ދުނިޔެ / ސައޫދީ އަރަބިއްޔާ

ޖަމާލް ޚަޝޯގީ: ގެއްލުނު ހަށިގަނޑު

ސަރުކާރަށް ފާޑުކިޔާ މީހުން، ވާނުވާ ނޭނގި ގެއްލުމަކީ މެދުއިރުމަތީގެ މުއްސަނދި ގައުމުތަކުގައި ދޭތެރެ ދޭތެރެއިން ހިނގާ ކަމެކެވެ. ގިނަ ފަހަރަށް އެ ފަދަ ހާދިސާތައް އާންމުންގެ ސަމާލުކަމަކަށް ނުވެސް އާދެ އެވެ. އެކަމަކު މި މަހުގެ 2 ވަނަ ދަވަހު ތުރުކީ ވިލާތުގައި ގެއްލުނު ސައޫދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ ވާހަކަ އަދިވެސް އޮތީ ތާޒާކަމާ އެކުގަ އެވެ.

ޖަމާލް ޚަޝޯގީ، ތުރުކީ ވިލާތުގެ އިސްތަންބޯލްގައި ހުންނަ ސައޫދީ އަރަބިއްޔާގެ ކޮންސުލޭޓް އަށް މިމަހުގެ 2 ވަނަ ދުވަހު ވަނީ އޭނާގެ ތުރުކީ ލޯބިވެރިޔާ ޚަދީޖާ ޖަންކީޒްއާ ކައިވެނި ކުރުމަށްޓަކައި، ބޭނުންވާ ލިޔެކިޔުންތަކެއް ހޯދުމަށެވެ. އެ ދުވަހުގެ މެންދުރު އެކެއް ޖެހި އިރު އޭނާ ކޮންސުލޭޓް އަށް ވަނުމުން، ލިޔުންތައް ހިފައިގެން ނުކުންނާނެ ވަގުތެއްގެ އިންތިޒާރުގައި، އޭނާގެ ލޯބިވެރިޔާ ކޮންސުލޭޓްގެ ބޭރުގައި ހުއްޓެވެ.

ނަމަވެސް ތިން ގަޑިއިރު ފާއިތުވި އިރު ވެސް ޚަޝޯގީގެ ޚަބަރެއް ނުވުމުން އެކަން ތުރުކީ ވިލާތުގެ ފުލުހުންނަށް ރިޕޯޓް ކުރި އެވެ. މައްސަލަ އުފެދުނީ އެ ހިސާބުންނެވެ. އެ ވަގުތުން ފެށިގެން ޚަޝޯގީ އަކީ ގެއްލިފައިވާ މީހެއްގެ ގޮތުގައި ބެލެވުނެވެ. އޭނާ މަރުވީ ހެއްޔެވެ؟ މަރައިލީ ހެއްޔެވެ؟

ޚަޝޯގީ ގެއްލުމަކީ ރޭވުމެއްތަ؟

ޚަޝޯގީގެ ހާލަތު ދެެނެގަތުމަށް ކުރި ތަހުގީގަށް ފަހު ތުރުކީ ވިލާތުގެ ތަހުގީގީ އިދާރާތަކުން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ކޮންސުލޭޓަށް އޭނާ ދިޔައިރު، ދުރާލައި އޮތީ ބޮޑެތި ރޭވުންތަކެއް ރާވައިފަ އެވެ. ބެލެވޭ ގޮތުގައި އޭނާގެ ކައިވެންޏަށް ބޭނުންވާ ލިޔުންތައް ހޯދުމަށްޓަކައި ކޮންސުލޭޓަށް ހުށަހަޅާފައިވަނީ އޭނާ ގެއްލުމުގެ ދުވަސްތަކެއް ކުރިންނެވެ.

