ހިޔާ މަޝްރޫއުން ފްލެޓަށް އެދޭ ފޯމު މީހަކު ނަގަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު
25 އޮކްޓޯބަރ 2018 - 16:32
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފަށާފައިވާ "ހިޔާ" މަޝްރޫއުން ދޫކުރާ 7،000 ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓަށް ހުށަހެޅި ޝަކުވާތަކަށް ޖަވާބުދެމުން އަންނަ ކަަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ފްލެޓު ލިބުނު މީހުންގެ ވަގުތީ ލިސްޓު އާއްމުކުރުމާ އެކު، ނުހައްގުން ފްލެޓް ދީފައިވާ ކަމަށް ތުހުމަތުކޮށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ. އެ މައްސަލަތައް ރަސްމީކޮށް، ހުށަހަޅަން ދިން މުއްދަތު އިއްޔެގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ.
މި ޝަކުވާތަކާ ގުޅޭ ގޮތުން "މިހާރު" ން ސުވާލު ދެންނެވުމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ ލިސްޓަށް ހުށަހެޅި ޝަކުވާތައް އެ މިނިސްޓްރީން އަންނަނީ ވަކިވަކިން ބަލަމުން ކަމަށެވެ. އެ ހުރިހާ ޝަކުވާތަކަށް ވެސް ޖަވާބުދޭނެ ކަމަށް ވިދާޅުވި އެވެ.
"ވަކިވަކިން ޖަވާބުދީ، ލިސްޓަށް ގެންނަން ޖެހޭ އިސްލާހުތަކާ އެކު ދާއިމީ ލިސްޓު އާއްމުކުރާނީ،" މުއިއްޒު ވިދާޅުވި އެވެ.
"ހިޔާ" މަޝްރޫއުގައި އިމާރާތްކުރާ ފްލެޓަށް އެދި 22،614 ފޯމު ހުށަހެޅި އެވެ. ފްލެޓް ލިބޭ މީހުންގެ ލިސްޓު އާއްމުކުރުމާ އެކު، މި ފަހަރު އެންމެ ބޮޑު ޝަކުވާ އަކީ އާއްމުކުރި މިންގަނޑާ އެއްގޮތަށް ޕޮއިންޓް ނުދިނުމެވެ. އެ މިންގަނޑުގައި ކަނޑައަޅާފައިވާ އަދަދަށް ވުރެން މަދުން މާކްސް ދީފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ ކުރި އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ދާއިމީ ލިސްޓު އިއުލާންކުރާނީ ޝަކުވާތަކަށް ވަކިވަކިން ޖަވާބު ދެއްވުމަށް ފަހު ކަމަށް ވިދާޅުވި. --ފޮޓޯ:ހުސެއިން ވަހީދު/މިހާރު
ފްލެޓްތައް، ކެޓަަގަރީތަކަކަށް ބަހާލުމަށް ފަހު އާއްމުކުރި ފޯމުގައި ޕޮއިންޓް ދިނުމުގައި ބަލާނެ މިންގަނޑު ވެސް އޮތީ ހާމަކޮށްފަ އެވެ. އެ މިންގަނޑުގައި އޮތީ މާލޭގައި ހޭދަވީ މުއްދަތާއި ވަޒީފާ އަދާކުރާ މުއްދަތާއި ދަރިން ތިިބި އަދަދާއި ދިރިއުޅުމުގެ ހާލަތަށް ބަލައިގެން ދޭނެ ޕޮއިންޓުގެ އަދަދު ކަނޑައަޅައިފަ އެވެ.
މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހި ކަމުގެ މަޝްރޫއުން މަތިން މާކްސް ލިބި، ފްލެޓް ނުލިބި ތިބި މީހުންނަށް މި މަޝްރޫއުގައި ލިބުނު ޕޮއިންޓްގެ އަދަދު ކުރިއަށް ވުރެ މަދުވި ސަބަބާ މެދު ވެސް ގިނަބަޔަކު ސުވާލު އުފައްދަ އެވެ. ދިރިއުޅުމުގެ ހާލަތު ބަދަލުވެ، ދަރިންގެ އަދަދު އިތުރުވި މީހުންނަށް ވެސް ކުރިން ލިބުނު ޕޮއިންޓަށް ވުރެން މަދުން މި ބުރުގައި ޕޮއިންޓް ދިނުމަކީ މައްސަލައެއްގެ ގޮތުގައި ޝަކުވާ ކޮށްފައިވެ އެވެ.
މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހި ކަމުގެ މަޝްރޫއުން ފްލެޓް ދޫކުރިއިރު ވެސް ގިނަ ބައެއްގެ ހިތްހަމަނުޖެހުން އަމާޒުވި އެވެ. އެ މަޝްރޫއުގެ ދަށުން އިމާރާތް ކުރާ ފްލެޓްތަކަށް 15،000 މީހުން ކުރިމަތިލިއިރު އޭގެ ތެރެއިން، 704 ފްލެޓް ލިބުނު މީހުން ކަނޑައެޅި ގޮތާ މެދު އުފެދުނު ޝަކުވާތައް އަދިވެސް ނުނިމެ އެވެ. މަތިން މާކްސް ލިބުނު މީހުން ތިއްބައި ފްލެޓް "ބަހާލީ" ބޭނުން ބަޔަކަށް ކަމަށް ތުހުމަތު ކުރެ އެވެ. އެކަމަކު އެ ތުހުމަތުތައް ހައުސިން މިނިސްޓްރީން ދޮގު ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Juhaa
26 October 2018
ބެއްޔާ. ތިޔަ ސުވާލުގެ ޖަވާބަކީ ޕޮއިންޓް މަދުވީ ޕޮއިންޓް ދިނުމުގެ މިންގަނޑު، ކުރީ ފަހަރާއި މިފަހަރު ތަފާތުވީމައޭ. ކަންތައްތައް އެނގޭނީ ކަންތައްތައް ހިނގާގޮތް ވިސްނީމާ. ތަނެއްދޮރެއް ނުބަލާ އަނގަ ތެޅުވިޔަސް، ކަމެއް އޮޅުމެއް ނުފިލާނެ.
ހައި
26 October 2018
އެއްކޮޓަރީގެ ފްލެޓް އަށް ވެސް ދެކޮޓަރީގެ ފްލެޓް އަށްވެސް ފޯމްލީ އެކުއެކީ އެކަމަކު އަދިވެސް އެއްކޮޓަރީގެ ފްލެޓްގެ ވަގުތީ ލިސްޓު އިއުލާން ނުކުރެވޭ.ވަރަށް އަވަހަށް އިއުލާން ކުރާނަމޭ ބުނުއްވި މުއިއްޒު. ދެން ކޮބައިތޯ އެބުނުއްވާ ވަރަށް އަވަހަކީ؟ ؟؟
ޚިޔާ
26 October 2018
އެލިިސްޓުގެ އިންތިޒާރުގަ އެތައް ބަޔަކު އެބަތިބި. ލަސްނުކޮށް އަވަސް ކުރައްވާ.
ސައި
26 October 2018
އަބަދުވެސް ފުލެޓާއި ގޯތިބަހާލަނީ އެބަޔަކާ އެއްމެ ގާތްކޮއް އުޅޭބަޔަކަށް މާލޭގަ 25 އަހަރު ދިރި އުޅޭމީހާއަށް ބޯހިޔާވަހި ކަމެއްނުދީ މާލެ އައިސް އަހަރުނުވާމީހާއަށްވެސް ފުލެޓުދީފައެބަހުރި އަދި އަމުދުން ދަރިންނެތްނަމަ ސަރުތުހަމަނުވެއޭ ކިޔާފަކޮއްލަނީ ބާކީ މީކޮއްމެ ވެރިކަމެއްގަވެސް އަހަރެން ކުރިތަޖުރިބާ
ހަސަނުމް
26 October 2018
ތި މިނިށްޓްރީގެ ކަންކަން ހައްދުން ނެއްޓިފަ ހުރި ކަމަށް ބުނަނަ ޖެހެނީ ހިތަށް އެރި ގޮތަކަސް އުސޫލެއް ހާމަނުކޮށް އަޑިއަޑިން ކަން ކުރަން އުޅޭތީ.
