އަލަށް އައްޔަން ކުރެއްވި ޑެޕިއުޓީ މިނިސްޓަރުން (ކ-ވ) އަބްދުﷲ ހުމައިދު، ހިދާޔާ ނަސީރު އަދި ޑރ. ނައުޝާދު މުހައްމަދު.
10 ޑިސެމްބަރ 2018 - 20:09
އިތުރު ތިން މިނިސްޓްރީއެއްގެ ޑެޕިއުޓީ މިނިސްޓަރުކަމަށް ތިން ބޭފުޅަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރައްވައިފި އެވެ.
އެއީ:
1- ޓޫރިޒަމް މިނިސްޓަރުގެ ނައިބަކަށް ޑރ. ނައުޝާދު މުހައްމަދު، މއ. އަމީނީވިލާ
2- ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރުގެ ނައިބަކަށް ހިދާޔާ ނަސީރު، ސ. ހިތަދޫ، ކޯޒްވޭވިލާ
3- ފޮރިން އެފެއާޒް މިނިސްޓަރުގެ ނައިބަކަށް އަބްދުﷲ ހުމައިދު، ދ. މާއެނބޫދޫ، މޫރިތި
މި ތިން ބޭފުޅުންނާ އެކު، މިދިޔަ މަހުގެ 17 ގައި ހުވާކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އަލަށް އައްޔަން ކުރެއްވި ޑެޕިއުޓީ މިނިސްޓަރުންގެ އަދަދަކީ އަށެކެވެ. މި މަހުގެ ހަތަރުވަނަ ދުވަހު ވެސް ރައީސް ވަނީ ދެ މިނިސްޓްރީ އަކަށް ހަތަރު ނައިބަކު އައްޔަން ކުރައްވައިފަ އެވެ.
އެކަމަކު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އައްޔަން ކުރައްވާފައިވާ ޑެޕިއުޓީ މިނިސްޓަރުންނާ އެކު، އެ މަގާމުގައި މިހާރު ތިއްބެވި ބޭފުޅުންގެ އަދަދު 29 އަށް އަރަ އެވެ.
މި ސަރުކާރަށް 39 ސްޓޭޓް މިނިސްޓަރުންނާއި 50 ޑެޕިއުޓީ މިނިސްޓަރުން ހަމަޖައްސަން ވަނީ ނިންމައިފަ އެވެ.
މި ސަރުކާރުގައި މިހާތަނަށް އަލަށް އައްޔަން ކުރެއްވި ސްޓޭޓް މިނިސްޓަރުންގެ އަދަދަކީ 29 އެވެ.
ސްޓޭޓް މިނިސްޓަރެއްގެ މުސާރަ އަކީ މަހަކު 32،000ރ. އެވެ. އޭގެ އިތުރުން ސްޓޭޓް މިނިސްޓަރަކަށް މަހަކު 15،000ރ. ގެ އެލަވަންސެއް ލިބިވަޑައިގަންނަވާނެ އެވެ. އެހެންވެ، ކޮންމެ ސްޓޭޓް މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި މަހަކު 47،000ރ. ލިބިވަޑައިގަންނަވާނެ އެވެ.
ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 35،500ރ. އެވެ. އެއީ 20،500ރ. ގެ މުސާރަ އާއި 15،000ރ. ގެ އެލަވަންސެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޜާވެރި
16 December 2018
މިއީ ކުޅޭކުޅޭ ރާއްޖެއެއް
މާލި
12 December 2018
ހުމައިދަށް މަރްހަބާ! ނަޒާހަތްތެރިކަން ހިފަހައްޓަވާތި
މާލި
12 December 2018
މިނިސްޓަރުން އިތުރުކުރުމުން ލިބޭނެ ހިތްހަމަޖެހުމަކީ ހަމައެކަނި ވަޒީފަތަކެއް އިތުރުވުން
ސްޓޫޑެންޓެއް
12 December 2018
ނައުޝާދު ސަރ އަށް މަރުޙަބާާ
ކީއްކުރާނީ
11 December 2018
ރައްރަށުގެ ކައުންސިލަރުންނަކީ ހުރިހާކަމެއްގަ ޙަރަކާތްތެރިވާބައެއް. މިސާލަކަށް ޕޮލިހުންނެތީމަ ކިތަންމެ ނުރައްކާ ހާދިސާއެއް އަދި ނުރައްކާތެރި މާރާމާރީ ހިނގިޔަސް ހައްލުކުރަން ކައުންސިލަރުން، މަގުމަތީ ބައްތިޖަހަންވެސް ކައުންސިލަރުން، ކުނި މެނޭޖް ކުރަންވެސް. ޖުމްލަކޮށް ރަށަކަށް ދިމާވާ ހުރިހާ ކަމެއްގައި އެންއިސްކޮށް ހަރަކާތްތެރިވަނީ ކައުންސިލަރުން އެކަށީގެންވާ މުސާރައެއް ނުދޭތާ ދައުރަކީވެސް އެންމެ 3 އަހަރު
މުނައްވަރު (މޮފްޓް)
11 December 2018
ތި ނަައުޝާދު ހަޔަރ އެޑިއުކޭޝަންއަށް ލީނަމަ މާ ރަންގަޅުވީސް ތޯއްޗެ..