އެ ކަމަށް އެދި ހުށަހެޅުމުން މި މަހުގެ ދެ ވަނަ ދުވަހުގެ މެންދުރު ފަހު އެކެއް ޖަހާއިރު، ލިޔުންތަކާ ހަވާލު ވުމަށް އައުމަށް އޭނާ އަށް އަންގާފައި އޮތުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަށް ބާރު ލިބިދޭ ހެއްކަކީ، ޚަޝޯގީ މަރައިލުމުގައި ބައިވެރިވި ކަމަށް ބެލެވޭ މީހުން، އެ ދުވަހުގެ އެ ގަޑި އަށް ސައޫދީ އަރަބިއްޔާ އިން ތުރުކީ ވިލާތަށް، ޕްރައިވެޓް ޖެޓެއްގައި ދަތުރު ކޮށް ކޮންސުލޭޓަށް ދިއުމެވެ.

އެ ދުވަހުގެ އެ ގަޑި އަށް ޚަޝޯގީ ކޮންސުލޭޓަށް އަންނާނެ ކަން ނޭނގޭ ނަމަ، އެތައް ގަޑިއިރެއްގެ ދަތުރެއް ކޮށް، އެކަމުގައި ބައިވެރިވި މީހުން ތުރުކީ ވިލާތަށް ނައީހެވެ. އަދި ޚަޝޯގީ ކޮންސުލޭޓަށް ވަނުމާ އެކު، އެ ކަމުގައި ބައިވެރިވި ކަމަށް ބެލެވޭ މީހުން ޑިޕްލޮމެޓިކް އުޅަނދުތަކެއްގައި ކޮންސުލޭޓަށް ގޮސް، ދެ ގަޑިއެއްހާ އިރު ފަހުން ކޮންސުލޭޓުން ނުކުމެގެން ދިއުމެވެ.

ޚަޝޯގީ އާއި ސައޫދީގެ ޚިޔާލު ތަފާތުވުން

މީގެ އެތައް އަހަރެއް ކުރިން ވެސް ޚަޝޯގީ އަކީ ސައޫދީގެ ޝާހީ އާއިލާއާ ވަރަށް ގާތް މީހެކެވެ. އޭނާގެ ނޫސްވެރިކަމުގެ މުޅި ހަޔާތް ހޭދަކުރީ ޝާހީ އާއިލާގެ އަރިސް މީހެއްގެ ގޮތުގަ އެވެ. އޭނާއަކީ ލަންޑަނާއި އެމެރިކާ އަށް ކަނޑައަޅާފައި ހުރި ސައޫދީ ސަފީރު އަމީރް ތުރުކީ އަލް ފައިސަލްގެ މީޑިއާ އެޑްވައިޒަރެވެ.

އޭގެ ފަހުން ސައޫދީ މަހުޖަނު، އަމީރް އަލް ވަލީދު ބިން ތޮލާލްގެ މީޑިއާ އެޑްވައިޒަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި އެވެ. އޭރު ވެސް އޭނާ ގެންދެވީ އޭނާގެ މިނިވަން ޚިޔާލާ އެކު ސައޫދީ ސަރުކާރަށް ފާޑު ކިޔައި ނޫސްތަކުގައި ލިޔަމުންނެވެ.

ނަމަވެސް ސައޫދީ އަރަބިއްޔާ އާއި މިސްރު އިސްވެ އޮވެ، މެދުއިރުމަތީގެ ބައެއް ގައުމުތަކުން ގަތަރާ އެކު ގުޅުން ކަނޑައިލި ހިސާބުން، ޚަޝޯގީގެ މިނިވަން ޚިޔާލަކީ ސައޫދީ ސަރުކާރަށް ބޮޑު ނުރައްކަލަކަށް ވިއެވެ. ގަތަރާ ގުޅުން ކަނޑައިލުމުން، ޚަޝޯގީ ފާޅުގައި ސައޫދީގެ އެ ނިންމުމަށް ފާޑު ކިޔަން ފެށި އެވެ. ވަކިން ޚާއްސަކޮށް ސައޫދީގެ ވަލީ އަހުދު އަމީރް މުހައްމަދު ބިން ސަލްމާނުގެ ހަރުކަށި ސިޔާސަތަށް ފާޑު ކިޔަން ފެށި އެވެ. އަދި ސައޫދީ އަރަބިއްޔާގެ ސިފައިން ޔަމަނަށް ފޮނުވައިގެން އެ ގައުމުގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަކީ ވެސް ސައޫދީ ސަރުކާރަށް ޚަޝޯގީ ފާޑު ކިޔާ އެއް ކަންތަކެވެ.

