އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ބުޝް.
01 ޑިސެމްބަރ 2018 - 10:49
ވޮޝިންޓަން (ޑިސެމްބަރު 1) - އިރާގު ސިފައިން ކުވޭތު ހިފުމުން 1990 ގައި "ސަހަރާގެ ތޫފާން"ގެ ނަމުގައި 1991 ގައި ހަނގުރާމަ ފަށައި ސައްދާމް ހުސެން ބަލިކުރެއްވި އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ބުޝް މިއަދު އަވަހާރަވެއްޖެ އެވެ.
ސެޕްޓެމްބަރު 11، 2001 ގައި އަލްގައިދާ އަށް ނިސްބަތްވާ ވަރުގަދަ ޓެރަރިސްޓް ހަމަލާ އެމެރިކާ އަށް ދިން އިރު ވެރިކަމުގައި ހުންނެވި ޖޯޖް ޑަބްލިޔު. ބުޝްގެ ބައްޕާފުޅު އަވަހާރަވީ އުމުރުން 94 އަހަރުގަ އެވެ.
ޖޯޖް ބުޝް 1992 ވަނަ އަހަރު ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
ޖޯޖް ބުޝް އެންމެ ބޮޑަށް ފާހަގަކުރެވުނީ ކުވޭތު މިނިވަންކުރަން އިރާގާ ދެކޮޅަށް ކުރި ހަނގުރާމައިންނެވެ. އީރާނާއި އިރާގާ ދެމެދު 1980ގެ އަހަރުތަކުގައި ހިނގި ހަނގުރާމަ ނިމުނުތާ މާ ގިނަ ދުވަހެއް ނުވެ، އިރާގު ސިފައިން، އޮގަސްޓް 2، 1990 ގައި ކުވޭތު ހިފި އެވެ. އަދި ހަތް މަސް ވަންދެން ކުވޭތުގައި ތިއްބެވެ.
އިރާގު ސިފައިން 1990 ވަނަ އަހަރު ކުވޭތަށް އެރުން ސިފަ ކުރައްވާ ބުޝް ވިދާޅުވެފައި ވަނީ "މި އުދުވާން ދެމިނޯންނާނެ" ކަމަށެވެ. ނަތީޖާއެއްގެ ގޮތުން 32 ގައުމުގެ ކޯލިޝަނެއް އުފައްދާ އިރާގު ސިފައިން ކުވޭތުން ބޭލުމުގެ ބޮޑު އޮޕަރޭޝަނެއް ފެށި އެވެ. "ސަހަރާގެ ތޫފާން" ގައި އެމެރިކާގެ 425،000 ސިފައިންނާއި ގުޅިފައިވާ ލަޝްކަރުގެ 118،000 ސިފައިން ބައިވެރިވި އެވެ. ބާރަ އަހަރު ފަހުން އެ މަސައްކަތް ނިންމީ ބުޝްގެ ދަރިކަލުން ޑަބްލިއު. ބުޝް އެވެ.
ޖޯޖް ބުޝް (ވ) އިނގިރޭސި ބޮޑު ވަޒީރު މާގަރެޓް ތެޗާ އާ އެކު 1989 ވަނަ އަހަރު. --ފޮޓޯ:އޭއެފްޕީ
ކުރީގެ ރައީސް ރޮނަލްޑް ރޭގަންގެ ސަރުކާރުގައި ނައިބް ރައީސެއްގެ ގޮތުގައި ދެ ދައުރު ޚިދުމަތް ކުރެއްވުމަށް ފަހު އެމެރިކާގެ 41 ވަނަ ރައީސްގެ ގޮތުގައި ބުޝް ވެރިކަމަށް ވަޑައިގެންނެވީ 1989 ވަނަ އަހަރު އެވެ. ނަމަވެސް 1992 ވަނަ އަހަރުގެ އިންތިޚާބުގައި ބުޝްގެ މައްޗަށް ވަނީ ބިލް ކްލިންޓަން ކާމިޔާބު ހޯއްދަވައިފަ އެވެ. ބުޝްގެ މަގްބޫލްކަމުގެ ރޭޓިން 90 ޕަސެންޓުގައި ހުރި ނަމަވެސް ދާޚިލީ ބައެއް ކަންކަމަށް އިހްމާލްވުމުގެ ތުހުމަތު ކޮށްފައިވެ އެވެ.
