ފޮރިން މިނިސްޓަރު ޝާހިދު އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، އިންޑިއާގެ އާގްރާގައި މަޝްވަރާ ކުރައްވަނީ. --- ފޮޓޯ: އަހުމަދު ހަމްދޫން/ މިހާރު
18 ޑިސެމްބަރ 2018 - 23:48
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު، އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޖަޕާނަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.
ޝާހިދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖަޕާނަށް ކުރައްވާ ދަތުރުގައި އެ ގައުމުގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އޭނާއާ އެކު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ޖަޕާނަށް ވަޑައިގަންނަވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
After accompanying President @ibusolih on his State Visit to India, leaving Delhi with Minister of Economic Development Hon. @faya_i and Minister of Finance Hon. Ameer to Tokyo to hold discussions with senior Japanese Government Officials.
— Abdulla Shahid 🎈 (@abdulla_shahid) December 18, 2018
ޝާހިދު މިރޭ ކުރެއްވި ޓުވީޓު.
ފޮރިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޝާހިދު މިހާތަނަށް ވަނީ ބޭރުގެ ދެ ގައުމަކަށް ވަޑައިގެންފަ އެވެ. އެއީ އިންޑިއާގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެވެ. މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ޝާހިދު ދެ ފަހަރަށް އިންޑިއާ އަށް ވަޑައިގެންނެވި އެވެ.
ނޫސްވެރިންނާ ބައްދަލު ކުރައްވައި ޝާހިދު ކުރިން ވިދާޅުވީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތް ކުރެވޭނެ ގޮތުގެ މަތިން ގައުމުތަކާ ގުޅުންތައް ބަދަހި ކުރަމުން ގެންދާނެ ކަމަށެވެ.
ޝާހިދު ވިދާޅުވީ ގުޅުން ބަދަހި ކުރަން ސަރުކާރުގެ ވަފުދުތައް ކުރިއަށް އޮތް ދުވަސްތަކުގައި އެކި ގައުމުތަކަށް ވަޑައިގަންނަވާނެ ކަމަށެވެ.
އިންޑިއާގެ އާގްރާގައި ޝާހިދު މިއަދު ވިދާޅުވީ އިންޑިއާއަށް ކުރެއްވި ދަތުރަކީ އެހެން ގައުމުތަކާ އެކު ހަރުދަނާ ގުޅުންތަކެއް ބިނާ ކުރުމުގެ ބިންގާ އެޅިގެންދިޔަ ދަތުރެއް ކަމަށެވެ. ރާއްޖެ، އެއް ގައުމު އަނެއް ގައުމާ ދޭތެރޭގައި ޖައްސުވަން މަސައްކަތް ކުރާ ބަޔަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކީ ހުރިހާ ގައުމުތަކާ އެކު ރަހްމަތްތެރިކަމުގެ ގުޅުން ގާއިމު ކުރަމުން ގެންދާނެ ސަރުކާރެއް،" ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި ޝާހިދު ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންނަ އަހަރުގެ ކުރީކޮޅު ވަޑައިގަންނަވާނީ އަބޫދާބީއަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާ އަށް ކުރެއްވި، ދަތުރުފުޅަކީ މިދިޔަ މަހުގެ 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެން ރާއްޖެއިން ބޭރަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިރުޝާން
19 December 2018
ޝާހިދު އިންޑިއާއަށް ފުރަަތަމަ ވަޑައިގެންފަ ވިދާޅުވި ވިސާ ކަންތައް ހަމަޖެހޭނެއޭ. ރައީސް ވަޑައިގެން އޭގެ އެއްބަސްވުމުގައި ސޮއެކުރެއްވި. ޝާހިދު ދެން ވަޑައިގަތީ އަބޫދާބީއަށް. އެތަނަށް ވިސާއާ ނުލާ ދެވޭނެ ގޮތް ހަމަޖެއްސެވި. އެއްބަސްވުމުގަ ވަރަށް އަވަހަށް ރައީސް އެކޮޅަށް ވަޑައިގެން ސޮއެކުރައްވާނެކަމަ އަޑުއިވޭ. ޖަޕާނުންވެސް އުފާވެރި ޚަބަރު ގެނެސްދޭނެކަން ޔަޤީން!