އެމެރިކާ ސިފައިންގެ މީހަކު ސައޫދީ އަރަބިއްޔާގެ ސިފައިންގެ ބަޔަކާ އެކު ހަނގުރާމައިގެ މަޝްވަރާތަކެއް ކުރަނީ.

ނަތީޖާއެއްގެ ގޮތުން ސައޫދީ ސަރުކާރުން އޭނާގެ ޓުވީޓާ އެކައުންޓް ބްލޮކް ކޮށްލި އެވެ. އަދި ނޫސްތަކުގައި އޭނާ ލިޔަމުންދާ ކޮލަމްތައް ލިޔުން ހުއްޓައިލުމަށް ސައޫދީ ސަރުކާރުން އިންޒާރު ދިނެވެ. އެހެންކަމުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެމެރިކާ އަށް ހިޖްރަ ކުރި ފަހުން އޭނާ އާންމު ގޮތެއްގައި ދިރިއުޅެމުން އައީ އެމެރިކާގަ އާއި، އޭނާގެ އާއިލީ ގައުމެއް ކަމަށްވާ ތުރުކީ ވިލާތުގަ އެވެ. އަދި އެމެރިކާގެ ވޮޝިންޓަން ޕޯސްޓު ނޫހުގައި އޭނާ ގެންދިޔައީ، ސައޫދީ ޝާހީ އާއިލާ އަށް ފާޑު ކިޔައި ލިޔަމުންނެވެ.

ޚަޝޯގީއަކީ ކާކު؟

ޚަޝޯގީ އަކީ ތުރުކީ ދަރިކޮޅުން އުފަންވި މީހެކެވެ. އޭނާގެ ކާފަ މުހައްމަދު ޚަޝޯގީ އަކީ ސައޫދީ އަރަބިއްޔާގެ ބާނީ އަބްދުލް އަޒީޒް އާލް ސައޫދުގެ ޚާއްސަ ޑޮކްޓަރެވެ. މުހައްމަދު ޚަޝޯގީ ސައޫދީ އަށް ހިޖްރަކޮށް ސައޫދީ އަންހެނަކާ ކައިވެނިކޮށްގެން ދިރިއުޅެމުން އައީ ސައޫދީ އަރަބިއްޔާގަ އެވެ. ނަމަވެސް ތުރުކީ ވިލާތުގައި އޭނާގެ އާއިލާގެ އެތައް ބަޔަކު މިހާރު ވެސް އެބަ ތިއްބެވެ.

ނަވާރަ ސަތޭކަ އަށްޑިހައިގެ އަހަރުތަކުގައި މުޅި ދުނިޔެ އަށް މަޝްހޫރުވި ސައޫދީ އަރަބިއްޔާގެ ބިލިއަނަރު، އަދި ހަތިޔާރުގެ ވިޔަފާރިވެރިޔާ އަދުނާން ޚަޝޯގީއަކީ، ޖަމާލް ޚަޝޯގީގެ ބޮޑުބޭބެ އެކެވެ. އަދި އިނގިރޭސި ވިލާތުގެ ކުރީގެ ޕްރިންސެސް ޑަޔާނާގެ ލޯބިވެރިޔާ ޑޯޑީ އަލް ފާޔިދް އަކީ ޖަމާލް ޚަޝޯގީއާ ދެބެންގެ ދެދަރި މީހެކެވެ.

