އެމެރިކާގެ ސުޕްރީމް ކޯޓަށް ހަމަޖެއްސި ފަނޑިޔާރު ހުވާ ކުރައްވަނީ. --ފޮޓޯ:ޔޫއެސް ސުޕްރީމް ކޯޓް
07 އޮކްޓޯބަރ 2018 - 18:15
ވޮޝިންޓަން (އޮކްޓޯބަރު 7) - އެމެރިކާގެ ސުޕްރީމް ކޯޓަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނޮމިނޭޓް ކުރެއްވި ބްރެޓް ކަވަނާގެ މައްޗަށް ތުހުމަތު ކުރި ޖިންސީ ގޯނާގެ ތުހުމަތުތަކާ އެކު އެތައް ހުރަހަކަށް ފަހު އެންމެ ފަހުން ފަނޑިޔާރުކަމުގެ ހުވާ އޭނާ ކުރައްވައިފި އެވެ.
ކަވަނާ އަށް ސެނެޓުން ރުހުން ދީފައި ވަނީ 50-48 ވޯޓުންނެވެ. ކަވަނާގެ މައްޗަށް ކުރި ޖިންސީ ހުރިހާ ތުހުމަތެއް އޭނާ ވަނީ ދޮގު ކުރައްވައިފަ އެވެ. އެންމެ ފަހުން އެ ތުހުމަތުތައް އެފްބީއައި އިން ވެސް ވަނީ ތަހުގީގު ކުރަން ޖެހިފަ އެވެ.
އެމެރިކާގެ މިޑް-ޓާމް އިންތިޚާބު ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކަވަނާ ހަމަޖެހިގެން ދިއުމަކީ ސިޔާސީ ގޮތުން ޓްރަމްޕަށް ލިބުނު ކާމިޔާބީއެކެވެ. އެއާ ފޯސް ވަންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ އެއީ ތާރީޚީ ކާމިޔާބެއް ކަމަށެވެ.
އުމުރުން 53 އަހަރުގެ ކަވަނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހަމަޖައްސާފައި ވަނީ އުމުރަށެވެ. ފަނޑިޔާރުކަމުގެ މަގާމަށް އޭނާ ހަމަޖެހުމާ ގުޅިގެން ނުވަ ފަނޑިޔާރުންގެ ބެންޗުގައި ކޮންޒަވެޓިވުންނަށް އަޣުލަބިއްޔަތު ލިބިގެންދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަދަ
07 October 2018
ސްޕްރީމް ކޯތުގަވެސް ތިބެނީ ޕާރޓީ އަގުލަބިއްޔަތަށް ތަބާވާ މީހުންތަ؟
ބޭކާރު
07 October 2018
ޕާޓީއެއް ނޫން. ފިކުރުގެ ވާހަކަ އެބުނަނީ. ބޮޑެތި ޕާޓީތަަށް ބޭރުތަންތާ ހެދިފަ ހުންނަނީ ސިޔާސީ ފިކުރުގެ މައްޗަށް. ޓްރަމްޕް ހޮވާނީ ޓްރަމްޕްގެ ޕާޓީ މީހުންނަށް ކަމުދާކަހަލަ ކޮންޒަވޭޓިވް ފިކުރުގެ މީހެއް ދޯ؟
ރޔޒ ރށދ
07 October 2018
މިއީ ޕާޓިޒަން ނިންމުމެއް. ޕާޓީ ލައިނާ ޚިލާފަށް ކޮންމެ ޕާޓީއަކުން ވެސް ވޯޓް ދިނީ އެކަކު
ދަނިގު
07 October 2018
އަންހެނުން ދަނީ ފެމިނިޒަމުން އޭގެ ނާޖާއިޒް ފައިދާ ނަގަމުން. ދޮގު ތުހުމަތުތައް އެޅުވުން އާއްމު ވެއްޖެ. ކުޑަ ކުޑަ ކަމަކުން ފިރިހެނެއްގެ ހަޔާތް ދުއްވާލާ ވަރުގެ ބާރެއް އެމީހުނައް ލިބިއްޖެ. އިނގޭ މިކޮމެންޓް ޖަހައިނުދޭނެކަންވެސް. އަދި އެއްދުވަހަކުން މިކަން ވ.ބޮޑުވާނެ.