ދުންޔާ (ކ) އާއި ޔުމްނާ: މި ފޮޓޯގައި ޓްވިޓާގައި ހިއްސާ ކުރެއްވީ ޔުމްނާ
09 އޮކްޓޯބަރ 2018 - 20:39
ސިޔާސީ ދާއިރާއިން އަބަދު ވެސް ފެންނަ މޫނަކީ އެ ދެބެންގެ ތެރެއިން ދުންޔާ މައުމޫނެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހަތަރު ބޭފުޅުންގެ ތެރެއިން އާއްމުން އެންމެ ބޮޑަށް ދަންްނަ މޫނަކީ ވެސް އެއީ އެވެ. އެއާޚިލާފަށް، އެއްމާބަނޑު ކޮއްކޯފުޅު، ޔުމްނާ މައުމޫނަކީ ސިޔާސީ ގޮތުން މީގެ ކުރިން މާ ހަރަކާތްތެރި ބޭފުޅެއް ނޫނެވެ.
އެކަމަކު އެއީ މިދިޔަ އަހަރާ ހަމައަށެވެ. ބޮޑުބޭބޭފުޅު، ރައީސް އަބްދުﷲ ޔާމީނާއި ބައްޕާފުޅާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުން ތަކުގައި ޔުމްނާ ނެންގެވީ ބައްޕާފުޅުގެ ފަޅި އެވެ. އޭރު އޭނާ ހުންނެވި، އެޑިއުކޭޝަން މިނިސްޓަރުގެ ނައިބުކަމުގެ މަގާމު ދޫކޮށްލައްވައި، ސަރުކާރަށް ފާޑުވިދާޅުވާން ފެށި އެވެ.
އެކަމަކު ފޮރިން މިނިސްޓަރުގެ މަގާމާއެކު އޭރު ދުންޔާ ހުންނެވީ ހަނެވެ. އާއިލާތެރޭގައި ހަމަނުޖެހުން ބޮޑުވެ، ބައްޕާފުޅާއި ކޮއްކޮ، ފާރިސް މައުމޫނާއި ޔުމްނާގެ ފިރިކަލުން، މުހައްމަދު ނަދީމް ޖަލުގެ ގޮޅިއަށް ފައްތާލި އިރު ވެސް، ދުންޔާ ހުންނެވީ ސަރުކާރުގަ އެވެ.
To all those trying to create ‘fitna’ between my sister & I, I have one message. Our love is strong! ❤️ I admire her strengths and perseverance in the battle that @maumoonagayoom & our family fought. May Allah bless her with the best in everything.. pic.twitter.com/JKjmVmdEkP
— Dunya Maumoon (@dunyamaumoon) October 9, 2018
ގިނަ ބަޔަކު ދުށީ މިހެންނެވެ. އެއްމާބަނޑު ދެ ބޭފުޅުން ނަމަވެސް، އެ ދެބެންގެ މެދުގައި މިހާރު މާބޮޑު ގުޅުމެއް ނޯންނާނެ އެވެ. އެންމެ ކުޑަމިނުން، އަނގައިން ވެސް ވިދާޅުނުވާނެ އެވެ.
ރިޝްވަތުގެ ތުހުމަތުގައި ޖަލަށް ލެއްވި ބައްޕާފުޅާއި ކޮއްކޮ އަދި ޓެރަރިޒަމްގެ ތުހުމަތުގައި ޖަލުގައި ހުންނެވި ފިރިކަލުން ސަލާމަތް ކުރެއްވުމަށް، ޔުމްނާ ކުރެއްވި ހަނގުރާމައިގެ ސަބަބުން ހީރޯއަކަށް އޭނާވެ ވަޑައިގެންނެވި އެވެ. ޖަލަށް ވަޑައިގަންނަވައި އެ ބޭފުޅުންނާ ގަވައިދުން ބައްދަލު ކުރެއްވި އެވެ. އެ ބޭފުޅުންގެ ޝަކުވާތައް، ކަމާ ބެހޭ އިދާރާތަކާއި އާއްމުންގެ ސަމާލު ކަމަށް ގެންނެވި އެވެ. އެ ބޭފުޅުންގެ ދިފާއުގައި ކުރި މުޒާހަރާތަކުގައި ބައިވެރިވެ ވަޑައިގެން، ބޮޑުބޭބޭފުޅާއި ސަރުކާރަށް ފާޅުގައި ފާޑުވިދާޅުވި އެވެ.