މި ހުރިހާ ގޮތަކުން ބަލާއިރު ޖަމާލް ޚަޝޯގީއަކީ ސައޫދީ ޝާހީ އާއިލާއާ އެކު ވަރަށް ކުރިންސުރެ ވަރަށް ގާތް ގުޅުމެއް އޮންނަ މީހެކެވެ. އޭނާ ނޫސްވެރިކަމުގައި މިހާތަނަށް މަސައްކަތް ކޮށްފައި ހުރީ ވެސް، ސައޫދީ ސަރުކާރުގެ ނުފޫޒު އޮންނަ ނޫސްތަކުގަ އެވެ.

އޭނާ ނޫސްވެރިކަމުގެ ދުނިޔެ އަށް ވަނީ، އިނގިރޭސި ބަހުން ނެރުނު ނޫހުން ކަމަށްވާ ސައޫދީ ގެޒެޓް އިންނެވެ. އެއަށް ފަހު "އައް ޝަރުގުލް އައުސަތު" ދުވަހު ނޫހާއި "އަރަން ނިއުސް" ނޫހުގައި މަސައްކަތް ކޮށް. އޭގެ ފަހުން ސައޫދީ މީހަކު ލަންޑަންގައި ނެރުނު ނޫހެއް ކަމަށްވާ "އަލް ހަޔާތު"ގައި ވެސް ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި އެވެ.

"އަހަރެންގެ ގެދޮރާއި އަހަރެންގެ އާއިލާ އަދި އަހަރެންގެ ވަޒީފާ ދޫކޮށް މި ނުކުތީ އަހަރެންގެ އަޑު އިއްވަން. އެހެން ނޫން ނަމަ އެއީ ޖަލުގައި އިހާނެތިކުރެވެމުންދާ މީހުންނަށް ވެވޭ ޚިޔާނާތެއް. އެތައް ބަޔަކަށް ވާހަކަ ދައްކަން ނުކެރިފައި ތިބި އިރު އަހަރެން އެބަ ވާހަކަ ދައްކަން. ސައޫދީ އަރަބިއްޔާ އަކީ އަބަދު އެއް ހާލަތެއްގައި އޮންނަ ގައުމެއް ނޫން. އަހަރެމެން ސައޫދީ އަރަބިއްޔާގެ މީހުންނަށް މިއަށް ވުރެ ރަނގަޅު މިންވަރެއް ހައްގުވެގެންވޭ،" ސައޫދީ އަރަބިއްޔާ ދޫކޮށް އެމެރިކާ އަށް ހިޖްރަ ކުރި ސަބަބާ ބެހޭ ގޮތުން، ވޮޝިންޓަން ޕޯސްޓުގައި، ސެޕްޓެމްބަރު 18، 2017 ގައި އޭނާ ލިޔެފައިވެ އެވެ.

"ޔަމަންގައި ކުރަމުންދާ މި އަނިޔާވެރި ހަނގުރާމަ ދިގުލައިގެންދާ ވަރަކަށް އެ ގައުމަށް ލިބޭ ދާއިމީ ގެއްލުން ދާނީ ބޮޑުވަމުން. ޔަމަންގެ ރައްޔިތުން އަވަދިނެތި އުޅެން ޖެހޭނީ ފަގީރުކަން ނައްތައިލުމަށާއި ކޮލެރާގެ ވަބާއިން ސަލާމަތް ވުމަށާއި ބޯފެން ހޯދުމަށާއި ގައުމު އަލުން އާރާސްކުރުމުގެ މަސައްކަތުގައި. މި އަނިޔާވެރި ހަމަނުޖެހުމަށް ވަލީ އަހުދު ނިމުމެއް ގެންނަންޖެހޭނެ. އަދި އިސްލާމް ދީނުގެ އުފަން ބިމުގެ ހުރުމަތާއި ކަރާމާތް އަލުން އަނބުރާ ހޯދަންޖެހޭނެ،" ޖަމާލް ޚަޝޯގީ އެންމެ ފަހުން ވޮޝިންޓަން ޕޯސްޓުގައި ލިޔުނު ކޮލަމްގައި ލިޔެފައިވެ އެވެ.

