ވިޔަފާރި / އެސްޓީއޯ

ބޮޑެތި ބަދަލުތަކަކާ އެކު އެސްޓީއޯ އާ ފެށުމަކަށް!

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު

ސަރުކާރުގެ 82 ޕަސެންޓް ހިއްސާ އޮންނަ ކުންފުނި ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން (އެސްޓީއޯ) އަށް ލިބޭ ފައިދާ އެއް އަހަރުން އަނެއް އަހަރަށް ދަނީ ދަށަށެވެ. އެސްޓީއޯ އަކީ 53 އަހަރުގެ ދިގު މުއްދަތެއްގެ ތަޖުރިބާ އޮތް ކުންފުންޏެއް ނަމަވެސް އެ ކުންފުނީގެ ދަށުން ހިންގާ ސަބްސިޑަރީތަކުން އެ ކުންފުންޏަށް އެންމެ ބޮޑު ފައިދާ ލިބޭ ގޮތް ވަނީ ނުވެފަ އެވެ. އަލަށް މަގާމާ ހަވާލުވެ ވަޑައިގެންނެވި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވަނީ މީޑިއާ އަށް ދެއްވި ފުރަތަމަ އިންޓަވިއުގައި އެސްޓީއޯގެ ތެރެއިން ރަނގަޅު ކުރަން ބޭނުންވާ ބަދަލުތައް "މިހާރު" އަށް ވިދާޅުވެދެއްވައިފަ އެވެ.

ބައެއް ރީޓެއިލް ވިޔަފާރި ހުއްޓާލުން

އަމްރު ވިދާޅުވީ، އެސްޓީއޯ އިން ބަލާނީ އަމިއްލަ ވިޔަފާރިތަކަށް ޗެލެންޖަކަށް ނުވާނެ ފަދަ ގޮތަކަށް އެސްޓީއޯގެ ވިޔަފާރިތައް ބައްޓަން ކުރުމަށް ކަމަށެވެ. އަމިއްލަ ކުދި ވިޔަފާރިތައް "ޗަސްކޮށްލައި"، ނުވަތަ މާކެޓް ގެއްލޭ ފަދަ އެއްވެސް ކަމެއް އެ ކުންފުނިން ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ބަދަލުގައި އެފަދަ ވިޔަފާރިތަކަށް އެހީތެރިވާ، ހިންގޭނެ ގޮތްތައް ފަހިކޮށްދޭ ކުންފުންޏަކަށް އެސްޓީއޯ ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެސްޓީއޯ އިން އެންމެ ބޮޑު ކަމަކަށް މިކުރަނީ ތެލާއި ކާޑު ގެނައުން. އެ ދެ ކަންތައް ވެސް ކުރަނީ ގެއްލުމުގައި. އެހެންވީމަ އެ ދެ ކަން ކުރުމަށް އިތުރު ކަންކަން ވެސް ކުރަންޖެހޭ. އެސްޓީއޯއިން ވިޔަފާރިތަކެއް ކުރާނެ. އެކަމަކު ހެޑްސެޓާއި ފޯނާއި ސްޕީކަރާއި ބޮތްކާއި ބައެއް އިލެކްޓްރޯނިކް އައިޓަމްތަކާއި ހޯމް އިމްޕްރޫވްމެންޓްގެ ބައެއް ސާމާނު ވިއްކުން ހުއްޓާލާނަން،" އަމްރު ވިދާޅުވި އެވެ.

އެސްޓީއޯ ސުޕަމާޓް

އަމްރު ވިދާޅުވީ، އެސްޓީއޯ އިން އިސްކަންދޭނީ އާންމު އަދި ކުދި ވިޔަފާރިތަކަށް ކުރަން އުނދަގޫ ނުވާ ކަހަލަ ތަކެތި ގެނެސްގެން ވިއްކުމަށް ކަމަށެވެ.

