އިންތިހާބީ ރައީސް އިބުރާހީމް މުހައްމަދު ސޯލިހު(އިބޫ). ޚިޔާނާތުގެ ފައިސާ ހޯދަން އެމެރިކާއިން އިބޫގެ ސަރުކާރަށް އެހީވާނެ.
07 ނޮވެމްބަރ 2018 - 11:52
ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޚިޔާނާތުގެ ތެރެއިން ގެއްލިފައިވާ ކަމަށް ތުހުމަތުކުރެވޭ ފައިސާ ހޯދަން އެމެރިކާއިން ރާއްޖޭގެ އާ ސަރުކާރަށް އެހީވާނެ ކަމަށް އެމެރިކާގެ ލޮސް އެންޖެލިސް ޓައިމްސް ނޫހުން ބުނެފި އެވެ.
އެ ނޫހުން ބުނީ ގެއްލިފައިވާ ފައިސާ ހޯދުމަށާއި ކޮންޓްރެކްޓްތަކުގެ ތަފުސީލު ހޯދުމަށް ކުރާ ތަހުގީގުގައި އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންސް (އެފްބީއައި) އާއި އެ ގައުމުގެ އެހެން އެޖެންސީތަކުގެ އެހީތެރިކަން ހޯއްދަވަން ވިސްނަވާ ކަމަށް އިންތިހާބީ ރައީސް އިބުރާހީމް މުހައްމަދު ސޯލިހު(އިބޫ) ވިދާޅުވި ކަމަށެވެ.
އިބޫ ދެއްވި އިންޓަވިއުއެއްގައި މިހެން ވިދާޅުވި ކަމަށް ނޫހުގައި ބުނެފައި ވާއިރު އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ އެ ވާހަކަ ދޮގެއް ނުކުރެއްވި އެވެ. ނަމަވެސް އިތުރު ވާހަކައެއް ނުދައްކަ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލަކާ ހަވާލާދީ ލޮސް އެންޖެލިސް ޓައިމްސް އިން ބުނީ ރާއްޖޭން ހިންގާ ތަހުގީގަށް އެހީވާން އެމެރިކާ ސަރުކާރު އޮތީ ތައްޔާރަށް ކަމަށެވެ.
"ރާއްޖެއަށް ހުރިހާ ގޮތަކުން އެހީވާން އެމެރިކާ ސަރުކާރު އޮތީ ތައްޔާރަށް،" ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލް ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.
ރައީސް ޔާމީނުގެ ސަރުކާރުން ގާތް ގުޅުމެއް ބޭއްވި ޗައިނާއާ އެކު ކޮށްފައިވާ މުއާމަލާތްތަކާ ބެހޭ ގޮތުން ލިޔެފައިވާ އެ ރިޕޯޓުގައި ބުނީ ރާއްޖޭން ޗައިނާއަށް ދަރާފައި އޮތް މިންވަރު ކުރިން ހީކުރި ވަރަށް ވުރެ ބޮޑުކަން ޓްރާންސިޝަނަލް ޓީމުން އެއްކުރި މައުލޫމާތުން އެނގޭ ކަމަށެވެ. ރިޕޯޓަށް މައުލޫމާތު ދެއްވަމުން ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެފައި ވަނީ އެކަމުގައި ޗައިނާއާ ވާހަކަ ދައްކަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން ޖެހޭނީ ޗައިނާއާ ވާހަކަ ދައްކަން. އެއީ ކޮންމެހެން، އެއްބަސްވުންތައް ކެންސަލްކުރުމާ ބެހޭ ގޮތުންނެއް ނޫން. އެކަމަކު އަލުން މަޝްވަރާކުރުމާ ބެހޭ ގޮތުން. ރާއްޖެއަށް ވެސް ތަރައްގީ ބޭނުންވާނެ،" ނަސީމު ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވެފައި ވަނީ ހިންގާފައިވާ މުއާމަލާތްތަކުގެ އެންމެ އަޑިއަށް ވާސިލުވުމަށްޓަކައި ޗައިނާގެ އެހީތެރިކަން ބޭނުންވާ ކަމަށާއި އެއީ ކަންތައްތައް ހިނގާފައިވާ ގޮތް ސީދާ ނޭނގޭތީ ކަމަށެވެ.
"އެއީ ވަރަށް ގިނަ އަދަދެއްގެ ފައިސާ. އަދި އެކަމުގެ އެންމެ ފުނަށް ދިއުމަށް އަޅުގަނޑުމެންނަށް ޗައިނާގެ އެހީތެރިކަން ބޭނުންވޭ،" ނަސީމު ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާމޮހަނު
08 November 2018
ޢެފުބީއައި މީހުންގެ އެހީތެޜިކަން ހޯދި މަރުގެ ތަހުޤީޤު އަދިވެސް ނުނިމޭ.
