ލައިފްސްޓައިލް / ކޮންސްޓްރަކްޝަން ދާއިރާ

ކުޑަކަމުދާ ނަޖިހުން ގައު އުފައްދަނީ

އިންސާނުންގެ ކުޑަކަމުދާ ތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ގައުތަކެއް.

އިންސާނުންގެ ނަޖިސް ބޭނުންކޮށްގެން އެކި ކަހަލަ އެއްޗެހި ތައްޔާރު ކުރުމަކީ ހުއްޓުމެއް ނެތި އަބަދުވެސް ތަހުލީލުކުރަމުން އަންނަ ކަމެކެވެ. ބޭނުމަކީ ބޭކާރުވާ އެއްޗެހިން، ބޭނުންތެރި އެއްޗެއް އުފައްދައިގެން ދިރިއުޅުމަށް ލުޔެއް ހޯދައި، ތިމާވެއްޓަށް އެހީވުމެވެ.

މިފަދަ ތަހުލީލުތަކެއްގެ ތެރެއިން މިހާރު މިވަނީ އިންސާނުގެ ކުޑަކަމުދާ ތަކެތި ބޭނުންކޮށްގެން ގައު އުފައްދައިފަ އެވެ.

ސައުތު އެފްރިކާގެ ކޭޕް ޓައުން ޔުނިވަސިޓީގެ އިންޖިނިއަރިންގެ ޓީމަކުން މި ގައު އުފެއްދީ ލެބްގައި ގާތްގަނކަށް އަށް ދުވަހުގެ މަސައްކަތުންނެވެ.

މި ޓީމުން ރޮއިޓާސް އަށް ކިޔައިދިން ގޮތުގައި ބައޮ-ބްރިކްސްގެ ގޮތުގައި ސިފަކުރާ އަޅި ކުލައިގެ މި ގަލަކީ ކަމުޑަމުދާތަކެތީގައި އެކުލެވޭ މާއްދާއެއް ކަމަށްވާ ޔުރިއާ އާއި ކެލްސިއަމާއި ވެއްޔާއި ތަފާތު އެކި ކަހަލަ ޖަރާސީމުތައް ބޭނުންކޮށްގެން ތިމާވެއްޓާ ވަރަށް ރައްޓެހިކޮށް އުފައްދާފައިވާ އެއްޗެކެވެ. އަދި ގައު ތައްޔާރު ކުރުމުގެ ޕްރޮސެސްގެ ތެރޭގައި ވަނީ ގަސްކާނާ ވެސް ބޭނުންކޮށްފަ އެވެ.

ގައު ތައްޔާރުކޮށްފައި ވަނީ ގުދުރަތީ ގޮތުން މުރަކަ ފަދަ ނާޒުކު އެކަމަކު ވަރުގަދަ ވަސީލަތްތައް އުފެދުމަށް މެދުވެރިވާ މައިކްރޮބައަލް އިންޑިއުސްޑް ކާބަނޭޓް ޕްރެސިޕިޓޭޝަން ނިޒާމަށް ވެސް ވަރަށް ބޮޑަށް ބަރޯސާވެގެންނެވެ. އެހެންވެ ނަޖިހުން ތައްޔާރު ކުރި ގަލުގެ ކޮލިޓީއާ ދޭތެރޭ ސުވާލު އުފައްދާނެ ޖާގައެއް ނޯންނާނެ ކަމަށް މިކަން ކުރި ޓީމުން ބުންޏެވެ.

އިންސާނުންގެ ކުޑަކަމުދާ ތަކެތި މި ގައު ތައްޔާރު ކުރަން ބޭނުން ކުރި ނަމަވެސް އުފާވެރި ހަބަރަކީ މީގައި ކުޑަކަމުދާ ތަކެތީގެ ވަސް ނުހުންނާނެ ކަމެވެ. އެހެންވެ، "ލިކުއިޑް ގޯލްޑް" ގެ ނަން ދީފައިވާ މި ގަލަކީ އިމާރާތް ކުރަން ބޭނުން ކުރާނެ އުފެއްދުމަކަށް ވާނެ އެވެ.

