ޚަބަރު / އިމްރާން އަބްދުﷲ، ހޯމް މިނިސްޓަރު

އިމްރާންގެ ފުރަތަމަ ބައްދަލުވުން އަބްދުﷲގެ އާއިލާއާ އެކު

އިމްރާންގެ ދެކަނބަލުން، އަބްދުﷲގެ އާއިލާއާ މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: އަދާލަތު ޕާޓީ

ޓެރަރިޒަމް ތުހުމަތުގައި 12 އަހަރަށް ޖަލަށް ލާފައިވާ، އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އިއްޔެ ކުރި އަމުރާ އެކު، މިވަގުތަށް މިނިވަންވުމާ ގުޅިގެން، އޭނާގެ ފުރަތަމަ ބައްދަލުވުން ހާއްސަ ކުރެއްވީ ހަމަ އެފަދަ ވޭނާއި ހިތާމައެއް ތަހައްމަލް ކުރަމުންދާ އާއިލާ އަކަށެވެ. އެއީ އިމްރާން އިސްވެ ހުންނަވައިގެން މޭ 1، 2015 ގައި ބޭއްވި މޭ ޑޭގެ މުޒާހަރާއާ ގުޅިގެން މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް މަރުވި އަބްދުﷲ ރަޝީދުގެ އާއިލާ އެވެ.

އިމްރާނަށް ވެސް ޖަލު ހުކުމެއް އައީ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް މިހާތަނަށް ބޭއްވި އެންމެ ބޮޑު އެ އެއްވުމުގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. އެ މުޒާހަރާ އަށް ފަހު އަބްދުﷲ ޖަލަށް ލީ، މުޒާހަރާގެ ތެރެއިން ހިނގި ހަމަނުޖެހުން ތަކެއްގައި ފުލުހަކަށް ހަމަލާދިން މައްސަލައެއްގަ އެވެ.

ފަސް ކުދިންގެ ބައްޕަ އަބްދުﷲ ގެ އަންހެނުން ޝެހެނާޒް އަބްދުއްރަހީމާއި އޭނާގެ ކުދިންނާ، އިމްރާންގެ ދެކަނބަލުން ބައްދަލުކުރެއްވީ މިއަދު ހެނދުނެވެ. އެ ގެއަށް ވަޑައިގެން އިމްރާނާއި އަނބިކަނބަލުން ވަނީ އަބްދުﷲގެ އަންހެނުންނާއި ދަރިންނާ އެކު ވަގުތު ހޭދަ ކުރައްވައިފަ އެވެ.

މިއީ އިމްރާން، މި ވަގުތަށް މިނިވަން ވި ފަހުން އާއިލާ އަކާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރު ކަމަށް އަދާލަތު ޕާޓީން ބުނެ އެވެ.

އިމްރާން، އަބްދުﷲގެ އާއިލާއާ މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: އަދާލަތު ޕާޓީ

އިދިކޮޅު ކޯލިޝަންގެ އެހެން ބައެއް އިސް ބޭފުޅުން ވެސް މީގެ ކުރިން ވަނީ އަބްދުﷲގެ އާއިލާއާ ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފަ އެވެ. އަދި ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބު ނާކާމިޔާބުވެ ސިޔާސީ ކުށްވެރިން މިނިވަން ވުމުގެ އުފަލުގައި އަބްދުﷲ ގެ އާއިލާ ވަނީ ބައިވެރިވެފަ އެވެ.

"Bappa dhuniyegai hurinama minivan vaane dho?"

"Bappa dhuniyegai hurinama minivan vaane dho?"

The most trusted news source in the Maldives

Mihaaru

ސިޔާސީ ކުށްވެރިން ދޫކޮށްލުމުގެ އުފަލުގައި އަބްދުﷲގެ އާއިލާ--

ޖަލު ބަންދުގައި ހުއްޓައި އަބްދުﷲ 51، މަރުވީ އެތެރެހަށީގެ ބައްޔަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މިދިޔަ އަހަރުގެ އޮކްޓޫބަރު 10 ގަ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ބަލިވެ އުޅޭތާ އެތައް ދުވަހެއް ވީ ފަހުންނެވެ. އެހެންކަމުން އާއިލާ އިން ތުހުމަތު ކުރަނީ އަބްދުﷲ މަރުވުމުގެ ސަބަބަކީ އެކަށީގެންވާ ފަރުވާ ނުލިބި، ޖަލުގައި ބޭއްވުން ކަމަށެވެ.

އިމްރާންގެ ދެކަނބަލުން، އަބްދުﷲގެ އާއިލާއާ މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: އަދާލަތު ޕާޓީ

އެ ދުވަސްވަރު، މާފުށީ ޖަލުގައި ހުރި ގައިދީ އަކު އެހެން މީހަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ އަބްދުﷲ މަރުވީ ޖަލު ގޮޅީގައި ވޭންތަކެއް ތަހައްމަލް ކުރަމުން ގޮސް ކަމަށެވެ. އޭނާ އަށް އެކަށީގެންވާ ފަރުވާ ދިނުމުގައި ކަރެކްޝަނަލް ސާވިސް އިން އިހުމާލު ވެފައިވާ ކަމަށް، އަބްދުﷲގެ ހާލަތަށް އަންނަމުން ދިޔަ ބަދަލުތަކުން އެނގޭ ކަމަށް ވެސް އެ ގައިދީ ބުނެފައިވެ އެވެ. ނަމަވެސް، އެ ވާހަކަތައް ކަރެކްޝަނަލް ސާވިސް އިން ދޮގުކުރެ އެވެ.

