ޚަބަރު / ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ ޓެރަރިޒަމްގެ ހުކުމް މުރާޖައާ ކޮށްދިނުމަށް ޕީޖީން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ޓެރަރިޒަމްގެ ކުށް ސާބިތުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް އަލުން މުރާޖައާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ސުޕްރީމް ކޯޓުގައި މިއަދު އެދިވަޑައިގެންފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ނަޝީދުގެ މައްސަލަ މުރާޖައާ ކުރުމަށް އެދި ފޮނުއްވި ސަބަބެއް ކަމަށް އެ ބަޔާނުގައި ބުނެފައިވަނީ އެ "ހުކުމާ ގުޅިގެން ފާހަގަ ކުރެވޭ ކަންކަން ބަލައިދިނުމަށް މުހައްމަދު ނަޝީދުގެ މަސްލަހަތުގައި އެކި ފަރާތްތަކުން މި އޮފީހުގައި އެދެމުންދާތީ" ކަމަށެވެ.

ނަޝީދުގެ މައްޗަށް އިއްވާފައިވާ ހުކުމް މުރާޖައާ ކުރުމަށް އެދުމުގައި އެ މައްސަލައަކީ "އާންމު މަސްލަހަތު މަތީ ދަރަޖައަކަށް ހިމެނިގެންވާ" މައްސަލައަކަށްވުން ހިމެނޭ ކަމަށް ވެސް ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޕީޖީ އޮފީހުގެ ޓުވީޓު

ޕީޖީ އޮފީހުން އެދިފައި ވަނީ ނަޝީދުގެ މައްސަލައިގައި ކްރިމިނަލް ކޯޓާއި ހައި ކޯޓާއި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމުގައި ފާހަގަ ކުރެވޭ ކަންކަން ބަލައި އަލުން މުރާޖައާ ކޮށްދިނުމަށެވެ.

ނަޝީދުގެ މައްސަލަ މުރާޖައާ ކޮށްދިނުމަށް ޕީޖީ އޮފީނުން ސުޕްރީމް ކޯޓުގައި އެދިފައި މި ވަނީ ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލު ކުރުމަށް ޕީޖީ އަށް އިލްތިމާސް ކުރުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅާފައި ވަނިކޮށެވެ.

ނަޝީދުގެ ހުކުމް ބާތިލް ކުރުމުގެ ގަރާރު މިދިޔަ ބުދަ ދުވަހު މަޖިލީހަށް ފޮނުވުމާ އެކު ރައީސް އަބްދުﷲ ޔާމީން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރު މައްސަލައިގައި ނަޝީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއެއް ކްރިމިނަލް ކޯޓުން ބަނީ ބޭރުކޮށްފަ އެވެ.

ނަޝީދުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގައި ބުނެފައި ވަނީ އެ މަނިކުފާނުގެ މައްޗަށް ހުކުމް ކޮށްފައި ވަނީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ރާއްޖެ ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ ހިލާފަށް ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ ފެބްރުއަރީ، 2015ގަ، އެވެ. އެ މައްސަލައިގައި ހުކުމް ކޮށްފައި ވަނީ ގާނޫނުއަސާސީ އާއި ބައިނަލްއަގްވާމީ މުއާހަދާތަކާ ހިލާފަށް ކަމަށް އދ. ގެ ވޯކިން ގްރޫޕުން ވެސް ވަނީ ނިންމައިފަ އެވެ.

40 ކޮމެންޓް, 154 ރިއެކްޝަންސް

icon happy icon happy 64%
icon sad icon sad 3%
icon angry icon angry 32%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބްރާ

01 November 2018

އދ ގެ ވާހަކަ ނުދައްކަވާށެވެ. އދ އަކީ ވަކި ކޮޅަކަށް ޖެހި ހުސްވެފައިވާ ބައެކެވެ. ވާހަކަދައްކަންވީ ޣާޒީއަކު ރައީސްނަޝީދުގެ އަމުރަށް އެއްވެސް ޝައްކެތް ނެތްމިންވަރަށް ހައްޔަރު ކުރެއްވިތޯއެވެ؟ ހައްޔަރު ކޮށްފައިވާނަމަ ރައީސްނަޝީދު ދިފާއުވުމަށް ދައްކާނެ އިތުރުވާހަކައެއް ނޯންނާނެއެވެ. އަބަދުވެސް ދައްކަމުންދާ ވާހަކައަކީ ޝަރީއަތްތަށް ހިނގަމުންދާލެއް ކަސްކަމުގެ ވާހަކައެެ.

The name is already taken The name is available. Register?

ައައިސާ

29 October 2018

ދުނިޔެ މައްޗަށް ފާޅުވާނީ. އެބުނާ އެއްޗެއް.

The name is already taken The name is available. Register?

ހުސޭނުބެގެ އާދަން

28 October 2018

އެހެނެއްކަމަކު ބިޝާމް ހުދުފޮތިކޮޅަކަށް ވެގެންނުވާނެ

The name is already taken The name is available. Register?

ަސދފަސދ

28 October 2018

މީ ހާދަ ހެއްވާ ކަމެކޭ. އެހެން މީހުންގެ މައްސަލަ ރިވިއު ކުރަން ހުށަނާޅަނީ ކީއްވެތަ؟

The name is already taken The name is available. Register?

ޝޮކްތެރަޕީ

28 October 2018

ނަޝީދު ދޫކޮއްލަންޏާ އެހެންމީހުންގެ ދަރިންވެސް ދޫކޮއްލަންޖެހޭނެ.

The name is already taken The name is available. Register?

usmaan

28 October 2018

ކޮންމެތާކުން ކުރިއަސް ހުކުމްކުރަންވާނީ އަދުލުވެރިކަމާއިއެކު. ދެހަސްމުންގެ ވާހަކަތައް އަޑުއަހަންޖެހޭ.

The name is already taken The name is available. Register?

އަމީލް

28 October 2018

ތަސްވީރު ބަލާލާނީ ތަސްވީރު ބުނާހެން.

The name is already taken The name is available. Register?

ބޭރުވެލާ

28 October 2018

ވެން މަސް ވެނަށް ކާންދޭ ތަން މިފެންނަނީ

The name is already taken The name is available. Register?

ޢަހުމަދު ފައީދު

28 October 2018

ނަޝީދު ކުޅެން އުޅުނު ޑްރާމާ ފެއިލް ވީ

The name is already taken The name is available. Register?

ކޮސްގޮވާ

28 October 2018

ހުކުމަށް ފިލައިގެން އުޅުނު މައްސަލަވެސް ހައްލުވާން ޖެހޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454