ކުރީގެ ރައީސް މައުމޫން، އެމަނިކުފާނަށް ތާއީދު ކުރައްވާ އަދި ޕީޕީއެމްގެ ކުރީގެ މެމްބަރުންތަކަކާ ބައްދަލުކުރައްވަނީ: ޕީޕީއެމްގެ ބާރުތައް މައުމޫނާ ހަވާލު ކުރެއްވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
16 އޮކްޓޯބަރ 2018 - 11:59
ޝަރުއީ ހަމަތަކުގެ މަތިން ޕީޕީއެމްގެ ބާރުތައް އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލު ކުރެއްވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ބާރުތައް މައުމޫނާ ހަވާލު ކުރުމަށް އެދި ޕާޓީގެ އާންމު މެންބަރަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް މިދިޔަ އާދިއްތަ ދުވަހު އެ ކޯޓުގައި ވަނީ ފަށައިފަ އެވެ.
ގދ. ތިނަދޫ ބީޗް ރެސްޓް އަހުމަދު ރަޝީދު ޕީޕީއެމާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ޕީޕީއެމްގައި މިހާރު އޮތް ލީޑާޝިޕް ސައްހަ ނޫން ކަމަށެވެ. އަދި ޕީޕީއެމުން ދާދި ފަހުން ބޭއްވި ކޮންގްރެސް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެން، ހުށަހެޅީ ކުރީގައި އޮތް ގޮތަށް މައުމޫނާ ލީޑަޝިޕް ހަވާލު ކުރުމަށެވެ.
ޕީޕީއެމުން ބޭއްވި ކޮންގްރެސްގައި ރައީސް ޔާމީނާއި އެ ޕާޓީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ޕީޕީއެމް
"އޮޅުވާލި ވޯޓު" ނަމުގައި ޗެނަލް 13 އިން ގެނެސްދިން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ މިލްކުވެރިކަން ކުރީގެ ރައީސް މައުމޫނާ ހަވާލު ކުރެއްވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި، ޕީޕީއެމްގެ މެމްބަރަކަށް މައުމޫން ނުވާތީ އެވެ.
"އެހެންވެއްޖެ ނަމަ، ޕީޕީއެމްގެ މިލްކުވެރިކަން ކެނެރީގޭ މުހައްމަދު ނަޝީދާ ހަވާލު ނުކުރެވެންވީ ސަބަބެއް ނެތް. ރައީސް މައުމޫނާ ޕީޕީއެމްގެ ހިންގުން ހަވާލު ކުރެވޭ ނަމަ، ގާސިމް އިބްރާހިމާ ހަވާލު ނުކުރެވެންވީ ސަބަބެއް ނެތް. އަދާލަތު، އިމްރާނާ ހަވާލު ނުކުރެވެންވީ ސަބަބެއް ނެތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ޕީޕީއެމްގެ އަސާސީ ގަވައިދުގައި އެ ޕާޓީގެ ރައީސަކަށް ވާން ޖެހޭނީ ޕީޕީއެމްގެ އާންމު މެމްބަރަކަށެވެ. އަދި މައުމޫން ވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ޕީޕީއެމުން ވަކި ކުރެވިފައި ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމުން ބޭއްވި ކޮންގްރެސްގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ޕީޕީއެމް