34 ކޮމެންޓް, 155 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 83%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޔާސާ

04 November 2018

ފުލުސް ކުއްޖާ ގައިގަ ކޮޅުފައިން ތެޅިތަން ފެނުނީމަ އަހަރެންގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފޭބި ހާދަ އަސަރެއް ކުރި ދުވަހެއް މޭޑޭ އެޢި ހިތަށްއެރި ހެޔޮނުވާނެ އިންސާނަކު އެވަރަށް ކޮޅުފައިން ތަޅަން.

The name is already taken The name is available. Register?

އިސްތަފާ

04 November 2018

ގޯސްކަމެއް ރަނގަޅު ކުރުމަށް ގޯސްކަމެއް ކުރާކަށް ނުޖެހެއެވެ. ޢަބްދުﷲ ގެ ފުރާނައަށް ސުވަރުގެ މިންވަރު ކުރެއްވުންއެދެމެވެ. ނަމަވެސް މިައދު ތިޔަ ކުޅުއްވާ ކުޅިގަނޑުގެ ސަބަބުން މަރުޙޫމުގެ ފުރާނައަށް އުފާވެރިކަން އަންނާނެ ކަމަށް ހީކުރުމަކީ ކުށެކެވެ. މިހާރު ތިޔަ ކުރާކަމަކީ ގައިން ތަނެއް ކަނޑައިގެން ދިއުމުން އެތަން ފަސޭހަކުރުމަށް އެތަނުގައި މިރުސްޖެހުމެވެ. އަވަހަށް ތިޔަ ކަންތައް ހުއްޓާލާށެވެ.

The name is already taken The name is available. Register?

މަމިޔޮކާކަ

03 November 2018

ތިޔަބައި މީހުންގެ އެދުމަކީ އެވެރިން އެބުނާގޮތައް ރާއްޖޭގެ މެޖޯރިޓީ އައްވެސް މިޤައުމުގާ އެމީހުން ބޭނުން ވާގޮތަށް އުޅެވޭނެ ގޮތް ހަމަޖެހުން މިފަހަރު އެކަން ވާނެކަމަށް ބެލެވެނީ.

The name is already taken The name is available. Register?

ޢަހްމަ

03 November 2018

ކީއްވެބާ އެދުވަހު ބިބްމަތީގައި ބާއްވާ ތަޅާ އަނިޔާލިބުނުމީހާއާ ބައްދަލުކޮށް މަޢާފަށް ނޭދުނީ

The name is already taken The name is available. Register?

ކަރެކްޝަންސ

03 November 2018

ތިޔަ ކަރެކްޝަން ޖަވާބުދާރީކުރުވައި އެމީހުންގެ އިހުމާލުތަކަށް ޙައްގު އަދަބު ދޭނެ ދުވަހެއް އަންނާނެބާ؟

The name is already taken The name is available. Register?

ބިންސާފު

03 November 2018

ހަމަ އެމައްސަލައިގައި ޝާމިލްވެ ފައިންޖަހަނިކޮށް ވީޑީއޯއަށް އަރާފަ ހުރި މީހުން މިނިވަންކަންމަތީ އުޅެލަން ލިބުން އެއީވެސް ހަމަ އިންސާފު؟

The name is already taken The name is available. Register?

އަދިިރިއަދިރިން

03 November 2018

އުއްމީދަކީ މަރްހޫމް ޑރ.މަޖީދު ގެެ އާއިިލާގެ މަތިން ހަދާން ނައްތާނުލުމަށް ވަސިއްޔައްކުރަން

The name is already taken The name is available. Register?

ޙހހދ

02 November 2018

ތީ ދެވަނަ. ދޮގުނަހަދާ

The name is already taken The name is available. Register?

ޅިޔަނާ

02 November 2018

ކަރެކްޝަންގެ މައްސަލަ ބަލައި އިހުމާލުވި މުވައްޒަފުންނާ އެ މީހުންނަށް އިހުމާލުވާން ޖެއްސި ވެރިންނަށް ހައްގު އަދަބުދީ އަބްދުﷲ އަދި އެފަދަ އެތައްބަޔަކަށް އިންސާފު ހޯދައިދޭން މިހާރު ހުރީ ރައީސް އިބޫ. މިކަން ކޮށްލަދެއްވާނެކަމަށް އުންމީދުކުރަން. އެފަދަ އާއިލާތަކަށް ކެތްތެރިކަން ދެއްވުންއެދި ދުއާކުރަން.

The name is already taken The name is available. Register?

ފައިވާން

02 November 2018

ފުލުސްމީހާ ވައްޓާލާ އެކުރިއަނިޔާއަކީ ހަމަ ދިވެހި މަންމައަކަށް ތަހައްމަލުކުރެވޭނެ އަނިޔާއެއްތޯ..

The name is already taken The name is available. Register?

ޅިޔަނާ

02 November 2018

ބަލަގަ ތިޔަބުނާ އަނިއާއެއް ކުރީމަކާ ނޫންތަ ޖަލަށް ލީކީ. ޖަލުގަ ހުރި ހުރުމުގަ ބަލިވެ އެ ބައްޔާށް ފަރުވާ ނުކުރެވުނު ވާހަަކަ މި ދެެކެވެނީ. ތިދައްކަނީ މިކަމާ ގުޅުން ނެތް ވާހަަކަ ތަކެއް

The name is already taken The name is available. Register?

ޟަކީ

03 November 2018

ފުލުސް މީހާ އަށް ޢަބްދުﷲ ޕޭމަންޓްގައި ހުއްޓާ ތެޅޭނެތޯ. ޢަބްދުﷲ އަށް ކުރެވުނު ކަންތައް ރަގަޅެކޭ ނޫން މި ބުނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454