އެމްޑީޕީގެ ތަރުޖަމާނު އިންތި: ނަޝީދަށް މަރުހަބާ ދެންނެވުމަށް ކުލަ ގަދަ ހަރަކާތްތަކެއް ބާއްވަން ތައްޔާރުވަމުންދާ ކަމަށް އެމްޑީޕީން ބުނޭ --- ފޮޓޯ/މިހާރު
22 އޮކްޓޯބަރ 2018 - 17:56
އަންނަ ހަފުތާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަންނަވާތީ އެމަނިކުފާނަށް މަރުހަބާ ދެންނެވުން ކުލަ ގަދަކޮށް ބާއްވަން ނިންމާފައިވާ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން އިނގިރޭސިވިލާތުގައި ހިމާޔަތް ހޯއްދަވައިގެން ހުންނެވުމަށް ފަހު ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ އަންނަ މަހުގެ ފުރަތަމަ ދުވަހު އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ތަރުޖަމާނު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށާއި އެކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި އެމަނިކުފާނު ވަޑައިގަންނަވާތީ އެކަން ކުލަ ގަދަކޮށް ފާހަގަ ކުރަން ގިނަ ބަޔަކު އެދެމުންދާ ކަމަށާއި އެކަމަށްޓަކައި ޚާއްސަ އިންތިޒާމްތަކެއް ހަމަޖައްސަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޮޑު އީދެއް ކަހަލަ ގޮތަކަށް މި އިވެންޓް ބާއްވަން ވަރަށް ގިނަ ފަރާތްތަކުން އެދޭތީ އަޅުގަނޑުމެން މި އިންތިޒާމްތައް ހަމަޖައްސަމުން މިގެންދަނީ." އިންތި ވިދާޅުވި އެވެ.
އިންތި ވިދާޅުވީ އަލަށް އިންތިޚާބު ވެފައިވަނީ އިދިކޮޅު ފަރާތްތަކުގެ ސަރުކާރެއް ކަމަށާއި އެހެންވެ، ނަޝީދު ރާއްޖެ ވަޑައިގަތުމަށް ހުރަސް އަޅާނެ އެއްވެސް ފަރާތެއް ނުތިބޭނެ ކަމަށެވެ. އަދި ކުރީގެ ރައީސެއްގެ ހައިސިއްޔަތުން ލިބެންޖެހޭ ހުރިހާ ޝަރަފާއި ގަދަރެއް އެމަނިކުފާނަށް ވެސް ލިބޭނެ ކަމަށް އިންތި ވިދާޅުވި އެވެ.
"އެންމެ މަތީ ޝަރަފާ އެކު އިރާދަކުރެއްވިއްޔާ އެ ބޭފުޅާ އެނބުރި ވަޑައިގަންނަވާނީ." އިންތި ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަންވަރު އިބްރާހިމް ވިދާޅުވީ އެއާޕޯޓުން ނަޝީދު މާލެ ވަޑައިގަންނަވާއިރު ކަނޑުމަތިން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ވީހާ ވެސް ގިނަ ކަނޑު އުޅަނދުތައް ނެރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ. އެކަމަށް ބޭނުންވާ ހުރިހާ އުޅަނދަކަށް ވެސް އެ ހަރަކާތުގައި ބައިވެރިވެވޭނެ ކަމަށާއި އެކަމަށްޓަކައި ހޮޓްލައިނެއް ވެސް ގާއިމް ކޮށްފައިވާ ކަމަށް އަންވަރު ވިދާޅުވި އެވެ.
"މިހާތަނަށް ވެސް ކަންނެލި އޮޑިތަކާއި މުދާ އުފުލާ އޮޑިތަކާއި އަދި ކުދި ބޮއްކުރާ ކަހަލަ ކުދިކުދި އުޅަނދުތައް ވެސް އެބަހުރި ބައިވެރިކޮށްފައި އެކި ފަރާތްތަކުން." އަންވަރު ވިދާޅުވި އެވެ.
އެމްޑީޕީން ބުނިގޮތުގައި ނަޝީދު މާލެ ވަޑައިގަތުމަށް ފަހު އެރޭ އާޓިފިޝަލް ބީޗްގައި ވެސް ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ. އެ އިންތިޒާމްތައް ހަމަޖެއްސުމުގައި ސަލާމަތީ ބާރުތަކާ ވެސް މަޝްވަރާ ކުރަމުންދާ ކަމަށާއި އިންތިޒާމްތަކުގެ ފުރިހަމަ ތަފްސީލު ފަހުން ހާމަ ކުރާނެ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް އިއްވި 13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަމުން ގެންދަވަނިކޮށް ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ފޮނުއްވުމުން އެމަނިކުފާނު މިއަދާ ހަަމައަށް ވެސް ހުންނެވީ އެ ގައުމުގެ ހިމާޔަތުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރެބެލް
23 October 2018
ނަޝީދުގެ މައްޗަށް އިއްވި ޖަލު ހުކުމް ތަންފީޒު ކުރަމުން ގެންދަވަނިކޮށް ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ފޮނުއްވުމުން އެމަނިކުފާނު މިއަދާ ހަަމައަށް ވެސް ހުންނެވީ އެ ގައުމުގެ ހިމާޔަތުގަ އެވެ. މިގުމުގެ ބާޢީ ހީރޯ އަންނަނީ.