އެމެރިކާގެ ފެތުންތެރިޔާ މައިކަލް ފެލްޕްސް (ކ) އާއި ޖޯޖް ބުޝް އާއި ދަރިކަލުން ޖޯޖް ޑަބްލިއު. ބުޝް (ވ) 2008 ވަނަ އަހަރު ފޮޓޯއަކަށް ހުއްޓިވަޑައިގެން. --ފޮޓޯ:އޭއެފްޕީ
ބުޝް އަކީ ދެ ވަނަ ބޮޑު ހަނގުރާމައިގައި އެމެރިކާ ސިފައިންގެ ޕައިލެޓެކެވެ. ސިޔާސީ ދާއިރާ އަށް 1964 ވަނަ އަހަރު ވަދެވަޑައިގަތުމުގެ ކުރިން އެމަނިކުފާނަކީ ތެލުގެ ވިޔަފާރިވެރިއެކެވެ.
އަނބިކަނބަލުން ބާބަރާ ބުޝް އަވަހާރަވިތާ ހަފުތާއެއް ފަހުން، މިދިޔަ އެޕްރީލް މަހު ބުޝް ވަނީ އިންފެކްޝަނެއްގައި ހޮސްޕިޓަލްގެ އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާ ދީފަ އެވެ.
ޖޯޖް ބުޝް އާއި އަނބިކަނބަލުން ބާބަރާ ޖެނުއަރީ 1، 1960 ގައި ނަގާފައިވާ ފޮޓޯއެއް. --ފޮޓޯ:އޭއެފްޕީ
ދެހާސް އެއް ވަނަ އަހަރު ބުޝް އަށް ވަނީ ދަރިކަލުން ޖޯޖް ޑަބްލިއު. ބުޝް އެމެރިކާގެ ވެރިކަމަށް ވަޑައިގަތުމުގެ ޝަރަފް ލިބިވަޑައިގެންފަ އެވެ. މީގެ ކުރިން އެ ޝަރަފް ލިބިވަޑައިގެންފައި ވަނީ ޖޯން އެޑަމްސް އަށެވެ. ބުޝްގެ ދަރިކަލުން ޖެބް ބުޝް ވަނީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ރިޕަބްލިކަން ޕްރައިމަރީގައި ވާދަކުރައްވައިފަ އެވެ.
ޖޯޖް ބުޝް އާއި ދަރިކަލުން ޖޯޖް ޑަބްލިއު. ބުޝް (ވ) 2008 ވަނަ އަހަރު ފޮޓޯއަކަށް ހުއްޓިވަޑައިގެން. --ފޮޓޯ:އޭއެފްޕީ
ބުޝް ވަނީ 2004 ވަނަ އަހަރު އޭޝިއާގެ ގައުމުތަކަށް އެރި ސުނާމީއާ ގުޅިގެން ފަންޑް ހޯދުމުގެ މަސައްކަތުގައި ކްލިންޓަނާ އެކު މަސައްކަތް ކުރައްވައިފަ އެވެ. ބުޝް އާއި ކްލިންޓަން ރާއްޖެ ވަޑައިގެން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމްއާ ބައްދަލު ކުރެއްވި އެވެ. މީގެ އިތުރުން ހެއިޓީ އަށް 2010 ވަނަ އަހަރު އައި ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމުގައި ވެސް ބުޝް ހަރަކާތްތެރިވެވަޑައިގެންނެވި އެވެ.
