މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު. --ފޮޓޯ: ނިޝާން އަލީ/ މިހާރު
28 ނޮވެމްބަރ 2018 - 21:46
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފޭދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވައި، ކެމްޕެއިން ފައްޓަވައިފި އެވެ.
ކުޅިވަރުގެ އެންމެ ބޮޑު އެއް އިދާރާ ހިންގެވުމުގައި ތިން ވަނަ ދައުރު ފުރުއްވަމުން ގެންދަވާ މަރޭ ވިދާޅުވީ ފޭދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ނިންމެވީ އެ ދާއިރާގެ ހާލަތު ބަދަލުކުރައްވަން ބޭނުންވާތީ ކަމަށެވެ. އެހެންވެ، ދާއިރާގެ ރައްޔިތުން އޭނާއަށް ތާއީދުކޮށް ދެއްވުމަށް އެދިވަޑައިގެންނެވި އެވެ.
"މަރޭ ނަގާހަށް" ނަމުގައި ދާދި ފަހުން މަރޭ ވަނީ ކެމްޕެއިނެއް ވެސް ލޯންޗުކޮށްފަ އެވެ.
ފޭދު އަށް އުފަން މަރޭ ވިދާޅުވި ގޮތުގައި ގޮނޑި ހޯއްދަވަން މަސައްކަތް ފެއްޓެވީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވަން ބޭނުންވާތީ އެވެ. އަދި އެންމެ ބޮޑު އަމާޒަކަށް ވާނީ ފޭދޫ މީހުން ބޭނުންވާ އިސްލާހީ ހެޔޮ ބަދަލުތަކެއް ގެންނެވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުޅިވަރުގެ ދާއިރާ އިން ގައުމަށް ހިދުމަތް ކުރެއްވުމުގެ ބަދަލުގައި ދެން ބޭނުންވަނީ މަޖިލީހުގެ ތެރެއިން އެ ހިދުމަތް ކުރިޔަށް ގެންދަވަން ކަމަށެވެ.
އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ 2009 ވަނަ އަހަރު ހަވާލުވެ މަރުޒޫގު ކުރެއްވި އެންމެ މުހިއްމު އެއް މަސައްކަތަކީ އެތުލީޓުން ތަމްރީންކުރުމުގެ ޕްރޮގްރާމެވެ.
ރާއްޖެ އަށް 2015 ގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިދިން ހަސަން ސާއިދަކީ އޭގެ ތެރެއިން ލިބުނު ފުރުސަތުގެ ބޭނުން ހިފި އެތުލީޓެކެވެ.
އޮލިމްޕިކް ކޮމިޓީއާ ގުޅުމުގެ ކުރިން ވިކްޓަރީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވި އެވެ.
ކުރީގެ މަޝްހޫރު ރެފްރީ އަދި ސ. ފޭދޫ ޑީއެންސީ ހިންގެވުމުގައި އިސްކޮށް އުޅުއްވި މަރްހޫމް ހުސެއިން ދީދީ (ޖޯޖް) ގެ ބޭފުޅެއް ކަމަށްވާ މަރުޒޫގު ވަނީ ފުޓްބޯޅަ ކެރިއަރުގައި ޒުވާން ގައުމީ ޓީމުތަކަށާއި ވެލެންސިއާ އަދި އައިއެފްސީއަށް ކުޅެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
29 November 2018
ސާބަހޭ މަރޭ.މަރޭ އެއީ ހުރިހާ ކަމެއް ވެސް ދަންނަ އަދި ކުރެވޭނެ މީހެއް.މަރޭ މަޖްލިހުގަ އިންނަތަން އެއީ ދެކެން ބޭނުންވާ މަންޒަރެއް.ނަމަވެސ މަރޭއެއީ ރޯނުއެދުރެއް.އަދި ދެއްކުންތެރިއެއް.ގުޑްލަކް.ވ.ވެދުން
ޢާބިދާ
29 November 2018
މަރޭމެންކަހަލަ މީހުން ލައިގެންއުޅެންއެނގޭ ހަރުދަނާމީހަކު ކުރިމަތި ލައިފަވަނިކޮށް އެހެންމީހަކަށް ފުރުސަތެއް ނުދެވޭނެ.
ސިއެރާ
29 November 2018
މަރޭ، ކޮބާހޭ ސިއެރާ ސްޕޯޓްސް؟ މަލްޓިމިލިއަން ރުފިޔާ ޕްރޮޖެކްޓް ހިންގާ ކުންފުންޔެއް ލިބުނީ ހަމަ މުސާރައިން ސޭވްކޮށްގެންތަ؟
ހުސޭނުތަކުރާ
29 November 2018
ހުރިހާ އެންމެން މަޖިލީހަށް ކުރިމަތިލާން މިއުޅެނީ ރައްޔިތުންނަށް ހިދުމަތް ކުރާށޯ.. މަޖިލީހުގެ މެމްބަރުންގެ މުސާރަ ސިވިލް ސާރވަންޓުގެ ރޭންޖަށް ވައްޓާލާއިރު މިހާރު ތިބި މީހުންނާއި ކުރިމަތިލާން އުޅޭމީހެއްގެ އަޑެއް ބަޑެއް ނުއިވޭނެ... އެއާއެކު މަޖިލީސްހުންނާނީ ފަޅުތަނަކަށް ބަދަލުވެފައި.. ރައްޔިތުން އާދޭސް ކުރިއަސް އެތަނަކަށް މީހަކު ނުވަންނާނެ.... ހިދުމަތޭ ކިޔާފައި މިބަލަނީ ފައިނޭންޝިއަލް ބެނިފިޓަށް މިހުރިހާ އެންމެންވެސް..
