ހައިވަކަރު ގަސް: ސްރީ ލަންކާއިން ރާއްޖެއަށް ހައިވަކަރު ގަސް ހަދިޔާކުރަން. ވަނީ ނިންމައިފައި.
13 މެއި 2025 - 13:29
ސްރީ ލަންކާ ސަރުކާރުން ރާއްޖެއަށް ހައިވަކަރު ގަސް ހަދިޔާކުރަން ނިންމާފައިވާ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު ބުނެފި އެވެ.
އަލަށް ހަދަމުން އަންނަ ރޯޒްވުޑް ރަންފަރު ރިސޯޓުގައި 1.4 މިލިއަން ގަސް އިންދުމުގެ ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް ވަނީ ލަންކާއިން ރާއްޖެއަށް ހައިވަކަރު ގަސް ހަދިޔާކުރަން ނިންމާފައިވާކަން ހާމަކުރައްވައިފަ އެވެ.
ތޯރިގް ވިދާޅުވީ އަންނަ މަހު ފަހެއްގައި ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ލަންކާގެ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރާ ހައިވަކަރު ގަސްތައް، މީހުން ދިރިއުޅޭ ކޮންމެ ރަށަކަށާއި ރިސޯޓަކަށް ހަދިޔާކުރާނެ ކަމަށެވެ.
އެ ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި ގަސް އިންދުމުގެ ހަރަކާތެއް ބާއްވާނެ ކަމަށް ވެސް ތޯރިގް ވިދާޅުވި އެވެ.
ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.
އެ އަމާޒު ހާސިލްކުރުމަށް ރަށްރަށުގެ ކައުންސިލްތަކާއި ސްކޫލްތަކާއި ސަރުކާރު ކުންފުނިތަކުން އަދި އަމިއްލަ ފަރާތްތަކުން ވެސް އަންނަނީ މިނިސްޓްރީއާ އެކު އަހުދުގައި ސޮއިކުރަމުންނެވެ.
ހައިވަކަރު ގަހަކީ ދިވެހި ސަގާފަތާއި ދޯޅު ސަގާފަތުގެ މުހިންމު ބައެއްގެ ގޮތުގައި ވުޖޫދުވެފައިވާ ގަހެކެވެ. ދިވެހިންގެ އަތްތެރި މަސައްކަތުގެ އެންމެ ފުރިހަމަ ނިޝާން ފެންނަން އޮތީ މި ހައިވަކަރު ގަހުގެ ލަކުޑީގަ އެވެ. ދިވެހި ތާރީހުގައި މި ގަހުގެ ދައުރު ވަރަށް ބޮޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަކީމް
15 May 2025
ބަލަ މަވާ ހީކުރީ ތޯރިޤް އަކީ ޓްއަރިޒަމް މިނިސްޓަރ ކަމަށޭ. އެހެންވީމާ ތޯރިޤް އަކީ 2 މިނިސްޓްރީ ހިންްގަވާ ބޭފުޅެއް. ހާދަ ކުޅަދާނަ ވީމަ އޭ ޓްއަރިޒަމް މިނިސްޓްރީ ކަހަލަ ބުރަ ޒިންމާ ބޮޑު މަޤާމް އެއް ފުރަމުން އަދި އިތުރު އެހެން މިނިސްޓްރީ އެއްގެ މަސައްކަތް ވެސް ކުރައްވާނީ. އެކަމު ފައިސަލް ގެ ފަހުން ޓްއަރިޒަމް ގެ އަޑު މަޑުކަން ފާހަނގަވޭ ވަރަށް ނޫސްތަކުގެ ހެޑްލައިންސް ތަކަށް ނާރާ ޓްއަރިޒަމްގެ ޚަބަރު..
ވަކަރުގޭ
14 May 2025
ސުވާލަކީ ތިޔަ ގަސްތަކުގައި އާރުލީ، ދެންފެންނާނީ ވަގުންތަށް ބަސްތާ އަށް އަޅައިގެން ވިއްކަންތިބިތަން. އިންދަންވީ ކެކްޓަސް. ގައިމު އުފުރަން ފަސޭހައެއްނުވާނެ
ކަޅޭ
14 May 2025
ތިޔަ ވިދާޅުވާހެން އޮނަކީ އަޅުގަނޑަށްވެސް ވަރައް ރީތި އެއްޗެއް. އޮނު ގަސްކޮޅެއް ބޭނުން ރަށުގައި ހައްދަން
ޢަލީބެާ
13 May 2025
އަހުމަދު ފުޅު: ހައިވަކަރު ގެނެވިދާނެ އެކަމަކު އޭނައެެއް ނެތް.، ދަރިވަރުން ތިބީ .
އަފްރާސިޔާބު
13 May 2025
ތިޔައީ ވަރަށް ރަނގަޅުކަމެއް. ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ހައްދަން ވަރަށް ފަސޭހަ ފައިދާ ބޮޑުގަހެއް.
މަ ބުނީ
13 May 2025
ސުކުރިއްޔާ ލަންކާ
ހާމަ333
13 May 2025
ކީއްތަވާނީ މިހިރަ ރީތި ކުޅިތައްކާރީ އޮނު އިންދާނަމަ...ހާދަ ރީތިވާނެއޭ...އެހެންނޫނަސް އޮނު ހައްދަން އެންމެ ރަނގަޅު އެންވަރަމެންޓު އެއީ....އެކަމަކު ނޭގެ ރާއްޖޭގަ އެކަން ނުކުރަނީ ކީއްވެކަމެއް
ޥާފިރު
13 May 2025
ރާއްޖޭ މޫސުމާ ގުޅޭ އެންމެ ބޭނުންތެރި އެކައްޗަކީ އޮނު. އޮނުން ގިނައެއްޗެހި ހަދާލެވިފަ. ހަދާއެއްޗެހި ގިނަދުވަހަށް ދެމިހުރޭ. އަނެއްކޮޅުން ބަލާލަންވެސް ރީތިވާނެ އޮނުފީނި.
ރަދީފްއޮފިޝަލް / އޮނު
13 May 2025
ޗައިނާ އެއީ އޮނު ގަސްތަކުގެ 1 ވަނަ.އެގައުމުން މިލިއަން ގަސް ވެސް ދީފާނެ.