އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން: އަލަށް އުފައްދަން ހުށަހެޅި ދެ ޕާޓީއަކަށް ހުއްދަ ނުދޭން ކޮމިޝަނުން ވަނީ ނިންމާފައި --ފޮޓޯ/މިހާރު
19 ޑިސެމްބަރ 2018 - 16:57
އަލަށް އުފެއްދުމުގެ ހުއްދަ އަށް އެދުނު ދެ ޕާޓީއެއްގެ ނަން އެކަށީގެން ނުވާތީ އެ ދެ ޕާޓީ އުފައްދަން ހުއްދަ ނުދޭން އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރި ޓްވީޓެއްގައި ވަނީ އަލަށް އުފެއްދުމުގެ ހުއްދައަށް އެދި ހުށަހެޅީ ދަ ގްރޭޓް ގްރީން ކަނެކްޝަން ނަމަކަށް ކިޔާ ޕާޓީއަކާއި މޯލްޑިވްސް އެކްޝަން ޕާޓީ އެވެ. އެކަމަކު އެ ދެ ނަމަކީ ޕާޓީއަކަށް ކިޔަން އެކަށީގެންވާ ނަމެއް ކަމަށް ކޮމިޝަނަށް ނުފެންނާތީ އެ ދެ ނަމުގައިި ޕާޓީ އުފައްދަން ހުއްދަ ނުދޭން ނިންމީ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
“The Great Green Connection" adhi "Maldivans Action party" mi dhe namakee siyaasee party akah kiyan emme ekasheegenvaa nameh kamah EC ah nufennaatheeve mi dhe namugai siyaasee party eh ufehdhumuge huhdha nudhinumah EC in nimmaifi
— Elections Commission (@ElectionsMv) December 19, 2018
އިލެކްޝަންސް ކޮމިޝަންގެ ޓްވީޓް
ދެ ޕާޓީއެއް އުފައްދަން ހުއްދަ ނުދޭން އިލެކްޝަންސް ކޮމިޝަނުން ނިންމިއިރު، އެހެން ދެ ޕާޓީއެއް އުފައްދަން ކޮމިޝަނުން ކުރިން އޮތީ ހުއްދަ ދީފަ އެވެ. އެއީ މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އާއި މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީީޑީ) އެވެ. އެ ދެ ޕާޓީން މިހާރު ވަނީ ޕާޓީއެއް އުފައްދަން ބޭނުންވާ 3،000 މެމްބަރުން ހަމަކޮށް ކޮމިޝަނަށް ހުށަހަޅައިފަ އެވެ.
އަލަށް އުފައްދަން ނިންމި ދެ ޕާޓީއަކަށް ހުއްދަ ނުދޭން އިލެކްޝަންސް ކޮމިޝަނުން ނިންމިއިިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ. އެ ޕާޓީ އަށް ކިޔާނެ ނަމެއް އަދި އިއުލާނެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްދުﷲ
20 December 2018
އުފައްދަންވީ. ރާއްޖެތެރޭ ޕާޓީ އާ މަސައްކަތްތެރިންގެ ޕާޓީ.
ޖުމާ
20 December 2018
އެކަމު ތާޑުވޭ ޑިމޮކްރަޝީ ކިޔަން ހަމަ ކަމުދޭ. ހަމަ ނުވިސްނުނު
ޕާޓީ
20 December 2018
ކުންފުނިތަކުގެ ނަން ލިޔާއިރު ލިމިޓެޑް ލިޔާ ގޮތަށް މިހުރިހާ ޕާޓީއެއްގެ ނަމުގެ ފަހަތުގައި އެނބުރޭބައިގަނޑު ނުވަތަ މިބާވަތުގެ ކޮންމެވެސް ނަމެއް އިތުރުކޮށްލަން ފެނޭ. މިހާތަނަށް ރާއްޖޭގައި ހަދާފައިވާ ހުރިހާ ޕާޓީއެއްވެސް މިފެންނަނީ ކޮންމެވެސް މީހެއްގެ މަސްލަހަތަށްޓަަކައް މީހެއްގެ ފަހަތުން އެނބުރާތަނާއި ޕާޓީއަށް ސަޕޯޓްކުރާ އެންމެން އެމީހަކަށްޓަކައި ގުރުބާންވެގެން އުޅޭތަން.
