ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލު މަޖިލީހުން މިދިޔަ އަންގާރަ ދުވަހު ފާސް ކުރިއިރު މަޖިލިސް ކުރާ ގޭގެ ބޭރުގައި މުޒާހަރާ ކުރަނީ. މުޒާހަރާ ކުރެވޭ ތަންތަން ކަނޑައަޅަން ހުށަހެޅި އިސްލާހެއް ވަނީ ހުށަހަޅާފައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
14 އޯގަސްޓް 2016 - 16:11
ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށް ގާނޫނުގައި ހިމަނަން، އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހަށް ބަހުސް ކުރަން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކޮށްފި އެވެ.
މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް ފަސް ކަމެއް އެޖެންޑާ ކުރި އިރު، ދެ ވަނަ ކަމެއްގެ ގޮތުގައި އޮތީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި އެ އިސްލާހުގެ އިބްތިދާއީ ބަހުސެވެ. މި އިސްލާހަށް ބަހުސް ކުރުމަށް ފަހު މަޖިލީހަށް ބިލް ގަލައިގެންފި ނަމަ، އިތުރަށް ދިރާސާ ކުރަން ކޮމެޓީ އަށް ފޮނުވާނެ އެވެ.
މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.
ޕީޕީއެމް މެމްބަރު ރިފާއު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން މާލޭގައި މުޒާހަރާ ކުރެވޭނީ ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދު ބުރެއް ބޭއްވޭނީ މިނިސްޓްރީން ކަނޑައަޅާފައިވާ ތަންތަނުގައި އެކަންޏެވެ. ބިލް ގާނޫނަކަށް ވާތާ 30 ދުވަހުގެ ތެރޭގައި، އެއްވެ އުޅެވޭނެ ތަންތަނުގެ ލިސްޓެއް ހަދައި، ގެޒެޓް ކުރަން ޖެހެ އެވެ.
ރިފާއު ވިދާޅުވި ގޮތުގައި މި އިސްލާހު ހުށަހެޅީ މާލެއަކީ މީހުން ގިނަ، ކާރޫބާރު ބޮޑު ތަނަކަށް ވާތީ، މަގުތަކަށް އެއްވުމުން ގިނަ އުނދަގޫތަކެއް އާންމުންނަށް ކުރިމަތި ވާތީ އެވެ.
އެއްވެ އުޅުމުގެ ހައްގު އިތުރަށް ހަނިކުރަން އިސްލާހު ހުށަހަޅާފައިވާ އިރު މިހާރު ވެސް ފުލުހުން ދަނީ އެއްވުންތަކަށް ހުރަސް އަޅަމުންނެވެ. އެގޮތުން އާޓިފިޝަލް ބީޗްގައި އެއްވެ އުޅުން މަނާ ކޮށްފައިވާ އިރު މަގުމަތީގައި އެއްވާ ނަމަ އެކަން ވެސް ފުލުހުން ހުއްޓުވަ އެވެ. ފުލުހުން ބުނެފައިވަނީ އެކަން ކުރަނީ މަދު ބައެއްގެ ސަބަބުން ގިނަ ބައެއްގެ ހައްގު ގެއްލޭތީ ކަމަށެވެ.
މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާކުރި އެހެން ކަންކަމުގެ ތެރޭގައި ރާއްޖޭން ޖަޕާނަށް ކަނޑައަޅާފައިވާ ސަފީރު ކަމަށް ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އައްޔަން ކުރުމަށް ރުހުން ދިނުމުގެ މައްސަލަ ކޮމެޓީ އަށް ފޮނުވުން ހިމެނެ އެވެ.
