ކަފާލާތުގެ ދަށުން ފާރިސް މިއަދު މިނިވަންކުރުމާ އެކު، އެންދެރިމާގެއަށް ވަޑައިގެން ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
30 ސެޕްޓެމްބަރ 2018 - 18:13
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލުމަށް ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ސާބިތުވެ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ފާރިސް މިވަގުތު ބަންދުން ދޫކޮށްލަން ހައި ކޯޓުން އަމުރުކުރީ އޭނާ ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ނިމެންދެން ކަފާލާތުގެ ދަށުން އޭނާ ދޫކޮށްދޭން ހައި ކޯޓުގައި އެދުމުންނެވެ.
ކަފާލާތުގެ ގޮތުގައި ފާރިސްގެ ފަރާތުން 40،000ރ. ކޯޓުގައި ބެހެއްޓުމުން ހައި ކޯޓުން މިއަދު އަމުރުކުރީ އެ ކޯޓުގައި ހިނގަމުންދާ ފާރިސްގެ އިސްތިއުނާފް މައްސަލާގައި އެ ކޯޓުން ވަކި ގޮތެއް ނިންމަންދެން ފާރިސް ބަންދުން ދޫކޮށްލާފައި ބެހެއްޓުމަށެވެ.
ކަފާލާތުގެ ދަށުން ފާރިސް މިއަދު މިނިވަންކުރުމާ އެކު، އެންދެރިމާގެއަށް ވަޑައިގެން ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ފާރިސް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުން މިއަދު ހެނދުނު ފަށާފައިވާއިރު، އެ މައްސަލަ މި ހަފުތާގައި ނިންމޭތޯ މަސައްކަތް ކުރާނެ ކަމަށް އެ މައްސަލަ ބައްލަވާ ބެންޗުން މިއަދު ވަނީ އިއުލާން ކުރައްވައިފަ އެވެ. އެ މައްސަލާގެ އަޑުއެހުމެއް މާދަމާ ހެނދުނު ވެސް ބާއްވަން ވަނީ ތާވަލްކޮށްފަ އެވެ.
ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ފާރިސްގެ މައްޗަށް ސާބިތުވެފައިވާއިރު، ޓެރަރިޒަމްގެ ދައުވާ އާއި ރިޝްވަތުގެ ދައުވާއެއް ވެސް ދައުލަތުން އޭނާގެ މައްޗަށް ކުރެ އެވެ. އެ މައްސަލަ ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. މީގެ ތެރެއިން ޓެރަރިޒަމް ދައުވާގެ ޝަރީއަތް ނިމެންދެން ބަންްދުގައި ބެހެއްޓުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ކޮށްފައިވާތީ، އެއާ މެދު ގޮތެއް ނިންމުމަށް ފާރިސްގެ ވަކީލުން ކްރިމިނަލް ކޯޓުގައި މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލާމު
30 September 2018
ފާރިސް ޖަލަށްލީ ޔާމީން އަށް ސިޔާސީގޮތުން ހުރި ނުރައްކަލެއްކަމަށް ގަބޫލުކުރެވިގެން. ހައްޔަރުކުރުމުން ކުރިމަތިވި ނުރައްކާ މާބޮޑު. ހީވާގި މުރާލި ފަޅުވެރިންކޮޅު ގެންގުޅެން ނޭނގުނީމަ ވީގޮތް.
ދޮންތި
30 September 2018
މިއީ ކޮންކަހަލަ ޝަރުއީ ނިޒާމެއްތޯ... ނިކަމެތި ރައްޔިތުން އެތިބަ ހަނާވަނީ.. މިވެރިން ބޭނުންވީމަ އެސަލާމަތްވީ... ސޯލިހުބޭ މިކަޑައޭ
ޝަހީދު
30 September 2018
ޖަލުތަކުގައި ތިބޭ ޢާންމު ރައްޔިތުން ތިގޮތަށް ދޫކޮށް ނުލެވެނީ ކީއްވެތޯއެވެ! ބޮޑުންނަށް ވަކި ގޮތަކަށް އޮންނަ އެއްޗެއްތޯ ޤާނޫނަކީީ؟ މިއީތޯ ހަމަޔާއި އިންސާފަކީީ؟
ޝެލަރީ
30 September 2018
މަރުހަބާ ފާރިޝް މަނިކުފާނު މިޤައުމުގެ ވެރިކަންކުރާނެހެން މަށައްހާދަހީވޭ
÷މިހެނު
30 September 2018
ލަލަލާ
އެންމެން ދޫކޮށްލާ
30 September 2018
ނިކަމެތިން ކޮބާ.އެމީހުންވެސް ދޫކޮށްލާ
މީވީގޮތޭ
30 September 2018
މިމީހުންނަށް ކަފާލަތޭ ކިޔާ ފޮތް މިފެނުނީ އިހަށްރޭ އިރާކޮޅެވެ. މިއީ ހާދަ ނލފ ބަޔެކެވެ.
ޢިޞްލާޙް
30 September 2018
މައުމޫނު ގެ މައްސަލަ ވެސް ތިގޮތަށް ނިންމުމަކީ ގޮވާލަން