އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު
07 ޑިސެމްބަރ 2018 - 14:04
އެސްޓީއޯގެ ކާޑު ގުދަންތައް މިހާރު ހުރި ތަނުން އެހެން ތަނަކަށް ބަދަލުކުރުމުގެ ވިސްނުން އެބަހުރި ކަމަށް އެ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އިއްޔެ ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިއްސާވާ އެންމެ ބޮޑު އެއް ކުންފުނީގެ އެމްޑީގެ މަގާމަށް މި ހަފުތާގައި އައްޔަންކުރި އަމްރު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މާލޭގައި އެންމެ ފެން ބޮޑުވާ ސަރަހައްދުގައި ހުރި ކާޑު ގުދަންތައް ބަދަލުކުރަން ހުޅުމާލެ ވެސް ބަލަމުން އަންނަ ކަމަށެވެ.
ނަމަވެސް އެކަމާ މެދު ގޮތެއް ނިންމޭނީ ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިއަ ބުދަދުވަހު މާލެއަށް ކުރި ބޯ ވިއްސާރައިގައި ވެސް ކާޑު ގުދަންތަކަށް ފެން ވަނެވެ. އެކަމަކު ކާޑުގެ ބާވަތްތައް ތަނުގެ މުވައްޒަފުންގެ މަސައްކަތުން ސަލާމަތްކުރި އެވެ.
އަމްރު ވިދާޅުވީ ކާޑު ގުދަންތައް ބަދަލުކުރަން ވަރަށް ބޮޑު ބިމެއް ވެސް ބޭނުންވާ ކަމަށެވެ. އޭގެ އިތުރުން ފަސޭހައިން އެތެރެކޮށް، ނެރެވޭނެ ހިސާބެއްގައި ގުދަންތައް ހެދުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަތޮޅުތަކުގައި ވެސް ހުންނާނެ ސްޓޯރޭޖު. އެކަމަކު ވެސް އެއީ އެހާ ބޮޑު ކުއަންޓިޓީއެއް ނޫން. އެ އަތޮޅަކަށް ބޭނުންވާ ދިހަވަރަކަށް ދުވަހުގެ ސްޓޮކު ހުންނާނީ،" އަމްރު ވިދާޅުވި އެވެ.
"މާލޭގައި ވެސް ބެހެއްޓެނީ ދޮޅު މަހެއްހާ ދުވަހު. ބޮޑު ކަމެއް ދިމާވެއްޖެ ނަމަ ވަރަށް ބޮޑު ކްރައިސިސް އަކަށް ދާނެ. އެހެންވީމަ ވަރަށް ރިސްކު ބޮޑު ކަމެއް މިއީ."
އޭނާ ވިދާޅުވީ މާލޭ ދެކުނު ފަރާތުގައި ހިއްކާފައިވާ އިންޑަސްޓްރިއަލް ވިލެޖުގައި ކާޑު ގުދަންތައް ހަދަން ތަނުގެ ކޮންސެޕްޓް ޑިޒައިން ވެސް އޮތީ ނިންމައިފަ އެވެ. އެކަމަކު އެއީ ކަނޑު ތޮއްޓާ ކައިރި ހިސާބެއް ކަމުން ރާޅު ޖެހުން ފަދަ ކަންކަން ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކިތަންމެ ބޮޑު ފާރެއް ރޭނިއަސް ލޮނުގެ އަސަރު ކުރާނެ ކަމަށް ބެލެވެނީ. އެހެންވީމަ އެތަނަށް ބަދަލުކުރުމަކީ ކުރެވޭނެ ކަމެއް ނޫން،" އަމްރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއީ ސަރުކާރުގެ ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ބޭނުންވާ މައްސަލައެކެވެ.
ބުދަދުވަހު ކުރި ބޯ ވިއްސާރައާ ގުޅިގެން އެސްޓީއޯ ކާޑު ގުދަނެއްގައި ފެން ބޮޑުވެފައި
މެނޭޖިން ޑިރެކްޓަރު ވިދާޅުވީ މިހާރު ހުރި ގުދަންތައް ބާވެ، ފެން ވެސް ފައިބާ ކަމަށެވެ. އަދި ކާޑުގެ ބާވަތްތައް ބައެއް ފަހަރަށް ރައްކާތެރިކުރަނީ ސަތަރި އަޅައިގެން ކަމަށް ވެސް ވިދާޅުވި އެވެ.
އެކަމަކު އެ ގުދަންތަކުގެ "މޭޖާ ރިޕެއާއަކަށް ދެވޭކަށް ނެތް. އެއީ ވަރަށް ބޮޑު ކަމެއް. އެ ލޮކޭޝަންގައި ތަން ތަރައްގީ ކުރުމަށް އިންވެސްޓް ކުރެވޭކަށް ވެސް ނެތް،" އަމްރު ވިދާޅުވި އެވެ.
