ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޖެންގް ޝުއާންގް ނޫސްވެރިންގެ ބައްދަލުވުމެއްގައި: ފްރީ ޓްރޭޑް އެގްރިމެންޓް ތަންފީޒު ކުރުމަށް ސަރުކާރާއެކު މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި -- ފައިލް ފޮޓޯ
26 ސެޕްޓެމްބަރ 2018 - 12:16
ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ރާއްޖޭގެ އާ ސަރުކާރުން އިހުތިރާމްކޮށް ސިލްކް ރޯޑް މަޝްރޫއަށް އެއްބާރުލުން ދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޖެންގް ޝުއާންގް ވިދާޅުވެއްޖެ އެވެ.
ޝުއާންގްއާ ހަވާލާދީ އިންޑިއާގެ ދަ ހިންދޫން ބުނީ ރައީސް އަބްދުﷲ ޔާމީނާ ވާދަކުރައްވައި ބޮޑު ކާމިޔާބީއެއް ހޯއްދެވި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރުން ވެސް ރައީސް ޔާމީންގެ ސިޔާސަތު ދަމަހައްޓައި ފްރީ ޓްރޭޑް ފްރީ ޓްރޭޑް އެގްރިމެންޓަށް އަމަލު ކުރެވޭނެ ފަދަ މާހައުލެއް އުފައްދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
"އަޅުގަނޑުމެން އުއްމީދުކުރަނީ ދިވެހި ސަރުކާރުގެ ސިޔާސަތު ދަމަހައްޓައި ޗައިނާގެ ކުންފުނިތަކަށް ރާއްޖޭގައި ހަރަކާތްތެރިވެވޭނެ ފަދަ މާހައުލެއް ގާއިމުކޮށްދޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
އަދި ވިދާޅުވީ ފްރީ ޓްރޭޑް އެގްރިމެންޓް ފުރިހަމައަށް ތަންފީޒު ކުރުމަށާއި ދެ ގައުމުގެ ދެމެދުގައި ކުރާ އިންވެސްޓްމެންޓްތައް ފުޅާކުރުމަށް ދިވެހި ސަރުކާރާއެކު މަސައްކަތް ކުރާނެ ކަމަށެވެ.
ޗައިނާ ސަރުކާރުގެ އެހީ އަދި ލޯނާއެކު އަޅާފައިވާ ސިނަމާލެ ބްރިޖް: ޗައިނާއިން ބުނީ އާ ސަރުކާރާއެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށް -- މިހާރު ފައިލް ފޮޓޯ
މީގެ އިތުރުން ރާއްޖޭ އާއި ޗައިނާއާ ދެމެދު ޒަމާނުއްސުރެ އޮތް ގުޅުން ދަމަހައްޓައި އެ ގުޅުން އިތުރަށް ބަދަހި ކުރުމަށް އިބޫގެ ސަރުކާރާއެކު މަސައްކަތްކުރަން ތައްޔާރަށް އޮތް ކަމަށް ވެސް ޝުއާންގް ވަނީ ވިދާޅުވެފަ އެވެ.
ޗައިނާއިން ރާއްޖެ އަށް ދޭ ލޯނުތަކާ އެކު، ދަރަނި ބޮޑުވެ ރާއްޖޭގެ އިގްސާދުގެ ކޮންޓްރޯލް ޗައިނާއަށް ލިބިދާނެ ކަމުގެ ކަންބޮޑުވުން ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅު ފަރާތްތަކުން އަންނަނީ ފާޅުކުރަމުންނެވެ. އަދި ޗައިނާއާ މާބޮޑަށް ގުޅުން ބަދަހިކުރުމުގެ ސަބަބުން އިންޑިއާ ކަނޑުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމުގެ ކަންބޮޑުވުން ވެސް އައީ ފާޅުކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޑޫ ބެއްޔާ
27 September 2018
ޗައިނާއާއެކު ގުޅުން ބާއްވަން ޖެހޭނެއެވެ. އެއީ މައްސަލައެއްވެސް ނޫނެވެ. އެހެން ނަމަވެސް ޑީޓެއިލްޑް ރީ ނެގޯސިއޭޝަނަކަށް ދާން ޗައިނާއަށް ޖެހޭނެއެވެ. އޭގައި ބްރިޖް ލޯންގެ ޓާރމްސް ބަދަލުކޮށް އިންޓްރެސްޓް ކުޑަކޮށް ޕީރިއަޑް އިތުރުކޮށްދޭން ޖެހޭނެއެވެ. އަދި ސިލްކް ރޯޑް ނެގޯސިއޭޝަނުން ރާއްޖެ ނިކުންނާނެއެވެ. މި ގޮތަށް އެއްބަސް ނުވާނަމަ ޗައިނާ ޖެހޭނީ ލަގެޖް ހިފައިގެން ދާށެވެ.