މަމެން
23 October 2018
ނަސީދޫ މިފަދަ ނާޒުކު ދަޑިވަޅުގައި ތި އުޅުއްވަނީ ވަރަށް ޅައެއްޗެއް އަޅަން ، އެކަކު އަދި އެހުރީ ނުފައިބާ ސިންގާ ފުއްލާ އަކަށް ބަލާހެން ބަލަން ، މަނިކުފާނު ރާއްޖެ އަންނަނީ ނަމަ އިބޫ ހުވަކުރީމަ އާދޭ
ވެލިދޫ މީހާ
23 October 2018
ޤާނޫނަށް ވުރެން މަތީގަ ނަޝީދަކަށް ނުހުރެވޭނެ ތިޔަ މީހާ ހިފާ ހައްޔަރުކޮށް ޖަލަށް ގެންދިއުމަށް ސަލާމަތީ ބާރުތަކަށް ދަންނަވަން އަދި މި ކޮމެންޓުތަށް ނަސީދު ކިޔާނެ ކަމައް އުއްމީދު ކުރަން
ސޭކުބެ
23 October 2018
އެއްވެސް މީހަކަށް ބޭއިންސާފުން އަނިޔާ ލިބިގެންނުވާނެ. އަންނި ބޭނުންހާ ގޮތަކަށް އުޅެން އިބޫވެސް ފުރުސަތު ދީގެންނުވާނެ. އަންނި މިނިވަންވުމަށް އެދެން އަދި އެކަމަށްއޮތް އެންމެ ރަގަޅުމަގު ބޭނުންކުރެއްވުންވެސް އެދެން.
ރިހި
23 October 2018
ނަސީދަށް މި ޚަބަރުގެ ލިންކު ފޮނުވާލަބަ ކޮންމެވެސް ކުއްޖަކު. އޭރަށް ކޮމެންޓުތަށް ކިޔާފަނަވެސް އެއްޗެއް ވިސްނިގެން އެކުރަން އުޅޭ މޮޔަކަންތައް ނުކޮށް ހުއްޓާލަފާނެ ކަންނޭނގޭ އެސޮރު. ލަދުގަނޭ ދެން އިންތި ބުރޯ މެން ތިކަހަލަ ހަމަނުޖެހޭ ވާހަކަ ދައްކާތީ.
އަބްދޫ
23 October 2018
ތިޔަކަމެއްނުވާނެ . އޭކޭ 47
raajjethereymeehaa
23 October 2018
ކެނެރީގޭ ބޮޑު ބޭފުޅާ ކަނުބަންނަންވީނު ބުރިޖް ފެނިދާނެތީ.. ބޮއްކުރައެއްގަ މާފުއްޓަށް ގެންދޭ
އަބޫޖަހުލު
23 October 2018
13 އަހަރުގެ ޖަލު ޙުކުމް އޮތްގޮތަށް އޮއްވާ މިނިވަނެކޭ ނުބުނެވޭނެ! ޙުކުމް ބާތިލް ކުރޭ އެހެން ނޫނީ މާފް ހޯއްދަވާ، ޤާނޫނަށް ވުރެން މަތީގަ ނަޝީދަކަށް ނުހުރެވޭނެ! އެޙުކުމް ދެމި އޮތްހާ ހިދަކު ތިޔަ މީހާ ހިފާ ހައްޔަރުކޮށް ޖަލަށް ގެންދިއުމަށް ސަލާމަތީ ބާރުތަކަށް ދަންނަވަން! އަވަށްޓެރި އިންޑިޔާ އާއި ދުނިޔޭގެ އެކި ބާރުތަކަށް ރާއްޖެހިފުމަށް ގޮވާލާ މީހަކަށް މިނިވަނެއް ގޮތުގައި ރާއްޖެ އާދެވިގެން ނުވާނެ.
raajjethereymeehaa
23 October 2018
ނަޝީދުއަށް މަރުހަބާ ދެންނެވުމުގެ ޕްރޮގްރާމް: 1.ބޯޓުޖެއްސުން. 2.ވަގުތުން އުފުރާލައިގެން ދޫނިދޫ ޖަލަށް ގެންދިޔުން. 3.އެމްޑީޕީ މީހުން ހޭބަލިވުން. 4.ޕޕމ މީހުން އަތްޖެހުން.
އަމީލް
23 October 2018
ސީދާ ޖަލު ގޮޅިއަށް.