ލައިފްސްޓައިލް / އަންހެނުން

އުމުރުން 40 އަހަރު، 38 ދަރިން އެބަތިބި

މަރިޔަމް އޭނާގެ ދަރިންނާ އެކު.

މިއީ ޔުގެންޑާގެ، އުމުރުން 40 އަހަރުގެ މަރިޔަމް ނަބަންތަންޒީގެ ވާހަކަ އެވެ. އެ ގައުމުގެ މެދުތެރޭގެ އަވަށެއް ކަމަށްވާ ކަބިމްބިރީގައި ދިރިއުޅޭ މި އަންހެން މީހާގެ ވާހަކަ އެތައް ބައެއްގެ ސަމާލު ކަމަށް އައިސްފައި ވަނީ އޭނާގެ ދަރިން ގިނަކަމުންނެވެ.

މަރިޔަމް މިހާތަނަށް 44 ކުދިން ވިހާފައިވާ އިރު، އޭގެ ތެރެއިން 38 ކުދިން ދުނިޔޭގައި އެބަ ތިއްބެވެ. އެހެންވެ އޭނާ ސިފަކުރަނީ އެފްރިކާ ބައްރުގެ "މޯސްޓް ފާޓައިލް ވުމަން" ގެ ގޮތުގަ އެވެ. އުމުރުން 23 އަހަރުވި އިރު މަރިޔަމްއަކީ 25 ކުދިންގެ މައެކެވެ. އެފްރިކާގެ އެހެން އަންހެނުންނާ އޭނާ ތަފާތުވާ އެއް ސަބަބަކީ މިއީ އެވެ.

މަރިޔަމްގެ އެންމެ ދޮށީ ދަރިފުޅުގެ އުމުރުން 23 އަހަރެވެ. ހަގު ދަރިފުޅުގެ އުމުރުން އަދި އެންމެ ދެ އަހަރެވެ. އުމުރުން އެންމެ 12 އަހަރުގައި 28 އަހަރުގެ މީހަކާ ކައިވެނިކޮށް، ފުރަތަމަ ބަލިވެ އިނީ އުމުރުން 13 އަހަރުގަ އެވެ. ފުރަތަމަ ވެސް އޭނާ އަށް ލިބުނީ އެއްމާނޑު ދެ ކުދިންނެވެ. މަރިޔަމްގެ ދަރިންނަށް ބަލާއިރު، މީގެ ތެރޭގައި ގިނައީ އެއްމާބަނޑު ދެ ކުދިން، ތިން ކުދިން އަދި ހަތަރު ކުދިންނެވެ.

އެކަނިވެރި މައެއްގެ ގޮތުގައި 38 ދަރިން ބެލުމުގެ ޒިންމާ ކޮނޑުގައި އަޅައިގެން، މަރިޔަމް ބުރަ ދިރިއުޅުމެއްގައި އުޅޭ އިރު، އެންމެ ފަހު ދަރިފުޅު ވިހެއީ 2016 ގަ އެވެ. އޭގެ ފަހުން އޭނާ ހުރީ ބަލިވެ ނީންނަ ގޮތަށް ހަދައިފަ އެވެ.

"އަށާރަ ވަނަ ދަރިފުޅަށް ފަހު އަހަރެން ޑޮކްޓަރަށް ދައްކައިގެން ނުވިހާ ގޮތަށް ހަދައިދޭން ވެސް އެދުނިން. އަދި ފަހުން އައިޔޫޑީ (އިންޓަ ޔުޓެރިން ޑިވައިސް) ވެސް ބޭނުން ކުރިން. އެކަމަކު އޭގެ ސަބަބުން ވަރަށް ބޮޑަށް ބަލިވެ، މަހެއްހާ ދުވަހަށް ކޯމާއަކަށް ވެސް ދިޔަ،" މަރިޔަމް ބުންޏެވެ.

މަރިޔަމް ބުނި ގޮތުގައި ފިރިމީހާގެ ފަރާތުން އޭނާ އަށް ދުވަހަކު ވެސް ލޯތްބެއް އަޅައިލުމެއް ނުލިބެ އެވެ. އޭނާގެ ފަރާތުން ލިބުނުހާ ވެސް އެއްޗަކީ ދަރިންފައްޗެކެވެ.

އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް ޔުޔެންޑާގެ ނޫސް "ޑެއިލީ މޮނީޓާ" އަށް ކިޔައިދެމުން މަރިޔަމް ބުނި ގޮތުގައި އޭނާގެ ބައެއް ދަރިންގެ ތެރޭގައި ދުވަހަކު ވެސް ބައްޕަ ލޮލުން ނުދެކޭ ކުދިން އެބަ ތިއްބެވެ. އަދި ބައެއް ދަރިންނަށް ނަން ކިޔާފައި ވަނީ ފޯނުން ކުރެވުނު މުއާމަލާތްތަކުން ކަމަށް ވެސް ބުންޏެވެ.

މަރިޔަމްގެ ދޮށީ ދަރިފުޅު ޗާލްސް ބުނި ގޮތުގައި ބައްޕަ އެންމެ ފަހުން ފެނުނީ މީގެ 13 އަހަރު ކުރިންނެވެ.

"ދަންވަރު އައިސް ފިލަފިލައިގެން ދާ މީހެއް އޭނާއަކީ. ބައްޕަގެ ފަރާތުން ދުވަހަކު ވެސް އެއްވެސް އަޅާލުމެއް ނުލިބޭ،" އޭނާ ބުންޏެވެ.

މަރިޔަމް ބުނި ގޮތުގައި އުމުރުން ވަރަށް ހަގު އުމުރުގައި ކައިވެނި ކުރުވީ ދޮންމަންމަ އެވެ. އޭނާ ބުނީ އެއްބަނޑު އެއްބަފާ ހަތަރު މީހުން ތިބި ކަމަށާއި ކާ އެއްޗިއްސަށް ބިއްލޫރި އަޅައިގެން އަނެއް ތިން ބެއިން ދޮންމަންމަ މަރާލީ ކަމަށެވެ. އަދި އޭނާގެ ބައްޕައަކީ ދޮންމަންމަގެ ދަށުވެފައި ހުރި މީހެއް ކަމަށް ބުންޏެވެ.

"އަހަރެން ވަރަށް ހަގު އުމުރުގައި ކައިވެނި ކުރުވި ނަމަވެސް ރީތި ދިރިއުޅުމެއް އުޅެން ބޭނުންވި. ބޭނުންވީ ހަ ކުދިން ހޯދައިގެން ފިރިމީހާއާ އެކު ހިތާ ދެކޮޅަށް ނަމަވެސް އުޅެން،" މަރިޔަމް ބުންޏެވެ. "އެކަމަކު އޭނާ ދުވަހަކު ވެސް އަހަންނަކަށް އަޅައެއް ނުލާ ލޯތްބެއް ނުދޭ. އޭނާގެ އެބަތިބި މި ބަނޑަށް ނޫނަސް އެތައް ކައިވެންޏަކަށް ލިބުނު ދަރިން ވެސް."

އޭނާ ބުނީ ފިރިމީހާއަކީ ވަރަށް އަނިޔާވެރި މީހެއް ކަމަށެވެ. އޭނާ ހަމައެކަނި ދައްކައިލަނީ ވެސް ރޭގަނޑު ކަމަށާއި އިރު ނާރަނީސް ކުދިންނަށް ވެސް ފެނިނުލައި ދަނީ ކަމަށެވެ.

"މި ހާލުގައި އުޅެން ޖެހުނަސް ބޮޑުދައިތައަކު ދިން ނަސޭހަތަކަށް މިހެން މިއުޅެނީ. އޭނަ ބުނި ކުދިން ގިނަ ކުދިން ހޯދިޔަސް އިތުރު އެހެން މީހަކަށް ބަލިވެ ނީންނައްޗޭ. އަހަރެންގެ ބައްޕައަކީ ވެސް އެތައް ބަނޑަކަށް ސާޅީސް ފަސް ކުދިން ތިބި މީހެއް."

މަރިޔަމް ދަރިންގެ ހަރަދުތައް ބަލަހައްޓަނީ ފަތްޕިލާވެލިީގެ ބޭސް ވިއްކައިގެންނެވެ. އޭނާ ބުނީ އެއީ ވަރަށް ކުޑައިރު ދަސްވި ކަމެއް ކަމަށެވެ. އެ މަސައްކަތުގެ އިތުރަށް މަރިޔަމްއަކީ މިހާރު ލިބުނު ކޮންމެ މަސައްކަތެއް ކުރާ މީހެކެވެ. އަދި އޭނާއަކީ ކައިވެނީގެ ހަފުލާތަކަށް އަންހެނުން ތައްޔާރުކޮށްދިނުމާއި އެކިއެކި ހަފުލާތަކަށް ތަންތަން ޒީނަތްތެރިކޮށް ދިނުން ފަދަ މަސައްކަތްކޮށްގެން އާމްދަނީ ހޯދާ މީހެކެވެ.

