މިފްކޯ މަސް ފިހާރަ
10 ޑިސެމްބަރ 2018 - 12:20
މަސްވެރިންގެ ދުވަހާ ދިމާކޮށް މިފްކޯގެ އައިސް ޕްލާންޓްތަކުން މަސްވެރިންނަށް ޑިސްކައުންޓް ދިނުމަށް ނިންމައިފި އެވެ.
މިފްކޯގެ ޗީފް އޮޕަރޭޓިން އޮފިސަރު ރަމްޒީ އަބޫބަކުރު ވިދާޅުވީ، މަސްވެރިންގެ ދުވަހާ ދިމާކޮށް މިފްކޯގެ އައިސް ޕްލާސްންޓްތަކުން 15 ޕަސެންޓް ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ ކަމަށެވެ. މިފްކޯ އިން ރާއްޖޭގެ އެކި ހިސާބުގައި 16 އައިސް ޕްލާންޓް ވަނީ ބަހައްޓައިފަ އެވެ. މިހުރިހާ ތަނަކުން ވެސް މަސްވެރިންނަށް މިއަދު ޑިސްކައުންޓް ލިބޭނެ އެވެ.
މީގެ އިތުރުން މިއަދު މަސް ކިރާ ކޮންމެ ދޯންޏަކަށް މަސް ކޭހެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މަސް ކިރާ ސައިޓްތަކުގައި ހުންނަ ފިހާރަތަކުން ވެސް މަސްވެރިންނަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިފްކޯގެ ފިހާރަތަކުން ކަސްޓަމަރުންނަށް ވެސް ހާއްސަ ޑިސްކައުންޓްތަކެއް ލިބޭނެ ކަމަށް ރަމްޒީ ވިދާޅުވި އެވެ. އެގޮތުން ފަސް ޕަސެންޓާ ހަމަޔަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން މާލޭ ސިޓީގެ ދެ ފިހާރައިންނާއި ހުޅުމާލޭގެ މިފްކޯ ފިހާރައިން ޑިސްކައުންޓް ލިބިގެންދާނެ އެވެ. ސަރުކާރުގެ މަސް ކުންފުނި މިފްކޯ ހިންގާތާ 30 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު އެ ކުންފުނި ބަނގުރޫޓުވުމާ ގުޅިގެން 2016 ވަނަ އަހަރު ވަނީ އެސްޓީއޯގެ ދަށަށް ގެންގޮސްފަ އެވެ.
މިފްކޯގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި މި ފާއިތުވެދިޔަ ފަސް އަހަރު އޭރުގެ ސަރުކާރުން 621.4 މިލިއަން ރުފިޔާ ވަނީ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިނާންސް
10 December 2018
ރަމްޒީތޯ އަދިވެސް އެތާ އިންނެވީ؟ މީހަކު އަޅެފަހެ ހައިރާން ނުވާނެތަ. އަމްރުމެން ދެން ތަންކޮޅެއް ސުޕީޑު ދަށްކޮށް މި ފެންނަނީ. ރަނގަޅު ކުރާނެކަމަށް ޔަގީން ކުރަން. ވ ވެދުން.
ނަން
11 December 2018
ރަމްޒީއަކީ މިފްކޯ މަތީފަންތީގަ ތިބި މީހުންގެ ތެރެއިން ހެޔޮ ނިޔަތެއްގަ ތެދުވެރިކަމާއެކީ ކަމެއް ކުރަން އުޅޭ އެކަކަު. ކަމަކަށް ތިއަހާލި މީހާ އެމްޓީސީސީއަށް ހަދާލިގޮތް ހަނދާނެއް ނެތް ދޯ؟