"އަހަރެން މި ގައު ތައްޔާރުކޮށްފައި ވަނީ ފާހާނާތަކުން ބޭރުވާ ނަޖިސް އެއްކޮށްގެން. މިކަމަށް، ސައުތު އެފްފިކާގެ ނަރުދަމާ ނިޒާމު ބަލަހައްޓާ ފަރާތްތަކުގެ އެހީ ވަރަށް ބޮޑު،" ގައު ތައްޔާރުކުރި ޓީމްގައި އިސްކޮށް ހުރި ސީނިއާ ލެކްޗަރާ ޑައިލަން ރަންޑާލް ވިދާޅުވި އެވެ. "މިކަމަކީ ގްލޯބަލް ވޯމިންއާ ]މޫސުމަށް އަންނަ ބަދަލުތައް] ދެކޮޅަށް ކުރާ މަސައްކަތުގެ ބައެއްގެ ގޮތުން އަހަރެމެން ފެށި ކަމެއް."

އެމެރިކާގެ ދިރާސާ ޓީމަކުން ވެސް މިކަން ކުރަން އުޅެ އަދި ކާމިޔާބު ނުވެ އޮއްވައި ސައުތު އެފްރިކާގެ ޓީމަކުން އިންސާނުންގެ ކުޑަކަމުދާ ތަކެތި ނަޖިހުން ގައު އުފެއްދުމަކީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ކޭޕް ޓައުން ޔުނިވަސިޓީން ސިފަ ކުރެ އެވެ.

އިންސާނުންގެ ކުޑަކަމުދާ ތަކެތި ބޭނުންކޮށްގެން ގައު ތައުޔާރު ކުރި ޓީމްގައި ބައެއް ގައުތަކެއް ދައްކައިލަނީ.

"މިއީ ހަގީގަތުގައި ކުޑަ މަސައްކަތެއް ނޫން. އެންމެ ގަލެއް އުފައްދަން ވެސް މަދުވެގެން ވިހި ލީޓަރުގެ ކުޑަކަމުދާ ތަކެތި ބޭނުންވޭ،" ޓީމްގައި ހިމެނޭ ސުޒޭން ލެމްބާޓް ވިދާޅުވި އެވެ. "މިކަމަކީ ޔުނިވަސިޓީގެ ދަރިވަރުންގެ ސަޕޯޓާ އެކު ވެސް ކުރިއަށް ގެންދާ ކަމެއް."

އޭނާ ވިދާޅުވި ގޮތުގައި "ލިކިއުޑް ގޯލްޑް" އަކީ އިމާރާތް ކުރުމުގެ ދާއިރާ އަށް ލިބުނު އުންމީދީ ނަތީޖާއެކެވެ.

"އެހެންވެ ކުރިއަށް އޮތް ދިހައެއް ނުވަތަ ވިހި އަހަރުގެ ތެރޭގައި މި ގަލުގެ ވިޔަފާރި އަށް މާކެޓް ހުޅުވިގެން ދާނެ ކަމުގެ އުންމީދު ވަރަށް ބޮޑު،" ސުޒޭން ވިދާޅުވި އެވެ. "މިއީ އަދި ފެށުމެއް. އަހަރެމެން މިކަމަށް ކުރަން މަސައްކަތްތައް އަދި ގިނަ."

1 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 90%
icon sad icon sad 0%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސީނާ

04 November 2018

ޙަޤީޤީ ތަރައްޤީ އަކީ އިންސާނާގެ ސިކުނޑިއަށް އަންނަ އެއްޗެއް، . ދިވެހިރާއްޖޭގެ އެތަށްރަށެއްގެ ފަލުތެރޭގައި ހުރި ބޮޑެތި ގާ ތަށްކުދިކޮށްގެން ގޭގެ އިމާރާތްކުރި. އުވަ ދެވުމަށްޓަކައި ފަރުތައް ހަލާކުކޮށްގެން މުރަކަތައް ނެގި. ޖަޒީރާ ރާއްޖޭގައި ފަރުތައް ޙިމާޔަތްކޮށް އެފަރުތަކުގެ ދިރުން ދެމެހެއްޓުމުގެ ވާޖިބު އަދާކުރާނެ ކަމަށް އުއްމީދުކުރަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454