ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ޝަހީބް (ކ-3) އަދި އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ނާސިހް (ކ) އާއި އެހެން ބައެއް މެމްބަރުން ނިއުސް ކޮންފަރެންސެއްގައި.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
11 އޮކްޓޯބަރ 2018 - 00:12
އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި މައްސަލައާ ގުޅިގެން، ޗެނަލް 13 އިން ކޮންޓެންޓް ފޮނުވުމުގައި ސަމާލުވުމަށް އިލްތިމާސްކޮށް އަދި ގާނޫނާއި ގަވައިދާ ތައާރުޒުވާ ކޮންޓެންޓް ބްރޯޑްކާސްޓް ކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މިރޭ ދީފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ފަސް މެމްބަރުންނަކީ ފިއްލަވައިގެން އުޅުއްވާ ބޭފުޅުންތަކެއް ކަމަށް ދޭހަވާ ގޮތަށް، އެ ބޭފުޅުންގެ ފޮޓޯތައް، ޗެނަލް 13 އިން ދައްކަމުން ދާތީ އެ ސްޓޭޝަނަށް ފިޔަވަޅު އަޅައި ދިނުމަށް އެދި އެ ކޮމިޝަނުން ބްރޯޑްކާސްޓިން ކޮމިޝަނަށް މައްސަލައެއް މިރޭ ހުށަހެޅި އެވެ.
އަވަސް މައްސަލައެއްގެ ގޮތުގައި ހުށަހެޅި އެ މައްސަލައާ ގުޅިގެން، ބްރޯޑްކާސްޓިން ކޮމިޝަނުން ޗެނަލް 13 އަށް ފޮނުވި ސިޓީއެއްގައި ވަނީ، އެ ސްޓޭޝަނުން ކޮންޓެންޓް ފޮނުވުމުގައި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނާއި ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާއި އަބުރުގެ ގާނޫނުގައި ބުނާ ކަންތައްތަކާ އެއްގޮތަށް ބްރޯޑްކާސްޓް ކުރުމަށް ސަމާލުކަން ދިނުމަށް އެދިފަ އެވެ. އަދި މުޒާހަރާތަކާއި އެއްވުންތައް ލައިވް ކުރުމުގައި، އެއްވެ އުޅުމުގެ ގާނޫނުގައި ބުނާ ގޮތަށް، 60 ސިކުންތުގެ ލަސްކުރުމަކާ އެކު ބްރޯޑްކާސްޓް ކުރުމަށް ވެސް ޗެނަލް 13 އަށް ވަނީ އަންގައިފަ އެވެ.
"ސިޔާސީ ގޮތުން ގައުމު ހަލަބޮލި ވެފައިވާ މިފަދަ ދަނޑިވަޅެއްގައި ފޮނުވަމުންދާ ކޮންޓެންޓެއްގެ ސަބަބުން ގައުމުގެ އަމާންކަމާއި ސުލްހަ މަސްލަހަތު ގެއްލި ހަމަނުޖެހުމަކަށް މަގު ފަހިވާ ފަދަ ކޮންޓެންޓް ނުފޮނުވުމަށް ސަމާލުކަން ދެއްވުން ވެސް އެދެމެވެ،" ބްރޯޑްކޮމްގެ ސިޓީގައިވެ އެވެ.
"އަދި، ގާނޫނާއި ގަވާއިދާ ތައާރުޒުވާ ކޮންޓެންޓް ބްރޯޑްކާސްޓް ކޮށްފި ނަމަ، އެފަދަ ކޮންޓެންޓް ގެނެސްދޭ ފަރާތްތަކާ މެދު ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމުގައި ވެސް ދަންނަވަމެވެ."
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިރޭ ވިދާޅުވީ، ޗެނަލް 13 ގެ ސްކްރީންގެ ކަނަކަށް ކޮމިޝަންގެ މެމްބަރުންގެ ފޮޓޯ އަރުވައި، 'ފިލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މެމްބަރުން' އެގޮތަށް ލިޔެފައިވާ ކަމަށާއި އެކަން ކުށްވެރި ކުރައްވާ ކަމަށެވެ.
އެ މައްސަލައިގެ އިތުރުން އެހެން ހަތަރު މައްސަލައެއް ވެސް ބްރޯޑްކޮމް އަށް ވަނީ ހުށަހަޅައިފަ އެވެ. އެއީ، ކޮމިޝަންގެ ފަސް މެމްބަރުންގެ އަބުރު ގެއްލޭ ގޮތަށް، ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ޗެނަލް 13 އިން ބްރޯޑްކާސްޓް ކޮށްފައިވާތީ އެ މައްސަލަ ބަލައި ފިޔަވަޅު އަޅައި ދިނުމަށެވެ.
