ރައީސް ޔާމީން ދިރިއުޅުއްވަން އާރަށުގައި ސިފައިން ހެދި ގެކޮޅު.
11 ނޮވެމްބަރ 2018 - 12:21
ރައީސް އަބްދުﷲ ޔާމީން، ހަފުތާ ބަންދާއި ޗުއްޓީ ދުވަސްތަކުގައި ދިރިއުޅުއްވަން އާރަށުގައި ހެދި ގެކޮޅުގެ ފޮޓޯ އާއްމުކޮށްލައިފި އެވެ.
ސޯޝަލް މީޑިއާގައި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް އާއްމުކުރެއްވި ފޮޓޯ އިން ފެންނަނީ، އާރަށުގައި ޓެރަސްއަކާ އެކު ތިން ބުރި އަށް ހަދާފައިވާ އިމާރާތެކެވެ. އެއީ، ގަދަބާރުން ވެރިކަން ކުރެއްވުމުގެ ނިޔަތުގައި ސިފައިން ލައްވައި ހެއްދެވި ތަނެއް ކަމަށް ތުހުމަތު ކުރައްވައި، އެ ގެކޮޅު މަހްލޫފް ސިފަކުރެއްވީ "ގަނޑުވަރެއް"ގެ ގޮތުގަ އެވެ.
އާރަށުގައި، ރައީސް ޔާމީނަށް ޚާއްސަކޮށް ހެދި ގެކޮޅު.
Vashaigen Sifainnai Fuluhun athuraigen adhi Court thakun haraam hukumthah kuruvaigen gadhabaarun mulhi umurah verikamuga hureveyne kamah yageenkoh Aarashuga Yameen alhaafaivaa ganduvaru. pic.twitter.com/xoHzT7FOal
— Ahmed Mahloof (@AhmedMahloof) November 10, 2018
އާރަށުގައި ހެދި ގެކޮޅުގެ ފޮޓޯ އާއްމުކުރައްވައި މަހްލޫފް ކުރެއްވި ޓުވީޓް.
އާރަށުގައި ހެދި ގެކޮޅުގެ ފޮޓޯ އާއްމުވެ ފާޑުކިއުން އަމާޒުވިއިރު، މީގެކުރިން މި އިމާރާތުގެ ވާހަކައެއް ރަސްމީކޮށް، ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ.
ރައީސް ޔާމީންގެ އަރިސް ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ރަސްމީ ބަންދު ދުވަސްތަކާއި ހަފުތާ ބަންދު އެމަނިކުފާނު ގިނައިން ހޭދަކުރައްވަނީ އާރަށުގަ އެވެ. ސަރުކާރުގެ ބައެއް ބޮޑެތި ނިންމުންތަކާ ގުޅޭ ބައްދަލުވުންތައް ވެސް އާރަށުގައި ކުރިއަށް ގެންދަވާ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.
— Mohamed Reehan ⚖️🇲🇻 (@kudamode) November 10, 2018
އާރަށުގައި ހެދި އިމާރާތް ރޭގަނޑު ދިއްލާފައި.
އާރަށުގައި ހަދާފައިވާ މި އިމާރާތާ ގުޅޭގޮތުން، ރައީސް އޮފީހުގެ ބަހެއް އަދި ނުލިބި އެވެ.
ރައީސް ޔާމީނާއި އެމަނިކުފާނުގެ އާއިލާ މިހާރު ދިރިއުޅުއްވަނީ ހިލާލީގޭގަ އެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ކުރިން އެމަނިކުފާނު އުޅުއްވަމުން ގެންދެވީ އަމިއްލަ ގެކޮޅު ދޫވެހީގަ އެވެ. ރައީސަކު ދިރިއުޅުއްވަން އެކަށީގެންވާ މިންވަރަށް އެތަނުގައި ސަލާމަތާއި ރައްކާތެރިކަން ގާއިމްކުރަން، އެތަން މަރާމާތުކުރަން ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ވެސް ހިނގި އެވެ.
އޭގަފަހުން، ހިލާލީގެއަށް ބަދަލުވެވަޑައިގަތީ، ބޮޑުތަކުރުފާނުމަގުގައި ހުންނަ ހ.ނޫފަރުގެ އާއި ދޫވެހި ބަދަލުކުރުމުގެ ދުވަސްކޮޅެއް ކުރިންނެވެ.