ރައީސް ބަރަކް އޮބާމާ 2011 ވަނަ އަހަރު ވަނީ ބުޝް އަށް އެމެރިކާގެ އެންމެ މަތީ މަދަނީ ޝަރަފް ކަމަށްވާ "މެޑަލް އޮފް ފްރީޑަމް" އަރުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަދީފް
02 December 2018
އެމެރިކާގެ 41 ވަނަ ރައީސް އެއީ އިނޮސެންޓް މީހެއްގެ ގޮތުގެ ދެއްކުމަށް އަހަރުމެން ދިވެހިރައްޔަތުންގެ ތެރެއިން ''ވަރަށް މަދު ބަޔަކު'' ވަކާލާތުކުރާތީވެ ހިތާމަކުރަން.ތާރީހް ރަނގަޅަށް ވިދާޅުވުމަށްފަހު ދެން ކޮމެންޓްކުރުމަށް ނަސޭހަތްތެރިވަން.ވ.ވެދުން
މިލް
02 December 2018
ރެސްޓް އިން ޕީސް )':
ރަދީފް
02 December 2018
ޕީސް ؟؟ ލޮލް
އިބާރާތް ހިޓްލަރުގެބައިގެމީހާ
02 December 2018
ނަމެއް ދިވެހި ބަހައް ބަދަލު ކުރެވޭތޯ؟ ހަންދަގު ހަގުރާމަ ވަޅުގަނޑު ހަގުރާމައަށް ބަދަލު ކުރެވޭތޯ؟
ކާލައިލް ގުރޫޕް
01 December 2018
ބުޝް ސީނިއާ އަކީ ދުނިޔެއަށް އައި ގެއްލުމެއް. ކާލައިލް ގްރޫޕްގައި ހުރެގެން ދުނިޔޭގެ އެތައް ހަގުރާމައަކަށް ހަތިޔާރު ވިއްކި.
އެއްމިލިއަންދެރުފިޔާ
01 December 2018
އެތައްބަޔަކަށް އިންސާފު ނުލިބި އެމަރުވީ...!
އަކުރު
01 December 2018
ނޫނޭ، މިފަދަ ކަންކަން އެގޮތަށް ލެއްވީ މި ދުނިޔޭގެ ޙަޔާތަކީ ނިމުން ނޫންކަން މީސްތަކުންނަށް ވިސްނުމަށް... އަދި އިންޞާފު އެ ފެށުނީ އޭނާއަށް... ޤިޔާމަތް ދުވަހުން ޢަދުލުގެ މީޒާން ބާއްވާލެއްވޭނެ...ތަޤުވާގެ އަހުލުވެރިންނަށް އޮތީ ޤިޔާމަތް ދުވަސް އަދި އެންމެ ފަހުގެ ހެޔޮ ނިމުން ވަނީވެސް ހަމަ އެބައިމީހުންނަށް
ލިބޭނެ
01 December 2018
އިންސާފުއޮތީ ކުރިއަށް... އިންސާފުގެ ދޮރޯށިން އަދިކިރިޔާ އެނުކުތީ!
2001911
01 December 2018
2001 ވަނަ އަހަރު އެމެރިކާއަށް ދިން ހަމަލާއެއް ފަހު ޖޯޖު ޑަބްލިއު ބުސް އިސްލާމީ ގައުމުތަކަށް އެމެރިކާ ސިފައިން ފޮނުވާގެން މީހުންމެރީ، އެއީ މިބުސްއެއްނޫން.
މަފްފް
01 December 2018
އިރާގާ ފުރަތަމަ ހަނގުރާމަކުރީ މި ބުޝް. އިރާގަށް ހަތިޔާރު ފޯރުކޮށްދީ އީރާނާ ދެކޮޅަށް ހަނގުރާމަ ކުރުވާފަ ދެން ފަހުން އިރާގާވެސް ހަނގުރާމަކުރީ. ކުޑަ ބުޝް ބައްޕަގެ ހަނގުރާމަ އަލުން ފަށާފަ ސައްދާމުގެ ދުވަސް ދުއްވާލާ ބައްޕައަށް ނުކުރެވުނުކަން ކުރީ.
