 2018
އަޅުގަނޑަށް ލިބުނަސްވެސް ވރަށް އުފާކުރާނަން. ދޭންވީނު.
ފިކުރީހަނގުރާމަ
15 September 2018
ތިކުއްޖާ ގެއިން ނިކުމެގެން ދިޔަ 2 ވަނަ ފަހަރެއް ނޫނަ ތިންވަނަ ފަހަރު! މަންމަ އަކީ އެއްވެސް ވަޒީފާއަކަށް ދާ މަންމަ އެއް ނޫން ވަޒީފާ އަކީ ހަމައެކަނި ކުދިން ތަރުބިއްޔަތުކުރން! ދެކުދިން ތިބޭއިރު ދެމުދިންގެ ބައްޕައަކީވެސް ދެ މީހެއް! އަދި މިހާރު މަންމަ އަކީ އެކަނިވެރި މަޔެއް! އެ ތުއްތު ކުއްޖާ އެކަނިމައި އެކަނި ނިކުމެގެން ދިއުމަކީ މަންމަގެ އިހުމާލެއް! ދަރިންނަށް ރައްކާތެރިކަންދީ އެކުދިން ޒިންމާދާރުކަމާއެކު ބެލެހެއްޓުމަކީ ބެލެނެވެރިންނަށް ވާޖިބެއް!
މައިޝާ
15 September 2018
ނުބެލެންޏާ އަޅުގަނޑާ ކުއްޖާ ހަވާލު ކޮށްދީބަ، ހެޔޮނުވާނެ. ދަރިން ލިބުމުގެ ޤާބިލްކަމެއް ނެތަސް ދަރިންބެލުމުގެ ޤާބިލްކަން އަހަންނަށް ލިބިގެންވޭ. އާދޭސް ކުރަން