ރިންގް ރޯޑު: އެ މަގުގައި ގަސް އިންދަން ވަނީ ނިންމާފައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
30 އޮކްޓޯބަރ 2018 - 14:35
މާލެ ފެހިކުރުމުގެ މަޝްރޫއެއްގެ ދަށުން، މާލޭގެ މަގުތަކުގައި 4،000 އަށް ވުރެ ގިނަ ގަސް އިންދަން ސަރުކާރުން ނިންމައިފި އެވެ.
މި މަޝްރޫއުގެ ދަށުން މާލޭގައި އިންދާނެ ގަސް ރާއްޖޭން ބޭރުން ގެނެސްދޭނެ ބަޔަކު ހޯދުމަށް އެންވަޔަރްމެންޓް މިނިސްޓްރީން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ. އެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ މީހުން އަންނަ އަންގާރަ ދުވަހު ބީލަން ހުށަހަޅަން ޖެހެ އެވެ.
ވެރިރަށް މާލެ ފެހިކުރުމަށް ބޭނުންވާ ގަސް ގެނެސްދޭނެ ބަޔަކު ހޯދަން މި މަހުގެ 17 ވަނަ ދުވަހު ވެސް އިއުލާނުކުރި އެވެ. ނަމަވެސް އެ އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ނުލިބޭތީ އެންވަޔަރްމަންޓް މިނިސްޓްރީން އަނެއްކާ ވެސް އިއުލާނުކުރީ އެވެ.
އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ޒާހިރު (މީމު ޒަވިޔަނި) ވިދާޅުވީ ރާއްޖޭގެ އެއްވެސް ސަރަހައްދަކުން ގަސް ކަނޑަން ބޭނުން ނުވާތީ އެ ގަސްތައް ގެންނަން ހަމަޖައްސާފައިވަނީ ރާއްޖޭން ބޭރުން ކަމަށެވެ.
މަގުތަކުގައި އިންދަން ހަމަޖައްސާފައިވަނީ ރާއްޖޭގައި މިހާރު ވެސް އާއްމުކޮށް ހުންނަ އެކި ވަރުގެ ގަސްގަހެވެ. އޭގެ ތެރޭގައި ހިތި ގަހާއި ބޮޑު ޖަވާހިރު ގަހާއި އައްމަލްތާސް ފަދަ ބޮޑެތި ގަސްތައް ހިމެނެ އެވެ. އެ ގަސްތައް ހެދިބޮޑުވުމުން 20 ފޫޓަށް ވުރެ ދިގުވާނެ ކަމަށް ޒާހިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގަސްތައް އިންދުމުގައި ބޮޑަށް ބަލާނީ ރިންގް ރޯޑު ސަރަަހައްދު ކަމަށެވެ. އެ މަގު ހައުސިން މިނިސްޓްރީން އަލުން ހެދީ ގަސް އިންދާނެ ތަންތަން ޕޭވްމަންޓުން ހާއްސަކޮށްފަ އެވެ.
"މާލޭގެ މަގުތަކުން މަދުވެފައި ހުރި މީރުވަސް ދުވާ މާ ގަސްތައް ޕޮޓްތަކުގައި އިންދާނީ. އޭގެ ތެރޭގައި ކަރަންކާ މަލާއި ޗަމްޕާ ޕޫލް ފަދަ މާ ގަސް ހިމެނޭ. މަގުތަކުގައި ބެހެއްޓުމަށް ހާއްސަ ޕޮޓްތަކުގައި އެ އެއްޗެހި އިންދާނީ،" މީމު ޒަވިޔަނި ވިދާޅުވި އެވެ.
ތާރު އަޅައިގެން ރިންގް ރޯޑު ހެދުމަށް ހައުސިން މިނިސްޓްރީން ވަނީ އާޓިފިޝަލް ބީޗް ސަރަހައްދުން ގިނަ ގަސްތަކެއް ކަނޑައިފަ އެވެ. އެ މިނިސްޓްރީން އޭރު ބުނީ އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ހުޅުމާލެ ފެރީ ޓާމިނަލާ ހަމަ އަށް 450 ގަސް އިންދާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަސް
31 October 2018
އަދިވެސް ތިއަދަދު ގިނަ ކުރަން ފެނޭ
މަސްހިބަރު
31 October 2018
އިންދާ އޮއް ދެންބަލަންތިބޭ ހިޔާލިބެނީ ކިތައްއަހަރުންތޯ...ކަޑާލިއިރު ހިތައްނާރައެއްންނު!