ޑރ.ފަޒުނާ/ހިތަދޫ/ސ.އެފުރިކާ
20 December 2018
ރޢީސު ޔާމިނު ސިޔާސީ ޕާޓީއެއް އުފައްދަވަން އުޅުއްވާ ޚަބަރު މީޑިއާތަކުން ފެނުމުން މިކަމާއި މެދު އަޅުގަނޑުގެ ޚިޔާލު.. އާދެ! ދިވެހި ރައްޔަތުންގެ %100 ކުންފުންޏެއްކަމަށްވާ އައިލޭންޑު އެވިއޭޝަނައް ދައްކަންޖެހޭ ބޮޑު އަދަދެއްގެ ފައިސާ މިވަގުތު އެނަނިކުފާބުގެ ރިޔާސަތުގައި ހިންގަވާ ޕީ ޕީ އެމް އިންދައްކަން ހެހިފައި އޮތުމުން މި ބޮޑުދަރަނީން ބަރިއްޔަ ވެވޭ ގޮތަށް އައު ޕާޓީ އެއްއުފެއްދުމުގައި ވިސްނުންމުހިއްމު ކަމަށް ދެކެން..
އިދުރީސް1
19 December 2018
ޢަދީބުވެސް ޖަލުން ނުކުމެވުނުއިރު ދޮރުމަތީގައި ޕާޓީ ފޯމް ހިފައިގެން. ފޯމް ފެނުމާއެކު ލޮލަށް ޖެހުނު ކޮންމެވެސް ފާޑެއްގެ ބައްޔެއްވެސް ވަގުތުން ރަނގަޅުވެއްޖެ. ނިކުތް އިރު ލިރިކްސް ވެސް ދަސްކޮށްގެން އަންހެނުން ކުރިމަތީ ލަވަޔެއް ބިންދާލީ. ޙައްދު އޮތީ އޮތްތާ. ގޭގަހުރެ ޕާރޓީ ހިންގަނީ.
އިދުރީސް1
19 December 2018
ޤައުމުގައި 400،000 ހަތަރު ލައްކަ މީހުން. 10 ވަރަކަށް ޕާރޓީ. ބައެއް ޕާރޓީތަކުގައި 20،000 ވިހިހާސް. ބޭނުމަކީ ކޮންމެހެން ރައީސަކު ނެރުމެއް ނޫން. ޥެރިކަމަށް ކުރިމަތިލާ ކެންޑިޑޭޓު ނިސްބަތްވާ ޕާޓީގެ ފަސްބައިގައި (ކޯލިޝަން)އެލިގެން އޮވެ ސަރުކާރުގެ ތެރެއިން މަޤާމުތަކެއް. މިސާލަކަށް އަދާލާތު، އެމް.ޑީ.އޭ ޢަޅެ ޕާޓީތައް މިހާރު ވެއްޖެ ވިޔަފާރި ކުންފުނިތަކަށް.
އައި ތިންކް
20 December 2018
މަލްޓި ޕާޓީ ޑިމޮކްރަސީއަކީ މިކުޑަކުޑަ ރާއްޖެއަށް ކޮމްޕެޓިބަލް އެއްޗެއްނޫން. 2008ގެ ކުރިން އޮތް ނިޒާމަކީ ރާއްޖެއާ އެންމެ ގުޅޭ ނިޒާމު. އޭތި ކަޑަވީ މައުމޫނު ބޭނުންހާ ގޮތެއް ހަދަން ރައްޔިތުން ދޫކޮށްލީމަ. 2 ދައުރުގެ މުއްދަތަކަށް ކަނޑައެޅިއްޖެއްޔާ އެގޮތަށް ބާރުތައް ނެގުމުގެ ފުރުސަތު ދިޔައީ. އަނެއްކާ މިހާރު ރައްޔިތުންވެސް ހޭލުންތެރި. އެގޮތަށް ހަދައިފިނަމަ، ޕާޓީ ސިސްޓަމް އުވާލެވި، އެކަމަކު 3 ބާރު ވަކިވެފަ އޮންނާނީ.