ގައިމު
19 December 2018
މައުމޫން ޒަމާނުގަ ބަޖެޓް ޚަރަދު ކުޑަކުރަންވެގެން މިނިސްޓަރުން ރާއްޖޭން ބޭރަށްކުރާ ދަތުރުތައް ކުޑަކޮށްގެން ގައުމުގައި ކަންކަން ކުރީ. މިހާރު މިއީ އޭގެ އިދިކޮޅަށް ކަންކުރާ ޒަމާން.
ޝާހު
19 December 2018
ސާބަހޭ ޝާހިދު. އިންޑިއާއަށް ފުރަތަމަ ގޮސް ހަމަޖެއްސި އެހީތައް އެހެރީ ލިބިފައި. އަބޫދާބީއަށް ގޮސް ހަމަޖެއްސި އެހީ އަންނަ މަހު ލިބޭނެ. ޖަޕާނަށް ގޮސް މިފަހަރު ތިހޯދާ އެހީވެސް ވަރަށް އަވަހަށް ލިބޭނެ. ތިއީ މީހަކީ. ބައެއް މީހުންނަށް ހީވާކަހަލަ ދަރަނިވެރިވުން މާ ރަނގަޅޭ ހިލޭ އެހީ ހޯދުމަށްވުރެ. އެޒާތުގެ ވިސްނުމާއި ހެދި ޤައުމު ހަލާކުމިވީ!
ބާހު
19 December 2018
އެހެން ގޮސް ހުސް ހިލޭ އެހީތަ އެހޯދަނީ؟
ޝިޔާން
19 December 2018
ފޮރިން މިނިސްޓަރުގެ މަސްއޫލިއްޔަތަކީ ބޭރުގެ ޤައުމުތަކާއި އޮންނަ ގުޅުން ބަދަހިކުރުން. ޖަޕާނަށް ދިޔަ ވަޒީރުންގެ ވަފުދަށް ބަލާލީމަވެސް އެނގޭ އެދަނީ ބޭކާރު ކަމެއްގައި ނޫންކަން. ޝާހިދާއި، އަމީރާއި ފައްޔާޒަކީ ޤާބިލް މީހުން. ދަރަނިވެރިނުވެ ޤައުމުގެ އިގުތިސާދު އެމީހުން ކޮޅަށް ޖަހާނެކަން ޔަޤީން.
އަޖައިބެއް
19 December 2018
ނެތޯ މުސާރަ ދޭނެ ލާރިއެއް ދައުލަތަކު. އެކަމު މީނަ ހަމަ މުޅި ދުނިޔެ ވަށާ ބުރު ޖަހަނީ. އޭނަގެ ބަކެޓް ލިސްޓް ގަ ހުރި ޤައުމުތަކަށް ދަނީ ތޯއްޗެއް. ނޫނީ އޮފީހުގަ މީނަ އިންނާނެ ގޮނޑިއެއް ނެތީ ކަންނޭނގެ
ކުޑަ އަލީ
19 December 2018
ފްލައިޓްގައި ދަތުރުކުރާނެ ޓިކެޓް ނަގާނެ ފައިސާ ނެތިގެން ދޯ ޝާހިދު މީގެ ކުރިން ދަތުރުނުކޮށް ހުރީ؟
ހެވޭ
19 December 2018
ބޭނުންވަރަށް ދަތުރުތައް ކުރާނެ ލާރި ނަގާ ރައްކާކޮށްފަ މުސާރަ ދޭނެ ވާހަކަ ދެއްކީ.
