ޓްރީ ޓޮޕް ހޮސްޕިޓަލް ކުރިން ހިންގި ރަމްސޭ ސައިމް ޑާބީގެ ލޯގޯ، އެ ހޮސްޕިޓަލްގެ ބޭރުގައި ޖަހާފައި: އެ ކުންފުނި މިހާރު ވަނީ އެނބުރި ގޮސްފައި.---ފޮޓޯ: ނިޝާން އަލީ/މިހާރު
07 ނޮވެމްބަރ 2018 - 13:53
ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޮޑެތި މަހުޖަނުންތަކެއް ހިއްސާވާ ޓްރީ ޓޮޕް ހޮސްޕިޓަލް މެނޭޖް ކުރުމަށް ރަމްސޭ ސައިމް ޑާބީ ހެލްތު ކެއާއާ އެކު ވި އެއްބަސްވުން ދެ ފަރާތުން ބާތިލްކޮށްފި އެވެ.
ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލް ހިންގަން ހަވާލުކުރީ އޮސްޓްރޭލިއާގެ ރަމްސޭ ގްރޫޕާއި މެލޭޝިއާގެ ސައިމް ޑާބީއާ އެވެ. މި އަހަރުގެ މާޗް 1 އިން ފެށިގެން ޚިދުމަތް ދެމުން އަންނަ ޓްރީ ޓޮޕް ހޮސްޕިޓަލް ހިންގަމުން އައީ އެ ދެ ކުންފުނި ގުޅިގެންނެވެ.
ޓްރީ ޓޮޕް އިންވެސްޓްމަންޓުން ތަރައްގީ ކުރި 110 މިލިއަން ޑޮލަރު (1.7 ބިލިއަން ރުފިޔާ) ގެ ހޮސްޕިޓަލް ހިންގަން ހަވާލުވި ގުރޫޕްގެ އަތުން އެތަން ނެގުމާ ގުޅިގެން، ޓްރީ ޓޮޕް ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދެން އެ ތަން ހިންގާނީ އެ ހޮސްޕިޓަލްގެ މެނޭޖްމަންޓުން ކަމަށެވެ. އަދި ބުނީ އެ ހޮސްޕިޓަލާއި ރަމްސޭ ސައިމް ޑާބީ ހެލްތު ކެއާއާ އެކު ހެދި މެނޭޖްމަންޓު އެއްބަސްވުން މި މަހުގެ އެކަކުން ފެށިގެން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. އެ ފިޔަވަޅު އެޅީ ދެ ފަރާތުން އެއްބަސްވެފައިވާ ގޮތުގެ މަތިން ކަމަށް ބަޔާނުގައި ވެ އެވެ. އެކަމަކު، ރަމްސޭ ސައިމް ޑާބީ ހެލްތު ކެއާއާ އެކު ސޮއިކުރި މެނޭޖްމަންޓު އެއްބަސްވުން ނިމުމަކަށް ގެނައި ސަބަބެއް ޓްރީ ޓޮޕް ހޮސްޕިޓަލްގެ ބަޔާނުގައި ބުނެފައެއް ނެތެވެ.
"ކުރިމަގުގައި ވެސް ޓްރީ ޓޮޕް ހޮސްޕިޓަލްގެ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ދެވެމުން ދާނެ އެވެ. އަދި ކުރިއެކޭ ވެސް އެއްގޮތަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް އަގަށް ހެޔޮ ބަދަލާ އެކީގައި އާސަންދަ ލިބޭ ގޮތުގެ މަތިން ކުރިއަށް ދާނެ ކަމުގެ ޔަގީންކަން ޓްރީ ޓޮޕް ހޮސްޕިޓަލްގެ މެނޭޖްމަންޓުން ދެމެވެ،" ބަޔާނުގައި ވެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގެ ލޮބީ އޭރިއާ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ޓްރީ ޓޮޕް ހޮސްޕިޓަލުން ދާދި ފަހުން ވަނީ، ގެއްލުމާ އެކު އެ ތަން ހިންގަން ޖެހޭތީ، ޚަރަދު ކުޑަކުރުމަށްޓަކައި ބައެއް ޑިޕާޓްމަންޓުތައް އުވާލައި ބައެއް މުވައްޒަފުން ވަކިކޮށްފަ އެވެ. އަދި ހޮސްޕިޓަލްގެ ޚަރަދުތައް ކުޑަކުރަމުންދާތީ، މެނޭޖުމަންޓް ލެވެލްގެ ބައެއް މުވައްޒަފުން ވަނީ އިސްތިއުފާ ވެސް ދީފަ އެވެ.