މީކާއިލް
26 October 2018
ހާދަ ގޯސްކޮށެ ކަންކަން ކޮށްފަ ހުރީ. ލިބުނު ޕޮއިންޓެއް ޕޮއިންޓް ދިން އުސޫލެއް އެގެންނެތް ތާފަ ޕްެިންޓް މަދުވެ ގިނަވެފަ ހުރި ކަމަސްވެސް ވޭ. ދީފަހުރި ފްލެޓްތަށްވެސް ހުރީ އެގޮތަސް ގަޑުބަޑު ކޮށްފަ. މަދުން ޕޮއިންޓް ލިބުނުމީހުނަށް ޕޮއިންޓް އިތުރުކޮށް ހަދާފަ ހުރީ ހާލަތޭ ކިޔާފަ. ދެރަ ކަމެއް. މިހާރު ތި ލިސްޓެއް އެއްކޮށް އުވާލާފަ މީހުނަސްވެސް ވާނުވާ އިގޭ ގޮތަށް އަލުން ޕޮއިންތްދީގެން އޭގެ ތަފްސީލައި ޝަރުތު އިގޭނެ ގޮތަކަށް ދޭންވީ. މިހާރުގެ ލިސްޓް އުވާލަންވީ.
އަހުމަދުނީމް
26 October 2018
ޖަވާބެއް ނޫން ދޭންވީ. ތި އެއްކޮށް ކެންސަލްކޮށް ދޭގޮތް އާންމުކޮށް ހާމަކޮށް ޓްރާންސްޕޭޜެންޓްކޮށް ތިކަން އަލުން ކުރަންވީ. މިހާރު އޮތީ ހިތަށް އެރިގޮތަކަށް ހަދާ ވާނުވާ ނޭގޭ ހާލަތުގަ. ތި ފްލެތް ތަކަކީ އަދި ނުވެސް ނެތް ތަންތަން. އަޅާ ނިމޭނެ ދުވަހެއް ނޭގޭ ތަންތަން. ބޭނުން ބަޔަކަށް ދޭން ކޮށްގެން އުޅޭ ކަމެއް ކަމަށް ބެލެވޭ. ޕޮއިންޓް ތަށްވެސް ހުރީ އެކިފަހަރު އެކި ވަރަށް. އެއްގޮތަކަސްވެސް ކަމަކު ނުދޭ.
ނިލާމް
26 October 2018
ޢިބޫސޮލިހޫ ޕްލީސް ހާއްސަކޮށް ސަލާމަޓީބާރުތަކުް އުވށލި ދެ ކުންފުނި ސިވެކާއި ސިފްކޯ އުވާލަން ނިންމި މައްސަލަ ވަރައް ރަނގަޅައް ބަލާދިނުމަށް ވަރައްގިނަމީހުން ބޭނުންވާކަމަށް މީގަ ވަރައް ނުބއި ވާކަމަް އެބަ ދެކެވޭ
ޟަކިނީ
26 October 2018
ށަލާމަތީ ބާރުތަކައް ފްލެޓް ދީފަ ހުރިގޮތް ފެނުނުމީ ހެއްވެސްނެތް ވަކމީހަކު ގެ އޯޑަރައް މަސައއކަތް ކުރިމީހުނަށް މުޅިންހެންދީފައިހުރީ މަޖްލިސްތެރެއަށް ވަދެ މަޖްލިސްތަޅުލައިގެން އޅުން މީހުނަށާ މަޖްލިސް މެމްބަރުންގެ ގަޔައްބޮޅައ އެރި އެންމެނައް ފުލެޓް ދީފަކަމައް ބުނަނީ. ޢަދިވެސް އަދިވެސް ވަކިވެރިއަކު އެންގީމަ އެކަންކަން ކުރި މީހުނައްވެސް ފްލެޓްދީފަ ވަރައްބޭ އިންސާފު މިކަން ބަލައިދިނުމަށް ހައުސިން މިނިސްޓުރީ އައް އާދެސް ދަންނާމީހުން ވަރައްގިނަ
ބެއްޔާ
26 October 2018
ތާކުންތާކު ނުޖެހޭ ޖަވާބު ދެނީ! މިސާލަކަށް މީހަކު ސުވާލު ކޮއްފައި އެބައޮތް މީގެ ކުރިން ފުލެޓް ހޯދަން ވެގެން ފޯމްލީމާ ސާވޭ ކުރަންއައިސް ޕޮއިންޓް ލިބުނު އަދަދަށްވުރެން މިހާރުގެ ޕޮއިންޓް އަދަދު މަދުވީ ކީއްވެހޭ!؟ މި ސުވާލަށް ޖަވާބެއް ނުދެވުނު!
އިންސާފް
26 October 2018
ކޮއްމެސަރުކާރަކުން ދިނަސް ސަކުވާއަކީ ނިމޭނެކަމެއް ނޫން