ގޯއްޗަށް އެދި ފޯމު ހުށަހަޅަން ގޮސް ތިބި މީހުން ކިޔޫގައި: އޭސީސީން އަންގައިގެން ފޯމު ބަލައިގަތުން ވަނީ މަޑުޖައްސާލައިފައި. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
08 އޮކްޓޯބަރ 2018 - 12:47
ހުޅުމާލެ އިން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކަން އިއުލާންކޮށް، ހައުސިން މިނިސްޓްރީން ފޯމު ދޫކުރި ފަހުން، ކުއްލިއަކަށް ޝަރުތުތަކަށް ބަދަލު ގެނެސްފި އެވެ. އެކަމަކު އެ ބަދަލު، މިހާތަނަށް ވެސް ހައުސިން މިނިސްޓްރީން އާއްމުންނާ ހިއްސާކޮށްފައެއް ނުވެ އެވެ.
ހުޅުމާލެ އިން 400،000ރ. އަށް ގޯތި ވިއްކަން ހުޅުވާލައި ފުރަތަމަ ދޫކުރި ފޯމުގައި ޝަރުތުކޮށްފައިވާ ގޮތުން ގޯއްޗަށް ކުރިމަތިލެވޭނީ ކައިވެނިކޮށްގެން އުޅޭ މީހުންނަށެވެ. އެކަމަކު، ފަހުން ދޫކުރި ފޯމުގައި އެ ޝަރުތު ވަނީ ބަދަލުކޮށްފަ އެވެ.
ފުރަތަމަ ދޫކުރަން ފެށި ފޯމު: މި ފޯމުގައި، ގޯއްޗަށް އެދޭއިރު ކައިވެނިކޮށްގެން އުޅުން ޝަރުތުކޮށްފައިވޭ.
ފަހުގެ ފޯމުގައިވާ ގޮތުން ވަރިވެފައިވާ މީހުންނަށް ނުވަތަ ފިރިމީހާ/އަނބިމީހާ މަރުވެފައިވާ މީހުންނަށް ވެސް ކުރިމަތިލެވެ އެވެ. ބަދަލުކުރި ޝަރުތުގައި ވަނީ، ފޯމު ހުށަހަޅާ ތާރީޚުގައި ވަރިވެފައިވާ ފަރާތެއް ނަމަ ނުވަތަ އަނބިމީހާ/ފިރިމީހާ މަރުވެފައިވާ ނަމަ، ގޯއްޗަށް އެދޭ މީހާގެ ދަރިއެއް/ދަރިން ތިބެން ޖެހޭނެ ކަމަށެވެ.
ޝަރުތު އިސްލާހުކޮށްފައި ދޫކުރި ފޯމު: މި ފޯމުގައިވާ ގޮތުން ކައިވެންޏެއްގައި ނެތަސް ޝަރުތު ހަމަވޭ.
ހުޅުމާލޭގެ ބިމުގެ އަގަށް ބަލާއިރު ނުއަގުގައި ވިއްކާ މިއިން ގޯއްޗެއްގެ އަގަކީ އެންމެ 400،000ރ. އެވެ. ހުޅުމާލެ އިން ގޯތި ވިއްކުމުގެ ގާނޫނީ ހައިސިއްޔަތެއް ހައުސިން މިނިސްޓްރީއަށް ނެތްއިރު ވެސް އެ މަޝްރޫއު ކުރިއަށްގެންދާތީ އޭސީސީން މައްސަލަ ބަލަން ފަށައި، ފޯމު ދޫކުރުމާއި ބަލައިގަތުން ވަނީ މަޑުޖައްސާލަން އަންގައިފަ އެވެ.
ހައުސިން މިނިސްޓްރީން ބުނިގޮތުގައި، ފޯމު ބަލައިގަތުން މަޑުޖައްސާލީ އެ މިނިސްޓްރީގެ ފަރާތުން އޭސީސީއަށް ފޮނުވި ސިޓީގެ ޖަވާބު ލިބެންދެނެވެ.
މި މަޝްރޫއު ހުއްޓާލަން އަންގައި އޭސީސީން ފޮނުވި ސިޓީގައި ބުނެފައި ވަނީ، ހުޅުމާލޭން 400 ގޯތި ދޫކުރަން ހުޅުވާލި ފުރުސަތާ ގުޅިގެން އެ ކޮމިޝަނަށް ހުށަހެޅި ޝަކުވާތައް ބެލި އިރު ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރި ކަމަށް ތުހުމަތު ކުރެވިފައިވާތީ މައްސަލަ ތަހުގީގު ކުރަން ނިންމާފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.