ހެހެހޭ
29 November 2018
ދެން ކޮންމެ މީހަކުވެސް މުޒާހަރާކޮއްލާފަ ޓުވިޓާއެކައުންޓެެއް ހިންގާލާފަ ޕޮޕިއިލާއޭރިއާ އަށް ސަނާކިޔާލާފަ ބެކްގަރައުންޑް ފޮޓޯއަށް ނަޝީދު ނޫނީ ގާސިމު ނޫނީ މައުމޫނު ނޫނީ ޔަމީނު ގެ ފޮޓޯއެއް ނޫނީ ސެލްފީއެއް ލައިފައި ދެން މީޑިއާއަށް އެރުނީމައި މަޖުލީހު ގޮޑިއަށް ސަރުތުހަމަވީ
ތިމާވެށި
29 November 2018
ވިޔަފާރި އާ ޒިންމާދާރު ގިނަ ކަންކަމުގަ ބައިވެރި ވެގެން އުޅޭ މީހުންނަށް މަޖްލިސް މެމްބަރު ކަން ދިނީމަ ޖަލްސާ ތަކަށް ހާޒިރު ނުވުމާއި އަމިއްލަ މސްލަހަތު އިސްކުރާނެއެވެ. ގިނަ ވަގުތު ނުދެވޭނެއެވެ. ވޯޓްލާ މީހުން މިކަމާ ވިސްނުން ވަރަށް މުހިއްމު އެވެ. ޕާޓީ އިން އަންނަ ކޮންމެ މީހަކަށް ވޯޓް ދޭން މަޖްބޫރެއް ނުވާނެއެވެ.
އަލިހަންޖާ
29 November 2018
ދެން މިހާރު މަޖިލިހަށް ކުރިމަތި ނުލާ އެކަކަށް ވެސް ރަށަށާ ގައުމަށް ޙިދުމަތް ކޮށްދެވޭ ކަމަކަށް ނުވޭ ދޯ؟ އަޖައިބެއް... ތި ތަނަނަށް ކުރިމަތި ލާ ބޭނުން އެންމެނަށް ވެސް އިނގޭ.
ޑރ.ފަޒުނާ/ހިތަދު/ސ.އެފުރިކާ
29 November 2018
އަޅުގަނޑު ފޭދޫ ދާއިރާއަށް ކުރިމަތި ލަނީ މިހާރުވެސް 3802 މީހުންގެ އެދުމުގެ މަތީން.. އަޅުގަނޑުގެ ބޭނުމަކީ ފޭދޫ މީހަކު ރާއްޖޭގެ ވެރިކަމަށް އައުން އަޅުގަނޑުގެ މިމަސައް ކަތުގައި ޕުރޮފިސަރ ހަސަން ވެސް އެބަހުރި... އަޅުގަނޑުގެ ފުރިހަމަ ތާއިދު ޕުރޮފިސަރ އަބުﷲސައީދު ޕުރޮފިސަރ ހަސަން އުގައިލުއަށް.. ރައްޔަތުންގެ ބަސް އިއްވަންޖެހޭނީ މިފަދަ ގާބިލު ބޭފުޅުން މެދުވެރިކޮށް.. ކުނި މާލޭގައި ބޮތްތަޅަން އުޅޭބަޔަކަށް މިޒަމާނުގައި ތާއިދެއްނެތް ކުރެވޭކަށެއް...
ގަބުޅި ފޭދޫ
29 November 2018
ވެރިކަމޭ.. މަހައްދޭބަލަ...
ގަބިޅިފޭދޫ
29 November 2018
މަރޭކަހަލެއި އަޚްލާގު ރަނގަޅަ، ހިންގުމުގެ ތަޖުރިބާހިށި ހަރުދަނާ މީހަކާ އަފިރިން ބޭނުމީ. ކުރިނަސް ވެއިޓަރަކާ ހޮވިމެއި ކުނޑި ޖަހަގެން ޓީވީއަށް އަރައި އަނގަ ފޭކޮށްފެއި ތިމާވަރަ މީހަކާނެއްކަމަށް ހީކޮށްގެން ވޭނޑެނަމީހައް އަފިރިން ދިށީ. އެނައްކަލާއި ވެއިޓަރަކާ ނުންފެހޭ ރޫމްބޯއިއަކާ ހޮވިމެއި މިހެދެނެއި ކޮންތައް؟ މީ ފޭދޫ މީހުންގަ ފެންވަރަ؟ ހިނގައު އެންމެން ގުޅިގެން ބަދަލުކެރަމާ. މަރޭ ރަނގަޅަ
ސޮބުރީ
29 November 2018
ރައްޔިތުންނާ ގާތުން މަސައްކަތްކރަން ބޭނުމިއްޔާ ރަށުގަހުރެގެން އެންޖީއޯއެއް ހިންގަމާ.. މާސަޅިވާނެ..