އެސްޓީއޯގެ ހިންގުން އިސްލާހު ކުރުމަށް ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއިން ކުންފުނި ޑައުންސައިޒު ކުރަންޖެހޭ މިންވަރު އެނގިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތެލުގެ ވިޔަފާރި ކުރުމުގައި ހުރި ދަތިތައް

އަމްރު ވިދާޅުވީ، ތެލުގެ ވިޔަފާރިން އެންމެ އެކަށީގެންވާ ނަފާއެއް ނުލިބެނީ، ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ މަސައްކަތްތަކަށް ތެޔޮ ސަޕްލައި ކޮށްގެން ލިބެންވާ އާމްދަނީ ނުލިބުމުން ކަމަށެވެ. ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން 2.4 ބިލިއަން ރުފިޔާ އެސްޓީއޯ އަށް މިހާރު ވެސް ލިބެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެސްޓީއޯ އަށް ލިބޭ އާމްދަނީ ނުލިބުމުގެ ސަބަބުން ކުންފުނީގެ ހަރަދުތައް މެނޭޖު ކުރުމަށް އެހެން ގޮތް ގޮތުން ފައިސާ ހޯދުމަށް ކުންފުންޏަށް މަޖުބޫރުވާ ކަމަށް އަމްރު ވިދާޅުވި އެވެ. މިކަން ކުރުމަށް ކުންފުންޏަށް ޖެހެނީ ލޯނު ނަގާށެވެ. ލޯނާ އެކު 7 ޕަސެންޓް ނުވަތަ 8 ޕަސެންޓްގެ އިންޓްރެސްޓް ދައްކަންޖެހެ އެވެ. ކުންފުނިތަކުން ލިބެން ޖެހޭ ފައިސާ ނުލިބި އެސްޓީއޯ އަށް ވަނީ ފައިސާ ހޯދުމަށް ފައިނޭންސިން ކޯސްޓް ވެސް ބެއަ ކުރަން ޖެހިފަ އެވެ.

އެފްއެސްއެމް އީޒީފިލް ޕެޓްރޯލް ޝެޑް

"މި އަހަރު އެކަނި ވެސް ހަމައެކަނި އެކަމަށް ޓަކާއި (ފައިނޭންސިން ކޯސްޓް) 163 މިލިއަން ރުފިޔާ ހަރަދުވި. ފައިސާ ލިބޭ ކަމުގައިވާ ނަމަ ކުންފުނި ހިންގަން ފަސޭހަވާނެ. ފެނަކަ ފަދަ ކުންފުނިތަކުން ވެސް އެއްވެސް ވަރަކަށް ޕޭމެންޓެއް ނުލިބޭ. ވަރަށް އުނދަގޫ. އެކަމަކު އަޅުގަނޑުމެން އެބަޖެހޭ ސަޕްލައި ވެސް ކުރަން. އަޅުގަނޑުމެން އެބަޖެހޭ ސްޓެލްކޯ އަށް ވެސް ސަޕްލައިކުރަން،" އަމްރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެސްޓީއޯ އިން އެހެން ކުންފުނިތައް ވެސް ބަލަހައްޓަމުންދާ ކަމަށެވެ. އެ ކުންފުނިތަކަށް ލިބޭ ގެއްލުންތައް ވެސް ބެއަ ކުރަންޖެހެނީ އެސްޓީއޯއިން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ވިޔަފާރިތަކަށް ލިބޭނެ ގެއްލުން ކުޑަ ކުރުމަށްޓަކައި އެ ކުންފުނިން ތެލުގެ ވިޔަފާރި ވެސް ކުރަނީ ކުޑަ ފައިދާއާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ޖެޓްފިއުލް ވެސް އަގު ބޮޑު ވެއްޖެ ނަމަ ޓިކެޓްތަކުގެ އަގު ބޮޑުވެގެންދޭ. ވަރަށް މާޖިން ކުޑަކޮށް ތެޔޮ މި ވިއްކަނީ. އަދި އެސްޓީއޯގެ މައިގަނޑު ވިޔަފާރިކަމުގައިވާ ތެލުން ލިބެންޖެހޭ ފައިސާ ނުލިބޭ ނަމަ އެސްޓީއޯގެ ދެން ހުރި ހުރިހާ ވިޔަފާރިއަކަށް އޭގެ އަސަރު އެބަ ކުރޭ،" އޭނާ ވިދާޅުވި އެވެ.