މަތީ ފެންވަރުގެ ވަސީލަތްތަކާއި ގިނަ ސްޕެޝަލިސްޓުންނާ އެކު ޚިދުމަތް ދޭ ޓްރީޓޮޕްގައި ބަލި މީހުން އެޑްމިޓްކުރަން ތަފާތު ފަސް ކެޓަގަރީގެ 159 ކޮޓަރި ހުރެ އެވެ. އެ ގޮތުން ދެ މީހުން އެޑްމިޓްކުރެވޭ 30 ކޮޓަރި އާއި އެކަކަށް ހިދުމަތް ދެވޭ ގޮތަށް ހަދާފައި ހުރި 57 ކޮޓަރި އާއި ހަތަރު ޖޫނިއާ ސުއިޓާއި ހަ ސުޕީރިއާ ސުއިޓް އަދި ދެ ޕްރެޒިޑެންޝަލް ސުއިޓް ހުރެ އެވެ.
އެ ހޮސްޕިޓަލުން ދޭ ހުރިހާ ޚިދުމަތްތަކުން މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ވަނީ އާސަންދަ ވެސް ލިބޭ ގޮތަށް ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިމިނާ
08 November 2018
ސިޔާސީ ޚަބަރުތަކަށް ނޫސްވެރިންވެސް ފޯރިހުންނަނީ. ޢާއްމުމަޢުލޫމާތަށް ކުޑަކޮށް.
ދީދީ
08 November 2018
ސަމްތިން ފިޝީ...އިންވެސްޓަރު ގެނެސްސަ އިންވެސްޓު ކުރުވާފަ ފިޔަފާރި ނުހިންގާތީ ބޭރުވަނީ. ހެރެތެރެ ރިސޯޓައް ވީގޮތް ހަންދާނައް އަންނަނީ
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
08 November 2018
އެމްޑީޕީ ގެސްޓްހައުސް ވިޔަފާރި ހުޅުވާލުމުން އެހެންވިސްނުމަކުން މިކަންވެސް ހުއްޓުވުމަށްޓަކާ އާރާއިބާރުބޭނުންކޮށް ފަތުރުވެރިކަން ރާއްޖެއަށް ފެތުރުމަށާއި އެހެން ދިވެހިންނަށް ދާއިރާގައި ތެދުވުމަށް ހުރަސްއަޅުން ދިޔަބަޔަކު ކުއްލިއަކަށް ސިއްޙީދާއިރާއަށް މިވަރުގެ އިންވެސްޓެއް ކުރީ “ތަނެއް ދޮރެއް ބެލުމެއްނެތި” ކަމަކަށް ނުދެކެން. . . . އެސްޓީއޯ ސިޓީ ހޮޓާ ހުއްޓިފައި ހުރިކަމުގައިވިޔަސް “ތިއީ ބޮޑު ސިޓީ ހޮޓަލެއް” ގެ ގޮތުގައި އޮޕަރޭޓް ކުރާތަން ފެންނާނެ.
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
08 November 2018
ކްރައުންގެ ހިއްސާއޮތް ޓްރީޓޮޕް ހޮސްޕިޓަލަށް 90މ ޑޮލަރު އިންވެސްޓް ކުރިކަމަށްބުނާއިރު “ދިވެހިންނަށް ކަމެއްކޮށްދިނުމަށް” ކަމަށްބުނެ ކުރިކަންކަމުގައި ހާމަކަންކުޑަ. . . . ހުޅުމާލެއިން ބިންހޯދިގޮތާއި ލޯނުހޯދިގޮތް ދައުލަތުގެ ސޮވަރިންގެރަންޓީނެންގެވިތޯ ނުވަތަނޫންތޯ، ބިންގަތީތޯ ކުއްޔަށްނެންގެވީތޯ ކިހާމުދަލެއް ޑިއުޓީއަކާއިނުލާ އެތެރެކުރިތޯ މިފަދަ އެއްވެސް ހިސާބެއް އާންމުކޮށްފައިނުވާތީ ތިކަންކުރާންބޭނުންވިގޮތަށް ކަންކަން ކުރަނީ ކަމަށް ޤަބޫލުކުރެވޭ.
އަހުމަދު އިބްރާހިމް
08 November 2018
ދިވެހި ނޫސްވެރިން ޓްރީޓޮޕާއި ގުޅޭ ކަންކަން ނިމިގެން ދިޔައިރު ތިބި އަނގަމަތީ މަލަން އަޅައިގެންނެވެ.މުވައްޒަފުން ކަނޑާލިއިރު ބަހެއް ބުނާނެ ހިތްވަރެނެތެވެ.ހޮސްޕިޓަލުގެ ބައިނަލްއަޤުވާމީ އެގްރީމެންޓް އުވާލިކަން އަދި ނޫސްވެރިންނަށް އެނގުނީ އެމީހުންފޮނުވި ލިޔުމަކުންނެވެ.މުޅި މިކަމުގެތެރެއަށް ނޫސްވެރިން ނުވަނީ މިއީ މަހުޖަނުންގެ މަސްލަހަތާއި ގުޅޭކަމަކަށްވުމުންނެވެ.
