އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމެއް: މަރުގެ އަދަބު ހުއްޓުވަން ހުށަހެޅި ގަރާރަކާ ދެކޮޅަށް ރާއްޖެ އިން ވަނީ ވޯޓު ދީފައި --ފޮޓޯ/އދ.
18 ޑިސެމްބަރ 2018 - 00:56
މަރުގެ އަދަބު ދިނުން ހުއްޓުވުމަށް އދ. އަށް ހުށަހެޅި ގަރާރަކާ ދެކޮޅަށް ރާއްޖެ އިން އދ. ގައި މިއަދު ވޯޓު ދީފި އެވެ.
މަރުގެ އަދަބު ދިނުން ހުއްޓުވުމަށް އދ. ގައި ރާއްޖެ އިން ވޯޓު ދިނީ ޖެނެރަލް އެސެމްބްލީގައި މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ. އެ ގަރާރާ ދެކޮޅަށް ވޯޓު ދިނުމުގެ އިތުރުން ރާއްޖެ އިން ވަނީ އޭގެ ސަބަބު ވެސް ސާފުކޮށް ދީފަ އެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރާއްޖެ އިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު އަލީ ނަސީރު ވިދާޅުވީ 2014 ގައި ރާއްޖޭގައި އަމަލުކުރަން ފެށި ގާނޫނުލް އުގޫބާތުގެ ދަށުން ވަކި ހާލަތްތަކެއްގައި މަރުގެ އަދަބު ދެވިދާނެ ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ. އެހެންވެ، އިސްލާމީ ޝަރީއަތާ އެއްގޮތަށް އެ ހުކުމް ތަންފީޒު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރާތާ 60 އަހަރު ވެފައިވާކަން ފާހަގަ ކުރައްވައި، އަލީ ނަސީރު ވިދާޅުވީ ރާއްޖޭގައި މަރުގެ ހުކުމެއް ދެން ތަންފީޒު ކުރާނީ އަދުލު އިންސާފުގެ ނިޒާމަށް ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ޔަގީންކަން ލިބުމުން ކަމަށެވެ. އަދި މިނިވަން، އިތުބާރު ހިފޭ ޝަރުއީ ނިޒާމެއް ގާއިމްކޮށް، އެ ނިޒާމު އިސްލާހުކޮށް ވަރުގަދަ ކުރަން ރާއްޖެ އިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.
ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބެއް ތަންފީޒު ކޮށްފައިވަނީ ކުރީގެ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަމުގައި 1954 ވަނަ އަހަރު އެވެ. އޭގެފަހުން ވެސް އެކި ކުށްތަކާ ގުޅިގެން މީހުންގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުނަސް، އެ ހުކުމް ތަންފީޒެއް ނުކުރެ އެވެ.
މަރުގެ މައްސަލަތަކުގައި މަރަން ހުކުމް ކޮށްފައި ތިބި މީހުން މިހާރު ވެސް ރާއްޖޭގައި އެބަތިއްބެވެ. އޭގެ ތެރެއިން ވެސް ތިން މީހެއްގެ އިސްތިއުނާފްގެ ހުރިހާ މަރުހަލާތަކެއް މިހާރު ވަނީ ނިމިފަ އެވެ. އެކަމަކު އެ ހުކުމްތައް އަދިވެސް ތަންފީޒެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާލިހެއް ނޫން
18 December 2018
އަނިޔާވެރިކަމާއި ދެކޮޅަށް އަންނަ ބަޔަކު މީހުން މަރާނެ ކަމަށް ބުނުމަކީ ލަދުވެތި ކަމެއް. ތާއީދެއް ނޫން. ދެން ދީނޭ ދީނޭ ކިޔާ މީހުން ކައިރީ އަހާލަން އޮތީ ރިބާ އާއި، ރަލާ، އޫރު މަހާ ވިއްކުން އިހައް ހުއްޓުވާށޭ. އަތް ކެޑުމާ، ރަޖަމު ކުރުމާވެސް ތަންފީޒު ކުރާށޭ.
ރާއްޖެ މީހާ
31 December 2018
މީހުން ހިތުތެރޭ މަޑުމަޑުން ދީނީ ހުކުމް ތަކާމެދު ސުވާލު އުފައްދަން ބައެއް މީހުން މަސައްކަތް ކުރޭ. އަނިޔާވެރިކަން ނައްތާލުމަކީ ހުކުމްތައް ތަންފީޒު ނުކުރުމެއް ނޫން
ހައިރާން
18 December 2018
ރާއްޖޭގައި މި އޮންނަނީ ޗެރީ ޕިކިން އުސޫލުން ދީނީ ކަންކަން ކުރުން. މަރަށް މަރު ހިފަނިކޮށް ނިމުނީ. ވަރިހަމަ އައުރަ ނިވާ ނުކޮށް މަގުމަތީ އުޅުނަސް. އަތްކެޑުމާއި ރަޖަމްކުރުން އަޑުނީވޭ ކަމަށް ހެދިގެން ތިއްބަސް، ރަލާއި އޫރުމަސް އެތެރެކޮށް ވިއްކިޔަސް، ދެން ކޮން ދީނެކޭ ދީނެކޭ މިކިޔަނީ؟
އަލީ ރާޖާ
18 December 2018
" ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް މިތާ އިސްލާމްދީން އޮންނާނެ " އައްޑޫ އިލިޔާސް
އަލީރާޖާ
18 December 2018
އދ ގައި މި ގަރާރާއި އެއްކޮޅަށް ވޯޓު ދިން ނަމަވެސް އެ ބުނެވެނީ ހަމަ މިހާރުވެސް ރާއްޖެއިން އެބުނާ ބަސް. “Moratorium”ގެ މާނަ އަކީ ވަގުތީ ގޮތުން ކަމެއް ހުއްޓާލާފައި ބޭއްވުން.