ޔެސް
08 November 2018
އެފްބީއައިއަށް ތިކަން ވާނީ...ހެއްކެއް ނުފެނިއްޖެނަމަ ބޭނުންވެއްޖެ ހިނދެއްގައި ހެކި އުފެއްދޭހާ ބާރުވެސް ހުރީ އެމީހުން އަތުގައި. އަދި ޗައިނާއާ ދެކޮޅަށް ކުރެވޭ ކަމެއްނަމަ ހޭވައްލާ ތައްޔާރަށް އެމެރިކާ އޮންނާނީ. އޯޒޯން ފަށަލައިގަ އިން ބާގަނޑުވެސް ބޮޑުވަނީ ޗައިނާއާ ހެދި ކަމަށް މިހާރުވަނީ. ދެން މިގައުމު ބޭނުންކޮށްގެން ޗައިނާއަށް ބޮނޑިއެއް ދިނުމުގެ ފުރުސަތު ލިބުމުން އެމެރިކާނުން ވަރަށް އުފާވާނެ.
އެސް
07 November 2018
ތިކަމަށް ބޮޑު އަގެއް ދައްކަން ޖެހޭނެ ، އެމެރިކާ އަށް އިތުބާރު ކުރަން ހެޔޮނުވާނެ
ދޮންމަނިކެ
07 November 2018
އެފްޕީ އައިޑީ ރޮލާކާލިބަޔަކުވެސް އެބައުޅެޔޯ...
އިބްރާ
07 November 2018
2008ގައި ވެރިކަމަށް އަންނި އައިސް 800މ ޑޮލަރު ތަހުގީގުކުރަން އެތަށް މިލިއަން ޑޮލަރެއް އިގެރޭސިވިލާތުގެ ކުންފުންޏަކަށް ދީގެން ދައުލަތަށްވަނީ ބޮޑު ގެއްލުމެއްދީފައެވެ. އަނެއްކާ މިފަހަރު އެމެރިކާ މީހުންނާއި ގުޅިގެން ދައުލަތް ބަނގުރޫޓްކޮށްލަން އުޅުއްވާހެން ހީވެއެވެ. ސަރުކާރު މުވައްޒަފުންނަށް މުސާރަކޮޅު ދެވުނަސް ރަނގަޅެވެ
ގުރައިދޫ ސެންޓަރު
07 November 2018
އާ ސަރުކާރުގެ ޤާބިލްކަން ފެނިފައި ހޮޑުލަވާ ގޮތް ވެއްޖެ. ރައްޔިތުން ކިހާ ދުވަހަކު ތިބޭނެބާ މަޑުން.
ށަމީރު
07 November 2018
ޢެމީހުންކާރި ބުނެބަލަ ފަލަސްތީނާ އެހީވެ ބަލާށޭ
ސޯޕް ލައިޓް ބްރަދަރ
07 November 2018
އާސަރުކާރުގައި ފެންވަރެއްދޯ؟ އެހެންމީހުން ލައްވާ ހިސާބުކިތާބު ބަލަހައްޓަން ސަލާންޖަހަނީ!!
އަބްދޫ
07 November 2018
އެމެރިކާ އަށް ހޯދޭނީ ބޭންކް ތެރެއިން ކުރެވޭ ޓްރޏްސެކްސަންތައް އެކަނި އެއ ހުރިހާ ޓްރާންސެކްސަން ދާނީ ބޭންކް އޮފް ނިއުޔޯކް މެދުވެރި ވެގެން ކަމުގައިވާތީ އެހެންވެ ޗައިނައިންވަނި ބޭންކެއް އުފައްދާ މިބޭންކުން ހިންގާ މުއާމަލާތްތަކެއް އެމެރިކާއަކަށް ނުހޯދޭނެ. އަދި އެ މުއާމަލާތަތަކެއް ޗައިނަ އަކުންނުދޭނެ. އެއީ ބޭންކުގެ ކުރިއެރުމާ ބޭންކުގެ އިތުބާރަށްޓަކާ.
04 ލީޑަރުން
07 November 2018
ލޯކުދި މީހުން ކައިރީގަ ބުނޭ ފައިސާ ދައްކަން އެނގޭނީ އޭގަ ބުނާއެއްޗެއް އެނގި ހާމަ ވުމަށްފަހުގަ ކަމަށް ގިރިއެއް ފަރެއް ފިނޮޅެއް ބޯގައެއް ފަޅުރަށެއް އަކިރިގަނޑެއް އޮތަސް މިވަނީ ވިއްކާފަ ރާއްޖޭގައި އުޅޭ ކަނޑުމަތީ ދޫނި އަދި ވެލާ ކަހނބު ޙިމާޔަތްކުރެވިފަވާއިރު އެއެއްޗެތި ވަރުބަލި ފިލުވާލަން ޖައްސާލަނެ ތަނެއްވެސް ދޫކޮށްލެއްވިފަ ނެތީ ހަމައެކަނި 2018 ގަ ނިމިދިޔަ ވެރިކަމުގަ ދެން އޭއްޗެތި ހިމާޔަތް ކުރެވިފަ އެ ވަނީ ކޮންގޮތަކަށް ކަމެއް ނޭނގުނު