ސަރުކާރު ދޫކުރައްވައި، އާއިލާގެ ދިފާއުގައި މިއަދު ދުންޔާ ހުންނެވި ނަމަވެސް، އޭނާއަށް އަމާޒުވާ ފާޑުކިޔުންތައް މަދެއް ނުވި އެވެ. ހާއްސަކޮށް، ކޮއްކޮ ޔުމްނާއާ ގުޅޭގޮތުން ޓްވީޓެއްކޮށްލައިފި ނަމަ، އޭނާއާ ދެކޮޅަށް މުޅި ސޯޝަލް މީޑިއާ ކެކިގަނެ އެވެ.
Yes dear sister @dunyamaumoon. Our love for each other and our family is strong ❤️ https://t.co/ndsdLbDNjy
— Yumna Maumoon (@yumna_maumoon) October 9, 2018
"އަހަރުމެންނަށް ކުރިން، ޔުމްނާއެއް ނޭނގޭ. އެކަމަކު އަނިޔާވެރިކަމާ ދެކޮޅަށް ދެއްކި ހިތްވަރުން ދުންޔާގެ މައްޗަށް ޔުމްނާ ކުރި ހޯއްދަވައިފި،" ދެބެންގެ ގޮތުގައި އުފަންވިޔަސް، އެކުވެރިކަމަކީ އަމިއްލައަށް ޚިޔާރުކުރެއްވި ކަމެއް ކަމަށް ވިދާޅުވެ، ދުންޔާ ކުރެއްވި ޓްވީޓެއްގެ ޖަވާބުގައި މީހަކު ލިޔެފައި ވެ އެވެ.
އެކަމަކު އެ ލޯތްބަށް ދުވަހަކު ވެސް ބަދަލެއް ނާންނަކަން، ދުންޔާ މިއަދު ވެސް ވަނީ ހަނދާންކޮށްދީފަ އެވެ.
"އަހަރެންނާއި އަހަރެންގެ ކޮއްކޮ އާ ދެމެދު ފިތުނަ އުފައްދަން މަސައްކަތް ކުރާ މީހުންނަށް ދޭން އޮތް މެސެޖަކީ މިއީ އެވެ. އަހަރުމެންގެ ލޯބި ވަރުގަދަ އެވެ." ޔުމްނާއާ އެކީ ނަންގަވާފައިވާ ފޮޓޯއަކާއެކު ކުރެއްވި ޓްވީޓެއްގައި ދުންޔާ ވިދާޅުވި އެވެ.
"ބައްޕަ، މައުމޫން އަބްދުލްގައްޔޫމާއި އާއިލާއިން ކުރި މި ހަނގުރާމައިގައި އޭނާ ދެއްކި ހިތްވަރަށާއި ސާބިތުކަމަށް ތައުރީފް ކުރަމެވެ."
Thank you dear sister @dunyamaumoon for being there for me during this very difficult time for our family ❤️ pic.twitter.com/pLJLraRN8r
— Yumna Maumoon (@yumna_maumoon) September 30, 2018
މީހުންގެ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، އެއީ ބަދަލުނުވާ ގުޅުމެއްކަން ޔުމްނާ ވެސް އަންނަނީ ސޯޝަލް މީޑިއާގައި ސާބިތުކޮށްދެމުންނެވެ.
