ޗައިނާގެ ރައީސް ޝީ ޖިންޕިން (ކ) އާއި ލަންކާގެ ބޮޑު ވަޒީރު ރަނިލް ބައްދަލު ކުރައްވަނީ. --ފޮޓޯ:ގެޓީ އިމޭޖަސް
19 އޮކްޓޯބަރ 2018 - 22:00
ނިއު ދިއްލީ (އޮކްޓޯބަރު 19) - ތިން ސަތޭކަ މިލިއަން ޑޮލަރުގެ ހައުސިން މަޝްރޫއު ޗައިނާ އަށް ދިނުމާ މެދު ސްރީ ލަންކާގެ ޚިޔާލު ބަދަލުވެ އެ މަސައްކަތް އިންޑިއާގެ ކުންފުންޏަކާ ގުޅިގެން ކުރަން ނިންމައިފި އެވެ.
ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ އިންޑިއާ ދަތުރުފުޅާ ދިމާކޮށް ލަންކާ ސަރުކާރުން ބުނެފައި ވަނީ 28،000 ހައުސިން ޔުނިޓް އިމާރާތް ކުރުން އިންޑިއާގެ އެންޑީ އެންޓަޕްރައިސަސް އާއި ލަންކާގެ ދެ ކުންފުންޏެއް ގުޅިގެން ކުރިއަށް ގެންދަން ކެބިނެޓުން ނިންމާފައިވާ ކަމަށެވެ. އެ މަސައްކަތުގެ އަގުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 35.8 ބިލިއަން ރުޕީސް (210 މިލިއަން ޑޮލަރު) އެވެ.
ލަންކާ ސަރުކާރުގެ ތަރުޖަމާން ރަޖީތާ ސެނަރަތުނަ ކޮލަމްބޯގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބުރާސްފަތި ދުވަހު ވިދާޅުވީ ހައުސިން މަޝްރޫއުގެ ބައެއް ޔުނިޓްތައް ޗައިނާގެ ކުންފުނިތަކަށް ދިނުމާ މެދު ފަހުން ގޮތެއް ނިންމާނެ ކަމަށެވެ. އެކަމަކު ޗައިނާގެ ރޭލްވޭ ބެއިޖިން އިންޖިނިއަރިން ގްރޫޕް ލިމިޓެޑުން ވަނީ ޖަފްނާގައި 40،000 ހައުސިން ޔުނިޓް އެޅުމުގެ 300 މިލިއަން ޑޮލަރުގެ ބިޑް އެޕްރީލް މަހު ކާމިޔާބުކޮށްފަ އެވެ. އެ ޕްރޮޖެކްޓް ހުއްޓާލީ އެޅި ގަލުން ގެ ރާނަން މީހުން ޑިމާންޑް ކުރަން ފެށުމުންންވެ. މި ޕްރޮޖެކްޓަށް ފަންޑް ކުރަނީ ޗައިނާގެ އެކްޒިމް ބޭންކުންޏެވެ.
ލަންކާގެ އުތުރުގައި އިންޑިއާ އިން ވަނީ 44،000 ގެ އަޅައިދީފަ އެވެ.
ޗައިނާގެ ޚަރަދުގައި ލަންކާގައި ހިންގި ބޮޑެތި އިންވެސްޓްމަންޓް ޕްރޮޖެކްޓްތަކުގެ ސަބަބުން ލަންކާ މިހާރު ވަނީ ދަރަނިވެރިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަޤީރުކަލޯ!
20 October 2018
ޗައިނާ އަށްވުރެ އިންޑިޔާގެ ކޮރާޕްޓް އެތައް ގުނައެއް ބޮޑުވާނެ! އިންޑިޔާގެ ކޮރަޕްޓް ބޮޑުވެގެން މިރާއްޖޭގެ ސިއްޙީ ކަންތައް ކުރިނާރައި، ޓްރިވަންޑްރަމް ކުރިއަރާފައި އެ އޮތީ؟ އައިޖީއެމްއެޗް އެއީ ބަލި މީހުން އުފައްދާ ތަނެއް! އެންމެ ހިތާމަ ހުރިކަމަކީ އެ ކޮރަޕްޓްގައި ނޫސްތަކުންވެސް ބައިވެރި ވާތީ!
ވަގުވޯޓު
20 October 2018
އިންޑިއާ ލައްވާ ގެ އަޅާތަ މި ޒަމާނުގަ؟ އެތަންތަން ހުންނާނީ ކޮން ސިފައެއްގަ؟ ސައުތުއީސްޓު އޭޝިއާގެ އިކޮނޮމީތައް ކުރިއަރައި ޚައްސަކޮށް މަގުތަކާއި ރޭކްވޭ ހައސިންގ އަދި ބަދަރު ތައް ތަރައްގީ ކުރުމުގެ މި ޒަމާނުގެ ހުނަރުތައް އެއްގައުމު އަނެއް ގައުމާ ގުޅި ލާމެހި ނަތީޖާއަކަށްވީ މީން ކޮންމެ ގައުމަކަށް ދިޔަސް ހީވާނީ ހަމަ އެއްގައުމެއްގައި އުޅެވޭހެން. މި ތަރއްގީ ނަމޫނާ ދެކުނު އޭޝިއާށްވެސް ގެންނަންޖެހޭ. ދެކުނު އޭސިއާއިން މިފެންނަނީ ކަޓު އިންޑިއާ ތަރައްގީ.
އަސްލުރޭޓު
19 October 2018
މިހާރު އެމަސައްކަތް ހަވާލުއެކުރީ ވަރަށް ފާސްޓް ބަޔަކާ. އެމީހުންގެ ސްޕީޑު އެހާ ލަސްވާނެ. އިންޑިޔާގެ ބޭންކަކުން ލޯނުނަގައިގެން ހަދާނަމަ އިންޓަރަސްޓް އެހާ ބޮޑުވާނެ. ޗައިނާގެ ބޭންކްތަކުގެ މިފަދަ ޕްރޮޖެކްޓްތަކުގެ އިންޓަރަސްޓް އުޅެނީ 6% ދަށުގައި. އިންޑިޔާގެ އުޅެނީ 12% މަތީގައި. ބޮޑަށް ދަރަނިވެރިވާނީ ކޮން ބޭންކަކުންބާ.
ވަޓްއެބައުޓް
19 October 2018
ތިޔާ ހައުސިންގް މަޝްރޫއު ނުނިމޭނެ އިންޑިއާ އާއި ހަވާލު ކޮށް 3000 ވަނަ އަހަރު އަންނައިރު ވެސް އެއީ ޔަގީންވެ ކަށަވަރުވާ ކަމެކޭ ތިޔާ ބިޑް ކާމިޔާބު ކުރި ފަރާތަށް ނުދީ ބިޑް ގައި ބައިވެރިވެސް ނުވާ ފަރާތަކަށް ކޮންޓްރެކްޓް ދޭން ލަންކާ ގެ ކެބިނެޓް އިން ނިންމުމުން ލަންކާގެ ކެބިނެޓް ތިޔާ ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެކަން ކޮށްފައި ކަން އެއީ ފެންނާން އޮތް ހަގީގަތަކީ