ވިޔަފާރި / އެސްޓީއޯ

އެސްޓީއޯ އިން ރާއްޖެއަށް ޑެނޯން ބްރޭންޑުގެ އުފެއްދުންތައް ތައާރަފުކޮށްފި

މާބަނޑު އަންހެނުންނަށް ހާއްސަ ޑެނޯން ޕްރޮޓިނެކްސް މަމާ: ޑެނޯން ބްރޭންޑުގެ އުފެއްދުންތައް އެެސްޓީއޯ އިން ރާއްޖެއަށް ތައާރަފްކޮށްފި -- ފޮޓޯ: އެސްޓީއޯ

06 ނޮވެމްބަރ 2018 - 15:11

ސިއްހަތަށް ފައިދާ ހުރި އުފެއްދުންތައް ތައްޔާރުކުރުމުގައި މަޝްހޫރު "ޑެނޯން" ބްރޭންޑުގެ ބާވަތްތައް އެސްޓީއޯ އިން ރާއްޖެއަށް ތައާރަފްކޮށްފި އެވެ.

ފްރާންސްގެ މަޝްހޫރު ކުންފުނިން ތުއްތު ކުދިންނާއި މާބަނޑު އަންހެނުންގެ އިތުރުން ކުޑަކުދިންނަށް ހާއްސަކޮށް ތައްޔާރުކުރާ ތިން ބާވަތެއް، އެސްޓީއޯ އިން ވަނީ ބާޒާރަށް ނެރެފަ އެވެ.

އެސްޓީއޯ އިން ބުނީ މިއީ ކުއްޖާއަށް ބަނޑު ބޮޑުވީއްސުރެ ދަރިފުޅަށް ދެ އަހަރު ވަންދެން މައިމީހާ އާއި ދަރިފުޅުގެ ސިއްހަތު ދުޅަހެޔޮކޮށް ބަހައްޓަން ބޭނުންވާނެ މުހިއްމު މާއްދާތައް ހިމަނައިގެން އުފައްދާފައިވާ ތަކެތި ކަމަށެވެ.

އުމުރާ ގުޅޭ ގޮތަށް "ޑެނޯން އަޕްޓަމިލް" އަކީ ތުއްތު ކުދިންގެ ފޯމިއުލާ ކިރެކެވެ. މިއީ ކުއްޖާގެ ހަށިގަނޑު ހެދިބޮޑުވުމަށާއި ސިކުނޑި އާއި ލޮލުގެ ފެނުން ރަނގަޅުކޮށް، ދިފާއީ ނިޒާމާއި ނާރުތަކުގެ ނިޒާމަށް ވެސް ބޭނުންތެރި މާއްދާތައް އެކުލެވޭ އުފެއްދުމެކެވެ. ނަމަވެސް އެސްޓީއޯ އިން ބުނި ގޮތުގައި ކުޑަދަރިފުޅަށް އެންމެ ރަނގަޅީ މައިމީހާގެ ކިރު ކަމަށް ވުމުން، ޑެނޯން އަޕްޓަމިލް އާއި އެހެނިހެން ފޯމިއުލާ ކިރު ދިނުން އެކަށީގެންވަނީ، ގާތުން ނުދެވޭ ހާލަތްތަކުގަ އެވެ.

މާބަނޑު އަންހެންނަށް ހާއްސަ "ޑެނޯން ޕްރޮޓިނެކްސް މަމާ" ވެސް އެސްޓީއޯ އިން މިހާރު ލިބެން އެބަ ހުއްޓެވެ. މިއީ ބަނޑުގައި އޮންނަ އިރު ދަރިފުޅުގެ ހަށިގަނޑާއި ސިކުނޑި ތަރައްގީވާން ބޭނުންވާ ޕްރޮޓީންގެ އިތުރުން "ޑީއެޗްއޭ" މާއްދާތައް ހިމެނޭ އުފެއްދުމެކެވެ. ޕްރޮޓީންގެ މި ޕައުޑާގައި މާބަނޑު މީހާގެ ހަށިގަނޑަށް ބޭނުންވާ ސޯއި ޕްރޮޓީނާއި ފޮލިކް އެސިޑުގެ އިތުރުން މުހިއްމު 23 ވިޓަމިނެއް ވެސް ހިމެނެ އެވެ.

ހެދިބޮޑުވަމުން އަންނަ ކުދިންނަށް ތައްޔާރުކޮށްފައިވާ "ޑެނޯން ޕްރޮޓިނެކްސް ގްރޯ" -- ފޮޓޯ: އެސްޓީއޯ

ކުޑަކުއްޖާގެ ހެދިބޮޑުވުމަށް ބޭނުންވާނެ ތަފާތު އެކި މާއްދާތައް ހިމެނޭ "ޑެނޯން ޕްރޮޓިނެކްސް"ގެ ދެ ބާވަތެއް ކަމުގައިވާ "ޑެނޯން ޕްރޮޓިނެކްސް ޖޫނިއަ" އާއި "ޑެނޯން ޕްރޮޓިނެކްސް ގްރޯ" ވެސް އެސްޓީއޯ އިން ވަނީ ބާޒާރަށް ނެރެފަ އެވެ.

ޕްރޮޓިނެކްސް ޖޫނިއަ ތައްޔާރުކޮށްފައި ވަނީ ދެ އަހަރާއި އަށް އަހަރާ ދެމެދު ކުދިންނަށެވެ. ޗޮކްލެޓާއި ވެނީލާ ފްލޭވާގައި ލިބެން ހުންނަ މި ދެ ބާވަތުގައި ކުއްޖާގެ ހަށިގަނޑު ހެދިބޮޑުވަން ބޭނުންވާނެ އިތުރު 37 މާއްދާއެއް ވެސް އެކުލެވެ އެވެ.

ޕްރޮޓިނެކްސް ގްރޯ ތައްޔާރުކޮށްފައި ވަނީ އުމުރުން އަށް އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށެވެ. މީގައި އެ އުމުރުގެ ކުއްޖަކަށް ބޭނުންވާ ގިނަ އަދަދެއްގެ ޕްރޮޓީން ހިމެނެ އެވެ. މީގެ ވެސް ޗޮކްލެޓާއި ވެނީލާ ފްލޭވާ ލިބެން ހުރެ އެވެ.

ޑެނޯން ބްރޭންޑަކީ ސިއްހަތަށް ފައިދާ ހުރި އުފެއްދުންތައް ތައްޔާރުކުރުމުގައި 99 އަހަރުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ. ދުނިޔޭގެ 130 ގައުމެއްގައި އެ ބްރޭންޑްގެ އުފެއްދުންތައް ވިއްކަ އެވެ.

މި އުފެއްދުންތައް ރީޓެއިލްކޮށް އެސްޓީއޯ ސުޕަމާޓުންނާއި، ރީޖަނަލް ފިހާރަތަކުންނާއި، ފާމަސީތަކުގެ އިތުރުން، މާލޭގެ ގިނަ ފިހާރަތަކުންނާއި ފާމަސީތަކުން ވެސް ލިބެން ހުންނާނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 20%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454