އިހުމާލު
31 October 2018
ހުޅުމާލެއާއި މާލޭގައި 2 ހަފްތާއިން ފޯދި ފްލެޓް އަޅާ ޒާތުގެ ގަސްތަކެއް އިންދައިގެން އެގަހުގަ އަޅާ ފްލެޓްތައް މިހާރު ލިސްޓު ކުރެވިފަ ތިބި އެންމެނަށް ވަރަށް އަވަހަށް ހަވާކު ކުރާނެ ބަޔަކު ހޯދަން ވެއްޖެ.
މުހުންމަދު
30 October 2018
އަނބުގަހަކީ ގިނަދުވަސްވަންދެން ގަސްހެދިފައިހުންނަ ހިޔާބޮޑު އޭގެ މޭވާއަށް ދިވެހިން ނުލާހިކު ލޯބި ހުންނަ އެއްޗަކަށްވާއިރު އަނބުގަސް ވަރަށްމުހިންމު. މާލޭގެފަސްގަނޑުގައި އަނބުގަސްފަސޭހައިން ހެދޭ. މިގޮތަށްބަލާއިރު ޕާކިސްތާނުއަނުގަހަށް އިސްކަން ދިނުން މުހިންމު
ބޫޓޫ
30 October 2018
އަޖާއިބެއް، ކޮންމެހެން ބޭރުން ގަސްގެންނާނި ކަމެއްނެތް. ރާއްޖޭގަ ހަމަ ސަޅިކޮއް ހެދޭ އަދި ހިޔާ ލިބޭ، ގޮފި އެލޭ ވައްތަރުގެ ގަސް ޖަހާބަލަ، ބޮޑެތި ގޮފީގަ މޫލައްވައިގެން. ބޭކާރު ހަރަދު ނުކޮއްބަލަ ރައްޔިތުންގެ ޓެކުސް ފައިސާއިން!!
ހުކިހުތް
30 October 2018
ރާއްޖޭން ބޭރުން ޔައުނީ ރާއްޖެތޭ ދެތޮ؟ މާލެއަށް ކަންކަން ކުރަން ވީމަ ރަށްރަށުން އެއް ފަހަރާ ގިނަ އަދަަދެއްގެ ރުއް ނެގު ވަރިހަމަ!!
ގަސް
30 October 2018
ެތީ އަސްލު މުއިއްޒު ކުރަން ބުނެފައޮތް ކަމެއް. ދެން ކޮންމެހެން އެންވަޔެރެމެންޓް މިނިސްޓްރީން ތީގެ ތެރެއަށް ވަންނަންޖެހޭ ސަބަބެއްނޭނގެ. އަނެއްކާ މިހާރު އެއްވެސް އިތުރު މަސައްކަތެއް ނުފެށުމައްވެސް އޮތީ އަންގާފަ. ތޯރިގު އޭނަގެ ސީވީ ރީތިކޮށްލަން ކުރާކަމެއް ދޯ.
ޙަމެ
31 October 2018
ބަލަ އެހެން ނޭންގޭނެދޯ ސަރުކާރަކައް ކުރަންވީ ކަންތަކާ ނުކުރަންވީ ކަމެއް އިބު އަކައް.އެކާކް. ވެރިއަކީ އަދިވެސް ރައީސް ޔާމީން
ާަަަާ1234
30 October 2018
ބުލްސިޓް..
ކައިދެގެރަހާ
30 October 2018
ކޮންތަނަކުންބާ ގަސްގެނަނަނީ އެހެއެއްވެސް ތަނަކުން ގަހެއްއުފުރާލުމަކީ ކުށެއް.
ފެންފޯއްތަ؟
30 October 2018
ފެންފޯއްތަ؟