ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު، މިއަދުގެ ޝަރީއަތުގެ އަޑު އެހުމަށް ވެންނެވުމަށް ނަން ނޯޓު ކުރައްވަން ސުޕްރީމް ކޯޓު ކައިރީގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު
14 އޮކްޓޯބަރ 2018 - 10:57
ރިޔާސީ އިންތިޚާބު ބާތިލްކުރަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގެ ތެރެއަށް ތަދައްޚުލްވުމުގެ ފުރުސަތު އިދިކޮޅު ޕާޓީތަކަށް ދިނުމަށް ކޯޓުން އިއްޔެ ނިންމައިފި އެވެ.
އެ މައްސަލާގައި ޝަރީއަތްތައް މިއަދު ފަށާއިރު، ކޯލިޝަން ޕާޓީތަކުގެ ތެރޭގައި ހިމެނޭ އަދާލަތު ޕާޓީގެ ނައިބު ރައީސް އަދި ގާނޫނީ ވަކީލް އަލީ ޒާހިރު ވިދާޅުވީ ތަދައްޚުލްވުމުގެ ފުރުސަތު ދޭން ނިންމައި ޕާޓީތަކަށާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ސުޕްރީމް ކޯޓުން ޗިޓް ފޮނުވާފައިވާ ކަމަށެވެ.
ދުސްތޫރީ އެ މައްސަލާގެ ޝަރީއަތް މިއަދު މެންދުރު 1:00 ގައި ފަށާއިރު ޕާޓީތަކުގެ ފަރާތުން ގާނޫނީ ވަކީލުން ކޯޓަށް ވަޑައިގަންނަވާނެ ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.
އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރެއްވުމަށް ފަހު ރައީސް ޔާމީންގެ ފަރާތުން އެ މައްސަލަ ހުށަހެޅުއްވީ ސަޕޯޓަރުންގެ ފަރާތުން ލިބެމުންދިޔަ ޝަކުވާތަކާ ގުޅިގެން ކަމަށް ޕީޕީއެމުން ބުންޏެވެ. ރައީސް ޔާމީން އެދިވަޑައިގެންފައި ވަނީ އިންތިހާބު ބާތިލްކޮށް ދިނުމަށެވެ.
ހަތަރު ލީޑަރުންގެ ތެރެއިން ޖަލު ހުކުމް އިއްވާފައިވާ ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހިމް ވަނީ ކަފާލާތުގެ ފަށުން ދޫކޮށްލައިފަ އެވެ. އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ގޭ ބަންދުގައި ހުންނެވި އިރު ރައީސް މުހައްމަދު ނަޝީދު އަދިވެސް ހުންނެވީ ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ރާއްޖެއިން ބޭރުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިއާ, ގަލޮޅު ދެކުނު
14 October 2018
ﷲއިންޝާ މަޙްލޫފް ކުރައްވާނެ.
ތައްކާނު ބެއްޔާ
14 October 2018
ތަދައްހުލުގެ މާނައަކީ އެއްޗެއްގެތެރެއަށް އަނެކައްޗެއްވއްދާލުން. އާއްމުކޮށް އެއްކަމެއްގެތެރެއަށް އެކައްޗަށްވުރެން ގިނައިން ވައްދާލުން
ޣޣ
14 October 2018
މަޙްލޫފަށް ގަލޮޅު ދެކުނުގެ ރައްޔިތުންގެ މަޖުލީހުގެ ގޮޑި 2019ގަ ކާމިޔާބު ކުރެއްވޭނެ ބާ...
މަ 2040
14 October 2018
ޢިންސާﷲ މަހުލޫފު ކާމިޔާބު ކުރާނެ
ރަދީފުލް އައްވަލް
14 October 2018
އަސްމާއްތަ މަހުލޫފަށް ކޯޗެއްތަ މި ކިޔައިދެނީ؟
ހަސަންސް
14 October 2018
"ސަޕޯޓަރުންގެ ފަރާތުން ލިބެމުންދިޔަ ޝަކުވާތަކާ" ވިއްސަކަށް މީހުން...... މުޅި ރާއްޖެއިންވެސް އިންތިހާބުގެ ނަތީޖާއަށް ޝަކުވާ ކުރަނީ ވިއްސަކަށް މީހުން....