ހޮޓްކިންގ
08 November 2018
އެއްކަމަކީ މުޅިދުނިޔޭގައިވެސް މެޑިސިންގެ ދާއިރާގައި އެންމެ ފެންވަރު ރަނގަޅު، އެންމެ އަގުހެޔޮ އިންޑިއާ ރާއްޖެއާއި ޖެހިގެން އޮތްއިރު އަގުބޮޑުކޮށް މެޑިސިންގެ ޚިދުމަތްދޭން އުޅުވުނީކަމަށް. އަނެއްކަމަކީ ވެދާނެ. ވެރިކަން ބަދަލުވީމާ އަތުވެދާނެ ލޮޅުމަކަށް ބަލާފައި، ސަރުކާރާއި ހަވާލުވާ މީހުންގެ އިންވެސްޓްމަންޓްތައް ހިމާޔަތްކޮށް އަދި ބޭރުގެ ބިޔަ ޕްރޮޖެކްޓްތައް ގެނެސް ކޭޓަރކުރެވޭނެ ކެޕޭސިޓީ ނެތްކަމަށް ދެކޭތީ ލިބިދާނެ ގެއްލުން ކުޑަކުރަން ދޫކޮށްލީކަމަށްވެސް.
އަމީލް
08 November 2018
ވެރީ ސޭޑް. ގުޑްްލަކް ނަޒީރް.
އައިޝަތު
07 November 2018
ދިވެހި ރާއްޖެ އެހާ ރީތި ތަނަކައްވާއިރު ރާއްޖޭގަ އެކަކުވެސް އުޅޭ ހިތް ނުވަނީ ކީއްވެ؟ އެއީ އެއްބަޔަކު އަނެއް ބަޔަކަށް ޖެއްސުން ކުރަން ދެއްވާފަ ހުންނަ ރޯދި ބަރަކާތްވެސް އަމިއްލަ އަތުން ހަލާކު ކޮއްލެވޭތީތަ؟
ޑެލްބޯއި
08 November 2018
ދިވެހިންނަކީ އެއް ވެސް ވެލިއުސް އެއް ނެތް، އެކަކު އަނެކަކަށް އިހްތިރާމް ނުކުރާ އެއްވެސް އަދަބެއް ސަދަބެއް ނެތް މިހާރު އަބަދު "މަ" ވެ އަތް ފުޅާވެ، މިނިވަންކަމަކީ ހިތުހުރި ގޮތަކަށް އުޅުން ކަމަށް ހީވެ، އަދި ރަށް ރަށު މީހުންނަށް ކުރިމަތިވެފައިވާ އިންފީރިއަރ ކޮމްޕްލެކްސް އެއްގެ ސަބަބުން މުޅި ގައުމު ހަލާކުވެރފައިވާތީއެވެ.
ދޮންބީފާނު
07 November 2018
އެކަހަލަ ބޮޑެތިި އިިންވެސްޓްމަންޓްތައް މި ގައުމުގަ ދެން ނުހިންގޭނެކަން އެނގޭތީ ދޫކޮށްލީ. ސިިއްހީ ހާލަތުވެސް ކުރިން އޮތް ހާލަތަށް ލަސްތަކެއް ނުވެ ވެއްޓިގެން ދާނެ. ކަންކަން ކުރާކަށް ނޭނގޭނެ. ދެން މަށާ ދިިމާއަށް ކިތަންމެ އެއްޗެއް ގޮވިޔަސް ހަގީގަތަކީ މީ.
ޙުސެން
08 November 2018
މިހާރު ރަނގަޅުވީ ކޮން ޙަލަތެއް ތޯއެވެ؟ ޜާއްޖެތެރޭގެ މީހުން ގެ ނިކަމެތިކަންވަނީ އިންތިހާދަރަޖައިގެ ދަށަށް ވެއްޓިފައެވެ. މިކަން މާލޭގެ ގެދޯރު ވެރިންނަށް ނުވިސނޭނެއެވެ.
ރާވަޅި
07 November 2018
ޗަންޕާބުނި މިއުޅެނީ ދިވެހިނަށް ދިވެހިގައުނަށް ކަމެއް ކޮއްދެވޭތޯ..... އެހެންކިޔާފަ ދިވެހިން ފެލަނީ