ކާޑުގެ ބާވަތްތައް ކަމަށްވާ ހަނޑޫ، ފުށް އަދި ހަކުރުގެ 50 ވަރަކަށް ކޮންޓެއިނަރު އަބަދުވެސް ރާއްޖެ އެތެރެކުރާ އިރު، އަމްރު ވިދާޅުވީ، އެ ހުރިހާ އެއްޗެއް އެއްފަހަރާ ކްލިއަކުރަން އެމްޕީއެލްގައި ވެސް ޖާގަ ނޯންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ރާޖާ
08 December 2018
ކާޑު ގުދަނާއި އެހެންވެސް ބައެއް ތަންތަން ހުޅު މާލެއަށް ބަދަލު ކުރަން ޖެހޭކަން ރައްޔިތުންނަށް އެނގޭތާ ކިތަންމެ ދުވަހެއް ވެއްޖެ. މާރުކޭޓު ވެސް ނަގަން ޖެހޭ އެތަނުން.
ޙިމާރުލް ވަތަން
08 December 2018
ޢަމުރު ކޮއިފުޅާ. ގުދަންތައް ހިއްލާލާފަ ފެނުން ސަލާމަތްކުރެވޭތޯ ބައްލަވާ. މާލެއިން ތިވަރުގެ ގުދަން ހެދޭނީ ދެންތީމުގޭގަ.
މާރަނގާ - އައްޑޫ ސިޓީ
07 December 2018
ޖަޕާނުން ކާޑްގެ އެހީތެރިކަންފޯރުވަނީ ސަރުކާރަށް ނުވަތަ އެސްޓީއޯއަކަށްނޫން. އަދި ދައުލަތުން އެސްޓީއޯއަށް އެތެރެކުރާކާޑްގެބާވަތްތަކަށް ސަބްސިޑައިޒްކުރަނީ ދިވެހިރައްޔިތުންނަށް ލުއިހޯދާދިނުމަށް. * * އެސްޓީއޯ ހިންގާންތިބިމީހުން ޒިންމާއުފުލާ ދެކުނާއި އުތުރުގައި 6 މަސްދުވަހުގެ ކާޑް ރައްކާތެރިކޮށްނުދޭނަމަ ޖަޕާނުގައި އަދި ސަރުކާރުގައި އަހަރުމެން ރައްޔިތުން އެދޭނަން އެސްޓީއޯއަށް ވެދޭ އެހީތައް އެހެންގޮތަކަށް ބަދަލުކުރުމަށް. ބޭނުންހާ ކުޅިއެއް ނުކުޅެވޭނެ.
ބަނާނާ ޕްެެރެޒިޑެންޓް
07 December 2018
ހައްލަކީ ފެންބޮޑުވުން ހައްލުކުރުން. ވަށައިގެން މޫދު އޮތް, ގާތްގަނޑަކަށް އެންމެ 2 އަކަކިލޯމީޓަރގެ ރަށެއްގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުނުކުރެވޭންވީ ސަބަބެއް ނުވިސްނޭ. ބަޖެޓް ސަޕޯރޓަށް ބިލިއަނުން ފައިސާ ހޯދަން ސަލާންޖަހަމުން ދުވާއިރު, މިލިއަނުން ޚަރަދުކޮށްގެން ހަދާފައި ހުރިތަންތަން ތަޅާ ހަލާކުކުރުމާ ގުދަންތައް ބަދަލުކުރުން ފަދަ ބޭކާރުޚަރަދު ކުރުމުގެ ބަދަލުގައި މިވަގުތައް ކުރަންޖެހޭކަންކަންކޮށް, ބާކީހުރިނަމަ ތިޔަކަންތައްތައް ކުރުން އިސްކަންދޭ ތަރުތީބު ލިސްޓުގެ ފަހަތައް ވައްޓާލާ.