ދޮށީކޮއި ޢަލީގެ މުޙައްމަދު
19 December 2018
އެހެރީ ރަގަޅަށް ބޭރަށް ހިންގުން ޖެހިފައި އަވަހަށް ޑޮކްޓަރަކަށް ދައްކާބަލަ ފޮރިން މިނިސްޓްރީގެ ބަޖެޓް ހުސް ނުވަނީސް މައިތިރިއެއް ނުވަނެ
ދީމާހު
19 December 2018
މިނާއަށް ފޮރިންގ މިނިސްޓަރުކަން ލިބުނީމާ ދެފައި އެއްތާ ހަރެއްނުލާނެ. އަބަދު އޮންނާނީ ފުރާފަ ކޮންމެވެސް ތާކަށް. މި ގޮތައްގޮސް މާލިއްޔަތު ހުސްކުރާނީ. އަދި، ސަލާންޖަހަން ޗައިނާއަށް ވެސް ދާތަން އަހުރެން ދެކޭނަން
މާރަނގާ - އައްޑޫ ސިޓީ
19 December 2018
އެމަރިކާގެ މިލިޓަރީ ބޭސް ޑިއަގޯ ގާސިއާ، ޗައިނާ އާއި އަވަށްޓެރި އިންޑިޔާއަށްވެސް އިތުބާރުކުރެވޭ ޖަޕާނަށް އައްޑޫ ގޭން އެއަރޕޯޓް ތަރައްޤީކުރަން 50 އަހަރަށް ދިނުމަކީ ދިވެހިންނަށް މަންފާލިބުމުގެ އިތުރުން ސޯލިޙްގެ ސަރުކާރަށް ޖަޕާނާއި ގުޅިގެން ތ ލާމް ހުވަދޫ އައްޑޫ ގެ ޓްއަރިޒަމަށް ދިރުންގެނެސްދެވޭނެ ކަމެއް. އަދި މިކަން ކާމިޔާބުވެއްޖެނަމަ މިއީ ރާއްޖޭގެ ތާރީޙްގައި ހިގާނެ އެންމެ އަގޮބޮޑު ފޮރިންގ އިންވެސްޓްމަންޓް. ޝާހިދު ނިކަން ކޮޅެއްފެނޭތޯ އުޅެލަބަލަ.
މާރަނގާ - އައްޑޫ ސިޓީ
19 December 2018
ޖަޕާނަކީ ހަމައެކަނި އަހަރުމެން ސަލާންޖަހާންއޮތް ޤައުމެއްގެބަދަލުގައި “އަހަރުމެންނަކީ ޖަޕާނުގެ ވިޔަފާރީގެބައިވެރިއަކަށްހެދުމަށް” ކީއްވެ ހުށަނާޅަންވީ ޔޯރޮޕް، އޮސްޓްރޭލޭލިއާ، އެފްރިކާއާއި މިޑްލްއީސްޓަށް ގޭޓްވޭއެއްފަދަ ގަމުގެ އެއަރޕޯޓް ޖަޕާނުންތަރައްޤީކޮށް ބައިނަލްއަޤުވާމީ އެއަރލައިނަކާއި ބޮޑުސީޕްލޭންފްލީޓަކާއިއެކީހިންގުމަށް ނަފާވެރިއެއްބަސްވުމެއް އެކުލަވާލަން ސޯލިޙްގެ ސަރުކާރު ތައްޔާރުކަން؟ ޖަޕާން ރުހިއްޖެނަމަ ވައުދުނާމާގެ ޖަޒީރާ ވައުދު ކަށަވަރުވީ.
ކުޑަ އަލީ
19 December 2018
ވިޔަފާރީގެ ބައިވެރިޔަކަށްވެސް ހެދޭނީ އެކަންކުރަން އެތަނަށް ގޮސް މަޝްވަރާތަކެއްވެސް ކޮށްގެން ދޯ؟ ޔާމީނުގެ ކަމަކަށް އޮތީ އެހެން ހުރިހާ އެންމެންނާ ރުޅި ހަދާލާފައި ޗައިނާއިން ބުނާހާ ގޮތެއް ހަދައިގެން ހުރުން. ރައީސް އިބޫއާއި ޝާހިދުމެންފަދަ ބޭފުޅުން އެތިބީ ވިޔަފާރީގެ ވިސްނުމުގައި ރާއްޖޭގެ ތަރައްޤީ ކުރިއަށްގެންދަން.
ހަމީދު
19 December 2018
މުސާރަ ދޭނެ ފައިސާ ހޯދަންތަ ނުވަތަ އެފައިސާކޮޅުވެސް ހުސްކުރަނީތަ ހާދަ އުދުހުމެއް މި އުދުހެނީ
ކުޑަ އަލީ
19 December 2018
މުސާރަދޭނެ ފައިސާވެސް ހޯދީމަ ދޯ އެވެސް ލިބޭނީ. ދެއަތް އުރާލައިގެން ޤައުމުގައި ތިބެގެން މިކަންވޭތަ؟ ހަމީދުމެންނަށް ނޭނގެ ދޯ ފޮރިން މިނިސްޓަރެއްގެ ޒިންމާއަކީ ކޮބައިކަން؟