6 ކޮމެންޓް, 63 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 86%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތެމާ

16 October 2018

ދީނުގެ ނަމުގައި މުސްލިމުން އަޅުވެތިކޮށްގެން ގެންގުޅުމަކީ ތި މެދުއިރުމަތީގެ މުއްސަނދި ގައުމުތަކުގެ އާދަ މުޅިދައުލަތަކީ ތަރިކަ މުދަލަށް ހަދައިގެން އުޅެނީ އެގޮތަށް އުޅެއުޅެ އިސްލާމްދީން މުޅިދުނިޔޭގައި ނިކަމެތިވެގެންދަނީ

The name is already taken The name is available. Register?

ވދފސވ

15 October 2018

ފޯލްސް ފްލޭގް. ސައުދީއަށް އަރަން ރެޑީވަނީ. އެރޭނީ ކޮންމެވެސް ނުބައި ޢަމަލެއް ސައުދީ ލައްވާ ކުރުވާފަ އެކަން ބަހަނާއަކަށް ދައްކާފަތާ. އިހަށް ދުހު 100 ބިލިއަން ޑޮލަރަށް ވުރެން ގިނަ ހަތިޔާރު އެމެރިކާއިން ސައުދީއަށް ވިއްކަން ފެށީ. އެއިން ސައުދީއިން ގޯހެއް ހަދަންދެން އިތުރަށް ފްލޭވާ އަޅާފަ ވިއްކާނެ. ގޯހެއް ހަމަ ހެދުނީ އެވީ އަރަން. ދަރިންނޭ ވިސްނާ

The name is already taken The name is available. Register?

ތާއީދު

15 October 2018

ތިހުޅަނގުގެ ބާރުތަކަށް އިތުބާރު ކުރާކަށް ނުވާނެ.

The name is already taken The name is available. Register?

ކީކޭބުނާނީ

17 October 2018

ސައޫދީއަށް އަރައި ސައުދުގެ އާއިލާ މީހުން ސައުދީގެ ބިމުން ނަގާ ތެލުގެ މުއްސަދިކަމުގަ މުޅި ދުނިޔޭގަ ނާޗަރަންގީ ކުޅުން ހުއްޓިއްޖިޔާ ކިތަންމެހާވެސް ރަނގަޅު.. ސައުދީ ޕްރިންސް ވެސް އުޅޭ 1000 ވަރު. ކޮންމެ މީހަކީ މިލިޔަނަރެއް.. ގިނައިން ހަރަދުކުރަނީ ލަސްވެގާސްގެ ކްލަބްތަކަށާއި ކަސްބީ އަންހެނުންނަށް.. ސައުދީ ބިމުން ނަގާ ތެލުގެ ފައިދާއިން ފަގީރު އިސްލާމީ ގައުމުތައް އާރާސްތުކުރަން އެހީވާނަމަ ކިހާ ރަނގަޅު. ސައުދުގެ އާއިލާގެ ވެރިކަން ނިމުމަކަށް ގެންނަން ޖެހޭ

The name is already taken The name is available. Register?

ސަސި

15 October 2018

މިކަމުގަ ރާއްޖެއޮތީ ސައުދީ ފަޅީގަޔޯ. އެހެންތާ ވާނީ މިތާވެސް ވެރިކަމަށް ނުރައްކަލެއް އަތުވެދާނެ ކަމެއް ވެދާނެ ކޮންމެ މީހަަކަށް ކޮންމެވެސް ކަަހަލަ އަދަބެއް ލިބޭ

The name is already taken The name is available. Register?

ތަމީމް

15 October 2018

މީ ސައުދީ އަރަބިއާ އާއި އެމެރިކާއިން ގުޅިގެން ކުރި ކަމެއް ކަމަށް ބެލެވޭ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454