"...ޚާއްސަކޮށް އަޅުގަނޑާއި އަކްރަމް [ކޮމިޝަންގެ މެމްބަރު] އާ ގުޅޭ ގޮތުން ސާބިތު ނުހިފޭ ވާހަކަތައް ޗެނަލް 13 އިން ދަނީ ބްރޯޑްކާސްޓް ކުރަމުން. އެއީ ސީރިއަސް މައްސަލައެއް،" ޝަރީފް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖައިސާމް
11 October 2018
އިންޒާރުތަ ދޭންވީ؟ ރާއްޖެޓީވީނަމަ ވަގުތުން 2 މިލިއަން
މުޙުއްމާ
11 October 2018
ޗެނެލް 13 އަށް އިންޒާރު، ރާއްޖެ ޓީވީ އަށް މިލިއަނުން ޖުރުމައިނާ ދެއްކުން. ވަރަށް އިންސާފުވެރި. ކަމިޝަންގެ "އިންސާފުވެރި" ކުދިން އަވަހަށް ފޮށި ތަންމަތި ބަދެގެން ކޮންމެވެސް ތަނަކުން ފޮހެ ސާފުކުރާ ވަޒީފާ ނަމަވެސް ލިބޭތޯ މަސައްކަތް ކުރޭ.
ހެހެސްބެ
11 October 2018
ރ. ޓީވީ ވީމަ ޖޫރިމަނާ. ޗެނަލް 13 ވީމަ އިންޒާރު. ހަމައެއްނޫން.
އެމްޑީޕީ.
11 October 2018
ބަލަ ތި ސާބިތު ނުހިފޭ ވާހަކަ ދެއްކުމަކީ މިހާރު އާންމުކަމެއްނޫންތަ؟ އިބޫ ވެރިކަމަށް އަންނަން ބޭނުންވަނީވެސް ތިކަމަށް އިތުރަށް ޤާނޫނީ ސިފަވެސް ގެންނަންނޫންތަ؟
ބާބޫ
11 October 2018
އިންޒާރު ތީ ކިތެއްފަހަރު ދޭ އެއްޗެއްތަ؟
ބޫމް
11 October 2018
"ސިޔާސީ ގޮތުން ގައުމު ހަލަބޮލި ވެފައިވާ މިފަދަ ދަނޑިވަޅެއްގައި ފޮނުވަމުންދާ ކޮންޓެންޓެއްގެ ސަބަބުން ގައުމުގެ އަމާންކަމާއި ސުލްހަ މަސްލަހަތު ގެއްލި ހަމަނުޖެހުމަކަށް މަގު ފަހިވާ ފަދަ ކޮންޓެންޓް ނުފޮނުވުމަށް ސަމާލުކަން ދެއްވުން ވެސް އެދެމެވެ،" ޤައުމު ހަލަބޮލިކޮށް މަސްލަޙަތު ނަގާލައި މީހުންގެ އަބުރު ކަތިލުން ނޫންކަމެއް ޗެނަލް13 އާއި "ވަގުތު" ނޫހުން އެބަކުރޭތަ؟
އަލިފް
11 October 2018
2 މިލިއަނުން ޖޫރިމަނާ ކުރާ ކަށް ނުކެރުނެވެ.
ބޭނުމެއް ނެތް
11 October 2018
ބަޑީގެ ބާރުހުރި ރައީސަކު ނެތީމާ މާބަރާބަރެެއް ނުން. މިއިން އެނގެނީ ރައީސަކީ ބޭނުން ނުން މީހެއްކަން.މު. ބޭނުންވަނީ މިނިވަންކޮށް މަސައްކަތް ހިންގޭނެ އިންސިޓިޓިއުޝަންތަ.
އެކިގޮތްނުހަދާ އެއްގޮތްކުރޭ
11 October 2018
ތިހިސާބުން ތިކަން ނުނިންމޭނެ 3 ހަފްތާ އޮތަސް ފިޔަވަޅުއަޅާ ޖޫރިމާނާ ކުރެވެން ޖެހޭނެ
ކޮމިޝަން
11 October 2018
މިކޮމިޝަން ހީވަނީ މިނިވަންވެ އުދުހޭހެން... އިންތިޚާބުގެ ކުރީގަ ތިކަހަލަގެ ވަހަކަ ނުދެއކީ ކީއްވެބާ... އެކަކަށް ހުކުމްކޮށްފަ ހުރީމަ އޭނަގެ ޚަބަރާއި އަޑު ގެނެސްދޭތީ ރ ޓީވީ އަށް އިންޒާރު ދީފަ، ޝެއްޚު އިމްރާން މާކުރިން ދައްކާފަ ހުރި ވާހަކަ އިރުއިރުކޮޅުން ޕީއެސްއެމުން ފޮނުވި އިރުވެސް ތީބީ އަގަ ބަންދުވެފަ.... ދަހިވެތިކަން ދެކެބަލަ.