"އެހެންވީމަ، ރައީސް މައުމޫނާ ޕީޕީއެމާ އެއްވެސް ގުޅުމެއް ނޯންނާނެ. ގަބޫލެއް ނުކުރަން ޝަރުއީ ހަމަތަކުގެ މަތިން ރައީސް މައުމޫނާ ޕީޕީއެމް ހަވާލު ކުރެވޭނެ ގޮތެއް އޮންނާނެ ކަމަކަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނާއި މައުމޫން އަބްދުލްގައްޔޫމާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޕީޕީއެމްގެ ހިންގުމާ ގުޅޭ ގޮތުން އެ ޕާޓީގެ ކައުންސިލުން ވަކި ގޮތަކަށް ކަނޑައަޅަން ދެން ޕާޓީ ހިންގުމުގެ އެންމެހައި ޒިންމާ އުފުލަން ޖެހޭ ފަރާތަކީ މުޝްތަޝާރު ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އެ ނިންމުމަށް ފަހު، ޕީޕީއެމްގެ ކައުންސިލުން ވަނީ އެ ޕާޓީގެ ހުރިހާ ޒިންމާތަކެއް ރައީސް ޔާމީނާ ހަވާލު ކޮށްފަ އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޕީޕީއެމް ހިންގުން ރައީސް ޔާމީނާ ހަވާލު ކުރީ ކޯޓުގެ ހުކުމާ އެއްގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހާށޭ
17 October 2018
އބަދުއް ރަހީމް އާއި ޔާމީން ޕީޕީއެމް އިން ވަިކޮށްފިން އެހެންވެ ތިޔަ ދެމީހުންނަކަށް ޕީޕީއެމްގެ އެއްވެސް މަގާމެއް ނުފުރޭނެ. ބަލަ މައުމޫން އމިއްލަފުޅާށްތަ ޕީޕީއެމް އިން ވަިވެވަޑައިގަތީ ނޫނީ ޕީޕީއެމް ހައިޖެކް ކޮށްގެން އުޅޭމީހުންތަ އެހެން ކިޔައިގެން ތޔަ އުޅެނީ
ރަންބުއްދި
17 October 2018
ރާއްޖޭގެ ޝަރުއީ ނިޒާމަކީ ތިފަދަ ސިޔާސީ ލީޑަރުން ބޭނުންވާ ކަރަޕްޓު ކަންތައްތައް ތަޢް ބޭނުނުގޮތަކާށް އޯކޭވާނެ ގޮތައް ބައްޓަން ކޮށްފަ އޮތްތަނެއް.އަބަދުވެސް އެބުރޭނީ ވައިއަންނަ ދިމާލަކަށް އަދުރޭ މެންފަދަ ގިނަބަޔަކު ރައްޔިތުންގެ ހައްގުގަ ކަމަށް ބުނެ މަޖިލިހަށް ވަދެތިބީމަ ޝަރުއީދާއިރާ އިސްލާހު ނުކުރެވުނީ.އަމިއްލައަށް ފޭހުނު އިލޮށި ހުރީ ކޮންކޮޅަކަށް އަމާޒު ހިފާފަތޯބަލާ ދެނަވެސް ކޮސްނުގޮވަ ސަލާމަތްހޯދާ.ރައްޔިތުން ނަށް މަކަރާ ހީލަތް ނުހަދާ
އާޝިޔާ/
17 October 2018
މއމޫނު މިދިޔައަހަރު ވިދާޅުވެފައި އެބައޮތް ޝަރުއީދާއިރާއަށް ނުފޫޒު ނުފޯރުވަން.. މއމޫނު މިހެންވިދާޅުވިއިރު ގާޒއަކަށް ސިދާ މއމޫނު ނުފޫޒު ފޯރުވައި އެގާޒއަކު ވަނީ މއމޫނުގެ އިރުޝާދުގެ ދަށުން އެލެކުޓު ވެފައިވާ ވެރިކަން ނުހިންގޭވަރައް އެއްމެ މީހެއްގެ އަމަލު ހުރިގޮތުން ކަންތައް ތައް ހިންގައިފައި.. މިހާކަށްވަރުން މއމޫނައްވެސް ހީވަނީ ތިމާގެ އަމަލު އެނގޭނެކަމަށް. އާދެ! ކިތަންމެ ވަރަކަށް އުޅުއްވިޔަސް މއމޫނުގެ ދަރިއަކަށް މިޖީލުގެ ރައްޔަތުން ތާއިދެއްނުކުރާނެ.
ހާއުފާ
17 October 2018
ޝަރުޢީ ގޮތުން މުސްތަޝާރަށް ޕާޓީގެ އެއްވެސް ދައުރެއް ނުވާއިރު ޕާޓީގެ މައްޗަށް އަތްގަދަކުރުމަށް ޝަރުޢީގޮތުން ފުރުޞަތު ދިން. އެއީ ޝަރުޢީ ގޮތުން ކުރެވޭނެ ކަމެއް ނޫނެވެ. ކަލޭ ތިޔަހެން ކަރު ފަޅައިގެންދާވަރަށް ގޮވަގޮވައި އޮއްވައި ޝަރުޢީދާއިރާއިން އެކަންކުރާތަން ދެކެން ހުންނާށެވެ.