ފެންނަ މަންޒަރު
26 September 2018
މިހިރަ ކޮމެންޓްތައް ކިޔާފައި ވަރަށް ދެރަވަން. ދިވެހިންހައި އަދަބެއް ސަދަބެއް ނެތި ބޭރު ގައުމުތަކަށް އެއްޗެހިކިޔާ ރައްޔިތެއް އުޅޭނެބަ؟
މޭރާ ދޭޝް
26 September 2018
ސޮރީ ޗައިނާ! ދިވެހިން މިވަނީ ކުރިއެރުމާ ތަރައްގީ އަށް ނޫނެކޭ ބުނެ ކައްޕަޅި އިންޑިއާއި އެކުގައި ގުޅުންހިންގުމުގެ ބައިއަތެއް ހިފާފައި.... ދެން މިގައުމުގަ ކުރާ ކަމެއް ކޮށްދޭނެ ބަޔަކީ އިންޑިއާ.... ޖައިހިންދް!
ހަހަ
26 September 2018
އެމެރިކާ އިން ޓެރިފް ނަގަން ފެށީމާ ޗައިނާ އިން ލޯނުތައް ހޯދަން ދުއްވައިގަންނާނެ
ނަގޫރޯޅި
26 September 2018
އިންޑިޔާ އަކީ އަވައްޓެރި ގައުމެއް އެހީވެސްވެދެ. އެކަމަކު އަހަރުމެންގެ ހައްގު މިންވަރު އަހަރުމެން ހޯދަން އުޅުމަކީ ގޯހެއް ނޫން. 30 އަހަރު ތިއިންޑިޔާ ފަހަތުން ނާސިގަނޑު ހިފައިގެންދުވީ، ކޮންކަމެއް ވީ؟؟ އިންޑިޔާވެސް މިލިޔަނުންނާ ބިލިޔަނުން ލޯނުނަގަނީ ޗައިނާއިން. ދެން އަހަރުމެން އަމިއްލަފައި މައްޗައް ތެދުވެވޭތޯ އަހަރުމެންގެ ކަންތައްތައް ކުރަން ބޭނުންވާ އެހީ ނޫނީ ލޯނުހޯދަން އަހަރުމެން ޗައިނާގެ އެހީ ހޯދީ އެއީ ގޯހެއްނޫން. އެކަމާ އިންޑިޔާ ޒާތީވާކައްނުޖެހެ
ނަސީދު
26 September 2018
ޗައިނާ އެބުނެލީ ވަރުގަދަ އެއްޗެއް އެބަސްވުންތަކައް ކިޔަމަންނުވެއްޖިއްޔާ ލަންކާހައް ހަދާލިހެން ވަނީ ސޯބެޓަރ ތިންކް
ޔާސްމިން
26 September 2018
ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ހަދާފަވާ އެއްވެސް އެއްބަސްވުމަކަށް އިޙްތިރާމް ކުރާކަށް ނުޖެހޭނެ. އެގޮތަށް އެކަން ކުރާއިރު އެކުރާބަޔަކުވެސް ވިސްނަންވާނެ. ބޭރު އެއްވެސް ގައުމަކުން ސަރުކާރެއްގެ ކޮރަޕްޝަންގެ ފައިދާ ނަގައިގެން ރާއްޖެއަށް ގެއްލުންވާގޮތަށް ކަންކަން ކުރެވިގެނެއް ނުވާނެ. ޖީ އެމް އާރު ބޭރުކުރީވެސް އެއުސޫލުން، ދެން ކީއްވެގެން ވަކި ޗައިނާއަށް ދޫކުރަންވީ؟
މަބުނާނީ
26 September 2018
ދަރިންގެ ދަރިންނަށް ދާންދެން ދަރަނިބޮޑުވެގެން މިއުޅެނީ.
އަލިތަކުރު
26 September 2018
ޗައިނާ ފަދަ ސަޢޫދީ ޢަރަބިއްޔާ ފަދަ ޤައުމުތަކާ އޮތް ގުޅުން އައު ސަރުކާރުން ވެސް ބަދަހިކޮށް ދަމަހައްޓަންވާނެ. ތާއަބަދު އިންޑިއާ އަށް އަޅުވެތިވެގެން ތިބޭކަށް ނުޖެހޭނެ. އިންޑިއާ އާއެކު އޮންނަ ގުޅުންވެސް ދަމަހައްޓަންވާނެ.
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
26 September 2018
ކޮމިއުނިސްޓް ޗައިނާ އާއި ހިލާފަށް އަހަރުމެންގެ ރާއްޖޭގައި ދައުލަތް ހިންގާންތިބިބަޔަކު އަމަލު ކުރާންޖެހެނީ ޑިމޮކްރެޓިކް ޤާނޫނުއަސާސީއެއްގެ މައްޗަށް އެކުލެވޭ ހަމަތަކާއި އުސޫލުތަކެއްގެ މައްޗަށް. . . . އެހެންކަމުން ސަރުކާރު ހިންގާންތިބިބަޔަކު އަދި އެކަމުގައި ހިމެނޭ ދެވަނަ ފަރާތްވެސް މިދެންނެވި ހަމައާއި އުސޫލު ހަދުމަނެތްނަމަ އަހަރުމެންނާއި އަދި އަންނާންއޮތް ސަރުކާރުވެސް އެފަދައެއްބަސްވުމަށް އިޙްތިރާމެއް ނުކުރާނަން.
ކުމާރޫ
30 September 2018
އިންޑިޔާގައި އޮތީ ރޭޕު ޑިމޮކުރަސީ