އާރަށުގައި ރައީސް ޔާމީން ދިރިއުޅުއްވި ގެކޮޅު
ރައީސް ޔާމީންގެ އަމިއްލަ ގެކޮޅުގެ ނިންމުމުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދެ އެވެ. ބުރިބުރި އަށް ހަދާ އެ އިމާރާތުގެ ފުރަތަމަ ދެ ފަންގިފިލާ ގާތްގަނޑަކަށް މިހާރު ވަނީ ނިމިފަ އެވެ. އަންނަ ހޮނިހިރުދުވަހު އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާކުރައްވާއިރު، ރައީސް ޔާމީން ހިލާލީގެއިން ބަދަލުވެވަޑައިގަންނަވާނެ ކަމަށް ބެލެވެ އެވެ. އެއީ، ހިލާލީގެއަކީ ރައީސާއި ނައިބު ރައީސް ދިރިއުޅުއްވަން ޚާއްސަކޮށްފައިވާ ގެކޮޅަކަށް ވާތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޫސަނި
13 November 2018
މިކަހަލަ ކޫސަނި ކަމަކަށްނުވާ ކަންކަން ނަގާ މީހުންގެ ފެންވަރު އެކަމުން އަސްލު ދައްކަނީ. މިއީކީ ބަޔަކު މާ އާޝޯޚުވާނެ ކަމެއްތަ؟ މައުމޫންވެސް އާރަށުގަ ޗުއްޓީ ހޭދަކުރެއްވި. އަލަށް ބިލްޑިންގތައްވެސް އެ ރަށުގަ ހެދި އެއިރަށް ހެޔޮވަރަށް. މަހުލޫފްވެސް ގެ އަލަށް ހަދާނީ ފަންޖަހައިގެނެއްނޫން. އެއިރެއްގަ އިމާރާތްކުރާ ކަހަލަ މޮޅު ތަނެއް އަމިއްލައަށް ނަމަވެސް ހަދާނީ. އާރަށުގަ ހުންނަ ތަނާއި އެއްޗިއްސަކީ އެއިރެއްގެ ރައީސަކު ބޭނުންކުރަން ހުންނަ ތަނާއި އެއްޗެހި.
މުޙައްމަދު ފިކުރީ
12 November 2018
ކަލޭމެން މޮޔަތަ! އެއީ ޖަޒީރާ ރާއްޖޭގަ ޖަޒީރާ ރައީސް ޗުއްޓީ ހޭދަކޮށްލަން ޖަޒީރާ ރަށެއްގަ އަޅައިދީފައިހުރި ތަނެއް! އެތަނަށް ވައްދަންވީ ތަކެއްޗާއި ނެރޭ ތަކެއްޗާއި ބެހޭގޮތުން ފުރަތަމަ ޒިއްމާވާނީވެސް ތިވެރިންދޯ؟
ބޭދަނާ
12 November 2018
ގެންދަން ކިތަންމެ ބޭނުން ވިސް އެކަމެއްނުވާނެ ދެނެއް މިނޫން އެހެން އެއްޗެހިގެންދަން ބޭނުންވޭ އެކަމަކު އެކަމެއް ނެއް ވާކަށް ވަރަށް ސަލާމް
ްްްްގުދު
12 November 2018
ކަލޭމެން މޮޔަތަ! އެއީ ޖަޒީރާ ރާއްޖޭގަ ޖަޒީރާ ރައީސް ޗުއްޓީ ހޭދަކޮށްލަން ޖަޒީރާ ރަށެއްގަ އަޅާފަހުރި ތަނެއް!
ޙާލުގެދުލުން
12 November 2018
މިއަންނަ ދައުރުގައި މިގަނޑުވަރު ޚާއްޞަކޮށްފައި ބަހައްޓަން ޖެހޭނީ ދޫފަރިތަ މަހޭއަށް.
ސަރުކާނު
12 November 2018
އެމް އެންދީއެފް ގެ އެތެރޜގެ ފޮޓޮއެއްވެސް ހާމަކޮށްނަވީނު މަހޭ؟ މޮޅުމީހެކޭ ބުނާނެ. އަޅެ ކެރެންޏާ ކޮށްލަބަލަ؟
ޙަސަން އަޙްމަދު
12 November 2018
އޭނަ ރައްޔިތުންނަށް އަޅައިދިން ފްލެޓް ތަކުގަ ކޮޓަރިއެއްގަ ހުންނަނީ 8 ފޫޓު 10 ފޫޓު. ފަރުނީޝަރު ބެހެއްޓީމަ މުސައްލައެއް ވެސް ނުބޭއްވޭނެ.
ބޮސް
12 November 2018
މަހްލޫފް މަޖްލީހަށް ނުދާ ދުވަސްތަކަށް ފައިސާ ނަގައިގެން ނުވާނެ
ނުބައިހާނު
12 November 2018
މަކުލޫފު ޖަލުގަ އޮތް ދުވަސްތަކަށް ބަދަލު ދޭންޖެހޭނެ. އެވެސް ޔާމީނު ޖީބުން. ބިލިޔަނެއް ވަރު ދޭންޖެހޭނެ ލިބުނު އަނިޔާއަށް! އޭރުން މުސާރަ ނެގިޔަކަ ނުދޭނަން!
އަލީ ރާޖާ
13 November 2018
ޖަލުކައިރިއަށް މީހުން އެއްކޮށް ޖަލު ފަޅާލަން އުޅުމުގެ ކުށަށް އަދި އަދަބު ދޭން ޖެހޭ.
ކަލޫބެ
12 November 2018
ރައީސް ޔާމީންގެ ސްޓައިލައް ހަދާފަހުރިތަނެއްދޯތިއީ؟ ވަރަށް ހުތުރު ގޮތަކަށް ފެންނަނީ.
ޝޮކްތެރަޕީ
12 November 2018
މީކީ މަސްސަލޭނުން. ރައިސް ނަޝީދުގެ ފާހާނަވެސް މިއައްވުރެ އަގުބޮޑު.