ފައުޒިއްޔާ ހައްޔަރު ކުރި ޒަމާނުގައި ނަގާފައިވާ ފޮޓޯއެއް: ޖާސޫސް ކުރި ކަމަށް އެއްބަސްވީ އޭނާ ކުރިމަތީ ދަރިފުޅު ރޭޕް ކުރާނެ ކަމަށް ބުނުމުން -- މިހާރު ފައިލް ފޮޓޯ
27 ސެޕްޓެމްބަރ 2018 - 10:36
އިންޑިއާ ޖަލުގައި ތިން އަހަރު ބަންދުކޮށް ތަކުރާރުކޮށް އަނިޔާ ކުރި މައްސަލައިގައި އޭނާ އަށް ބަދަލުދޭން އިންޑިއާ ސަރުކާރަށް ދިވެހި ފިލްމީ ތަރި ފައުޒިއްޔާ ހަސަން ގޮވާލައިފި އެވެ.
ޕާކިސްތާނަށް ޖާސޫސް ކުރި ކަމަށް ބުނެ ފައުޒިއްޔާ އާއި އިތުރު ދިވެއްސެއް ކަމަށްވާ މަރިޔަމް ރަޝީދާ އާއި އިންޑިއާގެ ސައިންސްވެރިއެއް ކަމަށްވާ ނަބްމީ ނަރަޔާނަން ހައްޔަރުކޮށްފައި ވަނީ 1994 ގަ އެވެ. ކެރަލާ ޖަލެއްގައި އެ މީހުން ދެ އަހަރު ބަންދުކޮށްފައި ބެހެއްޓި އެވެ.
ޖަލުގައި ހޭދަ ކުރި ތިން އަހަރު ލިބުން އަނިޔާގެ ބަދަލު ދިނުމަށް ފައުޒިއްޔާ ގޮވާލާފައި މި ވަނީ ސައިންޓިސްޓު ނަބްމީ އަށް އެ މައްސަލައިގައި ބަދަލެއްގެ ގޮތުގައި ފަސް މިލިއަން ރުޕީސް (އެއް މިލިއަން ރުފިޔާ) އިންޑިއާގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނިކޮށެވެ.
"އަޅުގަނޑަށް ބަދަލު ލިބެން ޖެހޭނެ. އިންޑިއާ ޖަލުގައި އަޅުގަނޑަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން އަނިޔާ ދިނީ އަޅުގަނޑުގެ ކުށެއް އޮވެގެނެއް ނޫން،" ސްރީ ލަންކާގައި ހުރެ ދަ ހިންދޫ އަށް ދިން އިންޓަވިއުއެއްގައި ފައުޒިއްޔާ ބުނެފައިވެ އެވެ.
ފައުޒިއްޔާ އަދި އޭނާއާއެކު ހައްޔަރު ކުރި މަރިޔަމް ރަޝީދާ ހައްޔަރުކޮށްގެން ގެންދަނީ: ދެ އަހަރު ވަންދެން އިންޑިއާ ޖަލުގައި އަނިޔާ ކުރި ކަމަށް ފައުޒިއްޔާ ބުނޭ -- މިހާރު ފައިލް ފޮޓޯ
ޕާކިސްތާނަށް ޖާސޫސް ކުރި ކަމަށް 1994 ގައި އެއްބަސްވެފައި ވަނީ ވަރަށް ބޮޑެތި އަނިޔާ އާއި ބިރާ ކުރިމަތިލާންޖެހުމުން ކަމަށް ވެސް ފައުޒިއްޔާ ބުންޏެވެ.
"އިންޓެލިޖެންސް ބިއުރޯގެ ފުލުހުން ބުނީ އަޅުގަނޑުގެ އަންހެން ދަރި ހައްޔަރުކޮށް އަޅުގަނޑު ކުރިމަތީ ރޭޕް ކުރާނަމޭ. އެހެން ބުނީމަ އެ މީހުންގެ ބުނި ގޮތަކަށް އެއްބަސްވެފައި އަޅުގަނޑު ބަޔާން ދިނީ،" ފައުޒިއްޔާ ބުނެފައިވެ އެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި ސައިންޓިސްޓު ނަބްމީ އަށް ބަދަލުގެ ގޮތުގައި ފަސް މިލިއަން ރުފީސް ދެއްކުމުގައި، އޭނާ ހައްޔަރުކޮށް ތަހުގީގުގައި އުޅުނު އިސް އޮފިސަރުން ޒިންމާ ކުރުވުމުގެ ބާރު ކެރަލާ ސަރުކާރަށް އޮންނާނެ ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވެ އެވެ. އެ ތަހުގީގުގައި އުޅުނު ފުލުސް އޮފިސަރުން މިހާރު ތިބީ ފުލުހުންގެ ޚިދުމަތުން ރިޓަޔާކޮށްފަ އެވެ.