އަލިބޭ
12 December 2018
އެޑިއުކޭޝަން މިނިސްޓަރަކަށް ލާންޖެހޭ ބޭފުޅެއް
އާދަމް ޝަރީފް
11 December 2018
ދައުލަތުގެ އިސްމަގާމްތަކެއްވީމަ ރަގަޅު މުސާރައެއް ދިނުން ރަގަޅު. ހަމައެއާއެކު އެބޭފުޅުންގެ ޕާފޯމަންސް ރަގަޅުވާން ޖެހޭނެ. އަދި ނަޒާހަތްތެރި ބަޔަކަށްވެސް ވާނެޖެހޭ. އަދި ހަވާލުވާ ކަމެއްގެ ފުރިހަމަ ޒިންމާނެގުމާއެކު ރައްޔިތުންނަށް ޖަވާބުދާރީ ވެވެންވާނެ. މަސައްކަތަކާއި މަސްއޫލިއްޔަތެއް ނެތް ގޮތަށް މގާމްތަކަށް މީހުންލެވިގެންނުވާނެ.
ހެހހެހެއގވ
11 December 2018
ސިވިލްސާވަންޓުން ގެ މުސާރަ ބޮޑުކޮއްދީބަލަ އެހެރަ އަޑުބާރޭ އައްވެސް ސްޓޭޓް މިނިސްޓަރެއްގެ ވަޒީފާ އެދިނީ ކިޔަވާނެ ކަމެއްނެއް
Abdulla
11 December 2018
ކުރީގެ ސަރުކާރުގައި ދިނީ، ގިނައިން ދީފައިވަނީ ސްޓޭޓް މިނިސްޓަރުގެ ލެވެލް ގައި "ސީނިއަރ ޕޮލިސީ އެގްޒެކެޓިވް" އަދި މިނިސްޓަރުގެ ނާއިބު ލެވެލްގައި "ޕޮލިސީ އެގްޒެކެޓިވް" މިކަން ދަންނަވާލިން. ނޫސްވެރިންވެސް މިކަންކަން ފާހަގަކޮށްލަން ދަންނަވަން.
ޢެޓޮމް
11 December 2018
އެކިނަންނަމުގަ ކޭކު ފެޅާބެހުން މެކުހަން ރައްޔިތުންގެޖީބައް ލުއެއްނުލިބޭ އެތެރޭގެ އުދުހުން ކަރަންޓް ކާޑްގެބާވަތް ހަބަރެއްނެތް މިނިސްޓޜ އައިޝާ ވިދާޅުވި އަގު ހެޔޮވާނެކަމަށް.
މުސާރަ 6000
11 December 2018
އަހަރެމެންގެ މުސާރައަކީ އެންމެ 6000 ރުފިޔާ.އަހަރެމެން މަސައްކަތް ކުުރާހާ ގާތައްވެސް މި މީހުންނަކަށް މަސައްކަތެއް ނުވާނެ.ހުރިހާ މަސައްކަތެއް އެޑްމިން އޮފިސަރުން ބޮޑު މުސާރަ މިމީހުނަަށް ކޮން ކަހަލަ އިންސާފއެއްމީ....
އަލީ ރާޖާ
11 December 2018
އެމީހުން ކޮންޓްރޯލް ކުރާ ވަރަށް ވޯޓު ކޮންޓްރޯލް ކުރެވެންޏާ ސިޔާސީ ދާއިރާއަށް ނުކުމެބަލަ. އެއިރުން ލިބޭނެ.