އޭގެ އިތުރުން ޓެރަރިޒަމާއި ހައްދުފަހަނަ އަޅައިދިއުމާ ބެހޭ ގޮތުން ސަރުކާރުގެ ސިޔާސަތު ހާމަކޮށް މަޖިލީހަށް ފޮނުވި ކަރުދާސް ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުމާއި ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރި ކޮމެޓީގެ ރިޕޯޓާއި ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓު މާދަމާ މަޖިލީހަށް ހުށަހަޅާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބުރުވެރި ކަލޭގެ
15 August 2016
ރާޢްޖޭގައި ސަލާމަތުން އޮތް ހަމައެކަނި ބާރަކީ މިނިވަން ނޫސްވެރިން. މަޖިލިސް ކޮރަޕްޓްވެ ބާރުގެ ބޭނުން "ނަހަމަ" ގޮތުގައިހިފާ ބޭނުން އިރަކު ބޭނުން ގޮތަކަށް ބިލްތައް ފާސްކޮށް ގާނޫނުތައް ހަދަންފެށިފަހުން ދައުލަތުގެ އެންމެ ގަދަރުވެރި މުއައްސަސާ ތަކާ އަދި މިނިވަން މުއައްސަސާ ތަކުގެ ބާރުތައް ވެސްވަނީ ގާތްގަނޑަކަށް ކަނޑުވާލާފަ. މިވަގުތު މިނިވަން ނޫސްވެރިން އެންމެ ފިޔަވަޅެއްވެސް ފަހަތަށް އަޅައިފިނަމަ ނޫނީ ބޮޑުވަރިހަމައިގަ ތިބެންފަށައިފިނަމަ އުންމީދުގެ ހަމައެކަނި ނުނިވި އިން ހުޅުކޮޅުވެސް ނިވުނީ. ކުރިއަށް އޮތީ ވައި އެނބުރޭ އިންތިޚާބީ މޫސުންތައް. ނަމަނަމަ އެފަދަ ކަމެއް ނުކުރާތި.
މެންޓަލިސްޓް
14 August 2016
ހަނދާނަށް އަންނަނީ ރައީސްމައުމޫންގެ ޒަމާނުގައި 3 މީހުންވެގެން ވާހަކައެއް ދައްކަން މަގުމަތީގައި ތިބޭއިރު އަންނާނެ ހުދުކަލައިގެ ޔުނިފޯމްލައިފައި ތިބޭ ގިރުވާންގައި ކަޅުފަށްއެޅި ސިފައިން ،،، ވިދާލުވާނެ ކޮންވާހަކައެއް ، ކީއްކުރަނީ ، އަވަހަށް ގެޔަށްދިއުމަށް އަންގާނެ އެހެންނޫނީ ގައިރުގާނޫނީ އެއްވުމަކަށް ވެދާނެ ،،، މިހާރު ރާއްޖެދަތުރުކުރަމުން މިދަނީ އެއަމާޒަށް ،،،، ކޮންމެއަކަށް އެތަޢްބަޔަކު ވީގުރުބާނީތަކަކުން ހޯދުނު މިނިވަންކަން ވެއްޔާމޮޑެވިގެންމިދަނީ ،،،، އަނެއްކާވެސް މިއޮތީ ސުމަކުންފަށަންޖެހިފައި ،، ނަމަވެސް ބޭބެމެންގައިގައި މިހާރު ހިއްވަރެއްނެތް ،، ޒުވާންކުދިން މިކަންކުރާނެކަމަށް ހީއްކުރަން ،،،
ހަތާ / މެދު ޕްރޮވިންސް
15 August 2016
ކުރިންވެސް އިސްނަގައިގެން އެކަން ދިވެހިންނަށް ކޮށްދިން މީހާ އަރީސް ނަޝީދު އަދިވެސް އެ ހުންނެވީ ﷲ ރަޙުމަތާއިއެކު ގަދަވެ ހެޔޮޙާލުގައި އެހެންކަމުން އުންމީގު ކުރަން އަދިވެސް އެ މަސައްކަތް އެ މަނިކުފާނު ކޮށްދެއްވާނެކަްމަށް އަދި މިހާރުވެސް އެމަނިކުފާން އެގެންދަވަނީ އެކަން ކުރައްވަމުން އެހެންކަމުން އަދި އުންމީދެއް ނުގެއްލޭ
