ކުރީގެ ރައީސް މުހައްމަދު ނަޝީދު. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
04 ޑިސެމްބަރ 2018 - 21:33
އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޯޅި މެދު ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.
މައްޗަންގޯޅީ މެދު ދާއިރާގެ ޕްރައިމަރީގައި ނަޝީދު ވާދަކުރައްވާނެ ކަން އިއުލާން ކުރެއްވީ މައްޗަންގޮޅި ކާމިނީމަގުގައި މިރޭ ކުރިއަށްދާ ކެމްޕެއިން އިވެންޓުގަ އެވެ. މި ހަފްލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުންނާއި ވަޒީރުން ބައިވެރިވެވަޑައިގަންނަވަ އެވެ. އަދި ސަރުކާރު ކޯލިޝަންގެ އިސް ބައެއް ބޭފުޅުން ވެސް ހަފްލާގައި ބައިވެރިވެވަޑައިގަންނަވަ އެވެ.
ނަޝީދު ވަނީ 1999 ގައި ބޭއްވި މަޖިލިހުގެ އިންތިޚާބުގައި މާލޭގެ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑި ކާމިޔާބު ކުރައްވައިފަ އެވެ. އެ ފަހަރު މާލޭގެ ދެ ގޮނޑިއަށް އިންތިޚާބުވީ އިލްޔާސް އިބްރާހީމާއި ނަޝީދެވެ. ނަމަވެސް، މަޖިިލިހުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރަށް ފާޑުވިދާޅުވުމާއި ޑިމޮކްރަސީއަށް ވަކާލާތުކުރައްވާތީ، ވައްކަމުގެ އަމަލެއް ސާބިތުކޮށް 2001 ގައި ގޮނޑި ގެއްލުވާލި އެވެ.
ނަޝީދުގެ މައްޗަށް ވައްކަން ސާބިތުކުރީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ގެކޮޅު ކަމަށްވާ ވެލާނާގެ ތަޅާލި އިރު އެތަނުން އުކާލަން ބަހައްޓާފައި ހުރި ކުނި އެއްޗަކުން ކަރުދާސްތަކެއް ނެންގެވުމުންނެވެ. މިހާރުގެ ސަރުކާރުގެ ބޮޑު އޮފީސް އިމާރާތް ހަދާފައި އެހުރީ ވެލާނާގޭގެ ބިމުގަ އެވެ.
އޭރު ވެސް އެތައް ބަޔަކު ގަބޫލުކުރި ގޮތުގައި ނަޝީދު ނޫން އެހެން މީހަކު އެތަނުން އެއްޗެއް އެދުވަހު ގެންދިޔަ ނަމަވެސް ވައްކަމުގެ ދައުވާއެއް ނުކުރީހެވެ. އެމަނިކުފާނާ ދެކޮޅަށް ވައްކަން ސާބިތުކުރީ، މަޖިލިހުގައި ސަރުކާރު ޖަވާބުދާރީކުރުވަން ކުރެއްވި މަސައްކަތުގެ ސަބަބުން ކަމަށް އެތައް ބަޔަކު އޭރު ގަބޫލުކުރި އެވެ.
އަންނަ މާޗު މަހު އޮންނަ މަޖިލީހުގެ އިންތިހާބުގައި ނަޝީދު ވާދަކުރެއްވުމަށް ހުރަހެއް ނެތެވެ. ސަބަބަކީ، ޓެރަރިޒަމްގެ ކުށުގައި އެމަނިކުފާނުގެ މައްޗަށް އިއްވި 13 އަހަރުގެ ޖަލު ހުކުމް، މިދިޔަ މަހު ސުޕްރީމް ކޯޓުން ބާތިލްކޮށް، އެމަނިކުފާނަކީ މިނިވަނެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެންނެވެ.
މައްޗަންގޯޅީ މެދު ދާއިރާއަކީ މިފަހަރުގެ އިންތިހާބުގައި އަލަށް އިތުރު ކުރި ދެ ދާއިރާގެ ތެރެއިން އެއް ދާއިރާ އެވެ. މައްޗަންގޮޅި އުތުރު ދާއިރާގެ ގޮނޑި މިހާރު ހުސްވެފައިވާއިރު މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރަކީ ޖުމްހޫރީ ޕާޓީގެ އަބްދުﷲ ސިނާނެވެ.