އަލީބަލީ
18 December 2018
އެއްވެސް ދީނީ އިލްމުވެރިއަކު މި ރާއްޖޭގައި ރަޖަމު ކުރުމާއި އަތްކެޑުމުގެ ވާހަކަ ނުދައްކަނީ ކީއްވެބާ. ކީރިތި ރަސޫލާގެ ސުންނަތުގައި މިހާރު ފެންނަން ނެތީތޯ؟ އަބަދު މަރަށް މަރު މަރަށް މަރު!
ހަލީމު
31 December 2018
ސިޑިން މައްޗަށް އަރާ އިރު ކީއްވެ އެންމެ މަތީ ހަރުފަތުގަ ފުރަތަމަ ފައި ނާޅަނީ؟
މަރޭމިތުރާ
18 December 2018
މަރަށް މަރުހިފުމާއި، ވައްކަންކުރުމުން އަތްކެނޑުމާއި، ބާލިގުވީމާ ކައިވެނިކުރުމާއި، އެކަކާއި ފަސްމީހުން ކައިވެނިކުރުމީ ބޭނުންވިއަސް މިޒަމާނުގައި ކުރުމަށް އެހާފަސޭހަ ކަމަކަށްނުވޭ!!!!
މުޙަންމަދު
18 December 2018
ޅެން ހަދަން މަހައްދޭބަލަ!
އެޑްމުންޑޯ
18 December 2018
ރާއްޖޭގައި މަރުގެ އަދަބް ނުދޭތާ 60 އަހަރުވެއްޖޭ ބާރުލާފައި ބުނާއިރު 60 އަހަރުވީ ކީއްވެތޯ އެއްވެސްމީހަކު ނުވިސްނާ ، ފާއިތުވި 10 ވަރަކަށް އަހަރުކުރިއަށް ބަލާއިރު ރާއްޖޭގައި މަރުގެ އަދަބު ދޭންޖެހޭ ވަރަކަށް ކަންބޮޑުނުވޭ ، މީހުންވެސް ގަސްތުގައި ނުމަރާ ، އެކަމަކު މިހާރު ދެމީހަކު ދެބަސްވާއިރަށް ވަޅިޖަހާ މަރާލަނީ ، ލެވޭ ހެދުމަކުން ، ނުވަތަ ހިގާފައިދާ މަގެއްގެ ސަބަބުންވެސް މީހުން މަރަނީ ، މިހާރު ރާއްޖޭގައި މަރުގެ އަދަބް ނުދޭންވީ ސަބަބެއްނެތް
މަރޭމިތުރާ
18 December 2018
މަރާމަރުތައް ވަމުންދާއިރު ހުކުމް ތަންފީޒު ނުވާހިނދުގާ! ކުރާ އަނިޔާތަކުން އަދަބެއް ވެރިންނަށްކުއް ލިބޭނޭކަން އެނގޭނޭހޭ!
ހަސީން
18 December 2018
މި ސަރުކާރުން މަރުގެ އަދަބު ތަންފީޒު ކުރާނީ އިޒުރޭލުން ސުލްހައައް މަސައްކަތް ކުރާ ބީދާއިން.. ޔާމީނު ގައުނުގެ ދަރަނި ބޮޑު ކުރަނީ އޭ ކިޔާފަ 800 މިލިޔަން ޑޮލަރުގެ ދަރަނިޔޭ ކީ މީހުން މިތިބަ ފެންނަނީ ބަޖާޖްލޭންޑުން 1.4 ބިލިޔަން ޑޮލަރު ނެގިތަން..އެ ވެސް އެއްވެސް ވަކި މަޝްރޫއަކައް އަމާޒު ނުކޮއް ފީސިބިލިޓީއެއް ނަހަދާ ހަމަ ކަނު ބަނދެގެންގޮސް އިންޑިޔާއިން އެޅިހާ ބަތަކައް ރިހަވެގަނެގެން ތިބެ ރައްޔިތުން ގެ ކަރުގަ އެޅުވި ދަރިފަސްކޮޅަައް ޖީލުތަކައް ދާނެދަރަނި
އަޒީޒްސް
18 December 2018
މަރުގެ އަދަބު ދޭނީ ކޯޓުތަކައް އިތުބާރު އުފެދުނީމަޔޯ.. އެއީ ބަހަނާ.. އެބުނާ އިތުބާރެއް ދުވަހަކުވެސް ނުއުފެދޭނެ..އެހެންވީމާ މަރުގެ ހުކުމެއްވެސް ތަންފީޒެއް ނުކުރާނެ.. އެންމެ ފުރަތަމަވެސް ނިކަލޭގެ ވެރިކަމައް އަރާބުނީ 60 އަހަރު ހުއްޓުވާފަ އޮތް މަރުގެ ހުކުމް ތަންފީޒުކުރުން އަލުން ނުފަށާނެކަމައް. މިއީ 30 މޫނުގެ ދެފުއްކެހެރި ވެރީން.
ށަވި
18 December 2018
ޔާމީނު ކަލޭމެންގެ ސިނކުޑިއާ ކުޅެންވެގެން މަރުގެ އަދަބު ދޭނަމޭކިޔަނީ... ކިތައްމީހުންނަށް މަރުގެ އަދަބުދިންތަ އޭނަ
ބާޒީޒް
18 December 2018
ބައެއް މީހުންނަށް ބޮޑަށް ރަގަޅީ މަރުގެ އަދަބު މިދެނީ، މިދެނީ، ހުރިހާ ކަމެއް ނިމިއްޖެ، ދެމަސް، ތިންމަސް، މާދަމާ، މާދަމާ ކިޔަކިޔާ ދޮގުހަދަން 5 އަހަރު ތިބީމަ.