ހުޅުމާލެ ދެ ވަނަ ފޭހުން މީގެ ކުރިން ވެސް ވަނީ ބިން ވިއްކައިފަ އެވެ. އެކަމަކު އޭރު ފެށޭ އަގަކަށް ހަމަޖެއްސީ އަކަފޫޓެއް 3،000ރ އަށެވެ. އެ އަގުން ބަލާ ނަމަ 1،000 އަކަ ފޫޓެއްގެ ގޯއްޗެއްގެ އަގު 3 މިލިއަން ރުފިޔާއަށް އަރަ އެވެ. އެފަހަރު ގޯތިތައް ވިއްކީ އަކަފޫޓެއް 3،000ރ އަށް ވުރެ މާ ބޮޑުކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލައިސް
11 October 2018
ދަފުތަރު އުވާލުމަށް ޕެޓިޝަނެއް ހުށަހަޅަން ފެނޭ.. އޭގެ ސަބަބުން މާލޭގެ ދަތިހާލުގައި ދިރިޢުޅޭ ރައްޔިތުން ނިކަމެތިވެއްޖެ.. މިކަމާ ވިސްނާނެ ފަރާތެއް ނެއްތޯހަމަ؟
ތަރައް
09 October 2018
އަގު އެއީ ޑިސްކައުންޓް އެކޭ، ސްޕެސަލް ޕްރޮމޯށަނެކޭ. ޗެރިޓީއެކޭ؟ ހައުސިންގުން ކިހާ ދީލަތި. ހެޔޮވިސްނުން ލިބުނީ ކަންނެންގެ؟
އަސީލް
08 October 2018
މީ ވަކި ބަޔަކށް ދިނުމަށް ނިމިފައި އޮތް ގޯތިތަކެއް. ދަަޅަދައްކަން ފޯމު ދޫކުރަނީ. ދޭން ޖެހޭ މީހުން މިހާރު އޮތީ ލިސްޓްވެސް ކޮށް ނިމިފަ. މެޑަމްގެ ކަންތައްގަނޑު މިއަށްވެސް ވަދެފަ އޮތީ
އިޙްސާސް
08 October 2018
ކޮބާތަ މާލޭގަ އުޅޭ އެހެން ރަށްރަށުގެ މީހުން. އެމީހުންނަކަށް ތިޔަތަނުން ބިންކޮޅެއް ނެތްތަ މުއިއްޒޫ....؟؟
ކަނދިކަމަނާ
08 October 2018
ދެފަހަރު ދެއަގައިން ވާހަކަދަރއްކާ މީހުން ކަންތަހުންނަ ގޮތް
ބިޓްރޭ
08 October 2018
އަރިހުގައި އުޅުއްވި ބޭފުޅުންގެ ގަޔަށް ފިޓްވާގޮތަށް ހެދުންކޮޅު ފައްސަވައި ދެއްވަނީ ދެއްތޯ ! ހުވާ ކުރެއްވުމުގެ ކުރިޔަށް ހުރިހާ ބިމެއް ހުސްކޮށް ލައްވަވައްޗޭ އޭރުން ފަހުން ހިތާމަ ފުޅުކުރައްވާކަށް ޖެހިވަޑައެއް ނުގަންނަވާނެ
ބޫމް
08 October 2018
ޕީޕީއެމްގަ ތިބި މީހުންނަކީ އަބަދުވެސް ޖެއްސުންކުރުމާއި ފަސާދައަށް ލޯބިކުރި ބައެއް. އެމްޑީޕީގެ ވެރިކަމުގައި ލާމަރުކަޒީ ޤާނޫނު 3 ކައުންސިލަރުންނާއެކު ފެށުމުން އެ ޢަދަދު 5އަށް ބަދަލުކޮށް ޖެއްސުންކުރި. މަޖިލީހުގެ ހުއްދަޔާ ނުލާ ލޯނެއްވެސް ނުނެގޭ ގޮތަށް ފާސްކޮށް ދަތިކުރި. ޔާމީނަށް ވެރިކަން ލިބުމުން ްއެހުރިހާ ޤާނޫނެއް އުވާލީ. ޔާމީން ލޯނު ނެގިވަރެއް، ބެހިވަރެއް، ދަރާ އޮތްވަރެއް، ޚުދު ތި ނިހާނުމެންނަކަށްވެސް ނޭނގޭނެ.
ޢަލީމް
08 October 2018
ތީވެސް މުހިންމު ޝަރުތެއް އެކަމަކު ފޯމުދޫކުރަންފަށާއިރު އޮންނަންވާނީ ތިކަން ނިމިފަ.
ޕަކާސް
08 October 2018
ތިއީ ޕީޕީއެމް ކެމްޕެއިންގައިސްކޮށް އުޅުނު ސިޔާސީ މަގާމުގެއްލޭމީހުނަށް ދޭހަދިޔާއެއްކަން ކުރިންވެސްއެނގޭ. ރައްޔިތުންމޮޔަހައްދާފަ ކިޔޫތަކުގަ 24 ގަޑިއިރުހޭދަކުރުވާފަ ވަކިބަޔަކަށް ދޭތަންތަން. ގޮތްކުޑަމީހުންދެކެން. އެކަމު މިވަރެއްނުދެކެން. ޕީޕީއެމްވެގެންއުޅޭމީހެއް ފެނުނަސް މިހާރު ހިނިއަންނަނީ. މިއަދުވެސް ވޯޓުއޮފިޝަލަކަށްއުޅުނު ފބ ރައްޓެއްސަކުއިންނަނީ ބުނެފަ މިއީ ނޮވެލްޓީނޫން ތަނަކުން ވޯޓުކަރުދާސް ޗާޕުކުރިފުރަތަމަފަހަރުވީމަ ވޯޓުއޮޅުވާލީއޯ. ޕަކާސް!!!!
ދޭސީ
08 October 2018
'ހުޅުމާލެ ދެ ވަނަ ފޭހުން މީގެ ކުރިން ވެސް ވަނީ ބިން ވިއްކައިފަ އެވެ. އެކަމަކު އޭރު ފެށޭ އަގަކަށް ހަމަޖެއްސީ އަކަފޫޓެއް 3،000ރ އަށެވެ.' މި ސަރުކާރަކީ ވަރަށް ގޯސް ބައެއް. އެފަހަރު ގަންނަން ބަލާލި އިރު ޝަރުތަކަށް އިން މަދުވެގެން 2000 އަކަފޫޓު ގަންނަން ވާނެޔޯ. ހަމަ ސީދާ ވިޔަފާރިވެރިންނަށް މަންފާ ލިބޭގޮތައް ލިއުލާނު ކުރީ.