ނަޝީދު: އެމަނިކުފާނުގެ ޖަލު ހުކުމް ރިވިއު ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެމަނިކުފާނުގެ ފަރާތުން ވަނީ ޖަވާބު ހުށަހަޅާފައި --ފޮޓޯ/މިހާރު
08 ނޮވެމްބަރ 2018 - 16:14
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ މައްސަލަ ރިވިއު ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ނަޝީދުގެ ފަރާތުން މިއަދު އެ ކޯޓަށް ޖަވާބު ހުށަހަޅައިފި އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ބަންދުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމަށް ސުޕްރީމް ކޯޓުން ކުރިން އޮތީ ތާއީދުކޮށްފަ އެވެ. އެ ނިންމުން ރިވިއު ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައިގަތުމަށް އެ ކޯޓުން މިހާރު ވަނީ ނިންމައިފަ އެވެ.
ނަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނޭ ހިސާން ހުސައިން ކުރެއްވި ޓްވީޓެއްގައިވަނީ އެ މައްސަލާގައި ނަޝީދުގެ ފަރާތްޕުޅުން ހުށަހަޅާ ޖަވާބު ލިޔުމުން މިއަދު ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
On behalf of President @MohamedNasheed we just submitted to Supreme Court our written response to PG’s request to review his case. #freepresidentnasheed https://t.co/pGm8cLKeUD
— Hisaan 🎈؟ (@hisaanhussain) November 8, 2018
ހިސާންގެ ޓްވީޓް
ނަޝީދުގެ ފަރާތުން އެ މައްސަލާގައި ޖަވާބު ހުށަހެޅިއިރު، އެ މައްސަލަ ބަލައި ނިމެންދެން ނަޝީދުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން ކުރިން އޮތީ އަމުރުކޮށްފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް އަދި ކޯޓުން ނުފަށަ އެވެ.
އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލާގައި ނަޝީދުގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުުގެ މައްޗަށް އިއްވި 10 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަން ސުޕްރީމް ކޯޓުން މިއަދު ވަނީ އަމުރުކޮށްފަ އެވެ. ތޮލްހަތުގެ ޖަލު ހުކުމް ފަސްކުރަން އަމުރުކުރީ އެ މައްސަލަ ރިވިއު ކުރަން އޭނާގެ ފަރާތުން ހުށަހެޅި މައްސަލަ ބަލައި ނިމެންދެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޝަހީދު
09 November 2018
ކިތައްމެ ވަރަކަށް ތިޔަ މައްސަލަ ރިވިއު ކުރިޔަސް، ޢަބްދުﷲ ޤާޟީ ޤާނޫނާއި ޚިލާފަށް ހައްޔަރު ނުކުރާކަމަކަށް ނުވާނެއެވެ. އިންސާފުވެރި ގޮތަކީ ނަޝީދުއަށް ކުރި ޙުކުމުން ބައެއް އުނިކޮށް އޭނަ 6 އަހަރަށް ޖަލަށް ލުމެވެ. ރޫލް އޮފް ލޯ އަކީ ނަޝީދަށް ވަކިގޮތަކަށް އަދި ޢާންމު ރައްޔިތުންނަށް ވަކިގޮތަކަށް ޙުކުމް ކުރުމެއް ނޫނެވެ. ކޮންމެ މީހަކު ކުށެއް ކުރިޔަސް، ޤާނޫނުގައިވާ އަދަބެއް އެމީހެއްގެ މައްޗަށް ތަންފީޒުކުރަން ވާނެއެވެ. އިބޫގެ ވެރިކަމެއްގައި މިކަން ވާނެބާ!
އަބްދޫ
09 November 2018
100 ފޫޓަށް ގާޒީއަށް ކޯޓާއިކައިރި ނުވެވޭނެ ވާހަކަ ލިއުނުތަ ؟