ހިތަދޫގައި މިއަދު ގެއްލުން ދިން ގެއެއްގެ ޓީވީ އާއި ޑިކޯޑަރު އަދި ގޮނޑިތަކެއް ތަޅާލާފައި.
20 ނޮވެމްބަރ 2018 - 14:35
އައްޑޫ ހިތަދޫގެ ތިން ގެއަކަށް މިއަދު ބަޔަކު ވަދެ، ހަމަނުޖެހުން ހިންގައި ގެއްލުންތަކެއް ދީފި އެވެ.
މިއަދު ހެނދުނު ގެއްލުން ދިން ތިން ގޭގެ ތެރެއިން އެއް ގޭގެ ގޯތިތެރޭގައި ހަދާފައި ހުރި ތަނެއްގައި ރޯ ވެސް ކޮށްލާފައިވެ އެވެ. އެނގިފައިވާ ގޮތުގައި ރޯކޮށްލީ ގޭގައި ބަދިގެއެއްގެ ގޮތުގައި ބޭނުން ކުރާ ތަނެއްގަ އެވެ. ނަމަވެސް މި ހާދިސާގައި ގެއަށް ބޮޑު ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
ގެއްލުން ދިން އަނެއް ދެ ގޭގެ ބައެއް ފަރުނީޗަރާއި އިލެކްޓްރިކް ސާމާނުތަކެއް ހަލާކުކޮށްލާފައިވާ އިރު، ހަމަނުޖެހުމުގެ ތެރޭގައި ކުޑަ އަންހެން ކުއްޖަކު ހޭނެތިގެން ފަރުވާ ވެސް ދީފައިވެ އެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ތިން ގެއަކަށް ގެއްލުން މައްސަލައެއް ރިޕޯޓްކޮށްފައި ނެތް ކަމަށެވެ. އެކަމަކު ބަޔަކު ހިތަދޫގެ ގެއަކަށް ވަދެ ގެއްލުން ދިން މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"މިއީ ކިހިނެއްވެގެން ކޮންކަމާ ގުޅިގެން ހިންގައިގެން އުޅޭ ހަމަނުޖެހުމެއް ކަމެއް އަދި ސާފެއް ނުވޭ. މި ހަމަނުޖެހުމުގެ ތެރޭގައި ކުޑަކުއްޖަކު ހޭނެތިގެން ފަރުވާ ވެސް ދޭން ޖެހިފައިވޭ،" އޮފިޝަލް ވިދާޅުވި އެވެ. "މައްސަލަ މި އަންނަނީ އިތުރަށް ތަހުގީގު ކުރަމުން."
ހިތަދޫގެ ގެތަކަކަށް ގެއްލުން ދީފައިވާ އިރު މި ހަފުތާގެ ކުރީކޮޅު ވަނީ ހިތަދޫގެ ތިން ފިހާރައެއްގެ ބިއްލޫރި ވެސް ތަޅާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިރިތާލިގުއާ
21 November 2018
އައްޑޫ މީހުން ހީކުރަނީ އެމީހުންނަކީ ދެން ހާއްސަބައެއްކަމަށް، މާތަހުޒީބު މޮޅު، އެކަމަކު އެއަތޮޅަށް ދިޔައިމަ އެނގޭނީ ކަންއޮތީ އެއާ ޚިލާފަށްކަން، މަސްތުވާތަކެތީގެ ވިޔާފާރި އެހާ ފުޅާ، ވައްކަން އިންތިހާ އަށް ވަކިްނ ހާއްސަކޮށް ހިތަދޫގައި، ދެން އުޅޭނީ އަފީފުދީދީ ގެނައި ބަޣާވާތާމެދު ފަޚުރުވެރިވުމާއި އެތާނގައި އިނގިރޭސިން އުޅުނުވާހަކަ ދެއްކުމުގައި.
ސަމާ
20 November 2018
ތިމީހުން ހިފާ ހައްޔަރުކޮށް ޖަލަށް ލާންވީ! އެއްގޮތަކަށްވެސް އުޅޭނެކަމެއް ނެތް ދެން ތިކަހަލަ ހަމަނުޖެހުން އުފައްދާކަށް!
އައްޑޫ ބާޣީ
20 November 2018
ހެހެހެހެހ ރަނގަޅަ. ސަޅިި އައްޑޫ އެއްތާމެންނަށް ނިވިސްނޭހެއް ދުވަހަކިޔަސް.
ބުރުގާ
20 November 2018
ބަލަ ތިހެންވެޔޭ އިބޫ ސަރުކާރުން އައްޑޫ މީހަކައް މިނިސްޓަރުކަން ނުދިނީ..