ނަބްމީއަށް ބަދަލުގެ ގޮތުގައި 10 ލައްކަ ރުޕީސް ދޭން އިންޑިއާގެ ހިއުމަން ރައިޓްސް ކޮމިޝަނުން 2001 ގައި ވެސް އެންގި އެވެ. އޭނާ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އޭނާގެ ނަމާއި އަބުރަށް ލިބުނު ގެއްލުމުގެ އިތުރުން ތަހައްމަލުކުރެއްވި ވޭންތަކަށް ލިބުނު ގެއްލުމުގެ ބަދަލު ހޯއްދެވުމަށާއި ކުށެއް ނެތި، އޭނާ ހައްޔަރުކޮށް "އޭނާގެ ނަމާއި މުސްތަގްބަލް ގެއްލުވާލި" ފުލުސް އޮފިސަރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން އަމުރުކޮށްދިނުމަށް އެދި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސްޓުޕިޑް އިންޑިއާ
27 September 2018
ޢެކުވެރި އިންޑިއާ އައް ތި އަޑެއް ނީވޭނެ. ޢެއީ އަމިއްލައެދުންބޮޑު އަދިދިވެހި އެއްވެސް ރައްޔިތަކައް ހެޔޮއެދޭނެ ބައެއްނޫން. މީތެދެއްކަން އިނގޭނެ ރާއްޖޭގަ ހިންގާ އިންޑިއާ ކުންފުނި ތަކައް ބަލާލީމަ. ރިއަލިޓީ
ގަރުދިތަ
28 September 2018
އިންޑިޔާއިންވާ ތިވަރުވެސްވެއްޖެތާ. ރާއްޖޭގަ ޖަލުގަތަޅުވާފަ ދޫކޮށްލާފަ ބަދަލެއްނުދޭ. ހައްޔަރުކުރަނީ ބޮޑުމާސިންގާ ޓެރަރިސްޓެއްކަމަށް ދެކިގެން. ދޫކުރާއިރު ނެތްކަމެއް. ބަދަލުދޭންޖެހޭ ރާއްޖޭގަވެސް
ރިސޯޓްބޯއީ
27 September 2018
މަމެންމިތިބީ ރެޑީގަ މޯދީ ރާއްޖެެ އަންނަ ދުވަހު ގިނަގުނަ އަންހެނުން ނިކުމެ ފައުޒިއްޔާ އަށް ލިބެންޖެހޭ ހައްގު ހޯދުމުގަ އެހީތެރިވެދީ
ރަށްވެހި މީހާ
27 September 2018
އިންޑިޔާއިން އެކަމުގައި ހައްޔަރު ކުރި ސައިން ވެރިޔާއަށް ބަދަލު ލިބުނު، އެހެން ވީމާ ފައުޒިޔާއަށް ވެސް ލިބެން ޖެހޭނެ.
މެދީ
28 September 2018
ފައިޒިއްޔާ ވެސް އިންޑިއާގެ ސްޕްރީމް ކޯޓަށް މައްސަލަ ހުށައަޅާބަލަ، ލަންކާގަ ހުރެކޮންހަޅޭކެއް ލަވާކަށްތަ.
ހަމަބުނެލީ
27 September 2018
ނަބްމީއެއް ނޫން. ނަމްބީ.
ނިހާނާ
27 September 2018
ޖީއެމްއާރަށް ދޭންޖެހުނު ވަރަށްވުރެ ކުޑަ އަދަދެއް ނުހޯދާތި. ދިވެހިންގެ ފައުޒިއްޔާ ދިވެހިންނަށް! އެމްޑީޕީގަ ޗަރުކޭސް ކުޅެން އެއުޅޭ ލޯޔަރުންގެ ތެރެއިން ލޯޔަރެއް ފައުޒިއްޔާއަށް އެހީވިއްޔާ ކީއްތަ ވާނީ؟ ފައުޒިއްޔާއަށް ހައްޤު ބަދަލު ލިބުމުގެ ކުރިން އަޅުގަނޑުމެންގެ ޖަޒީރާ ރައިސް އިބޫވެސް މޯދީއާ ބައްދަލުނުކުރުމަށް ގޮވާލަން. އެއިރުން ކޮޅުފައިން ތިޖެހެނީ ނިކަމެތި އަންހެނެއް އިންސާފު ހޯދަން ކުރާ މަސައްކަތުގައި.
ފުންއަސަރު
27 September 2018
ހަގީގަތުގާވެސް ފައުޒިއްޔާއަށްވެސް ގެއްލުމުގެ ބަދަލު ލިބެންވާނެ. އެއްވެސް ކުށެއްނެތި ހަމަ ތޯތޯއަކަށް ހައްޔަރުކޮށް އެމީހުންގެ އިތްފަތްތެރިކަމަށް އަރައިގަނެ އެތައްއެތައް އަނިޔާތަކާ ގެއްލުންތަކެއް ދީފާވޭ. ފައުޒިއްޔާ ބުނިހެން އެކަމަށް އެވަގުތު އޭނާ އެއްބަސްނުވިނަމަ އޭނާގެ އަންހެންދަރި ރޭޕްކޮށް ދުވަސް ދުއްވާލީސް. އެމީހުންނަކީ މައިންގެ ކުރިމަތީގާ އެއްވެސް ގޮތެއްފޮތެއްނެތި އެމީހުންގެ އަންހެންދަރީން ރޭޕްކުރަން ފަސްޖެހޭނެ ބައެއްނޫން.
ކައުންސެލަރު
27 September 2018
ހިޔެއްނުވޭ ތީކީ ވެދާނެކަމެއްހެނެއް. ބަދަލު ލިބެންޏާ ލިބޭނީ ގެރިން.
ޕީކޮކް
27 September 2018
ކޮންގްރެސްވެސް ހުއްޓުވިދާނެ. އެކަމް ދެން އެމް.އާރ. އެމް އަކަށް މަމެންގެ ތާއީދެއް ނުލިބޭނެ.
ވަތުބަތާނަ
27 September 2018
ދޭންޖެހޭނެ! މޯޑީ އަންނައިރަށް ޕެޓިޝަނެއް ތައްޔާރުކުރަމާ.
ކިއްލިބާޝާ
27 September 2018
އިބޫއައިސް މިކަން ތަންކޮޅެއް ރަގަނޅަށް ހިންގާލަދީފިއްޔާ ރަގަނޅު. އިބޫ ދެން އިންޑިޔާގެ މީހެއްތާ!