މައުމޫން ދޫކޮށްލުމުން އެމަނިކުފާނުގެ ސަޕޯޓަރުންނާ އެކު: އެމަނިކުފާނު ޖަލަށްލާން ކުރި ހުކުމުގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ދަށު ކޯޓުން ވަނީ ދޫކޮށްފައި --- މިހާރު ފޮޓޯ/ހުސައިން ވަހީދު
07 އޮކްޓޯބަރ 2018 - 11:43
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލަށް ލާން ހުކުމްކުރި މައްސަލައިގެ ރިޕޯޓް ވަކީލުންނަށް ނުލިބިގެން އިސްތިއުނާފް އަޑުއެހުންތައް ނުފެށި އޮއްވާ އެ ރިޕޯޓް ކްރިމިނަލް ކޯޓުން ދޫކޮށްފި އެވެ.
އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް މައުމޫން ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ފެބްރުއަރީ މަހު އެ މަނިކުފާނު ހައްޔަރުކޮށް، ފުލުހުންގެ ތަހުގީގަށް ފޯނު ދޭން އެންގުމުން އެކަން ނުކުރެއްވި މައްސަލައިގައި، އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ، ދައުލަތުގެ ފަރާތުން ކުރުމުން އެ ކުށް އެމަނިކުފާނުގެ މައްޗަށް ސާބިތުވުމުންނެވެ.
އެ މައްސަލަ މައުމޫންގެ ފަރާތުން އިސްތިއުނާފް ކުރުމުން މިދިޔަ ހަފުތާގައި އެ މައްސަލައިގެ އަޑުއެހުމެއް ހައި ކޯޓުން ބާއްވަން ތާވަލު ކޮށްފައި، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް މައުމޫންގެ ވަކީލުންނަށް ނުލިބި އޮތުމުން އިސްތިއުނާފް އަޑުއެހުން ކުރިއަކަށް ނުގެންދެ އެވެ.
މައުމޫންގެ ވަކީލުންގެ ޓީމުން ބުނީ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ދޫކޮށްފައިވާ ކަމަށެވެ. އަދި އިސްތިއުނާފް ޝަރީއަތް ފަށާނެ ދުވަހެއް ހައި ކޯޓުން އަދި ނާންގާ ކަމަށް ވަކީލުންގެ ޓީމުން ބުންޏެވެ.
އެ މައްސަލަ ހައި ކޯޓުން ނިމެންދެން މައުމޫން މިހާރު ހުންނެވީ މިނިވަން ކޮށްފަ އެވެ. އެމަނިކުފާނު މިނިވަންކުރީ 60،000ރ. ގެ ޑިޕޮސިޓެއް ކޯޓުގައި ބެހެއްޓުމުން ކަފާލާތުގެ ދަށުންނެވެ.
އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއެއް މައުމޫންގެ މައްޗަށް ސާބިތުވެފައިވާ އިރު، ޓެރަރިޒަމްގެ ދައުވާއެއް ވެސް ދައުލަތުން މައުމޫންގެ މައްޗަށް ކުރެ އެވެ. ޓެރަރިޒަމްގެ މައްސަލަ ދަށު ކޯޓުން އަދި ނުނިމެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައި
07 October 2018
ބުނާނެ މަށެއްއަތެއް ނުބާނަމޭ ދެން ބާނަނީ ރިޕޯރޓު ހިފެހެއްޓީ ފައި ބާނާގެން ދެއްތޯ
ރަޖިސްޓަރާ
07 October 2018
ބާރުތައް ޙަވާލުކުރަމުންދާ ވަރަކަށް ކައްޕީގެ އަނިޔާވެރިކަން ދަނީ ކެނޑެމުން ރިޕޯރޓް ލިބުނު ފަދައިން ޕާރޓީގެ ރަޖިސްޓަރީވެސް ރ މައުމޫނު ހޯއްދަވާނެ
ޖައިސާމް
07 October 2018
ޖަލަށްލާން ހުކުމް ކުރިފަހުން ހަތް މަހަށްވުރެ ގިނަ ދުވަސް ވެއްޖެ. ތިރިޕޯޓު ލިބެން ޖެހެނީ މިއަދަކު ނޫންދޯ