އަބްދޫ
07 December 2018
މިހާރު މިރާއްޖެ އަކު ސަބްސިޑީ ދީގެން ކާޑު ހެޔޮކުރަންޖެހޭ ބަޔަކުނެތް . އުޅެންވަނީ ބޮންތީގަ އެންމެ ލޭޓެސްޓް މޯބައިލް ފޯނު އެއާކޯން އޮޓަމެޓިކް ދޮންނަ މެސިން ރައިސްކުކަރ ގޭސް އުބދުން އެކަމަކު ކާންވީ ސަބްސިޑީ ހާދަ ނުގުޅޭ ކަމެއްދޯ
ޥާވް
08 December 2018
މިއީ ހާދަހާ ރައްޔިތުން އުޅޭ އަސްލުހާލު ނޭނގޭ ބޭފުޅެކޭ. ކޮންމެ މީހަކު އެންމެފަހު ސައިކަލް އެދުއްވަނީ ފައިސާ އޮވެގެންތަ. ކޮންމެމީހަކީވެސް ކޮންމެވެސްތާކަށް ދަރާއޮތްމީހެއް. ފަހުގެ ފޯނު އިންސްޓޯލްމަންޓަށް، ސައިކަލް އިންސްޓޯލްމަންޓަށް، ގޭގައިހުންނަ ތަކެތި އިންސްޓޯލްމަންޓަށް މިހެންގޮސްކިޔާނެ ކަމެއްނެތް.
ޑީޑީސި
08 December 2018
މިގައުމުގާ އޮއި އެންމެ ބޮޑު އެންމެ މުއްސަންދި ކުންފުނި މާލެއިން ހިލޭ ބިން ތަކެއް ދީފައޮތުމަކީ ވެސް ހާދަ ނުގުޅޭ ކަމެއްދޯ.
އަބްދޫ
07 December 2018
ގުދަން ހަދާތަނަކުން ތިޔަ މައްސަލަޔަށް ހައްލެއްނާންނާނެ. ހައްލަކީ މާލޭގެ ފެންބޮޑުވާ ފެން ހިކޭ ނިޒާމް ރަނގަޅުކުރުން . މާލޭގެ ކާނުތައް ރަނގަޅުކުރުން ވަކިވަރަކަށް ވުރެ މައްޗަށް ފެންގަނޑު އެރުނުން ޕަމްޕް ގެ އެހީއާ ނުލާ އަބަދުވެސް ފެންބޭރުވާ ގޮތަށް ތޮށިގަނޑުތަކުގާ އާނގަ ނުވަތަ ލޯވަޅު އެޅުން. މިއީ ކުރިން ވެސް އެކަން ކޮށްފަ އޮތްގޮތް މިހެންމިވަނީ އެތަންތަން ބައްދާލުމުން. މިހާރު މިހެމްމިވަނީ
ރިޝާ
07 December 2018
އައްޑޫ އަދި ކުޅުދުއްފުށީ ބަނދަރަށް މުދާ ބޯޓް ފަހަރު ނުގޮސް މާލެ ބާލަންޖެހޭ ސަބަބެއް ނެތް. އެހިސާބުތަކަށް ގެންދެވޭ މުދާ އެތަންތަނަށް ބާލަންޖެހޭނެ.
ރަސްރަނި
07 December 2018
ލޮނުގެ އަސަރުނުކުރާނީ ދެން އައްޑޫގައި ގުދަން ހެދީމަ. ރާއްޖޭ އެހެން ހުރިހާ ރަށެއްގައިވެސް ލޮނު ހުރީ އެއްވަރަކަށް. އެކަމު އައްޑޫ މީހުން ވަރަށް ލޮނުމަޑޯ. ހީހީހީ.
ބޭޑޭ އިފްލާހު
07 December 2018
ހޯމް އިމްޕްރޫވްމަންޓްގަވެސް މުދާ އަގު ބޮޑީ ކޮރަޕްޝަން ބޮޑު ކަމުން. މިކަންކަން ހުއްޓުވާފަ ކާޑު ގުދަނުގެ ކަންތަކާ އުޅެންވީ!
މާރަނގާ - އައްޑޫ ސިޓީ
07 December 2018
އަމްރު!! އާދޭސްކޮށްފަ ބުނަން ލިބުނު ފުރުސަތުގައި ކިޔެވި އެއްޗެއްގެ ބޭނުންކޮށް ކުންފުންޏަށާއި ދައުލަތަށް ރައްޔިތުންނަށް ދެމިގެންދާ ފައިދާއެއް ލިބޭ ގޮތަށް ކަންކުރައްވާ. މާލެއިން ކުންފުންޏަށް ލިބިފައިވާ ބިމުން ބިމެއް ކުއްޔަށް ދީގެން އަހަރަކު ލިބޭ އާމްދަނީން އެކަނި ވެސް “އައްޑޫ ކުޅުދުއްފުށީގައި އީޔޫ ފޫޑް ސޭފްޓީ ރިކުއަރމެންޓަށް އެމީހުންގެ ގައިޑްލައިނަށް އެންމެ ޒަމާނީ ވެއަރހައުސް ހަދާލެވޭނެ” މާލެއިން ގުދަންތައް ބޭރުކުރޭ. ކާޑް ކުޅުދުއްފުއްޓާއި އައްޑުއަށް އިމްޕޯޓްކުރޭ.