ކޮރަޕްސަންގޭންގު
20 November 2018
ކޮރަޕްސަނުގެ ހާލި ރޫޅިގެން ދާއިރު ރައްޔިތުންނަށް އޭގެ ރުޅި ބާލާލަނީކަމަށް ބެލެވެނީ. ރަނގަޅަށް ވިއްޔާ ގްރޫޕުތަކަށް ފައިސާ ދީގެން މިކަހަލަ ކަންކަން ހިންގުވަން ތިބޭނެ ބަޔަކު.
ބަކުރ
21 November 2018
ދައުރު ނިމޭ އިރުވެސް ތިހެން ކިޔަކިޔާ ތިބެންޖެހޭނީ . ކަލޭމެން ހީނުކުރާ ކަންކަން އަދި ފެންނާނެ. މި ސަރުކާރުގެ އޮޕޮސިޝަންނައަށް ނަޝީދު ހުއްޓާ އަދި ފެންނާނެ. އޭރަށް ބުނޭ ސިހުރޭ. ހަކުރު ގިނަވެޔޭ
އަންްނި
20 November 2018
ސާބަހޭ ޖަޒީރާ ކުދިން ހާދަ ހިންގާލާފައޭ ދޯ؟
މާރަނގާ - އައްޑޫ ސިޓީ
20 November 2018
އެމްޑީޕީގެ ވެރިކަންވައްޓާލުމާއިއެކު ޖެހިގެންއައިދުވަހު ސާކްސަމިޓަށް ޤައުމުތަކުންހިލޭދީފައިވާ އެތައްވެހިކަލްތަކާއި އޭރުގެ އެތައްތަރައްޤީއެއް ބަޔަކު އަޑީގައި ތިބެގެން އަލިފާނަށް ހުށަހެޅި. * * އައްޑޫގެ ތަރައްޤީގެ ވާހަކަ ދެކެވޭ ކޮންމެ ވަގުތަކާއި ދިމާކޮށް “އައްޑުއަކީ ހަމަނުޖެހުންބޮޑު ނާތަހުޒީބް އަދި އިންވެސްޓްކުރާން ހެވޮވާވަރުތަނެއްނޫންކަންދެއްކުމަށް” ދުރުގައި ތިބިބަޔަކު ހިންގާ މިނުބައި އަމަލު ހުއްޓުވާ އެމީހުންނަކީ ކޮންބައެއްކަން ފުލުހުން ހޯދާންޖެހޭ.
ދިރާސާވެރިޔާ
20 November 2018
ގޭންގް އެކްޓިވް ވީ ، ގޭތެރޭ ތިއްބަސް ރައްކާތެރި ކަމެއް އިޙްސާސް ނުކުރެވޭ..
ބަނބޫ
20 November 2018
އެކަމަކު ވާދޯ ! ކުޑަކުޑަ ރަށް ރަށުގަ އުޅޭމީހުން އަހަރުމެންނަކީ! މިވަރު ވާނަމަ ބޮޑު ޤައުމެއްގަ އަހަރެމެން ކިހާވަރެއް އެރުވީސް! ކުޑައިރު އަޑު އަހަނީ ރުވާންޑާ ބުރުންޑީ ގެ ވާހަކަ! އެކަމަކު މިހާރު އެމީހުން ދެންބަލާނީ ޙަބަރުގަ ދިވެހިން! ހިތާމަހުރު
ޚަމީ
20 November 2018
ތިހެން ތިވަނި އައްޑޫ މީހެއް ކެބިނެޓުގް ނެތީމަ ރާއްޖޭގެ އެހެން ކޮއްމެ ރަށަކުން މީހަކު އެބަހުރި ވިއްޔާ ކެބިނެޓުގަ ޢައްޑޫ އިން އެކަނި ވިއްޔާ ވޯޓުލީ
އޮކުޓޮޕަސް
20 November 2018
ޕުރޮޓެކުޓު އެންޑު ސާވު ކޮށްދޭ ބޭފުޅުންހަމަ ބަލަން ތިބެނީތަ.
ޕަވާ
20 November 2018
އެހެރީ އެއްނުން މަލީހު..
ސަނީ
20 November 2018
އައްޑޫއަކީ ރަށެއްނޫން، އަތޮޅެއް.
ޖަޒީރާމަނިކު
21 November 2018
ސަނީ ދުވަހަކުވެސް އައްޑޫއަތޮޅުގެ ޗާޓް ބެލީމުތަ؟. އެޗާޓްބެލީމާ އިނގޭނެ އައްޑޫ އަތޮޅުގައި އައްޑޫ ކިޔާ ރަށެއް އޮންނަކަން. އެއީކުރިން މީހުން އުޅުނު ، މިހާރު ފަޅުރަށެއް. މިހާރު އައްޑޫ މިބަސް ބޭނުންކޮށް އުޅެނީ މުޅިއަތޮޅަށްނިސްބަތްކޮށް. އައްޑޫ އެއީ ރަށެއް. އައްޑޫއަތޮޅުގެ ނަން ނެގިފައިވަނީ އެރަށަށް ނިސްބަތްކޮށް.