އިިދިކޮޅު ފަރާތްތަކުން ބޭއްވި ހަރަކާތެއްގައި އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (ވ) ބައިވެރިވެވަޑައިގަންނަވަނީ: އޭނާއަށް ވަނީ މަރުގެ އިންޒާރު ދީފައި ---ފޮޓޯ: ނިޝާން އަލީ/މިހާރު
08 ފެބުރުއަރީ 2018 - 12:50
ޓްވީޓާ މެދުވެރިކޮށް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އަށް މަރުގެ އިންޒާރު ދިން މައްސަލަ އެމްޑީޕީން ފުލުހަށް ހުށަހަޅައިފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީން ނެރުނު ބަޔާނުގައި ބުނީ "youthsinlk@" ނަމަކަށް ކިޔާ އެކައުންޓަކުން، ނަޝީދާއި އިންތިއަށް މަރުގެ އިންޒާރުދީފައިވާ ކަމަށެވެ.
އެ ބޭފުޅުންގެ އިތުރުން ވެސް ހަމަ އެ އެކައުންޓުން އެމްޑީޕީގެ ބައެއް އެހެން މީހުންނަށް ވެސް މަރުގެ އިންޒާރު ދެމުންދާ ކަމަށް އެމްޑީޕީން ބުނެ އެވެ.
"އެހެންކަމުން އެކަން ތަހުގީގުކޮށް، އެ އެކައުންޓް ބޭނުންކުރަމުން ގެންދާ ފަރާތް ހޯދައި އެއީ ސީރިއަސް މައްސަލައެއްގެ ގޮތުގައ ބަލައިދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސަސް އަށް ބުދަ ދުވަހުގެ ރޭ ހުށަހަޅައިފި އެވެ،" ބަޔާނުގައި ބުންޏެވެ.
"youthsinlk@" އަކީ "ޔޫތުސް އިން ސްރީ ލަންކާ"ގެ ނަމުގައި ހިންގާ އެކައުންޓެކެވެ. މި އެކައުންޓް ބޭނުންކުރަން ފަށާފައި ވަނީ އޮގަސްޓް 16، 2017ގަ އެވެ.
ނަޝީދު އާއި އެމްޑީޕީގެ އިސް އެތައް ބޭފުޅުންނެއް މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ ސްރީ ލަންކާގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
13 March 2018
ތިވާނީ ލަންކާގަ ހުންނަ އަންނި ކިޔާ މީހަކަަށް
ޙަރީރާ
08 February 2018
ތިޔަހެން އުޅެންޏާ ހުރިހާ އެއްޗިއްސެއްވެސް ދޭންވީ
ޑިމޮކްރަޓިސްޓް
08 February 2018
ލަދުހަޔާތްކޮބާ؟؟:::::: ރާއްޖޭގެ ސިފައިންނާ ފުލުހުންނާ ކުރިމަތިލާން އިންޑިޔާ އިން އައުމަށް ކެނޑިނޭޅި ގޮވާފަ، އަމިއްލަ ރައްކާތެރިކަން ނެތީމަ މައްސަލަ މި ހުށަހަޅަނީ އެއްކަލަ ފުލުހަށް::::::::: ކަލޯމެންގެ ސިކުނޑި ހަމަޖެހޭތަ؟؟::::::::
އަހްމަދު
08 February 2018
ބަލަތިޔަބައިމީހުންގެމުޒާހަރާ ތަކުގަމީހުންނައްވަގައްގޮވުމާ މަރަންގޮވުމާއެއީ އާއްމުކަމެއްނު މީހުންގެއަބުރުކަތިލުމަކީ ތިބޭފުޅުންގެ ސަގާފަތެއްނޫންތޯ އެހެންވީމަ ތިޔަހެންމީހަކުއެއްޗެއްބުނެލާއިރައް ކީއްކުރަންތޯ ފުލުހައްރިޕޯޓުކުރަނީ އެއީތިބޭފުޅުންގެ ދުސްމަނުންނޫންތޯ
އެމްސް
08 February 2018
އިޢުތިރާފް ބަޔާނެއް ދިނަސް ގަބޫލު މިކުރަނީ ކުރާނެ މީހެއްގެ ވާހަކަ، ފެބްރުއަރީ 7 ގެ ކަންކަމާ ގުޅިގެން އެކަމުގެ އަހުލުވެރިން ލައިވް ޓީވީގަ ދައްކާފަ ހުރި ވާހަކަތައް އަދިވެސް ފެންނަން އެހެރީ
މަޒް
08 February 2018
ތީގެން މައްސަލައެއް ނުބަލާނެ.. އެއީ ޔާމީނު އަސާސީއަށް ތަބާވާ ބައެއް
އަހުދުން
08 February 2018
އިންޒާރު ދެނީ ފޮނިކަނޑާފަ ވާގިވެރިވާ ގައުމަކުން ފައިސާ ހަރަދުކުރުވާފައި އަތައް ގޮވީމަ އެމީހުން ހަރަދުކުރި ފައިސާ އަނބުރާނުދޭތީ ..
ބޭބޭ ހަސަނު
08 February 2018
ކިލޯމެން އަމިއްލައަށް އެކައުންޓް ހަދާފަ އޭގެ ޓްވީޓް ކުރަނީ! ވަރަށް ވެދުން
ބޫމް
08 February 2018
ތިޔައިން ލިބެނީ ތިޔައިން މީހަކަށް މޮޅެއް ނަމަ މައްސަލަ ބެލިދާނެއެވެ. މިހާރު ތިވީފޮތުން ދުލުހުންނަށް ރަނގަޅުވާނީވެސް ތިހެން ތިކަން ވިއްޔާއެވެ. ރިލުވާނުގެ މައްސަލާގަްި ރައީސް ދެއްވި ފަރުވާކުޑަ ޖަވާބު ހަނދާންއެބަހުރި ހެއްޔެވެ؟
ހުއްބުލްވަތަން
08 February 2018
ފުލުހުންނަކަށް ވަގުތެއްނެތް ތިކަހަލަ މައްސަލަ ބަލާކަށް. ވެރީސޮރީ