"ދަރިންނަށް ދޭނެ ކާއެތިކޮޅެއް ގަންނާނެ ލާރިކޮޅެއް ލިބޭނެ ކޮންމެ މަސައްކަތެއް ވެސް އަހަންނަށް ވަރިހަމަ." ދަރިންގެ ދުވާލުގެ ހަރަދުތަކަށް މަދުވެގެން 100،000 ޝިލިން ބޭނުންވާކަން ފާހަގަކޮށް މަރިޔަމް ބުންޏެވެ.

މަރިޔަމްގެ ބުރަ ދިރިއުޅުމުގެ ވާހަކަ ޑެއިލީ މޮނީޓާ ގެނެސް ދިނުމުން އެހީ ފޯރުކޮށްދޭ އޮންލައިން ކެމްޕޭން "ގޯފަންޑްމީ" އިން ވަނީ ކެމްޕޭނެއް ހިންގައި، މާލީ ގޮތުން މަރިޔަމް އަށް އެހީތެރިކަން ވެސް ފޯރުކޮށް ދީފަ އެވެ.

5 ކޮމެންޓް, 329 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 88%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެއްމެން.

20 October 2018

ހިތްވަރުގަދަ ހަރުދަނާ އަންހެނެއް. ލިބިފައިވާ ކުދީންނަކީ ތިޔަ އަންހެންމީހާ އަށް ރަޙްމަތެއްކަމުގާ ލައްވާށި.

The name is already taken The name is available. Register?

އިޙްސާސް

19 October 2018

އުފާވެރިކަމާއި ހިނިތުންވުމާ ، ހިތްހަމަ ޖެހުމާއި ބިރުވެރިކަމާ އަދި މާޔޫސްކަމާއި ހިތްދަތިކަން ، އުއްމީދާއި ނާއުއްމީދު ، ފަޤީރުކަމާއި ނިކަމެތިކަން ، މިހެންގޮސް އިންސާނަކަށް ކުރިމަތިވާނެ ހުރިހާއިޙްސާސްތަކެއް މިކުދިންގެ މޫނުމަތިން އެބަފާޅުވޭ. ވަރަށްއަނިޔާވެރި އަމިއްލައެދުންބޮޑު ފިރިއެއް. އޭނާގެ ޢަމަލުގެނަތީޖާ ﷲ އޭނާއަށް ދައްކަވާނެ. ދަރިންނަކީ އިންސާނާއަށް ﷲ ދެއްވަވާ އަމާނާތެއް. ބޮޑުވެގެންވާ ނިޢުމަތެއް. މަރްޔަމްއަށް ހެޔޮ ރަޙުމަތް ލައްވާށި.

The name is already taken The name is available. Register?

އައިމިނާ

19 October 2018

އެވެސް ފިރިން ކީއްކުރާނީ ދޯ. ނުވިސްނެނީ.

The name is already taken The name is available. Register?

ބަގު

19 October 2018

ތީހާދަ ހިއްވަރުގަދަ އަންހެނެކޭ. ﷲ އޭނާއަށް ހެޔޮގޮތް މިންވަރުކޮއްދެއްވާންދޭވެ.

The name is already taken The name is available. Register?

ޑެއިޒީ

19 October 2018

އަސްލުވެސް..ވ.ވ.ދެރަވެއްޖެ މިނިކަމެތި އަންހެންމީހާގެ ހާލަތު އެނގުމުން.ހިތުގަ ރަހުމާއި އޯގާތެރިކަން ހުރިފަރާތެއްކަން ހާމަވޭ.ފިރިމީހާގެ އެހީތެެރިކަމެއްނެތި އެހާގިނަ ދަރިންތަކެއް ކައިރިކައިރީގަ ވިހާ ބަލާ ބޮޑުކުރުން އަދި އެކުދިންނަށް ހަރަދުކުރުމަކީ ބޮޑުވެގެންވާ ތަކްލީފެއް.ތައުރީފް ހައްޤު ލާމަސީލު ނަމޫނާއެއްފަދަ މަންމައެއް.އަހަރެންގެ ދުޢާއަކީ ފިރިމީހާގެ ފަރާތުން ނުލިބުނު ލޯތްބާއި އަޅާލުން ދަރީންގެ ފަރާތުން މިއަންހެންމީހާއަށް ލިބުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454