ޚަބަރު / ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ ހުކުމް ތަންފީޒު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފި

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ނަޝީދު.

30 އޮކްޓޯބަރ 2018 - 14:02

108 comments

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޖަލު ހުކުމް ރިވިއު ކޮށްދިނުމަށް އެދިވަޑައިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުށަހެޅުއްވި މައްސަލާގައި ވަކި ގޮތެއް ކަނޑައަޅައި ނިމެންދެން، އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ އެ ހުކުމް ތަންފީޒު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން ދެންމެ އަމުރުކޮށްފި އެވެ.

ރާއްޖޭގެ އެންމެ މަތީ ކޯޓުން ނަޝީދުގެ ހުކުމާ ގުޅޭ މައްސަލާގައި ވަގުތީ އަމުރެއް މި ނެރުނީ، އެމަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލާގައި އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް މުރާޖައާ ކޮށްދިނުމަށް އެދިވަޑައިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމުންނެވެ.

ނަޝީދުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރުނުއިރު، އަމިއްލަފުޅަށް އަރުވާލެވިގެން ރާއްޖެއިން ބޭރުގައި އުޅުއްވާތާ ތިން އަހަރަށް ފަހު އަންނަ ބުރާސްފަތި ދުވަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް އެމަނިކުފާނު ވަނީ ނިންމަވައިފަ އެވެ. ޖަލު ހުކުމަށް ފަހު، ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ގޮތަށް ނަޝީދު ދިރިއުޅުއްވަނީ އެ ގައުމުގެ އިތުރުން ސްރީ ލަންކާގަ އެވެ.

ނަޝީދުގެ ޖަލު ހުކުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރު

ފުލުހުންނަށާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަދި ކަމާ ގުޅޭ އެންމެހައި ފަރާތްތަކަށް ރައްދުވާ ގޮތަށް، ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ، ނަޝީދުގެ ޖަލު ހުކުމާ މެދު އެ ކޯޓުން ވަކި ގޮތެއް ކަނޑައަޅައި ނިމެންދެން، ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް އަމުރުކުރާ ކަމަށެވެ. އަދި ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމާ ގުޅިގެން، ނަޝީދާ މެދު އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުގެ މައްޗަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ނަޝީދަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމަށް ސުޕްރީމް ކޯޓުން 2016 ގައި އޮތީ ތާއީދުކޮށްފަ އެވެ.

ނަޝީދުގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމްގެ ޖަލު ހުކުމް ވެސް މުރާޖައާ ކޮށްދިނުމަށް އެ ދެ ބޭފުޅުންފެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފަ އެވެ. އިމްރާނާއި ނާޒިމްގެ މައްސަލަ ވެސް ސުޕްރީމް ކޯޓަށް ބަލައިގަތުމަށް އެ ކޯޓުން ރޭ ވަނީ ނިންމައިފަ އެވެ.

އިމްރާނަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމަށް ހައި ކޯޓުން ތާއީދު ކުރުމުން އެ މައްސަލަ އިމްރާންގެ ފަރާތުން ކުރިން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައި ނުގަތުމަށް އެ ކޯޓުން ކުރިން އޮތީ ނިންމައިފަ އެވެ.

މަކަރާއި ހީލަތް ހެދުމުގެ ކުށުގައި ކުރީގެ މެމްބަރު ނާޒިމްގެ މައްޗަށް ދަށު ކޯޓާއި ހައި ކޯޓުން ވެސް ކުށް ސާބިތު ނުވެ އޮއްވައި އޭނާ 25 އަހަރަށް ޖަލަށް ލާން 2015 ގައި ހުކުމްކުރީ ސުޕްރީމް ކޯޓުންނެވެ.

ހުކުމަށް ފަހު، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ގޮތަށް ނާޒިމް އުޅުއްވަނީ އިނގިރޭސި ވިލާތުގަ އެވެ. އިމްރާން ވަނީ ޖަލު ބަންދުން ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.

108 ކޮމެންޓް, 287 ރިއެކްޝަންސް

icon happy icon happy 68%
icon sad icon sad 3%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުޙައްމަދު ހާން

01 November 2018

މިއަދުތޯ ތި ގޮތަށް ޢަމުރު ނެރެންޖެހެނީ ކޮބައިތޯ މިމައްސަލަ މިގެ ކުރިން ސްޕްރީމް ކޯޓަށް ހުށަހެޅުމުން ތި އާމުރު ނުނެރެވުނީ، ސްޕރީމް ކޯޓަށް މިހާރުން މިހާރަށް ގޮވާލަން ޙުކުމް ކުރެވިފައިވާ އެންމެންގެ ޙުކުމް ތަންފީޛްކުރުން ފަސްކުރުަމަށް.

