ރާއްޖެ ޓީވީގެ ބައެއް މުވައްޒިފުން ރާއްޖެ ޓީވީ ކުރިމަތީގައި: ހުރިހާ ޝަރީއަތްތަކާއި ޝަރުއީ ދާއިރާގެ ހަރަކާތްތައް ކަވަރު ކުރުމުގެ ފުރުސަތު ވަގުތީ ގޮތުން އެ ސްޓޭޝަނަށް ނުދޭން ވަނީ ނިންމާފައި --ފޮޓޯ/މިހާރު
04 ނޮވެމްބަރ 2018 - 17:08
ރާއްޖޭގެ އެއްވެސް ކޯޓެއްގެ ޝަރީއަތްތައް ކަވަރު ކުރުމުގެ ފުރުސަތު ރާއްޖެ ޓީވީއަށް ނުދިނުމަށް މިއަދު ނިންމައިފި އެވެ.
ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރުނު އިއުލާނެއްގައި ބުނީ އަޑުއެހުންތަކާއި ޝަރުއީ ދާއިރާއިން ބާއްވާ ހަރަކާތްތައް ކަވަރު ކުރުމުގެ ފުރުސަތު ރާއްޖެ ޓީވީއަށް ނުދޭން ނިންމީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެ ސްޓޭޝަނުން ގެނެސްދިން ޕްރޮގްރާމެއްގައި ފަނޑިޔާރުންގެ ހުރުމަތް ކެނޑޭ ގޮތަށް، އަދި ޝަރުއީ ދާއިރާގެ ކަރާމަތަށް ގެއްލުން ލިބޭ ފަދަ ކޮންޓެންޓް ގެނެސްދީފައިވާ ކަމަށް ފާހަގަކުރެވޭތީ ކަމަށެވެ.
އެ ސްޓޭޝަންގެ އެ އަމަލަކީ ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމާ ބެހޭ ގަވާއިދާ ޚިލާފް އަމަލެއް ކަމަށްވާތީ އެ މައްސަލަ ބަލައި ނިމެންދެން އެއްވެސް ކޯޓެއްގެ އަޑުއެހުންތަކާއި ޝަރުއީ ދާއިރާއިން އިންތިޒާމްކުރާ ހަރަކާތްތައް ކަވަރު ކުރުމުގެ ފުރުސަތު ރާއްޖެ ޓީވީއަށް ނުދޭން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް އެ އިއުލާނުގައިވެ އެވެ.
މީގެކުރިން ވެސް ބައެއް މީޑިއާތަކަށް ކޯޓުތަކުގެ އަޑުއެހުންތަކަށް ނުވަދެވޭ ގޮތަށް ބައެއް ކޯޓުތަކުން ހަމަޖެއްސި އެވެ. އެކަމަކު ފަހުން ވަނީ އެ މީޑިއާތަކަށް އެ ފުރުސަތު ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަމީލް
05 November 2018
ބަރާބަރު. އެކްސެލެންޓް.
މަޝަލް
05 November 2018
ރާއްޖެ ޓީވީއަކުން އެއްވެސް އިރަކު ކަމެއް ކަވަރު ކުރާކަށެއް ނޫޅޭނުން.. އެމީ އުޅެނީ އަބަދުވެސް ކަންކަން އަންކަވަރު ކުރެވޭތޯ..
ސަވަރކެންޑީ
05 November 2018
ޒިންމާދާރުކަންމަތީ ނޫސްވެރިކަންކުރާ ހަމައެންމެ ބަޔަކުވެސް ނޫޅޭ...ޓުރަމްޕު ބުނާހެން އެއީ.. ފޭކްނިއުސް
ހަހަހަ
05 November 2018
މަ ހީކުރީ ހުރިހާ ކޯޓުތައް ޔާމީންގެ ކިބައިން ސަލާމަތް ވީ ކަމަށް، ވަރު ވަރުލާފަ ޖަލުގަ ތިބި އެންމެން މިނިވަންކޮށް ނިކުންވާތީ. އެހެންވީމަ ކޯޓުތަކުންވެސް ދަނޭދޯ ރާއްޖެޓީވީ އަކީ ކިހާވަރެއްގެ ކޯއްޗެއްކަން
އުނބުށެން
05 November 2018
އިއްޔެ ހިތުހުރިގޮތަކަށް ކުރި ހުކުމްތައް އަނެއްފުށަށް ޖަހަމުން މިގެންދަނީ މިއަދު ކޮންބައެއް ބާވައެވެ. ޤާނޫނުތައް ބަދަލުވީކީ ނޫނެވެ. މީހުންވެސް ބަދަލުވީކީ ނޫނެވެ. ވީއިރު ހުރުމަތާ އަނެކައްޗަކާ ނަގާލި ނަމަ ނަގާލީ ތިވެރިން އަމިއްލައަށް ނޫންބާވައެވެ. ހައްޤު ބަހެއް ބުނަންވެސް އެހެން ބަޔަކަށް ފުރުޞަތުދޭން ބޭނުންނުވާ ބަޔަކު ތިބެގެން އަދުލު އިންސާފު ގާއިމް ކުރާނީ ކިހިނެއް ހެއްޔެވެ.
އެމްސް
05 November 2018
ފަނޑިޔާރުން، އިންސާނީ ކަރާމަތާއި ހުރުމަތް ކެނޑޭ ގޮތައް ކޮށްފަ ހުރި ޙުކުމް ތަކުން، މުޅި ޤައުުމުގެ އަގު ވެއްޓި، ގެއްލުންވެސް ވޭ
ޣަބުލި
05 November 2018
ޜާއްޖެ ޓީވީ އުވާލަން ގޮވާލަން.
އަޙުމަދު
04 November 2018
އަނެއްކާވެސް މި އެނގުނީ ރައްޔިތުންވެސް އެބުނާފަދައިން ތިވެރިންނަކީ އިންސާފުން އެއްކިބާވެފައިވާ ބައެއްކަން. ދުވަސްކޮޅަކުން ހަމަ ކަލޯމެން ތިކަންވެސް ބާތިލްކުރާނީ. އިންސާފެއްނެތޭ ރައްޔިތުން ބުނަނީ ތިމާމެން އަމިއްލައަށް އެ ހަޑި ހޭވީމަ. ތިމާމެން ކަންކުރިގޮތުގެ ވާހަކަ މީޑިޔާތަކުން ނާއި ރައްޔިތުންނުދައްކާތިބެންވީތަ ؟ ނުތިބޭނެ،އަދިވެސް ދައްކާނެ، މާބޮޑުހުރުމަތެއް އޮތްކަމަށް އަމިއްލައަށް ހެދިގެންއުޅުނަސް އެކަމެއްނެއް. ގެއްލިއްޖެއަބުރެއް އަނބުރާ ނުލިބޭނެ.
ކަނަމަނަ
04 November 2018
އަނހާ. މިވީކިހިނެއް. ރާއްޖެޓީވީއަކީ ހޮވިފައިވާ އައުސަރުކާރު ހޮވުމަށް އެންމެވަރުގަދަ ކެންޕޭނެއް ކުރި ތަން.
ަ55559
04 November 2018
ހެހެހެ..އާނ...ހުރިހާ ޓީވީ ޗެނަލްތަކެއް ސަސްޕެންޑް ކުރީމަ ވާނެތަ ތިޔަ ކޯޓުން އިންސާވެރިކޮށް ހުކުމް ކުރިކަމަށް...