ޓައިޕްޓޫ
14 August 2016
އެއްވެ އުުޅުމުގެ ގާނޫނަށް ގެންނަން ބޭނުންވާ އިސްލާހު އެޖެންޑާ ކޮށްފި. ރަނގަޅު. ދެން އަޑުއިވެން ބޭނުންވަނީ އެ އިސްލާހު ފާސްވުން. މިކަމުގައި ޕީޕީއެމްގެ ޕީޖީން ތައް އެކުވެރިވެ އެކައްޗެއް ކިޔާނެ ކަމަށް މަމެން ޕިންކް ކުދިން އުއްމީދު ކުރަނީ. އެނޫންނަމަ މިސަރުކާރުގެ ގްރެވިޓީ ޒީރޯ އަށް ދަށްވެ ބްލެކް ބެލްޓް އަތުން ބީވެގެން ހިނގައި ދާނެއެވެ. އަދި އެބަޖެހޭ މިޓައިޕްގެ 8 ބިލް ޕީޕީއެމް އެމްޕީން ފާސް ކޮށްދެއްވަން ސަރުކާރުގެ ގްރެވިޓީ މަތި ކުރުމަށް ޓަކައި. ޓައިޕް ވަން އޯލްރެޑީ އޮން ބޯރޑެޑް.
ލޮލް
14 August 2016
ހަހަހަހަހާ..ލިޓިލް ނޯތްކޮރެއާ..؟؟؟
ސޯވަޓް
15 August 2016
"ލޮލް" ލިޓިލް ނޯތް ކޮރެއާ އެއް ނޫން. ލިޓިލް ސިންގަޕޯރ ސައިލެންޓް ޑްރީމް.
ދޮންދީނި
15 August 2016
ލިޓްލް ނޯތުކޮރެއާގެ ސައިލެންޓް ޑްރީމް ބަލާބަލާ ފޫހިވެއްޖެ....
ތުއްތޮންބެ
14 August 2016
ގާނޫނު އަސާސީ ގެ މާއްދާއެއް އިސްލާހުކުރަން މަޖިލިސްގެ ތިންބައިކުޅަ ދެބައި ހޯދަންޖެހޭ ކަމަށް ވާނަމަ ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމުގެ ނަމުގަ ޖަލްސާ ގައި ބައިވެރިވެ ވޯޓުދޭ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ ބިލެއްގެތެރޭން ގާނޫނު އަސާސީ އިން ކަށަވަރުކޮށްދޭ އަސާސީ ހައްޤެއް ނިގުޅައިގަނެވޭގޮތަށް އޮތުން އެއީ ބުއްދީގެ ހަމަތަކުން ބަލާއިރުވެސް ދެކޮޅުޖެހޭ ކަމެއްކަމަކަށް އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ.
އުދުހޭ
14 August 2016
ފިޔަވަޅަކަށްފަހު ފިޔަވަޅެއް ފަހަތަށް... ގަޑި ހިނގަނީ ކުރިއަށް.. ދުނިޔެ ދަނީ ކުރިއަށް... ތަރީޚަކީ އިއާދަވާ އެއްޗެކޭ މީހުން ބުނެއުޅޭ...
މުޒާހަރާ
14 August 2016
ގާނޫން އަސާސީ 32 ވަނަ މާއްދާ: ދައުލަތުގެ ހުއްދަ އެއް ކުރީން ހޯދުމަކާނުލައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މިހެން މި މާއްދާގަ ލިޔެފައި އޮތް ހިނދު މުޒާހަރާ ކުރާކަށް މިނިސްޓްރީއެއްގެ، ފުލުހުންގެ، ސިފައިންގެ، ކޯޓެއްގެ އަދި ކިއެއްތަ ރައިސުލް ޖުމުހުރިއްޔާގެ ހުއްދަ ވެސް ހޯދާކަށް "ނުޖެހޭނެ"