ފާރިސް މާލެ ގެންނަނީ: އޭނާ ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް އާދިއްތަ ދުވަހު ފަށަން ވަނީ ހަމަޖައްސާފައި --- ފޮޓޯ/މިހާރު
27 ސެޕްޓެމްބަރ 2018 - 18:21
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހަތަރު މަހަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް އާދިއްތަ ދުވަހު ފަށަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.
ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ ފާރިސްގެ މައްޗަށް އުފުލި ޝަހްސު އޮޅުވާލުމުގެ ދައުވާ ސާބިތުވާ ކަމަށް ނިންމައި، އޭނާ ހަަތަރު މަހާއި 24 ދުވަހަށް ޖަލަށްގލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ޖޫން މަހު އެވެ.
އެ މައްސަލަ ފާރިސްގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ އަޑުއެހުންތައް އާދިއްތަ ދުވަހުގެ ހެނދުނު ފަށަން ހައި ކޯޓުން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
އެ މައްސަލައިގެ އިސްތިއުނާފް ނިމެންދެން ފާރިސްގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކޮށް، އޭނާ ބަންދުން މިނިވަން ކުރުމުގެ އަމުރަކަށް ފާރިސްގެ ފަރާތުން ހައި ކޯޓުގައި ކުރިން ވަނީ އެދިފަ އެވެ. އެކަމާ މެދު ހައި ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
ޝަހްސު އޮޅުވާލި މައްސަލާގައި ފާރިސް ޖަލަށްލާން ހުކުމް ކޮށްފައިވާއިރު، ޓެރަރިޒަމްގެ ދައުވާ އާއި ރިޝްވަތުގެ ދައުވާއެއް ވެސް ދައުލަތުން ފާރިސްގެ މައްޗަށް ކުރެ އެވެ. އެ ދެ މައްސަލަ އަދި ނުނިންމަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެއިން
27 September 2018
މާދަމާ ކެންސަލް ނުކުރާނެބާ އަނެއްކާ. މިހެން ބުނަން މިޖެހެނީ ތާވަލްކޮށްފަ ކެންސަލްކުރުން ޢާންމުކަމަށް ވެފައިވާތީ.
ހުސޭނުބޭ
27 September 2018
ތެޅިގަނެގެން މިހާރު ކިހިނެތް މިވަނީ މިއޮތްހާދުވަހު ތިމައްސަލަ ބެލޭކަމަކަށްނުޗި، ކޮންމެ ގޮތަކަށް ތިމައްސަލަ ނިންމިއަސް ޝަރުޢީ ދާއިރާ އެއްކޮށް ސާފުކުރަން ޖެހޭ. މިޤައުމަށް ހަމަޖެހުމާއި ސުލްހަ ޤާއިމުވާން އޮތީ އިންސާފު ޤާއިމު ކުރެވިގެން. މިހާރު މިތިއްބެވި ފަނޑިޔާރުންގެ އަދުލުވެރިކަމާ މެދު އިންތިހާއަށް ޝަކުވާބޮޑު
ޝޮކްތެރަޕީ
27 September 2018
މިބޭފުޅާޔަ ނައިބުރައިސް ކަން ނުދިނީމަ މިހެން މިވީ.