ޔުމްނާ ވިދާޅުވާ ގޮތުގައި އާއިލާއަށް ދިމާވި ހިތްދަތި މި ވަގުތުތަކުގައި އޭނާއާ އެންމެ ގާތުގައި ހުންނެވީ ދައްތަ އެވެ.
"އަހަރުމެން އެކަކު އަނެކަކަށް އޮތް ލޯބި، އާއިލާގެ ތެރޭގައި އޮތް ލޯބި ވަރުގަދަ އެވެ." ދުންޔާއަށް ޖަވާބު ދެއްވަމުން ޔުމްނާ ޓްވިޓާގައި ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރާފާ
11 October 2018
ވަރަށް ލޯބި ވަރުގަދަ އާއިލާ އެއް!! ހެހެހޭ. ތހިޔަ އާއިލާގެ ލޯބި ވަރުގަދަ ކަމުން މުޅި ޤައުމު ފަނާ ވަމުން މިދަނީ.
އިހްސާސް
10 October 2018
ހާދަ ސަޅިޔޭ ދެކުދިން.
ޅިޔަނާ
10 October 2018
ޢާއިލީ ވެރިކަން އެނބުރިއައްސި
އީމަން
10 October 2018
"އަހަރެންނާއި އަހަރެންގެ ކޮއްކޮ އާ ދެމެދު ފިތުނަ އުފައްދަން މަސައްކަތް ކުރާ މީހުންނަށް ދޭން އޮތް 'ނަސޭހަތަކީ' މިއީ އެވެ. އަހަރުމެންގެ ލޯބި ވަރުގަދަ އެވެ."
ސަކީނާ
10 October 2018
ގައްސާނު އާއި ފާރިސްގެ ލޯތްބަށް އައި ބަދަލު ކޮބާ؟
ސާދާސީދާ
10 October 2018
ސިޔާސީލޯބި!
ހަވީ
10 October 2018
ރަހިމުގެ ގުޅުމަކީ ވަރުގަދަ ގުޅުމެއް....އެހެންވެ ތިދެބޭފުޅާގެ ބައްޕާފުޅު ރައީސް ޔާމީން އާ މެދު އެގޮތައް ކަންތައް އެކުރަނީ ރަހިމުގެ ގުޅުން ނެތީމަ؟؟؟؟؟
ލަބީބު
10 October 2018
ލޭގެ ގުޅުން ކަޑަވީމަ! ރަހިމުގެ ގުޅުން މާ ވަރުގަދަވާނެ... އަންހެނުންނަކީ ބާރުގަދަބައެކޭ....
ވެރިންނަކީމީ
10 October 2018
ދިވެހިންނަށް ނަޖިސްފެން. އަހަރެމެންނަށް 7 ތަރި ހޮޓަލާ، ބެންޒުކާރާ، އެންމެ އަގުބޮޑު އެއާލައިންގެ ފަސްޓްކްލާސް ޓިކެޓް. އަދި ސިންގަޕޫރުން ބޭސްފަރުވާ. ހުރިހާ ހަރަދެއްކުރަންވާނީ ދައުލަތުގެ ބަޖެޓުން
ކަނދިކަމަނާ
10 October 2018
ލޭގެ ގުޅުމަކީ ވަރައްވަރުގަދް ގުޅުމެއް
ވެލަންޓީނާ
10 October 2018
އާއިލީ ވެރިކަން ހިނގާ ގައުމުތަކުގަ ރައްޔިތުން ހެނދުނު ތެދުވެ ނޫސްބަލާލާއިރު ފެންނާނީ އެއާއިލާތެރޭގަ ހިނގާ ކަންކަމުގެ ވާހަކަ. ކޮއްކޮއާއި ދައްތައާއި ދޭތެރޭ ހުންނަ ޝުއޫރުތަކުގެ ވާހަކައާއި އާއިލާ މީހުން ހެނދުނު ސައިބޯން ހުރީ ކޯނޗެއްތޯ، މިހެންގޮސް މިކަހަލަ ވާހަކަ.