ފާމަސީތައް މޮނީޓައެއް ނުކުރެވޭ

އަމްރު ވިދާޅުވީ، އެސްޓީއޯ އިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފާމަސީތައް ހިންގާ އިރު ވަރަށް ގިނަ މައްސަލަތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. ފާމަސީތަކުގެ ސްޓޮކް ބެލެއްޓުނު ކަމުގައިވީ ނަމަވެސް ވިޔަފާރި އެންމެ އެކަށީގެންވާ ގޮތެއްގައި މޮނީޓަ ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެނގޭ ގޮތުން ފާމަސީތައް ހުޅުވާފައި ހުންނަނީ. އެކަމަކު ރަށްރަށުން ލިބޭ ޝަކުވާ، ފާމަސީތައް ވެސް ނުހުޅުވާ ކަމަށް. ހުޅުވާ ލެއްޕުމުގައި ދިމާވޭ މައްސަލަ،" އޭނާ ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ، ކޮންމެ ރަށެއްގައި ފާމަސީ ހިންގާނެ ތަނެއް ރެންޓުކޮށްގެން އެތަނަށް ސްޓާފުން ލައިގެން ހިންގަން ޖެހޭ އިރު ވަރަށް ބޮޑު ހަރަދެއް ހިނގާ ކަމަށެވެ. ޕާމަސީތައް ހިންގަނީ ވަރަށް ބޮޑު ގެއްލުމެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ. ބޭހަކީ ވަކި ގޮތަކަށް ބަލަހައްޓަން ޖެހޭ އެއްޗަކަށްވާ އިރު ސްޓާފުންނަކީ އެންމެ ފުރިހަމައަށް ޓްރެއިން ވެފައިވާ ސްޓާފުން ނޫން ކަމުން ބޭސް ބެލެހެއްޓުމުގައި މައްސަލަ ދިމާވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މާލޭގައި ތިބެ ރަށްރަށުގައި އެކަން ކުރާތީ މޮނީޓަ ކުރުމުގެ ވަރަށް ބޮޑެތި މައްސަލަ ދިމާވޭ. އަސްލު އެންމެ ރަނގަޅު މޮޑެލަކީ ހޮސްޕިޓަލުން ފާމަސީތައް ހިންގުން. ހޮސްޕިޓަލުތަކުގައި ހުންނާނެ އެ ކެޕޭސިޓީ،" އޭނާ ވިދާޅުވި އެވެ.

އެސްޓީއޯ އިން އެއްވެސް ދައްޗެއް ނެތި ބޭސް ސަޕްލައި ކުރެވިދާނެ ކަމަށާއި އެކަން ކުރުމުގެ ގާބިލްކަން އެ ކުންފުނީގައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ. މިކަން ކުރުމުގައި އެސްޓީއޯ އާއި ރައްޔިތުންނަށް އަދި ސަރުކާރަށް އެންމެ ފަސޭހަ ގޮތަކީ ކޮބައިކަން ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީހުން ދިރިއުޅޭ 186 ރަށުގައި ފާމަސީތައް ހުޅުވާފައިވަނީ 2015 ވަނަ އަހަރު އެވެ.

އުތުރުގައި ތެޔޮ ބަންކަރެއް

އެސްޓީއޯގެ އާމްދަނީ އިތުރު ކުރުމަށްޓަކައި ރާއްޖޭގެ އުތުރުގައި ތެޔޮ ބަންކަރެއް ބެހެއްޓުމުގެ މަސައްކަތަކީ ފައިދާވާނެ މަސައްކަތެއް ކަމަށް އަމްރު ވިދާޅުވި އެވެ. އަމްރު ވިދާޅުވީ، މާލެއަށް ހަމައެކަނި ގެނެވެނީ ރާއްޖެއަށް ބޭނުންވާ ތެޔޮ ކަމަށާއި މިކަމުގެ ސަބަބުން ފްރައިޓް ކޯސްޓް ބޮޑުވާ ކަމަށެވެ.

"ދުނިޔޭގެ ބޮޑެތި ބޯޓު ފަހަރުތައް، ހާއްސަކޮށް އޮސްޓްރޭލިއާ ސަރަހައްދަށް ދަތުރު ކުރާ ކަމުގައިވާ ނަމަ ރާއްޖޭގައި އެބަ މަޑުކުރޭ. އެފަރާތްތަކަށް ތެޔޮ ސަޕްލައި ކުރެވިއްޖެ ނަމަ ބޮޑު ފައިދާއެއް ވާނެ. އޭރުން ރާއްޖެއަށް ބޭނުންވާ ތެޔޮވެސް އަގު ހެޔޮކޮށް ލިބޭނެ،" އަމްރު ވިދާޅުވި އެވެ.