އަސްލުހާލަތު
01 December 2018
ބަލަ މަފްފް ނޭނގޭ ވާހަކަ ނުދައްކާ.އިރާގު އިރާނު ހަނގުރާމަ ހިނގީ.. 1980 އިން 1988އަށް އޭރު އެމެރިކާގެ ރައީސްއަކީ ޖިމީ ކާޓަރ އަދި ރޭގަން.. މި ބުޝް 1989 ވަނަ އަހަރު ވެރިކަމަށް އައި އުރު އެ ހަނގުރާމަ ވަނީ ނިމިފަ.. ތެދެއް 1990 ގަލްފް ހަނގުރާމާ ފެށި ލީޑަރަކީ މި ބުޝް އެކަމު އެއީ ސައްދާމުގެ ސިފައިން ޤާނޫނާ ހިލާފަށް ކުވައިތަށް އަރާ އެތަށް ބަޔަކު މަރާ ތެޔޮވަޅުތަކުގަ ހުޅުޖަހާ ހެދީމަ. ހަނގުރާމަ ފެށުމުގެ ކުރިން ސައްދާމަށް އެތަށް ފުރުސަތެއް ދިން ފައިބަން.
ބުއްޅަބޭ
01 December 2018
އެމިރިކާވެސް އަދި އިންޑިޔާވެސް، އެހެން ގައުމުތަކަށް އަތްބާނަންޖެހެނީ އެގައުމުތަކުގެ ރައްޔަތުން އަމިއްލަ އެދުމުގައި "ޑިމޮކްރަސީ" އިންދަން ބޭނުންވުމުން! އިންޑިޔާވެސް ދެން މިގައުމުން "ޑިމޮކްރަސީ" ފިލުވައިނުލާނެ! މިހާރު ތިބި މީހުންނަށް އެއަކީ މައްސަލައެއްނޫން! ފަހުން މޯދީޔާ ދިވެހިރާއްޖެ ހިފައިފިޔެ ކިޔާނެ ކަމެއްނެތް!
ކަރީމުއްދީން ބާޝާ
01 December 2018
އިރާގު ފުރަތަމަ ފުނޑާލީ ބޮޑުބުޝް. ނުނިމިހުރި މަސައްކަތް ނިންމާލާ އެތަން އެއްކޮށް އަޅުވެތިކުރީ ކުޑަބުޝް.
މަނާބުސް
01 December 2018
އެކަކުވެސް ފާހަގައެއް ނުކުރޭ އެ ހަނގުރާމަތަކަށް ފަންޑް ކުރި ބައެއް. މަށެއްވެސް ނުބުނާނަން. އެމެރިކާ އިން ކުރި ޚަރަދު ވަނީ ލިބިފަ
2122
01 December 2018
ތިއީ ބޮޑު ޤާތިލެއް.
މަހަށްދަގަ.
01 December 2018
ޤާލިތަކަށްވީ ޤާނޫނުތަކުގެ ބޭރުމް ކުވޭތުގެ މުސްލިމުން އަޅުވެތިކޮށް އަނިޔާކުރި އިރާގުގެ ސައްދާމުގެ ލަޝްކަރުތައް އެތަނުން ބޭރުކުރަން ކުރި ހަނގުރާމައިގެ ސަބަބުން..
މަސްވެރިން
01 December 2018
'މަހަށްދަގަ.' ތާރީޚު ފެށުނީ އިރާޤުން ކުވެއިތަށް އެރި ހިސާބަކުންނޫން. ނޭނގޭނަމަ ހިމޭނުން ހުއްޓަސް ތިމާގެ ޖާހިލުކަން ފާޅެއްނުވާނެ. ދެން ބުނަން.. 'މަހަށް ދިއުމަކީ' ވަރަށްވެސ
މަހަށްދަގަ.
