ލުނބޯ ފެން ތައްޓެއް: ހެނދުނުގެ ނާސްތާގެ ކުރިން ބޯލަން ރަނގަޅު އެއްޗެއް.
05 ނޮވެމްބަރ 2018 - 05:32
ވަރަށް އަވަހަށް ހިކޭނެ ގޮތެކޭ ކިޔާފައި މީހަކު ބުނެލާ ހަަމަ ކޮންމެ ކަމެއް ކުރަން ތައްޔާރައް އެތައް ބަޔަކު ތިބެ އެވެ. އެކަމަކު މިއީ ސިއްހީ ގޮތުން ކިހާ ވަރެއްގެ ކަމެއްތޯ ނުބަލައި ކޮށްގެން ވާނެ ކަންކަމެއް ނޫނެވެ. އެ މީހެއްގެ ސިއްހީ ހާލަތާއި އެ މީހަކު ހިކެން ކުރާ މަސައްކަތާ ދިމާވާން ޖެހޭނެ އެވެ.
ދިރާސާއެއްގައި ބުނާ ގޮތުން ހެނދުނުގެ ނާސްތާގެ ކުރިން ތާފަނާ ފެން ތައްޓެއްގެ ތެރެއަށް ލުނބޯ އަޅައިގެން ބޯން އާދަކޮށްފި ނަމަ ބަރުދަން ލުއިވާން ފަސޭހަވެދާނެ އެވެ. އެގޮތުން، ލުނބޯ ފަޅިކޮށްލާފައި ފެން ތައްޓެއްގެ ތެރެއަށް އަޅާލީމަ ނިމުނީ އެވެ. މިއަށް ހަކުރު އަޅާނެ ކަމެއް ނެތެވެ.
ދިރާސާގައި ބުނާ ގޮތުގައި ލުނބޯއަކީ ކޮންމެ ދުވަހަކު ބޭނުން ކުރާ ނަމަ އެ ދުވަހަކަށް ހަށިގަނޑަށް ބޭނުންވާ ވިޓަމިންގެ 25 ޕަސެންޓް ފޯރުކޮށް ދޭނެ އެއްޗެކެވެ. އަދި ލުނބޯ ފެން ބޭނުންކުރުމުން ހަކަތަ އިތުރުކޮށްދީ މީހާގެ މޫޑު ވެސް ރަނގަޅުކޮށްދެ އެވެ.
ލުނބޯ: ސިއްހީ ފައިދާތައް ގިނަ މޭވާއެއް.
ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި އާދަކޮށް ލުނބޯ ބޭނުންކުރާ ނަމަ ހިތުގެ މައްސަލަތަކާއި ލޮލުގެ މައްސަލަތަކާއި ކެންސަރު ފަދަ ބަލިތަކުން ރައްކާތެރިކޮށް ދޭން ބާރު އަޅަ އެވެ.
ޑރ. ސާރާ ބްރޫވާ ވިދާޅުވި ގޮތުގައި ލުނބޯގައި އެކުލެވޭ އެންޓިއޮކްސޮޑަންޓްސް ކަމަށްވާ ޕޮލިފެނޮލްސް އާއި ވިޓަމިން ސީ އަކީ ހަށިގަނޑުގެ ސެލްތައް ހަލާކުވުމުން ދުރުކޮށްދޭނެ މޭވާއެކެވެ. އެގޮތުން ގަވައިދުން ލުނބޯ ބޭނުން ކުރާ ނަމަ ކެންސަރާއި ހަންގަނޑުގައި ރޫޖެހުން ފަދަ ކަންކަމުން ރައްކާތެރިވުމަށް އެހީއަކަށްވެ އެވެ.
"ހަމަ މިއާ އެކު ވިޓަމިން ސީއަކީ ކޮލެސްޓްރޯލް ލެވެލް ވެސް ދަށްކޮށްދޭ އެއްޗެއް،" ސާރާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
05 November 2018
އަސްލު ލުބޯފެން ރަނގަޅު ވެދާނެ! އެކަމަކު ލުބޯގަހަކީ ބަލިގިނަ އެއްޗެއް ކަމުން ވަރައް ގިނަ ބޭސްޖަހައިގެން ލުބޯހައްދަނީ ތިގޮތައް ތޮށިގަނޑާ އެކުފެނައް އަޅައިގެން ބޯންހެޔޮނުވާނެ
ހުޝާމު
05 November 2018
ލުނބޯފެނުގެ ސަބަބުން ހިރުގަނޑު ހަލާކުވުމުގެ ފުރުސަތު އޮވޭ .