ތެޔޮ ވިއްކައިގެން ލިބޭ އާމްދަނީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއާ ވާދަކުރެވޭ ވަރުގެ އާމްދަނީއަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ބަލްކުކޮށް މުދާ ގެނެސްގެން ރީޕެކް ކޮށްގެން ތަކެތި ވިއްކުމަކީ ވެސް އެސްޓީއޯއަށް ކުރެވޭނެ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ. މިކަމުގެ ސަބަބުން އާންމު ވިޔަފާރިވެރިންނަށް އަގު ހެޔޮކޮށް މުދާ ހޯލްސޭލްކޮށް ލިބޭނެ ކަމަށް އަމްރު ވިދާޅުވި އެވެ. މިފަދަ ކަމެއް ކުރެވިއްޖެ ނަމަ ބައެއް ކަހަލަ މުދާތައް ބޭރުން ނުގެނެސް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

59 ކޮމެންޓް, 155 ރިއެކްޝަންސް

icon happy icon happy 86%
icon sad icon sad 2%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުހީ

10 December 2018

ރައްރަށަށް އަގުހެޔޮކޮށް އިމާރާތްކުރާ ސާމާނު ގެންދެވޭނެ ގޮތް ހެދުމަކީ ރައްރަށުގެ ތަރައްގީޔަށް ވަރަށް މުހިއްމުކަމެއް.

The name is already taken The name is available. Register?

ކުނި ބުނި

10 December 2018

ކޮންމެ މީހަކު ވެސް އައިސް ފޮނި ބާސާ ތަކެއް މި ކަނޑާލަނީ ތިމާޔަށް ވާނޭ ކިޔާފަ، އެކަމަކު ވާކަމެއް ހަމަ ހަރާމް ހުރިހާ ދެރައެއް މިލިބެނީ ނިކަމެތި އާދައިގެ ސްޓާފުންނަށް ކޮރަޕްޓް ވެފަ ތިބޭ ބައިގނޑު އަބަދުވެސް ކޮންމެ ސަރުކާރެއްގަ ވެސް ހަމަ ކުލަ ބަދަލު ކޮށްގެން ބޮޑު ކަންމަތީގަ ކުންފުނި ދަވާލަން މީތި ކަޑައޭ، ވިސްނާފަ ހަމަމަގަށް ކަންކަން އަޅުވަބަލަ، ސްޓާފުންގެ ހައްގު އެންމެ ބޮޑަށް ނިގުޅައި ގަނެފަ އޮންނަ ކުންފުނި ތީ މިހާރު،

The name is already taken The name is available. Register?

ދެބަންދިހާރު

10 December 2018

ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏަކަށް ފައިދާވޭތަ

The name is already taken The name is available. Register?

ދެބަންދިހާރު

10 December 2018

މަނިކުފާނޫ ކުންފުނި ގެއްލުމުގައި ހިނގަނީކީއެއްނޫނޭ ލިބެންޖެހޭ ލާރި ނުލިބެނީ ކޮންމެ ފަސް އަހަރަކުން ނުޖެހޭ ކުންފުނިތައް ރީބްރޭންޑްކޮށް ލޯގޯ ބަދަލުކޮއް ހުރިހާ ކަމެއްކުރާކަށް

The name is already taken The name is available. Register?

ބޭރު

10 December 2018

އާންމު ބޭނުންތަކުގެ މުދަލުގެ އަގު ހިފެހެއްޓުމަށްޓަކައި އެސްޓީއޯގެ ރީޓެއިލް ވިޔަފާރި ހުއްޓާލުމަކީ ބުއްދިވެރި ގޮތެއް ނޫނެވެ. އާންމު ފިހާރަތަކުން ވަރަށް ބޮޑު މާޖިނެއްލާފައި މުދާ ވިއްކާއިރު އެ މާޖިން އިތުރަށް ބޮޑު ކުރިޔަ ނުދިނުމަށްވެސް އެސްޓީއީގެ ރީޓައިލް ފިޔަވާރި ހިންގަން ޖެހެއެވެ. ދެން ސްޓެލްކޯއާއި ފެނަކަ އަދި އެހެން ދައުލަތުގެ ކުންފުނިތަކަށްވެސް އެސްޓީއޯ ނޫން ތަކަނަކުން ތެޔޮ ނުގަނެވޭގޮތް ހަދަންޖެއެވެ. ފާމަސީތައް ހޮސްޕިޓާތަކަށް ދޫކޮށްލުން ރަގަޅެވެ

The name is already taken The name is available. Register?