02 December 2018
ލިޔަންކިޔަން ނުދަންނަންޏާ އަކުރު އަޅާ ކުލާހަކަށް ދަގަ މަސްވެރިން.. ތާރީހު ފެށުނުގޮތުގެ ވާހަކަ މަ ނުދައްކަން..ތާރީހުގެ ބަހުސަކަށް ކަލޭ ނިކުންނަންވާ ބޮޑު ބައްޔަކުން ބަލިކޮށް ވަތަކުތޯ ޖައްސާލާނަން.. މިބުނަނީ ދިވެހިން ބުޝް ސީނިޔަރ ގާތިލަކަށް ސިފަކުރަން ފެށި ހިސާބުގެ ވާހަކަ
ރަދީފް
01 December 2018
އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ބުޝް އެއީ އަނިޔާވެރި ވެރިއެއް.ވަރަށް ގިނަ މުސްލިމުންނަށް އެތައް އަނިޔާތަކެއް ދީފަހުރި ވެރިއެއް.މިކަމުގަ ކޮމެންޓް ކުރެވެން އޮތީ މިމިންވަރަށް.ވ.ވެދުން
ލީޒް
01 December 2018
އަދި ހަމަ އެހެންމެ އަނިޔާވެރިގޮތަކަށް އިސްލާމީ ޤައުމެއްކަމަށްވާ ކުވޭތުގެ އަޅުވެތިކޮށް މުސްލިމުންމެރި އިރާގުގެ ސައްދާމުގެ ލަޝްކަރުތައް އެ ޤައުމުން ފައްސާލަން މަސައްކަތްކުރި ލީޑަރެއް..އަދި އެކަން ކާމިޔާބުވެސްކުރި.
އާންމު އާދުމީ
01 December 2018
އެއީ އެމެރިކާއިން އިންޖިނިއާރ ކޮށްގެން ކުރުވި ކަމެއް. ފުރަތަމައިނުން ސައްދާމަކީވެސް އެމެރިކާގެ ބޯއިއެއް.. ދެން އެމެރިކާގެ ތެޔޮ ކުންފުނިތަކުން ކުވެއިތުގެ ބޯޑަރު އެތެރެއިން 'އޭންގަލް' ކޮށް ޑްރިލް ކޮށްގެން އިރާޤުގެ ތެޔޮވަޅުތަކާހަމައަށް ވާސިލުވެގެން ތެޔޮގެ ވައްކަންކުރަން ފެށީ. އެކަންކަން ހުއްޓަން އެނގުމުންވެސް އެކަމާ ފިޔަވަޅު ނޭޅުމުން ސައްދާމު ދިޔައީ އެމެރިކާގެ އެމްމެސަޑަރ ގާތަށް….
އާންމު އާދުމީ
01 December 2018
ކޮންޓް..)އެދުވަހު ސައްދާމު އޭނާ ކުވެއިތަށް އަރަން ޚިޔާލު ގެނައީމާ އެމެރިކާއިން ބުނީ ތިޔައީ ކަލޭމެންގެ ދާޚިލީ މައްސަލަތަކޭ، ތިމަންނަމެންނަށް ވަރިހަމައޭ. އެއަށްފަހު ސައްދާމު ކުވެއިތު ހިފުމުން އިރާޤު ފުނޑާލައި މެދުއިރުމަތީގައި ފައި ހިއްޕުމުގެ ފުރުސަތު އެމެރިކާއިން އެހޯދީ ހިމާޔަތްކުރުމުގެ ނަމުގަ. އަދި އެބޭސް ތަކަށް ޚަރަދުކުރަނީވެސް ޚުދު އެ އަރަބި ޤައުމުތަކުން. ދެން ހަނދާންވަނީ ރާއްޖޭގަވެސް ބަޔަކު އަމިއްލަ ޚަރަދުގަ ގެންގުޅޭ ޚަބަރު. މީ ލައްކަ ވާހަކަ.
ނަފާ
02 December 2018
ދެން ތިހެންކިޔާ... އެމެރިކާގެ ބޯއީއަކަށް ސައްދާމު ހުރީ މާކުރިން އެއީ އިރާނު ފުނޑާލަން ވަގުތުގެ ބޭނުނއކޮށްލަން. ބޯއީކަންގެއްލުނީ ކުވައިތަށް އެރުނމުން..އެއީ އެމެރިކާއިން ކުރުވިކަމެއް ނޫން ދެބަން ދިހާރުން އެކަނި އެހެން ޤަބޫލުކުރަނީ ކުވައިތުގެ މުސްލިމުން ނުކުރޭ