ވޯޓް
14 October 2018
ﷲއިރާދަކުރެއްވިއްޔާ އިންތިހާބް ބާތިލް ކުރާނެ.
އުނބުށެން
14 October 2018
ބާޠިލް ކުރީމާ ދެންވާނީ ކިހިނެއްތޯއެވެ. ތެޔޮ ތާހުގައި އޮވެ ރޯފިލަމުންދާތީ އުނދުނަށް ފުންމާލީމާ ވާނެގޮތް ހިތަށް ގެނެސް ބަލާށެވެ. އޭރުން ތިޔަ ޚިޔާލުގެ މޮޔަކަން އިހްސާސް ކުރެވޭނެހެން ހީވެއެވެ.
ތަދައްޚުލް
14 October 2018
"ތަދައްޚުލް" ގެ މާނައަކީ ކޮބައިތޯ
ހޔހޔހޔ
14 October 2018
މައްސަލަ ތެރެއައް ވަނުން ސާފު
މާނަ
14 October 2018
ފައިގެ ހުޅަށް އަރާ ތަދެއް!
ބޭބެ
14 October 2018
ގައުމުގެ ގިނަބަޔަކު މިހާރު ދިރިއުޅެމުން މިދަނީ ލިބޭ މުސާރައިން ދެކޮޅުނުޖެހި ވަރަަށް ހިތްދަތި ޙާލެއްގައެވެ. ވީމާ ތިޔަ ހުރިހާ ސިޔާސީޕާރޓީތަކުން މިމައްސަލައިގެ ތެރެއަށް ތަދައްޚުލުވެ ސްޕްރީމް ކޯޓަށް މިމައްސަލަ ވެއްދުމަށް އެދެމެވެ. އަދި އެއްމެ ކުޑަމުސާރައެއްކަމުގައި 20000 ރުފިޔާއަށްވުރެން ކުޑަނޫން މުސާރައެއް ދިނުމަށް ދައުލަތާއި އަދި ދިވެހިރާއްޖޭގައި ވަޒީފާދޭ ހުރިހައި ފަރާއްތަކެއްގެ މައްޗަށްލާޒިމުކުރާ އަމުރެއް ނެރެން ހުށަހަޅަން އެދެމެވެ.
ކެކެ
14 October 2018
ކަލޭ މައްސަލަ ހުށައަޅާ! މަ ތަދައްޚުލް ވާނަން. މަ ދަންނަ އެންމެނާ އެމީހުންގެ ދަންނަމީހުންނާ.......މިގޮތަށް ގޮސް ވަންހަކޮޅަށް ދާންދެން ބުރޯ!
ސަރީފާ
14 October 2018
މީއަދުލު އިންސާފުން ބޭރުން ކުރާ ކަމެއް. މިދިވެހި ރައްޔޮތުންގެ މެޖޯރިޓީ އޮތީ ބަސްބުނެފަ. ޔާމީނަށް ނޫނެކޭ ބުނެފަ. ކޯތަކުން ގޮތް ނިންމަންޖެހޭ ވަރުގެ އެއްވެސް ކަމެއް ހިނގާފައެއ ނެތް. ކުރިން ލިބުނުވަރު ވެސް އިރާދަކުރެއްވިއްޔާ ނުލިބޭނކަން ކަށަވަރު. ތެޅުތެލޫނުވަރަކަށް ދާނީ ހުޅުނބު. އިތުރަށް ވާނެ ކަމެއް އޮންނާނެބާ؟
އިހޫ
14 October 2018
ލޯޔަރަކު ބުނެދީބަލަ، ތަދައްޚުލްވާން ވަކި ލިމިޓެއް އޮވޭތަ؟ އަހަރުމެން 137000 މީހުންނަށް ތި މައްސަލައަށް ތަދައްޚުލް ވެވިދާނެތަ؟ އަހަރުމެންގެ މަޞްލަހަތު ވަރަށް ބޮޑު!
އަހަރުމެން
14 October 2018
ތިބޭފުޅާ 137000 ބޭފުޅުން ނާ ބައްދަލު ކޮއް ވޯޓުލީ ކާކައް ކަން ޔަގީން ކުރައްވާފަތޯ ތިވިދާޅުވާ އަދަދު ތިދެންނެވީ؟ މަކަރެއް ހަދާފަ ވާނަމަ އަދަދު ގޯސް ވާނެ ނޫންތޯ؟