ނަސަންދުރަ ޕެލަސް ހޮޓަލް ހުރި ތަނުގައި ހަދަމުން އަންނަ އިމާރާތް. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
18 ޑިސެމްބަރ 2018 - 18:50
ނަސަންދުރާ ޕެލަސް ހޮޓަލް ހިންގުމަށް ގެލެކްސީ އެންޓަޕްރައިޒަސްއާ އެކު ހެދި އެއްބަސްވުން އުވާނުލައި މުއްދަތު އިތުރު ކުރިނަމަ، ދައުލަތަށް ހަތަރު މިލިއަނަށް ވުރެ ގިނަ ޑޮލަރު (61 މިލިއަން ރުފިޔާ)ގެ ފައިދާއެއް ލިބޭނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
ނަސަންދުރާ ހިންގުމަށް ޓޫރިޒަމް މިނިސްޓްރީން ގެލެކްސީ އެންޓަޕްރައިޒަސްއާއެކު ސޮއި ކުރީ 2010 ވަނަ އަހަރު އެވެ. ނަމަވެސް މިނިސްޓްރީން ވަނީ އެ ބިން އެމްއެމްޕީއާރުސީގެ ދަށަށް ބަދަލުކޮށް، އެއްބަސްވުން ބާތިލްކުރުމަށް ފަހު، 2015 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޅިޔަނު އެއްލައިދޫ މުހަންމަދު މަނިކުގެ މަސްހަލަތު އޮންނަ އެންޕީއެޗް އިންވެސްޓްމެންޓާ ނަސަންދުރާ ހަވާލުކޮށްފަ އެވެ.
ނަސަންދުރާގެ މައްސަލަ ތަހުގީގު ކުރި ގޮތާ ގުޅިގެން އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ ނަސަންދުރާ ތަރައްގީކޮށް ހިންގުމަށް ޓޫރިޒަމް މިނިސްޓްރީން އެމްއެމްޕީއާރުސީއާ ހަވާލުކުރީ ޓޫރިޒަމާ ބެހޭ ގާނޫނާ ހިލާފަށް އިއުލާން ކުރުމަކާ ނުލައި ކަމަށެވެ. އަދި ގެލެކްސީއާއެކު ހެދި އަށް އަހަރު ދުވަހުގެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ފަހު، އެމްއެމްޕީއާރުސީ މެދުވެރިކޮށް އެންޕީއެޗް އިންވެސްޓްމެންޓްއަށް ބިމުގެ ލީސް ހޯލްޑް ރައިޓްސް ވިއްކާލާފައިވާ ކަން އެނގެން އޮންނަ ކަމަށް އޭސީސީން ބުންޏެވެ.
ސަރުކާރުގެ ވިސްނުމަކީ ލީސް ހޯލްޑް ގަތް ކުންފުންޏާ ހަވާލުކޮށްގެން ނަސަންދުރަ ތަރައްގީކޮށް ހިންގުން ކަމަށްވާނަމަ، އެއްބަސްވުން ބާތިލް ކުރުމުގެ ބަދަލުގައި މުއްދަތު އިތުރު ކުރިނަމަ، ޓޫރިސްޓު ރިސޯޓު ކުއްޔަށް ދީފައިވާ މުއްދަތު އިތުރު ކުރުމަށް ފީ ނެގުމާ ބެހޭ ގަވައިދުގެ ދަށުން ފައިދާވާނެ ކަމަށް އޭސީސީން ބުންޏެވެ.
ނަސަންދުރަ ހުރި ބިމާ އިން ވެގެން އޮތް އައިލެންޑް އޭވިއޭޝަން ސާވިސަސް ހިންގި ހ. އޯކިޑް ލޮޖްގެ ބިމާއެކު 50 އަހަރަށް ކުއްޔަށް ދިނީ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ނުނަގައިކަން އޭސީސީން ފާހަގަކޮށްފައިވެ އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ނަސަންދުރާ އެންޕީއެޗް އިންވެސްޓްމަންޓަށް ދޫކުރި މައްސަލައިގައި އޭރުގެ ޓުރިޒަމް މިނިސްޓަރު އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން ޕީޖީއަށް ފޮނުވި އެވެ. އެކަމަކު، އެ މައްސަލައިގައި ދައުވާ ކުރެވެން ނެތް ކަމަށް ނިންމައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވަނީ މައްސަލަ އަނބުރާ ފޮނުވާލައިފަ އެވެ.
ނަސަންދުރަ ބިމުގައި 25 ބުރީގެ އިމާރާތުގެ މަސައްކަތް މިހާރު ވެސް އެބަ ކުރެ އެވެ. އެ އިމާރާތުގެ 15 ޝީޓު މިހާރު ވަނީ އަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިލާ
19 December 2018
ސަރުކާރުން އެބަޖެހޭ މިކަހަލަ ހުރިހާ އެއްބަސްވުންތައް އުވާލަން.. އެކަމު އޭގެކުރިން އުވާލަންވީ މިހާރު މިއޮތް ކޮރަޕްޓް އޭ.ސީ.ސީ.