މައުމޫންބޭނުމެއްނުވާނެ
17 October 2018
ޖަރިމާ ތާރީޙެއް އޮތް ޕާޓީއެއް މައުމޫންބޭނުމެއްނުވާނެ، އަޖްއިބެއްތީ
އުނބުށެން
17 October 2018
ޕާޓީއަކުން ޖަރީމާއެއް ނުހިންގޭނެއެވެ. ކޮންމެ ކަމެއްވެސް ކުރަނީ އިންސާނުންނެވެ. މިއުޅެނީ ތިބުނާ ޖަރީމާ ހިންގި މީހުން އޭގެން ބޭރުކުރެވޭތޯއެވެ.
އާޝިޔާ ހަސަން ޕީ ޕީ އެމް.
17 October 2018
އަބުދުއްރަހީމު ވިދާޅު ނުވިނަމަވެސް ތިކަން އޮތީ ހަމަ އެގޮތުގައި. އާދެ.! އުމުރުގެ ގޮތުން ޒިންމާދާރު އެއްވެސް ކަމެއް ހަވާލު ވުމުގެ ސިކުނޑި އެއް މިހާރަކުނެތެވެ. ފަހަކަށް އައިސް އޭނާ އަމިއްލައަށް ރާއްޖޭގައި ވެރިކަން ކުރާފާޑަކަށް އެބައުޅުއްވާ
ޏަޖީބް
17 October 2018
ޙުރިހާ ކުދިން މައިތިރިވެ ތިއްބަވާބަލާ ހާދަ ދިސިޕްލން ދެރަ ބައެކޭދޯ އަބަދުވެސް މީހެއްގެ ބަނޑު ފަޅާލެވޭތޯ ތި އުޅުއްވަނީ ތަންކޮޅެއް ރީއްޗައް އުޅުއްވަން ދަސްކޮއްބަލަ..މެންބަރުންގެވެްސް އަހުލާގާއި ސުލޫގް ހިފެހެއްޓުމަކީ ރިވެތި ނަމޫނާއެއް ނަމަވެސް މުހަންމާ ކަޅޯމެންކަހަލަ މީހުނައް އުދަގޫވާނެ
ނެޝަނަލިސްޓް
16 October 2018
އަދުރޭ އަކީ ގާނޫނާ ގަވާއިދުގެ ވާހަކަ ދައްކަން ކުފޫ ހަމަވާ މީހެއް ނޫން!
ހާމަ333
16 October 2018
މަހީކުރީ ކޯޓުން ކޮންމެ ކަމެއްވެސް ކުރެވޭކަމަށް....މަވެސް ވެރިކަން ބޭނުންވީމާ ދާނީ ކޯޓަށް...މިމީހުންނަށް ކަންކަން ފެންނަނީ އެވަގުތަކު ބަލަން ބޭނުންވާ ގޮތަށް....ލަދުކޮބާ ތިވާހަކަ ތިހެން ދައްކަން
މުހައްމަދު ރަޝީދު އަލީ
16 October 2018
ރައީސްމައުމޫނު އައްޕުޅުން ނަންގަވާފަ މުސްތަޝާރު އައްޕުޅަށް ދެއްވާނެކަމަށް ވެސް އެތަށްބަޔަކު ގަބޫލުފުޅުނުކުރައްވާ އެކަމަކު އެގޮތަށް ވެސް ވެއްޖެ. މައުމޫނުގެ އައްޕުޅުގަ އޮތްއެއްޗެއް ނަންގަވާފަ މުސްތަޝާރު އާއި ހަވާލު ކުރެއްވުމައް ފަހު އަނބުރާ މައުމޫނުގެ އައްޕުޅައް ނުދެއްވަންވީ ސަބަބެއްނެތް......
ދޮންދަލައިކާ މާފަންނު މާލެ
17 October 2018
ނުދޭންވީ ސަވަބު..... 1 މައުމޫނު އަކީ މިއަދު ޕީ ޕީ އެމް ގެ މެމްބަރަކަށް ނުވުން.. އަމަލު ހުރިގޮތުން ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން މެމްބަރުކަމުން ވަކިކޮށް އެކަންވަނީ އެލެކުޝަން ކޮމިޝަނަރައްވެސް އެންގިފައި ކަމުން މައުމުނާއި ޕީ ޕީ އެމް ހަވާލުމކުރުމަކީ ރޮބާރޓު މުގާބެއްޔާއި ހަވާލުކުރުމަކީ މާބޮޑު ތަފާތެއްނެތުމުން..