ޖަޒީރާވަންތަ ޑިމޮކްރޮސީ
20 December 2018
"އައި ތިންކް"ގެ ޚިޔާލަށް ވަރަށް ސަޕޯޓް. ރައްޔަތުންހޮވަންޖެހޭނީ ރައީސާއި މެމްބަރުން. ސިޔާސީ މަގާމްތަކަށް ހޮވާނީ މެންބަރުންގެ ތެރެއިން ރައީސް ޢާއި ވީ.ޕީ. ބޭނުންވާމީހުން. ޕާޓީގޭންގް ތަކެއ ބޭނުމެއްނޫން. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ރައްޔަތުންގެ އެއްމެބޮޑު ޝަކުވާއަކީވެސް ޕާޓީތައް، ރައްޔަތުންނާއި ގައުމުގެ ފައިދާއަށްވުރެ ބޮޑަށް ޕާޓީތަކުގެ އެޖެންޑާ ހިންގާކަން.
ހެނބަދޫ މީހާ
19 December 2018
ތީވެސް ވަކި ބަޔަކަށް އޮންނަ ކަމެއް. ރާއްޖޭގެ މަހުޖަނެއްގެ ރިސޯޓަކަށް އެބަ ކިޔާ ކިޔަން އެކަށީގެން ނުވާ ނަމެއް. ދިވެހި ބަހުގެ އެކަޑަމީންވެސް ވަނީ އެހެން ބުނެފަ. އެކަމަކު ވީކަމެއް ނެއް.
ޓެސްޓިސް ސްޕާ
20 December 2018
ދެން ކުށްވެރިޔަކީ އަޅުގަނޑުތަ؟
ތިމާވެށި
19 December 2018
ގައުމަށް ހިޔާނާތް ތެރި ވެފަހުރި އެއްވެސް މީހަކަށް ޕާޓީ ހަދަން ހުއްދަ ދޭނެ ކަމެއް ނެތެވެ.
ޥަން
19 December 2018
ޢީސީ ސަރީފޫ ޫ ޫ ޫ ޫ ޫ ޫ
ކެނެޑީ
19 December 2018
މިރާއްޖެއަށް ބޭނުމީ ރަސްކަމެއް އެއީ ކީއްވެ؟ ރަސްކަމެއްގަ އެންމެ ގޯސްވެގެން ކާނީ ރަސްގެފާން ބައިއަޅާނީ އާއިލާއަށް އެކަނި ތިޔަބުނާ ޑިމޮކްރަސީއެއް ބޭރުފުށަށް ކިތަންމެ ނަލަވެފަ “ރައްޔިތުން ރައްޔިތުން” ވިޔަސް ތިޔަ ސިސްޓަމްގައި ބައިއަޅަން ޖެހޭ މީހުންގެ އަދަދު އެތައްގުނަޔެއް ގިނަވެފަ ރައްޔިތުން ޓެކްސް ލާރި ގާނޫނުގެ ތެރެއިންވެސް އަދި ކޮރަޕްޝަންގެ ގޮތުގަވެސް އެތައްގުނަޔަކަށް އިތުރަށް ނަގާބޭނުންކުރޭ
ޜަސްކ
19 December 2018
ރަސްކަން ވެސް އޮތޭ މިގައުމުގާ. ބުނެއެންނު އިންސާނެއްގެ ހިތެއް ނުފުރޭނެއޭ. ޜަސްގެ ފާނު ކައިފަ ބާކީއެއް ނުވޭ.