އަޙުމަދު
19 December 2018
އޭ ސީ ސީ އަށް ތިވާހަކަ ބުނަން އެނގުނީ މިއަދުތަ ؟ ތިތަނުގައި ތިބީކީވެސް ދައުލަތަށް ވަފާތެރި ބައެއްނޫން، ހަސަންލުތުފީގެ އަނގަވެސް މިހާރު ފަޅައިގެން އުޅޭހެން ހޭވޭ. އެމް.އެމް.ޕީއަރުސީ ތަހުޤީގުގެ ރިޕޯރޓް ޔާމީނު އެކައުންޓަށް ވަދެގެން އުޅޭ 1 މިލިޔަން ދޮލަރުގެ މައްސަލަ އާމުކުރަން ނުކެރި މިއޮއްހާދުވަހު ހިފަހައްޓައިގެން ދިގު ދަންމަމުން ގެންދިޔައީވެސް ހަމަ ތިޔަ އޭ.ސީ.ސީ އިން.
މިންމި
19 December 2018
އަދީބު ޒިންމާ ނަގަންޖެހޭ ކަމެއް މިއީ. ގޭގައި ޕާޓީ ހިންގަން ބެހެއްޓީމަ ކަމަކު ނުދާނެ. މިގޮތަށް ހިންގާފައިވާ ޖަރީމާތަކަށް ޖަވާބުދާރީ ކުރުވަންޖެހޭ.
ދާދޭ
19 December 2018
އެންޕީޗޭ ފެންޕީޗޭ ނުކިޔައި ގާނޫނާ ގަވާއިދާ ޚިލާފަށް ދިންތަން އަތުލައި ރައްޔިތުންނާ ބިން ހަވާލުކޮށްބަލަ. ތިތަނަކީ ޔާމީނު ދަމައިގެންފައި އޮތްތަނެއް.
ފާރަވެރިޔާ
19 December 2018
މިހާރުގެ ސަރުކާރުން އެބަޖެހޭ މިބިން އަނބުރާ ރައްޔިތުންނަށް ހޯދައިދީ ކަރަޕްޝަން ހިންގި މީހުން ހިފާ ހައްޔަރުކޮއް ދައުވާކުރަން . ޢެކަމު މިހާރު މިފެންނަނީ ވެރިކަން ނުލިބޭއިރު ކީހުރިހާ ޅެން ފަރިއްސައްވެ ދާތަން . ޥ ދެރަ
ދީދީ
19 December 2018
ރަނގަޅު ވާހަކައެއް.. އެކަމަކު ތިބުނާ "ރައްޔިތުން" ނަކީ ކޮބައިތޯ؟ ތަން އަތުލާފައި މިސަރުކާރުގެ ތަށްތެއްސަކަށް ދިނީމައި އެއީ ރައްޔިތުންނަށް ދިނުމެއް ނޫންދޯ؟ ތީގެ ހައްލަކީ ދައުލަތަށް ވީ ގެއްލުން ވަޒަންކޮށް އެމީހުން އަތުން އެފައިސާ ހޯދުން.
މައިމޫނު
19 December 2018
އުވާލާ ބީލަމަށްލާ
ދަނީ
19 December 2018
އުވާލާފައި ތަން އަތުލީމައި ދައުލަތައް ލިބޭނީ ގެއްލުން. އެއީ ބަދަލު ދޭން ޖެހޭނެތީ. ވިސްނާ!
ދަތްނެތްކުއްޖާ
18 December 2018
އެއްބަސް ވުން ހަމަ މިހާރުން މިހާރަށް އޮވާލުމަށް ގޮވާލަން. އޭގެ ފަހުގައި ދަޢުލަތައް އެތަން ނެގެން ޖެހޭނެ.
ފަސް
18 December 2018
މިފަދަ ހުރިހާކަމެއް ކޮށްފައިވެސް ޖާއިޒު ނޯ ކޮރަޕްޓް
ހުތާ
18 December 2018
ގާނޫނާއި ހިލާފަށް ސަރުކާރަށް ގެއްލުންވާގޮތަށް ކޮށްފައިވާ ތިޔަ އެއްބަސްވުން ބާތިލް ކުަރަންވީއެވެ. ތަނަށް ބޮޑު އިންވެސްޓެއް ކޮށްފަ އޮތް އޮތުމަކީ ބަލަންޖެހޭ ކަމެއްނޫނެވެ. ކޮރަޕްޝަން ނައްތާލެވޭނީ އަދި ރިޝްވަތްދީގެން ކަންކަން ސަރުކާރުގެ ތެރެއިން ކުރުވާ މީހުންނަށް ފިލާވަޅެއް ދިނުމުގެ ގޮތުންވެސް އެއްވެސް ބަދަލެއް ދިނުމެއްނެތި ތިޔަތަނުގެ އެއްބަސްވުން ބާތިލް ކުރަންޖެއެވެ. މިހެން ބުނާއިރުވެސް އެގޭ ފިޔަވަޅު އަޅަން ނުކެރޭނެ ކަން. އެއީ މިހާރު ސަރުކާރާ ޑީލް .
ހިޝާމް
18 December 2018
ކުރިންވެސް އަދި މިހާރުވެސް ތިތަން ކުއްޔަށް ނެގީ އެއްބަޔަކު. ނަންބަދަލުކުރީ ހަމައެކަނި