މަރުމޯލު

10 December 2018

އައުކޮޅުމަތީ ތަޅާ ފޮނި އަނގަ! ތިޔައިން އެއްކަމެއްވެސް ނުވާނެ! ބޭރު ބޯޓުފަހަރަށް ހަދާ އިހަވަން ދިއްޕޮޅު ބަނދަރު ނިމެގެން ދެން ތިޔަ ވިއްކަންފެށީ އެތަނަށް އަންނަ ބޯޓު ފަހަރަށް ތެޔޮ! ތިޔަކަހަލަ ހުވަފެން ނުދައްކާ ކާޑާއި، ތެލާއި ގޭސް ފަސޭހައިން އަތޮޅުތަކުން ލިބޭނެގޮތް ހަމަޖައްސައި ދީ! މިހާރު ހަފުތާއަކަށް ވިއްސާރަ ކުރިޔަސް ދެލާ ކާޑަށް ދަތިވޭ!

The name is already taken The name is available. Register?

މުހައްމަދު

10 December 2018

އެސްޓީއޯ ސިމެންތި މިހާރުވެސް މާއަގުބޮޑު. ސީދާ ބޭރުން ގެނައިމަ 100ރ އަށް ފައިދާއާއި އެކު ވިއްކޭނެ. ނަމަވެސް ލަފާރޖް މޯލްޑިވްސް އަތުން ގަނެގެން މިކަމެއް ނުވާނެ. ލަފާޖަކީ ފެށުނީއްސުރެން ގެއްލުންވާ ކުންފުންޏެކޭ ބުނަނީ. ތިއެއްވެސް އެނގޭނީ ކޮނެލީމަ. 20 އަހަރު ވަންދެން އެސްޓީއޯއިން މިކަން ކުރަނީ ކީއްވެބާ?

The name is already taken The name is available. Register?

މާރަނގާ - އައްޑޫ ސިޓީ

09 December 2018

އެމްޓީޑީސީއަށް ގެއްލުންވާތީ ރިސޯޓެއް ހިންގޭކަށްނެތް.؟! އެސްޓީއޯއަށްގެއްލުންވާތީ ޕެޓްރޯލް، ޑީސަލް ޖެޓްފިއުލް، ހަނޑޫ ހަކުރު ފުށް ފަދަ އެއްވެސްއެއްޗަކުން ދައުލަތުން ސަބްސިޑައިޒްކުރުމުންވެސް ވަނީގެއްލުން؟! ޤައުމީއެއަރލައިނުން ފައިދާއެއްނުވިޔަސް އެތަންހިންގާންހުރި 33 އަހަރުގެތަޖުރިބާކާރު ޔާމީނުގެކެމްޕެއިން މީހުންއުފުލާން ކުންފުނިން 4.8 މިލިޔަންގެ ދަރަނިދޫކުރި؟! ދައުލަތުންހަދާކުންފުނިތައްގޯހީތޯ ނުވަތަ ކުންފުނިހިންގާންތިބިމީހުންގެ މަކަރުވެރިކަންބޮޑީތޯ؟

The name is already taken The name is available. Register?

ނެޝަނަލިސްޓް

09 December 2018

ތެލުން އެސް.ޓީ.އޯ. އަށް ލިބެންވާ ފައިދާ ނުލިބޭ ސަބަބެއް އޮންނާނެ! ތެލުގެ ވިޔަފާރިއަކީ ފައިދާ ނުވާ ވިޔަފާރިއެއްނަމަ މާލޭ ދެކުނު ބަދަރުގައި އެހާގިނަ ބައުޒަރު އޮންނާނެ ކަމަކަށް ނުފެނޭ!

The name is already taken The name is available. Register?

ތަމް

09 December 2018

ތިހިިރަ ހުރިހާ ކަމެއް ތީ މާކުރިން ކުރަން ނިންމާފަ ހުރި ކަންތައްތައް ކުރީގެ އެމްޑީ އަހުމަދު ސަހީރު. ސިޔާސީ ނުފޫޒު ބޮޑު ކަމުން ނުވަނީ.އަމްރުއަށް ވެއްޖެއްޔާ ރަނގަޅު.އަދި ބުނެލާން ބޭނުން އެއްބައި ޕްރޮޑަކްޓްސް ހުއްޓާ ނުލާ ވިއްކަން ޖެހެނީ ރަށްރަށުން އެތަކެތީގެ އަގުހެޔޮކުރަން. މިސާލަކަށް އެސްޓިއޯއިން އަައްޑޫ ހުވަދޫގަ ސިމެންތި ވިއްކަނީ 135 އަށް ބަސްތާއެއް. އެސްޓީއޯ އައުޓް އޮފް ސްޓޮކް ވެއްޖެޔާ 175 އަށްވުރެން އަގު ބޮޑުކޮށްލާނެ ޕްރައިވެޓް ވިޔަފާރިވެރިން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454