The name is already taken The name is available. Register?

jabir ahmed umar

31 October 2018

ދުވާލު ރޭގަނޑޭ މީހަކު ބުނެފާނެ. އަދި ދުވާލު ރޭގަނޑޭވެސް ބަޔަކު ބުނެފާނެ. ނަމަވެސް އިންސާފުގެ ދުވަހު ތިމަންނަގެ ބާރުއެބައޮތޭ ނުބުނެވޭނެ. ހަމަހަމަ ވާނެ. ދެފަރާތަށްވެސް އިންސާފުވާނެ. މާތްކަލާއްކޯ. ﷲއަށް ބިރުވެތިވޭބަލަ.

The name is already taken The name is available. Register?

ތިމާ

31 October 2018

ޖުޑިސަރީ އަށް ބާރު ނުފޯރުވާ އަހަރުން އިބޫއަށް ވޯޓް ދިނީ ވަކި ބައަކު ކުރި ކުށަކީ ކުސެއް ނޫން ކަމަށް ހެދުމަކަށް ނޫ ނަސީދު ހައްޔަރު ކުރޭ ޖަލައް ދާން ޖެހެނީ ނަސީދު

The name is already taken The name is available. Register?

ޝުޖާ

31 October 2018

ގައުމުގަ ހިނގާ ކަންތައްތަކާ ދޭތެރޭ ދިވެހިން ފުންކޮއް ވިސްނަންވެއްޖެ.

The name is already taken The name is available. Register?

ރީތި މޫސަ

30 October 2018

މިހާރުތިދާގޮތުން ކިތަންމެކުށެއްކުރިޔަސް ސިޔާސީ ދާއިރާގައުޅޭ ހުރިހާމީހުން އިސްތިސްނާވާނެ ހަމަގައިމުވެސް އެނގޭކަމަކީ ނަޝީ އަބުދުﷲ ގާޒީއަށް ފަނޑިޔާރުގެޔާ 100 ފޫޓްކައިރިޔަށް ވެސްއަޔަކަނުދޭނަމޭބުނެފަ ދަންވަރު އެގެޔަށް ސިފައިންފޮނުވައިގެން ހައްޔަރުކުތަން ޓީވީތަކުންދެއްކި އެކަމާ ނަޝީދު ހައްޔަރުކުރީ މިޔަދު މިވީ އެކަންވެސް ނަޝީދު ނުކުރާކަމަށް

The name is already taken The name is available. Register?

މަމީމަ

30 October 2018

މިއަށްދޯ މިކިޔަނީ އުނބައް ޖެހުމޭ...

The name is already taken The name is available. Register?

ހާލުގެދުލުން

30 October 2018

ގިނަ ދިވެހިންނަށް ރައީސް ޔާމީން ކަމުނުދިޔައީ މިޤައުމުގައި އިންސާފުވެރިކަން ޤާއިމުކުރާތީވެ.

The name is already taken The name is available. Register?

މަންޝާން

30 October 2018

ނަޝީދު ޖަލައްލީ ކުރިމިނަލް ކޯޓުގެ އިސް ގާޒީ ނިޒާމުންބޭރުން ހައްޔަރުކޮއް ގެއްލުވާލުމުގެ އޯޑަރު ދީގެން ކަމުގައިވަންޏާ.. މިހާރު އެއީ އޭނަ ނުކުރާ އަދި އޭނަގެ މައްޗައް ސާބިތުނުވާކަމަކައް ވީ ކިހިނެތްތޯ ސުޕުރީމް ކޯޓުން އޮޅުންފިލުވާލާހިތްވޭ.. އަދި އެހެން ކަމުގައިވަނަމަ އޭނަގެ މައްޗައް ހުކުމް ކުރުމުގައި ބެލި ގަރީނަތަކާއި ހެއްކާއި އަދި ހެކީންގެ ބަޔާންތަކައް ވީ ކިހިނެތްތޯ ބަލަން ބޭނުން.

The name is already taken The name is available. Register?

ޝުޖާ

30 October 2018

ރާއްޖޭގަ އަދުލްއިންސާފް އޮތީ ވަކިބަޔަކައް!

The name is already taken The name is available. Register?

ޝުޖާ

30 October 2018

ރާއްޖޭގަ އަދުލްއިންސާފް އޮތީ ވަކިބަޔަކައް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454