މައްޗަންގޮޅި އުތުރު ދާއިރާގެ ގޮނޑި ހުސްވީ، މިހާތަނަށް އެ ދާއިރާގެ މެމްބަރަކަށް ހުންނެވި އެމްޑީޕީގެ މެމްބަރު މާރިޔާ އަހުމަދު ދީދީ މިދިޔަ މަހު އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ މި ސަރުކާރުގެ ޑިފެންސް މިނިސްޓަރަކަށް އައްޔަން ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވުމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދއނ
05 December 2018
ހިހީ. ސިރިލަންކާގެ ރައީސް ސިރިސެނާ އާ ކުރީގެ ރައީސް ރަޖަޕަކްސާ އާ އެއްކަހަލަ ނާތަހުޒީބް ގޮތްގަނޑު ތި ގެންގުޅެނީ މިހާރު...
ސަންފާ
05 December 2018
މަރުހަބާ ރައީސް މަނިކުފާނަށް ކާމިޔާބު ވާނެ އިންޝާﷲ
ސާދާސީދާ
05 December 2018
ވަޒީފާ ގެއްލުނު ޕީޕީއެމް ކޯޑިނޭޓަރުން އެކި ނަންނަމުގައި ކޮމެންޓްކުރުމުގައި. ތިހެން ނޫޅެ ދޭބަލަ ޖޭޕީއަށް. އޭރުން އަނެއްކާ ވެސް ހިހޫތަނުން ކާންލިބޭނެ. ސޭޓާ ސޭޓް އަންހެނުންގެ ފިރިމީހާގެ އަނބިމީހާ ވެސް އެހުރީ ތިކުދިން ޖޭޕީ އަށް ވައްދަން ތައްޔާރަށް. ވަރަށް ސަލާމް!
ހީހީ
05 December 2018
ޕީޕީ ކޯޑިނޭޓަރުންނަށް އެހާ ހެޔޮއެދިގެން ކޮމެންޓްކޮށްދޭތީ ހާދަ ހެޔޮފުޅޭ. އެކުދިން އެތިބީ ހަމަ ހަދާނެ ގޮތެއް ނޭނގިފަ. ދެން މިހާރު އެނގޭނެ ރީނދޫ ކުދިން ބުނެގެން ޖޭޕީ ކުދިން ކައިރިއަށްކަން ދާންވީ.
ޖަނާޒާ ނައީމު
05 December 2018
ކަންތަކާ ޖެހުނީ، މަޖިލީހުގެ ރައީސްކަމަށް އައިސްގެން އަލުން ވެރިކަމާ ބަގުޑި ބައްދަންވީ ދޯ
ހުއްބުލްވަތަންގެލޯބި
05 December 2018
މަޖުލިހާ 100 ފޫޓަށްވެސް ނަސީދަށް ގާތްވެވިގެން ނުވާނެ!
ގުޑުގާލް
05 December 2018
ގުޑުގާލް ގެ ބަހެއް އަހައްޏާ ނަޝީދު ނުހޮވާތި، ނަޝީދު ދޭ ވޯޓުގެ ޒިންމާވެސް ނަގަންޖެހޭނީ އެންމެންޑީއެފުން، އަބުދުﷲ ގާޒީ ހައްޔަރު ކުރިއިރު ވީގޮތަށް
ސޔާނު
05 December 2018
ޔާމީނު، ނަޝީދު މިއީ އަނިޔާވެރިން، ދިވެހިން ޓެސްޓުކޮށް ފޭލިވެފައިވާ 2 މީހުން
ޒުލްފިކާރު
05 December 2018
ދޮންމީހުން އުޅޭ ގޮތަށް އުޅޭނަމޭ ހިތައިތަ މަޖުލިހަށް ތިޔަ ބޯދިއްކުރަނީ
ރޭކާ މޫސަނިކު
05 December 2018
މަޖުލިސްތެރޭން ރާއްޖޭގައި ޣައިރުދީނުގެ ގޮތްތައް ފެތުރުމުގެ ނުބައި ރޭވުމެއް މިވެރިން ޗަނީ ރާވައިފައި، ހައްދުތަކާ ގިސޯސް މަނާކުރުމުގެ އިތުރުން، ގާނޫނު އަސާސީގެ 10 ވަނަ މާއްދާވެސް ބަދަލުކުރަންވަނީ ނިންމާފައި
ފިލިގެ
05 December 2018
ކޯތުތަކުގައި ތަޅު އަޅުވައު ފަނޑިޔާރުން ވަގަށް ނަގައު ސުވިލް ސާވަންޓންގެ މުާރަ ދިރުވާލި މީހާ މަޖިލިހަށް ހޮވަން ހެޔޮނުވާނެ